ފިޔަވަޅުތައް ވަރުގަދަކުރިޔަސް، ކޯޓުތައް ބަންދުނުކުރަން އަންގައިފި

ސުޕްރީމް ކޯޓު: ކޯޓުތައް ބަންދު ނުކުރުމަށް ވަނީ އަންގާފައި - ފޮޓޯ: ހުސެއިން ވަހީދު / އަދަދު

ސުޕްރީމް ކޯޓު: ކޯޓުތައް ބަންދު ނުކުރުމަށް ވަނީ އަންގާފައި - ފޮޓޯ: ހުސެއިން ވަހީދު / އަދަދު

ކޮވިޑް ފެތުރުން ހުއްޓުވުމަށް އަޅާ ފިޔަވަޅުތައް ވަރުގަދަކުރިޔަސް ޝަރުއީ ހުރިހާ ކޯޓުތަކުން ވެސް ހުރިހާ ހިދުމަތެއް ރައްޔިތުންނަށް ދޭން ޖެހޭނެ ކަމަށް އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން އަންގަވައިފި އެވެ.

އުއްތަމަ ފަނޑިޔާރު ސޮއިކުރައްވައި މިއަދު ސުޕްރީމް ކޯޓުން ނެރުއްވި އެންގުމެއްގައި ބުނީ، ސުޕްރީމް ކޯޓުން އެކުލަވާލާފައިވާ "އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތާގުޅޭ ހާއްސަ އިރުޝާދު"އާ އެއްގޮތްވާ ގޮތުގެ މަތިން ފިޔަވަޅުތައް އަޅުއްވައިގެން ޝަރުއީ ދާއިރާއިން ދެމުންގެންދާ ހިދުމަތްތައް މެދުނުކެނޑި ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭނެ ކަމަށެވެ.

އެގޮތުން، ގެއިންބޭރަށް ނުކުތުން މަނާކުރެވިފައިވާ ހާލަތްތަކުގައި ވެސް، ފިޔަވަޅުތަކުގެ މައްޗަށް ބަލައި ކޯޓުން ފޯރުކޮށްދޭ އެންމެހައި ހިދުމަތްތަކާއި ޝަރީއަތުގެ މަޖިލީސްތަކާއި ކާވެނީގެ މަޖިލީސްތައް ކުރިއަށް ގެންދިއުން ފަދަ ކަންކަން ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކޮށްގެން ހުއްޓުމެއް ނެތި ކުރިއަށް ގެންދިޔުމުގެ އިންތިޒާމް ހަމަޖައްސަން ޖެހޭނެ ކަމަށް އެންގުމުގައިވެ އެވެ.

އަދި ކޯޓަށް ކޮންމެހެން ހާޒިރުވެގެން ފޯރުކޮށްދެވޭ ހިދުމަތެއް ނަމަ، އެގޮތަށް ހާޒިރުވެގެން އެ ހިދުމަތެއް ލިބޭނެ އިންތިޒާމް ވެސް ހަމަޖެއްސުމަށް އެންގެވި އެވެ.

ހާލަތު ގޯސްވިޔަސް، ޝަރުއީ ދާއިރާ ބަންދު ނުކުރަން ނިންމިިއިރު ސަރުކާރުގެ އޮފީސްތައް ވަނީ އިތުރު ދެ ހަފުތާއަށް ބަންދުކޮށްފަ އެވެ. އަދި، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ވެސް އޮންލައިންކޮށް ކުރިއަށް ގެންދަން ވަނީ ނިންމާފަ އެވެ.

ރާއްޖޭގައި ހާލަތު ގޯސްވުމުން މާލޭގައި ކާފިއުގެ ގަޑި ހަވީރު 4:00 ން ހެނދުނު 8:00 އަށް އިތުރުކޮށް އެ ނޫން ވަގުތުގައި ވެސް ހުއްދަ ނުލާ ނޫން ގޮތަކަށް ބޭރަށް ނުކުމެ ނޫޅެވޭ ގޮތަށް އަންނަ ބުދަ ދުވަހުން ފެށިގެން ހަދަން ވަނީ ނިންމާފަ އެވެ. އަދި، މޮނީޓަރިންގެ ހާލަތުގައި އޮތް ރަށްތަކުގައި ވެސް ރޭގަނޑު 9:00 ން ފަތިހު 4:00 އަށް ކާފިއު ހިންގަން ވަނީ ނިންމާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox