އަދީބުގެ މިނިވަންކުރި ގާޒީ އިސްމާއިލް ރަޝީދު ވަކިކުރަން ހުށަހަޅަނީ

ގާޒީ އިސްމާއިލް ރަޝީދު: އޭނާ ވަކިކުރަން ހުށަހަޅަން ޖޭއެސްސީން ވަނީ ނިންމާފައި -

ގާޒީ އިސްމާއިލް ރަޝީދު: އޭނާ ވަކިކުރަން ހުށަހަޅަން ޖޭއެސްސީން ވަނީ ނިންމާފައި -

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް އުފުލި އެމްއެމްޕީއާރްސީ ކޮރަޕްޝަންގެ ދައުވާތައް ބޭރުކޮށްލި ކުރިމިނަލް ކޯޓުގެ ގާޒީ އިސްމާއިލް ރަޝީދު، ފަނޑިޔާރު ކަމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ނިންމައިފި އެވެ.

އިއުތިރާފު އެއްބަސްވުމެއް ހަދައި، އަދީބުގެ މައްޗަށް ކުރިން ކޮށްފައިހުރި ދައުވާތައް އަނބުރާ ގެންދިޔުމަށްފަހު މަނީލޯންޑްރިން ހިމެނޭ ގޮތަށް އަދީބުގެ މައްޗަށް ހަތް ދައުވާއެއް އުފުލި އެވެ. ނަމަވެސް، ގާޒީ އިސްމާއިލް ރަޝީދު އެ ހަތް ދައުވާ ވެސް ބާތިލްކުރީ އަދީބަށް ޓޯޗާކޮށް ނުފޫޒު ފޯރުވާފައިވާތީ ކަމަށެވެ. އަދި، އަދީބާއެކު ވެފައިވާ އިއުތިރާފު އެއްބަސްވުމަކީ ގާނޫނު ދަންނަ އެއްޗެއް ނޫން ކަމާއި އޭރުގެ ޕީޖީ އައިޝަތު ބިޝާމް އަމަލު ކުރައްވާފައިވަނީ ގާނޫނީ އިމުން ބޭރުން ކަމަށް ކަނޑައަޅުއްވާފައިވެ އެވެ.

މިކަންކަން ގާޒީ އިސްމާއިލް ރަޝީދު ކަނޑައެޅުއްވީ، އެ ނުކުތާތައް ނުވަތަ ޓޯޗާކުރި ކަމަށް އަދީބު ވެސް ވިދާޅުވެގެންނެއް ނޫނެވެ. ގާޒީ އިސްމާއިލް ރަޝީފުގެ މި ނިންމެވުމާއެކު ބޮޑެތި ތުހުމަތުތަކެއް ކުރެވޭ އަދީބު މިނިވަންވި އެވެ.

ހިޔާނާތުގެ ދައުވާތައް ބޭރުކޮށް، އެ މައްސަލާގައި ދެން އިތުރަށް ދައުވާ ނުކުރެވޭނެ ކަމަށް ކަނޑައަޅައި، ގާޒީ އިސްމާއިލް ރަޝީދު ނެރުއްވި އެ އަމުރުގެ މައްސަލަ ޖޭއެސްސީއަށް ހުށަހެޅުއްވީ ޕްރޮސިކިއުޓާ ޖެނަރަލް ހުސެއިން ޝަމީމެވެ.

އެ ސުލޫކީ މައްސަލައާ ގުޅިގެން ގާޒީ އިސްމާއިލް ރަޝީދު ސަސްޕެންޝްގައި ވެސް ހުންނެވުމަށްފަހު މިހާރު ކޯޓަށް ނުކުންނަވަ އެވެ.

ނަމަވެސް، މިއަދު ޖޭއެސްސީން ނިންމާފައިވަނީ ގާޒީ އިސްމާއިލް ރަޝީދުގެ މައްޗަށް ސުލޫކީ މައްސަލަ ސާބިތުވާ ކަމަށެވެ.

އެގޮތުން، ޖޭއެސްސީން ބުނީ، ގާޒީ އިސްމާއިލްގެ ނިންމެވުމަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 13 ވަނަ ބާބުގައި ބަޔާންކޮށްފައިވާ އިޖުރާއަތްތަކާ ފާޅުކަންބޮޑު ގޮތެއްގައި ފަރުވާލެއް ނެތި ކަނޑައެޅިގެން ހިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށެވެ.

ޖޭއެސްސީގެ ތަހުގީގަށް ހޯދި ހޯދުންތަކުން އެނގިފައިވަނީ، ނިންމުން ނިންމި ދުވަހު އިޖުރާއީ ގޮތުން ކަންތައްތަކެއް ފާހަގަކުރުމަށް ގާޒީ ސުވާލުތަކެއް ކޮށްފައިވީ ނަމަވެސް، އޭގެ މާކުރިން ފެށިގެން އެ ހުކުމް ލިޔެ ތައްޔާރުކޮށްފައި އޮތް ކަމެވެ.

އެގޮތުން، ގާޒީގެ ނިންމުން އިޖުރާއީ އަޑުއެހުމެއް ބޭއްވުމަށްފަހު މިދިޔަ އަހަރުގެ ޖުލައި މަހުގެ 14 ވަނަ ދުވަހު ނިންމެވިއިރު، އެ ހުކުމް މިދިޔަ އަހަރުގެ ފެބުރުއަރީ މަހުން ފެށިގެން އޮތީ ލިޔެ ރައްކާކޮށްފަ އެވެ.

"ތަހުގީގަށް ހޯދުނު ޕެންޑްރައިވެއްގައި 22 ފެބްރުއަރީ 2020 ވަނަ ދުވަހު ސޭވްކޮށްފައިވާ "އިޖުރާއީގޮތުން ނިންމާ ނިންމުން" މި ސުރުހީގެ ދަށުން ތައްޔާރުކޮށްފައިވާ ލިޔުމުގައިވާ ނުކުތާތަކާއި ހުކުމުގައިވާ ނުކުތާތަކަކީ އެއް ނުކުތާތަކެއް،" ޖޭއެސްސީން ބުންޏެވެ.

ޕެންޑްރައިވްގައި ސޭވްކޮށްފައިވާ "އިޖުރާއީ ގޮތުން ނިންމާ ނިންމުން" މި ސުރުހީގެ ދަށުން ތައްޔާރުކޮށްފައިވާ ލިޔުން ސޭވްކޮށްފައިވަނީ، [trip finale v2] ގެ ނަމުގައި ކަމަށް ވެސް ޖޭއެސްސީން ބުންޏެވެ.

ޖޭއެސްސީން ބުނީި އެ ނަމަކީ އާންމު ގޮތެއްގައި މި ބާވަތުގެ ފައިލެއް ފަނޑިޔާރަކު ސޭވްކުރާނެ ނަމެއްކަން ސަބަބުވެރި އިންސާނެއްގެ ވިސްނުމުން ވިސްނާއިރު ގަބޫލު ނުކުރެވޭތީ އާއި، މި ނަމަކީ އެ ގަޒިއްޔާއާ ގުޅުމެއް ނެތް އާދަޔާ ހިލާފު ނަމެއްކަން ފާހަގަ ކުރެވުނު ކަމަށެވެ.

"ގާޒީ އިސްމާއިލް ރަޝީދު ބޭނުން ކުރުމަށް ކޮމްޕިއުޓާ ސިސްޓަމެއް ކްރިމިނަލް ކޯޓުގައި ހުންނައިރު ކޯޓުގައި ހިންގާ ގަޒިއްޔާތަކެއްގެ ލިޔެކިއުންތައް ޕެންޑްރައިވެއްގައި ގެންގުޅުމާއި އަދި ވަކިން ހާއްސަކޮށް ވަކި ގަޒިއްޔާތަކެއްގެ ލިޔެކިއުން އެކަނި އެ ޕެންޑްރައިވްގައި ހުރުމާއި، ގަޒިއްޔާތަކެއްގެ ދައުވާ ހުށަހެޅުމާ ހަމައަށް ވެސް ނުދަނީސް އެ ގަޒިއްޔާތައް ނިންމާނެ ގޮތުގެ ފައިލް އެ ޕެންޑްރައިވްގައި ތައްޔާރުވަމުންދިއުމުން ފަނޑިޔާރުގެ އަމަލުތަކާމެދު ސުވާލު އުފެދޭ،" ޖޭއެސްސީން ބުންޏެވެ.

އެހެންވެ، އަދީބުގެ މައްސަލާގައި ހުކުމްކޮށްފައި ވަނީ އެއްވެސް ފަރާތެއްގެ ނުފޫޒެއް ނެތި މިނިވަންކަމާއި މުސްތަގިއްލުކަމާއެކު ނޫންކަން ފާހަގަވާއިރު އެ އަމަލަކީ، ގާޒީ އިސްމާއިލް ރަޝީދު ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅަންޖެހޭ ކަމެއް ކަމަށް ޖޭއެސްސީން ވަނީ ނިންމާފަ އެވެ.

ފަނޑިޔާރަކު މަގާމުން ވަކި ކުރެވޭނީ އެކަމަށް ޖޭއެސްސީން ހުށަހަޅައިގެން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްގެންނެވެ. މިގޮތަށް ފަނޑިޔާރަކު ފުރަތަމަ ފަހަރަށް ވަކިކޮށްފައިވަނީ ވެސް މިހާރު އޮތް ޖޭއެސްސީން ހުށަހަޅައިގެން މިހާރު އޮތް 19 ވަނަ މަޖިލީހުންނެވެ.

އަދީބުގެ ދައުވާތައް ބޭރުކޮށް ގާޒީ އިސްމާއިލް ރަޝީދުގެ ނިންމުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން ވެސް އެ ނިންމުމަކީ ބޮޑު ގޯހެއް ކަމަށް ކަނޑައަޅާފަ އެވެ. އަދި އަލުން ކުރިމިނަލް ކޯޓަށް މައްސަލަ ބަލަން އެންގިިއިރު، މިހާރު އަދީބު ހުރީ އަމިއްލައަށް އިއުތިރާފުވެގެންނާއި ހެކިތަކުގެ މައްޗަށް އެ ދައުވާތައް ސާބިތުވުމުން 20 އަހަރުގެ ޖަލު ހުކުމެއްގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox