ދިގުލައިގެން ގޮސްފައިވާ ހިލްޓަންގެ މައްސަލަ ސުޕްރީމް ކޯޓުގައި ފަށައިފި

ސުޕްރީމް ކޯޓު: ހިލްޓަން މައްސަލާގެ ޝަރީއަތް މިއަދު ވަނީ ފަށާފައި - ފޮޓޯ: ހުސެއިން ވަހީދު / އަދަދު

ސުޕްރީމް ކޯޓު: ހިލްޓަން މައްސަލާގެ ޝަރީއަތް މިއަދު ވަނީ ފަށާފައި - ފޮޓޯ: ހުސެއިން ވަހީދު / އަދަދު

ނ. އިރުފުށި ރިސޯޓް ހިންގަން ހިލްޓަން އިންޓަނޭޝަނަލާ އެކު ހެދި, އެއްބަސްވުން ސަން ޓްރެވަލްސް އެންޑް ޓުއާސްއިން އުވާލި މައްސަލާގައި 24 މިލިއަން ޑޮލަރު ދޭން ސިންގަޕޫރު އާބިޓްރޭޝަނުން ކޮށްފައިވާ އަމުރު ރާއްޖޭގައި ތަންފީޒު ނުކުރެވި އޮތް މައްސަލާގެ ޝަރީއަތް މިއަދު ސުޕްރީމް ކޯޓުގައި ފަށައިފި އެވެ.

ސަން ޓްރެވަލްއިން 2009 ވަނަ އަހަރު ހިލްޓަންއާ އެކު ހެދި އެއްބަސްވުން 2013 ވަނަ އުވާލީ ރަނގަޅަށް ނޫން ކަމަށް ސިންގަޕޫރް އާބިޓްރޭޝަނުން ކަނޑައަޅައި، ބަދަލުގެ ގޮތުގައި 24 މިލިއަން ޑޮލަރު ދޭން ސަންގެ މައްޗަށް އަމުރުކުރި އެވެ.

ނަމަވެސް، މިއަދާ ހަމައަށް ވެސް އެކަން ވަނީ ތަންފީޒު ނުވެ ކޮޅެއްގައި ނުޖެހި އެވެ.

ރާއްޖޭގެ އާބިޓްރޭޝަން ގާނޫނު ބުނާ ގޮތުން ރާއްޖެއިން ބޭރުގައި ހިންގާފައިވާ އާބިޓްރޭޝަނެއްގައި ކަނޑައަޅާ އެވޯޑެއް ތަންފީޒު ކުރެވޭނީ ރާއްޖޭގެ ކަމާބެހޭ ކޯޓަކަށް ހުށަހަޅައިގެންނެވެ.

އެގޮތުގެ މަތިން އާބިޓްރޭޝަންގެ ނިންމުން ތަންފީޒުކޮށް ދިނުމަށް ހިލްޓަންއިން އެންމެ ފުރަތަމަ ސިވިލް ކޯޓަށް ހުށަހެޅުމުން، އެ ކޯޓުން ވަނީ އާބިޓްރޭޝަންގެ ނިންމުންތައް އެ ކޯޓަށް ތަންފީޒުކޮށް ނުދެވޭނެ ކަމަށާއި އެ އިހްތިސޯސް އޮތީ ހައިކޯޓަށް ކަމަށް ބުނެފަ އެވެ. އެހެންވެ، އެ މައްސަލާގައި ހައި ކޯޓުގައި ޝަރީއަތް ހިންގުމަށްފަހު، ނިންމީ އެކަން ތަންފީޒު ކުރެވޭނީ ސިވިލް ކޯޓަށް ކަމަށެވެ. ހައި ކޯޓުން ބުނެފައިވަނީ އެއްބަސްވުމަކީ އާބިޓްރޭޝަނުން ގޮތް ކަނޑައަޅަން ޖެހޭ ގޮތަށް އޮތް އެއްބަސްވުމަކަށްވާއިރު އެކަމުގައި ހައިކޯޓަށް ގޮތް ނުކިއޭނެ ކަމަށެވެ.

ނަމަވެސް، އެއީ ތަންފީޒު ކުރެވޭނެ ކަމެއް ނޫން ކަމަށް ބުނެ ސަންއިން ސުޕްރީމް ކޯޓުގައި މައްސަލަ އިސްތިއުނާފުކުރި އެވެ. އެގޮތުގެ މަތިން މިއަދު ވަނީ ސުޕްރީމް ކޯޓުގައި މައްސަލާގެ ޝަރީއަތް ފަށައިފަ އެވެ. ސަންއިން އާބިޓްރޭޝަންގެ ނިންމުން ތަންފީޒު ނުކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުގައި ވެސް މައިގަނޑު ގޮތެއްގައި ފާހަގަކުރީ، ސިވިލް ކޯޓާއި ހައިކޯޓުގައި ވެސް ފާހަގަކުރި ނުކުތާތަކެވެ.

އެގޮތުން، ސަންގެ ވަކީލް އަހުމަދު މުއިއްޒު ވަނީ، ހިލްޓަންއިން އެންމެ ފުރަތަމަ އެއްބަސްވުމުގެ ތެރެއަށް ސަންއާ އެކު ވަނީ މަކަރާއި ހީލަތުން ކަމަށް ވިދާޅުވެ، އެހެންވެ އެ އެއްބަސްވުމަކީ އުފެދުމުގައި ވެސް ބާތިލް އެއްބަސްވުމެއް ކަމަށް ވިދާޅުވެފަ އެވެ.

މުއިއްޒު ވިދާޅުވީ، އެގޮތުން ރިސޯޓް ހިންގުން ހަވާލު ކުރެވުނީ އެ ކުންފުނިން ނެރެދޭނެ ނަތީޖާތަކެއްގެ މައްޗަށް ކަމަށާއި ނަމަވެސް، އެގޮތަށް އެކަން ހިނގާފައިނުވާ ކަމަށެވެ.

"ވަކި ނަތީޖާއެއް ދައްކައިގެން ވަކި ނަތީޖާއެއް ނެރެވިދާނެ ކަމަށް ސަން ޓްރަވެލްސްއަށް ދައްކައިގެން މި އެއްބަސްވުމުގައި ސޮއިކުރީ، ނަމަވެސް ކަންތައްތައް ދިޔައީ އެގޮތަކަށް ނޫން، އެހެންވެ އެ ވާހަކަ އަޅުގަނޑުމެންގެ މައިގަނޑު ނުކުތާއަކީ،" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ ކޮންޓްރެކްޓާ ބެހޭ ގާނޫނުގެ 13 ވަނަ މާއްދާގައިވާ ގޮތުން އަމިއްލަ އިހްތިޔާރުގައި ނޫން ގޮތަކަށް އެއްބަސްވުމެއްގައި ބައިވެރިވެފައިވާ ނަމަ އެއީ ބާތިލް އެއްބަސްވުމެއް ކަމަށް ބުނެފައިވާ ކަމަށާއި ހަގީގަތެއް އޮޅުވާލައިގެން ބައިވެރިކޮށްފައިވާ އެއްބަސްވުމަކީ އަމިއްލަ އިހްތިޔާރުން ބޭރުން ވެފައިވާ އެއްބަސްވުމެއްގެ ގޮތުގައި ބެލެވޭނެ ކަމަށް ވެސް ގާނޫނުގައިވާ ކަމަށެވެ. އެހެންކަމުން، އެފަދަ ގޮތަކަށް ހަގީގަތް އޮޅުވާލައިގެން ހަދާ އެއްބަސްވުންތައް ބާތިލްވާނެ ކަމަށެވެ.

އެ ފަރާތުން ހައި ކޯޓުގައި އެ ކަންކަން ފާހަގަކުރި ނަމަވެސް، ރިއާޔަތްކޮށްފައި ނުވާ ކަމަށާއި އެހެންކަމުން އެދެނީ ހައިކޯޓުގެ ހުކުމް ބާތިލްކޮށް ދިނުމަށް ކަމަށް މުއިއްޒު ވިދާޅުވި އެވެ.

ހިލްޓަން ތަމްސީލް ކުރައްވާ ވަކީލް ޝަހުދީ އަންވަރު ވަނީ މުއިއްޒަށް ރައްދު ދެއްވައި ވާހަކަ ދައްކަވައިފަ އެވެ. އެގޮތުން، ޝަހުދީ ވިދާޅުވީ، އެއްބަސްވުން އެކުލަވާލިއިރު ދެ ފަރާތުން ވެސް އެއްބަސްވެފައިވަނީ އެއްވެސް ދެބަސްވުމެއް އަދި ހިޔާލު ތަފާތުވުމެއް ނުވަތަ އެއްބަސްވުން ވުޖޫދުގައިވޭތޯ ނުވަތަ ނޫން ކަމަށް ވެސް ކަނޑައަޅަން ދާން ޖެހޭނީ އާބިޓްރޭޝަނަށް ކަމަށް ކަމަށެވެ. އެއީ، އެ އެއްބަސްވުމުގެ ވަށައިގެންވާ ހުރިހާ ކަމަކާއި އެއްބަސްވުމަށް ވަނުމަށް ހިނގި މަޝްވަރާތައް ވެސް ހިމެނޭ ގޮތުން ކަމަށެވެ.

އެހެންކަމުން، އެއްބަސްވުމަށް ވާސިލްވުމަށް ކުރި މަޝްވަރާތަކަށް ހިނގާނީ ރާއްޖޭގެ ގާނޫނުތައް ކަމަށް ސަންއިން ދެކިގެން، އެކަމުގައި ރާއްޖޭގެ ކޯޓުތަކަށް ދިޔުމަކީ އެއްބަސްވުމުގެ ދަށުން އޮތް އިހްތިޔާރެއް ނޫން ކަމަށް ޝަހުދީ ވިދާޅުވި އެވެ.

މިއަދު ކުރިއަށް ދިޔަ ހިލްޓަން މައްސަލާގެ ޝަރީއަތުގެ އަޑުއެހުމުގެ ތެރެއިން
މިއަދު ކުރިއަށް ދިޔަ ހިލްޓަން މައްސަލާގެ ޝަރީއަތުގެ އަޑުއެހުމުގެ ތެރެއިން

މިއަދު ކުރިއަށް ދިޔަ ހިލްޓަން މައްސަލާގެ ޝަރީއަތުގެ އަޑުއެހުމުގެ ތެރެއިން

އަދި، އެއްބަސްވުމަށް ސަންއިން ވަދެފައިވަނީ އެ ކުންފުނީގެ އެކްސްޕާޓުންގެ ލަފާއާ އެކު އަމިއްލަ އިހްތިޔާރުގައި ކަމަށް ވެސް ބުނެފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ. ޝަހުދީ ވިދާޅުވި ގޮތުގައި އެއްބަސްވުން އެކުލަވާލުމަށްޓަކައި ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާތައް ކޮށްފައިވާ ކަމަށް ވެސް އެނގެން އެބަ އޮތެވެ.

މަދަނީ މައްސަލަތަކުގައި މަޝްހޫރު ވަކީލް ވިދާޅުވި ގޮތުގައި، އުފެދުމުގައި ވެސް ބާތިލް އެއްބަސްވުމެއް ކަމަށް ސަންއިން ބުނާއިރު އެކަން އެނގެން ވެސް ފަސް އަހަރު ނެގި ކަމަށާއި އެހެންކަމުން ސަންއިން އެއްބަސްވުން ބާތިލްކޮށްފައިވަނީ އެ ކުންފުނީގެ އަމިއްލަ މަސްލަހަތަށްކަން އެނގެ އެވެ.

އަދި، ވިދާޅުވީ އެއްބަސްވުން ބާތިލްކުރީ އެއްވެސް ގާނޫނީ ސަބަބެއް ނުދައްކާ ކަމަށެވެ.

"އަޅުގަނޑުގެ އަހް މުއިއްޒު ސާބިތުކޮށްދެއްވަން ޖެހޭ ކަމަކީ، މި އެއްބަސްވުމުގެ ކުރިން ހިނގި ކަންކަމުގެ މައްޗަށް ދިވެހިރާއްޖޭގެ ގާނޫނެއް މިސާލަކަށް ހިނގާނެ ކަމަށް ނުވަތަ އެއީ މި އެއްބަސްވުމާ ރިލޭޓް ނުވާނެ އެއްޗެއް ކަމަށް ވިދާޅުވާނެ އެއްވެސް ގާނޫނީ އަސާސެއް ނެތް،" ޝަހުދީ ވިދާޅުވި އެވެ.

ޝަހުދީ ވިދާޅުވި ގޮތުގައި އެއްބަސްވުމުގެ ކުރީގެ ކަންކަން ހިފައިގެން ސަންއިން ރާއްޖޭގެ ކޯޓުތަކަށް ދަނީ އާބިޓްރޭޝަނުން ނިންމާފައިވާ ނިންމުން ތަންފީޒުކުރުމަށް ހުރަސް އެޅުމުގެ ގޮތުންނެވެ. އެކަން އެގޮތަށް ސަންއަށް ނުކުރެވޭނެ ކަމަށެވެ. ސަންއިން އެގޮތަށް އަމަލު ކުރަމުން ދަނީ އެއްބަސްވުމުގެ ދަށުން އިންގްލިޝް ކޮންޓްރެކްޓް ލޯ އެޕްލައިކޮށް އާބިޓްރޭޝަންގައި ވަކާލާތު ވެސް ކުރުމަށްފަހު، އެ މައްސަލާގައި ނާކާމިޔާބުވުމުންކަން އޭނާ ފާހަގަކުރެއްވި އެވެ.

ޝަހުދީ ވިދާޅުވި ގޮތުގައި ސަންއަށް އޮޅުވާލި ކަމަށް ބުނާ މީހުން ވެސް އާބިޓްރޭޝަންއަށް ހާޒިރުކޮށް، އޭނާއާ ދެ ފަރާތުން ވެސް ސުވާލުކޮށް ހަދާފައިވާ ކަމަށެވެ. އެ އާބިޓްރޭޝަންގައި ސަންއިން ސިންގަޕޫރްގެ މަޝްހޫރު ވަކީލެއް އައްޔަންކޮށް، ފުޅާ ދާއިރާއެއްގައި އެ މައްސަލާގައި ބައިވެރިވި ކަމަށެވެ. އެހެންވެ، އާބިޓްރޭޝަނުން ނިންމާފައިވާ ނިންމުމުގައި ނަގައިދީފައިވާ ބަދަލަކީ ތަންފީޒުކުރަން ޖެހޭނެ އެއްޗެއްކަން ސާފު ކަމަށެވެ.

"އެކަމަކު ހަ އަހަރުވީ އަދިވެސް އަޅުގަނޑުމެންނަށް ދިވެހިރާއްޖޭގެ ކޯޓު ސިސްޓަމްގެ ތެރެއިން އަޅުގަނޑުމެން މި އުޅެނީ ތަންފީޒު ނުކުރެވިގެން،" ޝަހުދީ ވިދާޅުވި އެވެ.

ޝަހުދީ ވިދާޅުވީ ސަންއިން އަމަލު ކުރަމުންދާ ގޮތަކީ ފަނޑިޔާރުން އެއްވެސް ގޮތަކަށް ފުރުސަތު ދީގެންވާނެ ކަމެއް ނޫން ކަމަށާއި އެހެންކަމުން، އާބިޓްރޭޝަންގެ ނިންމުމުން ސިވިލް ކޯޓަށް ތަންފީޒު ކުރެވޭނެ ކަމަށް ބުނެ ހައިކޯޓުން ނިންމާފައިވާ ނިންމުމަށް ތާއިދުކޮށް ދިނުމަށް އެދޭ ކަމަށެވެ.

އެހާ ހިސާބުން، މިއަދުގެ އަޑުއެހުމަށް ކަނޑައަޅާފައިވާ ވަގުތު ހަމަވުމާ އެކު، ފަނޑިޔާރުންގެ ބައެއް ސުވާލުތައް ކުރައްވައި ދެން އޮންނަ އަޑުއެހުމަކަށް އެ ސުވާލުތަކުގެ ޖަވާބު ގެންނެވުމަށް އެދިވަޑައިގެން އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން އަޑުއެހުން ނިންމާލެއްވި އެވެ.

ބެންޗުގައި ދެން ތިއްބަނީ ފަނޑިޔާރު އައިޝާ ޝުޖޫން އާއި ފަނޑިޔާރު މަހާޒު އަލީ ޒާހިރެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox