ކާފިއު ނޫން ގަޑީގައި ބޭރަށް ނުކުމެވޭނީ ގެއަކުން ދެ މީހަކަށް

ފްލޫ ކްލިނިކެއްގައި އެޗްޕީއޭގެ އޮފިޝަލުން ހަރަކާތްތެރިވަނީ: ކޮވިޑު ފެތުރުން ކޮންޓްރޯލް ނުކުރެވޭތީ ބުދަ ދުވަހުން ފެށިގެން މާލެ ސަރަހައްދުގައި އަޅާފައިވާ ފިޔަވަޅުތައް ވަނީ ވަރުގަދަ ކުރަން ނިންމާފައި. -ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ފްލޫ ކްލިނިކެއްގައި އެޗްޕީއޭގެ އޮފިޝަލުން ހަރަކާތްތެރިވަނީ: ކޮވިޑު ފެތުރުން ކޮންޓްރޯލް ނުކުރެވޭތީ ބުދަ ދުވަހުން ފެށިގެން މާލެ ސަރަހައްދުގައި އަޅާފައިވާ ފިޔަވަޅުތައް ވަނީ ވަރުގަދަ ކުރަން ނިންމާފައި. -ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ކާފިއު ގަޑިތަކުގައި ވެސް ބޭރަށް ނުކުމެވޭ އަދަދު ލިމިޓުކުރަން ކޮންމެ ގެއަކަށް ދެ ފާސް ދޫކޮށް މާލެ ސަރަހައްދުގައި ކޮވިޑް-19 ކޮންޓްރޯލް ކުރަން އަޅާފައިވާ ފިޔަވަޅުތައް ބުދަ ދުވަހުން ފެށިގެން ވަރުގަދަކުރަން ނިންމައިފި އެވެ.

ކޮވިޑް-19ގެ ހާލަތު އިންތިހާއަށް ގޯސްވެ، ޕޮޒިޓިވްވާ މީހުންގެ ނަންބަރުތައް އަދިވެސް ކޮންޓްރޯލް ކުރެވިފައިނުވާއިރު، މިހާރު ހަވީރު 4:00 އިން ފަތިހު 4:00އަށް އިއުލާނުކޮށްފައިވާ އެގަޑި ބުދަ ދުވަހުން ފެށިގެން ކާފިއު ގަޑި ހަތަރު ގަޑިއިރަށް އިތުރުން ހެނދުނު 8:00 އާ ހަމައަށް ދަންމާލާފައިވެ އެވެ.

މިހާރު ކުރިއަށްދާ އެޗްއީއޯސީގެ ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުގެ ތަރުޖަމާނު މުހައްމަދު މަބްރޫކު ވިދާޅުވީ ކުރިއާ ހިލާފަށް ކާފިއު ގަޑީގައި ވެސް ކޮންމެ ގެއަކުން ބޭރަށް ނުކުމެވޭ އަދަދު ވެސް ލިމިޓު ކުރަން ނިންމާފައިވާ ކަމަށެވެ.

އެގޮތުން، އެ ގަޑީގައި ކޮންމެ ގޭބީސީއަކަށް ދެ ފާސް ލިބޭއިރު، ކާފިއު ނޫން ގަޑިތަކުގައި ވެސް ބޭރަށް ނުކުމެވޭނީ އެ ފާސް އޮންނަ ފަރާތްތަކަށް އެކަނި ކަމަށާއި އެ ގަޑީގައި ފާސް ނެތް މީހަކު ބޭރަށް ނުކުތުމަކީ މަނާކަމެއް ކަމަށް މަބްރޫކު ވިދާޅުވި އެވެ.

އޭގެ އިތުރުން ކާފިއު ގަޑީގައި ފިހާރަތަކަށް ވަދެ ވިޔަފާރި ކުރުމާއި ރެސްޓޯރަންޓް/ކެފޭ ތަކުން ޓޭކްއަވޭ ހިދުމަތް ދޭނަމަ 5،000 ރ. އިން ޖޫރިމަނާ ކުރެވޭ ކަމަށެވެ.

އެ ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުންގެ ފަރާތުން ޗީފް ސުޕަރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ޝަރީފް ވިދާޅުވީ އެ ފާސް ހޯދަން ފުލުހުންގެ ޕޯޓަލް މެދުވެރިކޮށް އެދެވޭނެ ކަމަށެވެ.

އަދި ކޮންމެ ގޭބީސީއަކަށް ވެސް ދޭވޭ ފާސް ވެސް ވަކި ގަޑިތަކަކަށް ބަހާލާފައިވާ ކަމަށެވެ.

އެކަން އިތުރަށް ސާފުކޮށް ދެއްވަމުން ޝަރީފް ވިދާޅުވީ އެ ފާސް ދޫކޮށްފައި އޮންނާނީ ވަކި މީހަކަށް ކަމަށާއި އެ ފާސް ދޫކޮށްފައިވާ ފަރާތް ނޫން ފަރާތަކަށް އެ ފާހުގައި ބޭރަށް ނުކުތުން މަނާވާނެ ކަމަށެވެ.

އަދި ކާފިއު ހިންގާފައިވާ ގަޑިތަކުގައި އެ ފާސް ބޭނުންނުކުރެވޭނެ ކަމަށް ޝަރީފް ތަކުރާރުކޮށް ވިދާޅުވި އެވެ.

މިގޮތުން، އެއް ފާސް ދޫކުރެވިފައި އޮންނާނީ ހެނދުނު 8:00 އިން މެންދުރު 12:00 އާ ހަމައަށް އަދި ދެވަނަ ފާސް އޮންނާނީ މެންދުރު 12:00 އިން ހަވީރު 4:00 އަށް ކަމަށެވެ.

އަދި އެ ފާސްތައް ކްރޮސް ސިޓީގައި ބޭނުންނުކުރެވޭ ކަން ފާހަގަކުރައްވަމުން ޝަރީފް ވިދާޅުވީ މާލޭގެ ގެއަކަށް ދޫކޮށްފައިވާ ފާހެއް ބޭނުންކޮށްގެން ހުޅުމާލެއަށް ނުވަތަ ވިލިމާލެއަށް ދަތުރު ނުކުރެވޭނެ ކަމަށެވެ.

މީގެ އިތުރުން ފިހަރަތަކަށާއި ކެފޭ/ރެސްޓޯރަންޓުތަކަށް ހެނދުނު 6:00 އިން ދަންވަރު 12:00 އާ ހަމައަށް ޑެލިވަރީ ހިދުމަތް ދެވޭއިރު، މިހާރު އެތަންތަނަށް މިހާރު ވެސް ދޫކޮށްފައިވާ ފާސްތައް ބޭނުން ކުރެވޭނެ ކަމަށް ޝަރީފް ވިދާޅުވި އެވެ.

ބުދަ ދުވަހުން ފެށިގެން ހަރުކަށި ކުރާ ފިޔަވަޅުތައް

  • ހަވީރު 4:00 އިން ހެނދުނު 8:00 އަށް ކާފިއު.
  • ކާފިއު ނޫން ގަޑިތަކުގައި ވެސް ބޭރަށް ނުކުމެވޭނީ ފާސް އޮންނަ މީހުން.
  • ކޮންމެ ގޭބީސީއަކަށް ދޫކުރެވޭނީ ދެ ދަންފަޅިއަކަށް ބަހާލައިގެން ދެ ފާސް.
  • ކާފިއު ގަޑިތަކުގައި ޑެލިވަރީ ފިޔަވައި އެހެން ހިދުމަތެއް ދިނުން މަނާ.
  • ޑެލިވަރީ ހިދުމަތް ދެވޭނީ ހެނދުނު 6:00 އިން ދަންވަރު 12:00 އަށް
  • ކޮންސްޓްރަކްޝަން ސައިޓުތަކުގައި މަސައްކަތް ކުރުން ދެ ހަފްތާއަށް ހުއްޓާލުން.
  • ފާސް ނެތް މީހަކަށް ކަސްރަތު ކުރަން ބޭރަށް ނުކުތުން މަނާ.
  • ހުއްދަ ދޭ އަމިއްލަ އޮފީސްތައް ފިޔަވައި އެހެން ތަންތަން ބަންދުކުރުން.

ކޮވިޑްގެ ހާލަތު ގޯސްވެ މިއަދު އެކަނިވެސް ފަސް މީހުން މަރުވެފައިވާއިރު، މި މަހުގެ މިހާތަނަށް ކޮވިޑް ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 61 އަކަށް އަރާފަ އެވެ.

އެއާއެކު އެ ބަލީގައި ރާއްޖޭން ޖުމްލަ މަރުވި މީހުންގެ އަދަދު 134 އަކަށް އަރަ އެވެ.

މިހާރު އަމަލުކުރަންޖެހޭ އެހެން ފިޔަވަޅުތައް

  • ސަރުކާރު އޮފީސްތައް ބަންދުކުރުން.
  • ސްކޫލްތައް ބަންދުކޮށް އޮންލައިންކޮށް ކިޔަވައި ދިނުން.
  • ޕާކުތަކާއި، ކުޅިވަރު ދަނޑުތަކާއި، ސްވިމިން ޓްރެކުތައް ބަންދުކުރުން.
  • މިސްކިތްތަކުގައި މާސްކު އެޅުމާއެކު ނަމާދު ކުރާއިރު ގައިދުރުކަން ބެހެއްޓުން.
  • ހޮޓާ، ކެފޭ/ރެސްޓޯރަންޓުތަކުން ހަމައެކަނި ޑެލިވަރީ ހިދުމަތް ދިނުން.
  • ހުއްދައާއެކު ޒަރޫރީ ބޭނުންތަކަށް މެނުވީ ރަށްރަށަށް ދަތުރުކުރުން ހުއްޓާލުން.
  • ވެކްސިން ފުރިހަމަ ކުރުމުން ދަތުރުކުރުމަށް ދީފައިވާ ލުއި މެދުކަނޑާލުން.

މީހުން މަރުވާ މިންވަރު އިތުރުވެފައިމިވަނީ ކޮވިޑަށް ރައްކާތެރިވުމުގެ ވެކްސިން ވެސް ޖަހަން ފަށާފައިވަނިކޮށެވެ. ކޮވިޑް ވެކްސިނަކީ، ބަލީގައި ހާލު ބޮޑުވުމުން ދުރުކޮށްދޭ އެއްޗެކެވެ. ނަމަވެސް، ގިނަ ބަޔަކަށް ކޮވިޑްގެ ދެވަނަ ޑޯޒު ވެކްސިން ނެތުމުގެ ސަބަބުން ވަނީ ނުޖެހި އެވެ.

ރާއްޖޭގައި ހަތަރު ވަނަ ރާޅަކާ ހަނގުރާމަ ކުރަމުންދާއިރު، ސިއްހީ ހިދުމަތްތެރިން ބުރަކޮށް މަސައްކަތް ކުރަން ޖެހުމުގެ ކަންބޮޑުވުން ވެސް އެބަ އޮތެވެ. ކޮވިޑް ފެސިލިޓީތަކާއި އައިސީޔޫތައް ވެސް ފުރިފައިވާއިރު، އެތަންތަނުގައި ބަލި މީހުން ބެލުމަށް އިންސާނީ ވަސީލަތްތައް މަދެވެ.

އިއްޔެ އިރުއޮއްސުމާ ހަމައަށް އެޗްޕީއޭއިން އާއްމުކޮށްފައިވާ ހިސާބުތަކުން މި ވަގުތު ވެސް ރާއްޖޭގެ އެކި ހިސާބުތަކުގައި ކޮވިޑު ބަލިން ރަނގަޅު ނުވެ 23،464 މީހުން އެބަ ތިއްބެވެ.

އޭގެ ތެރެއިން 290 މީހުންނަށް ދަނީ ހޮސްޕިޓަލުގައި އެޑްމިޓުކޮށްގެން ފަރުވާ ދެވެމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox