އީސަ ހައްޔަރު ނުކުރި އަމުރު އިސްތިއުނާފު ނުކުރަން ނިންމައިފި

އީސަ ހައްޔަރު ނުކުރި އަމުރު އިސްތިއުނާފު ނުކުރަން ނިންމައިފި

ގެވެށި އަނިޔާގެ ތުހުމަތުގައި ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސާ ހައްޔަރު ނުކުރަން ކުރިމިނަލް ކޯޓުން ނިންމި ނިންމުން އިސްތިއުނާފު ނުކުރަން ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހުން ނިންމައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ހައްޔަރުކުރުމަށް އަމުރު ނެރެވޭނީ ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން އެދުމުންނެވެ. އެކަން ކޮށް ދިނުމަށް ފުލުހުން އެދުމުން، އެ އޮފީހުން ވަނީ ކުރިމިނަލް ކޯޓަށް އެކަމަށް އެދި ހުށަހެޅި އެވެ. ނަމަވެސް، ކޯޓުން ނިންމާފައިވަނީ އެ އަމުރު ނެރެދޭނެ ތަނެއް ނެތް ކަމަށެވެ.

ޕަބްލިކް ޕްރޮސިކިއުޓާ އަހުމަދު ޝަފީއު ވިދާޅުވި ގޮތުގައި އަމުރު އިސްތިއުނާފު ނުކުރަން މިއަދު ޕީޖީ އޮފީހުން ނިންމީ، މައްސަލައިގެ ތަހުގީގުގެ މައިގަނޑު މަސައްކަތްތައް ނިމި، އެ އޮފީހަށް ހުށަހެޅުމުގެ މަރުހަލާގައި އޮތުމުން، ދައުވާ ކުރުމާމެދު ވަރަށް އަވަހަށް ގޮތެއް ނިންމޭނެ މައްސަލައެއް ކަމަށްވުމުންނެވެ.

އަދި، ތަހުގީގަށް ހެކީގެ ގޮތުގައި ނަގަންޖެހޭ ބަޔާންތައް ނަގައި ނިމިފައިވާތީ، ހެއްކަށް ނުފޫޒު ފޯރުވުމަށް އޮތް ފުރުސަތު ކުޑަވުމުންނާއި އަނިޔާލިބުނު ފަރާތުގެ ރައްކާތެރިކަން ކަށަވަރުކުރެވިފައިވުމުން ކަމަށް ވެސް ޝަފީއު ވިދާޅުވި އެވެ.

އީސަ ހައްޔަރުކުރަން ކޯޓުގައި އަމުރަކަށް އެދުނީ، އަސްރާގެ ގައިގައި ތަޅައި މާރާމާރީ ހިންގައި، ދަރިފުޅު އަސްރާގެ އަތުން ގަދަކަމުން އަތުލައި ގޭގެ ބެލްކަނިން ބޭރަށް، މަގު މައްޗަށް އެ ކުއްޖާ ދިއްކޮށް ވައްޓާލައި މަރާލާނެ ކަމުގެ އިންޒާރު ދިން ކަމަށް ތުހުމަތުކޮށް މައްސަލަ ހުށަހަޅާފައިވާތީ އާއި ތަކުރާރުކޮށް ގެވެށި އަނިޔާ އީސާގެ ފަރާތުން ލިބޭ ކަމަށް އަސްރާ ހުށަހަޅާފައިވާތީ އެވެ.

އީސަ ހައްޔަރުކުރަން ޖެހޭ ސަބަބެއް ކަމަށް ފުލުހުން ކޯޓުގައި ބުނެފައިވާ ގޮތުގައި، އަސްރާ އާއި ދަރިފުޅު ނުރައްކަލަކަށް ހުށަހެޅުމުގެ ފުރުސަތު އޮތުމާއި، ކުޑަކުއްޖެއްގެ ކަރާމާތަށް އުނިކަން ލިބޭނެފަދަ އަމަލު ކުރުމާއި، މާރާމާރީ ހިންގުމާއި ގެވެށި އަނިޔާކުރުމުގެ ތުހުމަތުކުރުމަށް އެކަށީގެންވާ ހެއްކާ ގަރީނާ ލިބިފައިވާތީ އެވެ.

އަދި، އީސަ، ތަހުގީގު މަރުހާލާގައި ދޫވެފައި ހުރެއްޖެ ނަމަ މި ބާވަތުގެ އަމަލެއް ތަކުރާރުވުމުގެ ފުރުސަތު އޮންނާނެތީ ކަމަށް ފުލުހުން ބުނެފައިވެ އެވެ.

ނަމަވެސް، ކޯޓުގެ ނިންމުމުގައި ބުނީ އީސާގެ ކިބައިން ހެއްކަށް ނުފޫޒު ފޯރުވާނެ ކަމަށް ޕީޖީގެ ސިޓީގައި ބަޔާންކޮށްފައި އޮތް އޮތުން ފިޔަވައި އެކަން ދަލާލަތުކޮށްދޭ ނުވަތަ އެ ބުނުމަށް ބާރު ލިވޭ އިތުރު އެއްވެސް އެއްޗެއް ޕީޖީ އަދި ފުލުހުން ވެސް ހުށަހަޅާފައިނުވާ ކަމަށެވެ.

އަސްރާ ވެސް މިހާރު ވަނީ ގެވެށި އަނިޔާގެ މައްސަލަ އިތުރަށް ކުރިއަށް ނުގެންދިޔުމަށް ފުލުހުންގެ ކިބައިން އެދިފަ އެވެ. އަސްރާ އެގޮތަށް ނިންމި ސަބަބެއް ސާފެއް ނޫނެވެ.

ނަމަވެސް، މައްސަލައިގެ ތަހުގީގަށް ފުލުހުންނަށް ބަޔާން ދެއްވުމަށް ފަހު އަސްރާ ފޭސްބުކްގައި ލިއުއްވި ގޮތުގައި އަނިޔާގެ އެ ތަޖުރިބާއަކީ ދުވަހަކު ވެސް ކުރިމަތިވެދާނެ ކަމަށް ހީކުރެއްވި ކަމެއް ނޫނެވެ. އަސްރާ ވިދާޅުވި ގޮތުގައި ވޭތުވެދިޔަ 24 ގަޑިއިރަކީ އޭނާ އާއި ދަރިފުޅަށް އުނދަގޫ އިހްސާސްތަކެއް ކުރަން ޖެހުނު ވަގުތެކެވެ.

އީސަ އޭނާއަށް ކުރެވޭ ތުހުމަތުތަކަށް އިންކާރު ކުރައްވައި ވިދާޅުވީ، ގާނޫނުތަކާއި ގަވާއިދުތަކާ ހިލާފު އެއްވެސް އަމަލެއް ކޮށްފައި ނުވާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ. އަދި ވިދާޅުވީ މަގާމުން އެކަހެރިވެވަޑައިގަތީ އޭނާއަށް ތުހުމަތުކުރާ ގެވެށި އަނިޔާގެ މައްސަލައެއް ބަލާތީ، މުއައްސަސަތަކަށް އެއްބާރުލުން ދެއްވުމުގެ ގޮތުން ކަަމަށެވެ.

އޭނާގެ ދިފާއުގައި ދޮށީ ދަރިފުޅު ވެސް ނުކުމެ، އީސަ އެފަދަ ކަމެއް ނުކުރާނެ ކަމަށް ބުނެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox