ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ އަމީރާ ލަތީފާ އަލް މަހްތޫމް ދިރިހުންނެވިކަން ސާބިތުވާ ހެކި ދައްކަން އދ. އިން ގޮވާލާފައި ވަނިކޮށް އެކަމަނާ ފެންނަ ދެ ފޮޓޯއެއް އިންސްޓަގްރާމްގައި ޕޯސްޓުކޮށްފި އެވެ.
ދުބާއީގެ ވެރިޔާ މުހައްމަދު އަލް މަހްތޫމްގެ ދަރިކަނބަލުން އިންނަވަނީ ބަންދުކޮށްފައި ކަމަށް ވިދާޅުވާ ވީޑިއޯއެއް ފެބްރުއަރީ މަހު ވަނީ ބީބީސީއިން އާއްމުކޮށްފަ އެވެ.
އެ ވީޑިއޯގައި ލަތީފާ ވިދާޅުވީ އޭނާ އިންވަނީ ބަންދުކޮށްފައި ކަމަށާއި ސިއްހީ އެހީތެރިކަން ވެސް ނުލިބޭ ކަމަށެވެ. ބީބީސީއިން ދެއްކި އެ ވީޑިއޯއަކީ ސިއްރުން ރިކޯޑްކޮށްފައިވާ ކުރެއްވި ވީޑިއޯ އެކެވެ.
މީގެ ކުރިން ވެސް އދ. އިން ހެކި ދައްކަން ޔޫއޭއީއިން ގޮވާލި އެވެ. އަދި އެ ގައުމުން އިޖާބަ ނުދިނުމުން ކަންބޮޑުވުން ވެސް ފާޅުކުރި އެވެ.
އދ. އިން ދެވަނަ ފަހަރަށް އެގޮތަށް ގޮވަލާ ނެރުނު ބަޔާނެއްގައި ބުނީ "އެކަމަނާ ވަގުތުން މިނިވަން ކުރަން ޖެހޭ" ކަމަށެވެ. އަދި އެކަމަނާ ހައްޔަރުކޮށްފައި ހުންނެވި ތަނާއި ހާލަތާ ބެހޭ މައުލޫމާތު ހިއްސާ ކުރުމަށް ގޮވާލި އެވެ.
މީގެ ކުރިން ޔޫއޭއީއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ލަތީފާ ހުންނެވީ ގޭގައި ކަމަށާއި އެކަމަނާގެ ކަންކަން ރަނގަޅަށް ބަލަހައްޓަމުންދާ ކަމަށެވެ. އދ. އިން ބުނީ އެއަށް ވުރެ އިތުރު މައުލޫމާތު ބޭނުންވާ ކަމަށެވެ.
މި ހަފްތާގައި އިންސްޓަގްރާމްގައި މީހަކު ޕޯސްޓު ކުރި ފޮޓޯއިން ފެންނަނީ ލަތީފާ ކަމަށް އެކަމަނާގެ އެކުވެރިއަކު ވަނީ ބީބީސީއަށް ޔަގީންކޮށްދީފަ އެވެ. ލަތީފާއާ އެކު ފޮޓޯއިން ދެން ފެންނަނީ އެކަމަނާއާ ގަތް ދެ މީހުންނެވެ.

ލަތީފާ (މ) ދެ އެކުވެރިންނާއެކު.--

ބުރްޖް ހަލީފާގެ ރެސްޓޯރެންޓެއްގައި ލަތީފާ (ކ) އެކުވެރިއަކާއެކު.--
ފޮޓޯ އާއްމުވުމުން އދ. އިން ރަސްމީކޮށް އެއްޗެއް ބުނެފައެއް ނުވެ އެވެ. ނަމަވެސް އދ. އިން ބީބީސީއަށް ބުނީ ލަތީފާ ދިރިހުންނެވިކަން ސާބިތުވާ ޔަގީން ހެކި އަދި ނުލިބޭ ކަމަށާއި އެކަން ކުރާނެ ކަމަށް ޔޫއޭއީން އެންގި ކަމަށެވެ.
ލަތީފާ ވަނީ 2018 ވަނަ ގައުމުން ފިއްލަވަން މަސައްކަތް ކުރައްވާފަ އެވެ. އެކަމަނާ އަނބުރާ ޔޫއޭއީއަށް ގެންދިޔެއީ އިންޑިއާ ކަނޑުގައި އޮތް މަނަވަރެއްގެ ތެރެއިން ހައްޔަރު ކުރުމަށް ފަހު އެވެ.
ލަތީފާގެ ބައްޕާފުޅަކީ ޔޫއޭއީގެ ނައިބު ރައީސް އަދި ދުބާއީގެ ވެރިޔާ އެވެ. އެމަނިކުފާނަކީ ދުނިޔޭގެ އެންމެ މުއްސަނދި ވެރިންގެ ތެރޭގައި ހިމެނޭ ވެރިއެކެވެ.
ލަތީފާ ވަނީ 2018 ވަނަ ގައުމުން ފިއްލަވަން މަސައްކަތް ކުރައްވާފަ އެވެ. އެކަމަނާ އަނބުރާ ޔޫއޭއީއަށް ގެންދިޔެއީ އިންޑިއާ ކަނޑުގައި އޮތް މަނަވަރެއްގެ ތެރެއިން ހައްޔަރު ކުރުމަށް ފަހު އެވެ.
ލަތީފާގެ ބައްޕާފުޅަކީ ޔޫއޭއީގެ ނައިބު ރައީސް އަދި ދުބާއީގެ ވެރިޔާ އެވެ. އެމަނިކުފާނަކީ ދުނިޔޭގެ އެންމެ މުއްސަނދި ވެރިންގެ ތެރޭގައި ހިމެނޭ ވެރިއެކެވެ.
ދުބާއީއަކީ އިގްތިސާދީ ގޮތުން ކާމިޔާބު ސިޓީއެއް ނަމަވެސް އެތަނުގައި އިންސާނީ ހައްގުތައް، ވަކިން ހާއްސަކޮށް އަންހެނުންގެ ހައްގުތައް، ހިފެހެއްޓިފައިވާ ކަމަށް ބައިނަލްއަގްވާމީ ޖަމިއްޔާތަކުން ބުނެ އެވެ.
އެކުވެރިންގެ އެހީތެރިކަމާއެކު ލަތީފާ 2018 ވަނަ އަހަރު ދުބާއީއިން ފިއްލަވަން މަސައްކަތް ކުރެއްވީ ވެސް އެހެންވެ އެވެ. އެކަމަނާ ބޭނުންވެ ވަޑައިގެންނެވީ މިނިވަންކަމާއެކު އުޅެވޭނެ ގޮތެއް ހޯދުމަށެވެ.










