ޔުވެންޓަސް އާއި މިލާން ޗެމްޕިއަންސް ލީގަށް

May 23, 2021, 9:25 PM
ޔުވެންޓަސްގެ ޗިއޭސާ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.

ޔުވެންޓަސްގެ ޗިއޭސާ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.

މިލާން (މެއި 24) - އިޓާލިއަން ލީގުގައި މިރޭ އެޓަލަންޓާ 2-0 އިން ބަލިކުރި އޭސީ މިލާނާއި ބޮލޯނިއާގެ މައްޗަށް 4-1 އިން ކުރިހޯދި ޔުވެންޓަސް ލީގުގެ ގަދަ ހަތަރެއްގައި ނިންމައި އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން ޖާގަ ހޯދައިފި އެެވެ.

ބާކީ ހަތަރު މެޗު އޮއްވައި އިޓާލިއަން ލީގު ކާމިޔާބުކުރި އިންޓަ މިލާނުން މިއަދު ތަށި އުފުލާލީ ލީގުގެ ފަހު މެޗުގައި އަމިއްލަ ދަނޑުގައި 5-1 އިން އުދިނޭޒީ ބަލިކޮށްފަ އެވެ. އިންޓަ އަށް ވަނީ 91 ޕޮއިންޓް ލިބިފަ އެވެ.

އޭސީ މިލާނުން އަށް އަހަރު ތެރޭ ފުރަތަަމަ ފަަހަރަށް ޗެމްޕިއަންސް ލީގުގެ ޖާގަ ހޯދީ ލީގުގެ ދެ ވަނައިގެ ގޮތުގަ އެވެ. އެ ޓީމަށް 79 ޕޮއިންޓް ލިބުނުއިރު، ތިން ވަނަ އަށް ދިޔަ އެޓަލަންޓާގެ އޮތީ 78 ޕޮއިންޓެވެ. ޔުވެންޓަސް އަށް ވެސް 78 ޕޮއިންޓް ލިބުނުއިރު، އެޓަލަންޓާ އަށް ހެޑް ޓު ހެޑު ގަވާއިދުން ކުރި ލިބުނީ އެވެ.

Advertisement

ޔުވެންޓަސް އިން މިރޭގެ މެޗުން މޮޅުވި ނަމަވެސް މެޗަށް ނުކުތްއިރު ގަދަ ހަތަރެއްގައި ނިންމުމުގެ އަމިއްލަ ބާރެއް ނެތެވެ. ޔުވެންޓަސް އަށް ނަސީބުގެ އެހީ ލިބުނީ ނަޕޯލީ ކުޅުނު މެޗުން 1-1 އިން ވެރޯނާއާ އެއްވަރު ވުމުންނެވެ. ނަޕޯލީ 77 ޕޮއިންޓާ އެކު ލީގު ނިންމާލިއިރު، އަންނަ ސީޒަނުގައި އެ ޓީމު ކުޅޭނީ ޔޫރޮޕާ ލީގުގަ އެވެ. ޔޫރޮޕާ ލީގުގެ އަނެއް ޖާގަ ހޯދީ ހަ ވަނައިގައި އޮތް ލާޒިއޯ އެވެ. އެ ޓީމުގެ އޮތީ 68 ޕޮއިންޓެވެ.

ހޯސޭ މޮރީނިއޯގެ ކޯޗުކަމުގައި އަންނަ ސީޒަނުގައި ކުޅެން ތައްޔާރުވަމުން އަންނަ ރޯމާ ނިންމާލީ ހަތް ވަނައިގަ އެވެ. އެއީ 62 ޕޮއިންޓާ އެކު އެވެ. ރޯމާ ކުޅޭނީ ޔުއެފާ އިން އަންނަ ސީޒަނުގައި ފަށާ ތިން ވަނަ ފަންތީގެ ކްލަބް މުބާރާތް ކަމަށްވާ ޔުއެފާ ކޮންފަރެންސް ލީގުގަ އެވެ.

މޮޅުވާން މަޖުބޫރު މެޗެއް ނަމަވެސް ޔުވެންޓަސް އިން ކުޅުނީ ކްރިސްޓިއާނޯ ރޮނާލްޑޯ ނުލަ އެވެ. އެއީ އޭނާ އަށް ފަހު ޕްރެކްޓިހުގައި ދިމާވި ފިޓްނަސް ކަމެއްގެ ސަބަބުންނެވެ. ޔުވެންޓަސްގެ ގޯލުތައް ޖެހީ އަލްވާރޯ މޮރާޓާ ދެ ގޯލާއި ފެޑެރީކޯ ޗިއޭސާ އަދި އޭޑްރިއަން ރަބިއޯ އެވެ. ބޮލޯނިއާގެ ހަމައެކަނި ގޯލު ޖެހީ ބަދަލު ކުޅުންތެރިއެެއްގެ ގޮތުގައި ކުޅެން އެރި ރިކާޑޯ އޮރްސޮލީނީ އެވެ.

އިންޓަ ކުޅުންތެރިން ތަށްޓާ އެކު އުފާފާޅުކުރަނީ.

މިއީ 10 އަހަރު ތެރޭ ޔުވެންޓަސް އަށް އިޓާލިއަން ލީގު ގެއްލުނު ފުރަތަމަ ފަހަރެވެ. ޔުވެންޓަސްގެ ކޯޗު އަންދްރެއާ ޕިރްލޯ އަށް މަގާމުގައި ދެމިހުރެވިދާނެ ކަމާ މެދު މީޑިއާ އިން އަންނަނީ ސުވާލު އުފައްދަމުންނެވެ.

އެޓަލަންޓާ ދަނޑުގައި މިލާންގެ ދެ ގޯލު ވެސް ޖެހީ ޕެނަލްޓީން ފްރޭންކް ކެސިއޭ އެވެ. އެޓަލަންޓާ އިން މި މެޗު ނިންމާލީ ކުޅުންތެރިއަކު މަދުކޮށެވެ. އެއީ އިތުރު ވަގުތުގައި އެ ޓީމުގެ މާޓެން ޑެ ރޫން އަށް ރަތް ކާޑު ދެއްކުމުންނެވެ. މި އަހަރު ޔޫރޮޕާ ލީގުގައި ކުޅުނު މިލާން އަންނަ އަހަރު ކުޅޭނީ ޗެމްޕިއަންސް ލީގުގަ އެވެ. އެ ޓީމު އެންމެ ފަހުން ޗެމްޕިއަންސް ލީގުގައި ކުޅުނީ 2014 ވަަނަ އަހަރު އެވެ. މިލާން ވަނީ ހަތް ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފަ އެެވެ.

ނަޕޯލީން ވަނީ މިރޭ މެޗުގެ 60 ވަނަ މިނިޓްގައި އޭރިއާތެރެއިން އާމިރް ރަހުމާނީގެ ގޯލުން ލީޑުނަގައިފަ އެވެ. އެކަމަކު އެ ލަނޑު ޖެހިތާ އަށް މިނިޓް ފަހުން ވެރޯނާ އަށް އެއްވަރުކޮށްދިނީ ޑަވީޑޭ ފަރޯނީ އެވެ. ނަޕޯލީން އިތުރު ގޯލެއް ޖަހަން ކުރި މަސައްކަތް ކާމިޔާބެއްނުވި އެވެ.

އެގާރަ އަހަރު ތެރޭ ފުރަތަމަ ފަހަރަށް އިޓާލިއަން ލީގު ތަށި އުފުލާލި އިންޓަ އިން މިރޭ ވަނީ އުދިނޭޒީއާ ދެކޮޅަށް މޮޅު ކުޅުމެއް ދައްކައިފަ އެވެ. އިންޓަގެ ގޯލުތައް ޖެހީ އެޝްލީ ޔަންގް، ލަޓާރޯ މާޓިނޭޒް، ކްރިސްޓިއަން އެރިކްސަން، ރޮމެލޫ ލުކާކޫ އަދި އިވާން ޕެރިސިޗް އެވެ. އުދިނޭޒީގެ ހަމައެކަނި ގޯލު ޖެހީ ކުރިން ޔުވެންޓަސް އަށް ކުޅުނު ރޮބާޓޯ ޕެރޭރާ އެވެ. އޭނާ ގޯލު ޖެހީ ޕެނަލްޓީ އަކުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox