ވަކިކުރަން ނިންމުމުން ގާޒީ އިސްމާއިލް ރަޝީދު އިސްތިއުފާ ދެއްވައިފި

އިސްމާއިލް ރަޝީދު: ވަކިކުރަން ނިންމުމުން ވަނީ އިސްތިއުފާ ދެއްވާފައި --

އިސްމާއިލް ރަޝީދު: ވަކިކުރަން ނިންމުމުން ވަނީ އިސްތިއުފާ ދެއްވާފައި --

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް އުފުލި އެމްއެމްޕީއާރްސީ ކޮރަޕްޝަންގެ ދައުވާތައް ބޭރުކޮށްލި ކުރިމިނަލް ކޯޓުގެ ގާޒީ އިސްމާއިލް ރަޝީދު، ފަނޑިޔާރު ކަމުން ވަކިކުރުމުގެ މަރުހަލާ ފެށުމާއެކު، އިސްތިއުފާ ދެއްވައިފި އެވެ.

އޭނާގެ އިސްތިއުފާގެ ސިޓީގެ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ރޭގެ ވަގުތެއްގައި ލިބިފައިވާކަން މިއަދު އެ ކޮމިޝަނުން "އަދަދު"އަށް ޔަގީންކޮށްދިނެވެ.

ގާޒީ އިސްމާއިލް ރަޝީދު، ފަނޑިޔާރު ކަމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޖޭއެސްސީން ނިންމީ، އޭނާގެ މައްޗަށް ސުލޫކީ މައްސަލަ ސާބިތުވުމާ ގުޅިގެންނެވެ. އެގޮތުން، އަދީބުގެ ދައުވާތައް ބާތިލްކޮށް އޭނާ މިނިވަން ކުރުމުގެ ހުކުމް ގާޒީ އިސްމާއިލް، މާކުރިން ލިޔެގެން ގެންގުޅުނުކަން ތަހުގީގަށް ވަނީ ސާބިތުވެފަ އެވެ.

Advertisement

ނަމަވެސް، އެ ތުހުމަތުތައް ދޮގުކޮށް ގާޒީ އިސްމާއިލް ރަޝީދު ޖޭއެސްސީއަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ ފަނޑިޔާރު ކަމުގައި އަމަލުކޮށްފައިވާނީ ގާނޫނުއަސާސީއާ ގާނޫނުތަކާ އިސްލާމީޝަރީއަތުގެ އެންމެހައި ކަންކަމަކީ މަސައްކަތުގެ އަސާސްކަމުގައި ބަލައިގެން އިންސާފާއި ހަމަހަމަކަމާއި ހާމަކަމުގެ މައްޗަށެވެ.

"އެއްވެސް ފަރުދަކަށް ގާނޫނުން ބޭރުން ނުޙައްގު ފައިދާއެއް ލިބޭނެހެން ނުވަތަ ނާއިންސާފުން އެއްވެސް ކަމެއްކޮށްފައި ނުވާއިރު، ހުރިހާ މައްސަލައެއްގައިވެސް ހަމަހަމަކަމުގެ އުސޫލުން އަމަލުކޮށްފައިވާނެ،" އިސްމާއިލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޖޭއެސްސީން ނިންމުން ނިންމާފައިވަނީ އޭނާއަށް ޖަވާބުދާރީވާން ފުރުސަތު ނުދީ އެވެ. އެއީ ކޮމިޝަނުން ނިންމި ޒާތީ ނިންމުމެއް ކަމަށެވެ.

"ޕެންޑްރައިވް އަކުން ފެނުނު ފައިލެއްގެ މައްސަލާގައި އަޅުގަނޑު ވަކިކުރަން ނިންމިއިރު، އެޕެންޑްރައިވްއަކީ އަޅުގަނޑުގެ ޕެންޑްރައިވެއް ނޫން، ޕެންޑްރައިވްއަކާ ގުޅޭގޮތުން އަޅުގަނޑާ ސުވާލެއްވެސް ކުރެވިފައި ނެތް،" އިސްމާއިލް ވިދާޅުވި އެވެ.

އިސްމާއިލް ރަޝީދު ވިދާޅުވި ގޮތުގައި ޣައިރު ހާޒިރުގައި ހޯދާފައިވާ ޕެންޑްރައިވްއަކުން ފެންނަ ފައިލަކާމެދު އޭނާ ޒިންމާވުމަކީ ހަމަބުއްދި ގަބޫލުކުރާނެ ހަމައެއް ނޫން ކަމަށެވެ.

"ކޮމިޝަނުން ތިޔަ ޕެންޑްރައިވެއް ހޯދި ފަހެ ކޮންތާކުން ހެއްޔެވެ؟ ތިޔަ ކޮމިޝަނަށް ހުށަހެޅުނު އަޅުގަނޑުގެ ޝަކުވާއާ ގުޅުމެއް ނެތް ޕެންޑްރައިވެއްގެ މައްސަލަ ތިލަވެގެން މިއުޅެނީ އަޅުގަނޑު މަގާމުން ވަކިކުރާނެ އެހެން ސަބަބެއް ތިޔަ ކޮމިޝަނަށް ނުފެނުނީތީ ކަމުގައި ދެކެން،" ސިޓީގައިވެ އެވެ.

އިއުތިރާފު އެއްބަސްވުމެއް ހަދައި، އަދީބުގެ މައްޗަށް ކުރިން ކޮށްފައިހުރި ދައުވާތައް އަނބުރާ ގެންދިޔުމަށްފަހު މަނީލޯންޑްރިން ހިމެނޭ ގޮތަށް އަދީބުގެ މައްޗަށް ހަތް ދައުވާއެއް އުފުލި އެވެ. ނަމަވެސް، ގާޒީ އިސްމާއިލް ރަޝީދު އެ ހަތް ދައުވާ ވެސް ބާތިލްކުރީ އަދީބަށް ޓޯޗާކޮށް ނުފޫޒު ފޯރުވާފައިވާތީ ކަމަށެވެ. އަދި، އަދީބާއެކު ވެފައިވާ އިއުތިރާފު އެއްބަސްވުމަކީ ގާނޫނު ދަންނަ އެއްޗެއް ނޫން ކަމާއި އޭރުގެ ޕީޖީ އައިޝަތު ބިޝާމް އަމަލު ކުރައްވާފައިވަނީ ގާނޫނީ އިމުން ބޭރުން ކަމަށް ކަނޑައަޅުއްވާފައިވެ އެވެ.

މިކަންކަން ގާޒީ އިސްމާއިލް ރަޝީދު ކަނޑައެޅުއްވީ، އެ ނުކުތާތައް ނުވަތަ ޓޯޗާކުރި ކަމަށް އަދީބު ވެސް ވިދާޅުވެގެންނެއް ނޫނެވެ. ގާޒީ އިސްމާއިލް ރަޝީފުގެ މި ނިންމެވުމާއެކު ބޮޑެތި ތުހުމަތުތަކެއް ކުރެވޭ އަދީބު މިނިވަންވި އެވެ.

އެ ނިންމުމާ ގުޅިގެން ހުށަހެޅި ސުލޫކީ މައްސަލާގެ ތަހުގީގަށްފަހު ޖޭއެސްސީން ބުނެފައިވަނީ އަދީބުގެ މައްސަލާގައި ހުކުމްކޮށްފައި ވަނީ އެއްވެސް ފަރާތެއްގެ ނުފޫޒެއް ނެތި މިނިވަންކަމާއި މުސްތަގިއްލުކަމާއެކު ނޫންކަން ފާހަގަވާއިރު އެ އަމަލަކީ، ގާޒީ އިސްމާއިލް ރަޝީދު ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅަންޖެހޭ ކަމެއް ކަމަށެވެ.

ފަނޑިޔާރަކު މަގާމުން ވަކި ކުރެވޭނީ އެކަމަށް ޖޭއެސްސީން ހުށަހަޅައިގެން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްގެންނެވެ. މިގޮތަށް ފަނޑިޔާރަކު ފުރަތަމަ ފަހަރަށް ވަކިކޮށްފައިވަނީ ވެސް މިހާރު އޮތް ޖޭއެސްސީން ހުށަހަޅައިގެން މިހާރު އޮތް 19 ވަނަ މަޖިލީހުންނެވެ.

އަދީބުގެ ދައުވާތައް ބޭރުކޮށް ގާޒީ އިސްމާއިލް ރަޝީދުގެ ނިންމުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން ވެސް އެ ނިންމުމަކީ ބޮޑު ގޯހެއް ކަމަށް ކަނޑައަޅާފަ އެވެ. އަދި އަލުން ކުރިމިނަލް ކޯޓަށް މައްސަލަ ބަލަން އެންގިިއިރު، މިހާރު އަދީބު ހުރީ އަމިއްލައަށް އިއުތިރާފުވެގެންނާއި ހެކިތަކުގެ މައްޗަށް އެ ދައުވާތައް ސާބިތުވުމުން 20 އަހަރުގެ ޖަލު ހުކުމެއްގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox