މެޑިކަލް ފެސިލިޓީގެ ބަލި މީހުންގެ ހާލު ބުނެދޭން ކޯލް ސެންޓަރެއް ހަދައިފި

ކޮވިޑްގެ ސާމްޕަލް ނެގުމުގެ ތެރެއިން: ހުޅުމާލޭ ފެސިލިޓީން މިއަދު ވަނީ ހޮޓްލައިނެއް ގާއިމުކޮށްފައި-- ފޮޓޯ: ހުސައިން ވަހީދު/ އަދަދު

ކޮވިޑްގެ ސާމްޕަލް ނެގުމުގެ ތެރެއިން: ހުޅުމާލޭ ފެސިލިޓީން މިއަދު ވަނީ ހޮޓްލައިނެއް ގާއިމުކޮށްފައި-- ފޮޓޯ: ހުސައިން ވަހީދު/ އަދަދު

ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން އަންނަ ބަލި މީހުންގެ ހާލަތު އާއިލާއިން ބެލުމަށްޓަކައި މިއަދު އެތަނުގައި ކޯލް ސެންޓަރެއް ގާއިމްކޮށްފި އެވެ.

ހުޅުމާލެ މެޑިކަލް ފެސިލިޓީ އާއި ޓޫރިޒަމް މިނިސްޓްރީ ގުޅިގެން ހަދާފައިވާ ކޯލް ސެންޓަރުގެ ހޮޓްލައިންނަކީ 3022221 އެވެ.

ފެސިލިޓީގައި ބާއްވާފައިވާ މީހުންގެ ހާލު ބެލޭނެ ގޮތެއް ހަމަޖައްސާފައި މި ވަނީ އެތަނުގައި އެޑްމިޓް ކޮށްފައި ތިބޭ މީހުންގެ ހާލަތު އާއިލާތަކަށް ނާންގާތީ ކަންބޮޑުވުން ފާޅުކޮށްފައި އޮއްވަ އެވެ.

އެޗްއީއޯސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހުޅުމާލޭ ހޮސްޕިޓަލްގެ ސީއީއޯ މާރިޔާ ސައީދު ވިދާޅުވީ ބަލި މީހުންގެ މައުލޫމާތު އާއިލާތަކާ ހިއްސާ ކުރަން ބޭނުން ނުވަނީ ނޫން ކަމަށެވެ. ބަލި މީހުންނަށް އަޅާލާފައި އެ މައުލޫމާތު ހިއްސާ ކުރާނެ ވަގުތު ނުވަނީ ކަމަށް އޭނާ ވިދާޅުވި އެވެ.

ފެސިލީޓީގައި ފަރުވާ ދޭ ބަލިމީހުންގެ އެހީތެރިންނަށް ނުތިބެވޭ ކަމުގެ ޝަކުވާއާ ގުޅޭގޮތުން މާރިޔާ ވިދާޅުވީ ކޮވިޑުގެ ސަބަބުން ބޭރަށް ގޮސް އައިސް ތިބޭގޮތަށް މީހަކު ބެހެއްޓުމުގެ ހުއްދަ ދެވެން ނެތް ކަމަށެވެ. އަދި އެތެރޭގައި މަޑު ކުރަން ކޮންމެ ބަލި މީހަކަށް އެހީތެރިއަކަށް ފުރުސަތު ނުދެވެނީ ޖާގައިގެ ދަތިކަމުގެ ސަބަބުން ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް ބައެއް ހާލަތުގައި ތިބި ބަލި މީހުންނަށް އެހީތެރިއެއްގެ ފުރުސަތު ދެމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

މާރިޔާ ވިދާޅުވީ ފެސިލީޓިގައި އެޑްމިޓް ކޮށްފައިވާ ބަލި މީހުން ދަރުމަވަންތަ ހޮސްޕިޓަލަށް ނުވަތަ އައިޖީއެމްއެޗަށް ބަދަލު ކޮށްދޭން ވަރަށް ގިނައިން އެދެމުން ދާ ކަމަށެވެ. އޭނާ ވިދާޅުވީ އެ ފެސިލިޓީގައި ވެސް ފަރުވާ ދެމުން އަންނަނީ އެ ހޮސްޕިޓަލްތަކުގައި ވެސް މަސައްކަތް ކުރައްވާ ޑޮކްޓަރުން ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox