ސޯޝަލް މީޑިއާއިން "އިންޑިއާ ވޭރިއެންޓް" ގެއްލުވާލަނީ

އިންޑިއާގެ ބަލި މީހެއްގެ ހުން ޗެކް ކުރަނީ.-- ފޮޓޯ: ރޮއިޓާޒް

އިންޑިއާގެ ބަލި މީހެއްގެ ހުން ޗެކް ކުރަނީ.-- ފޮޓޯ: ރޮއިޓާޒް

ކޮވިޑް ފަތުރާ ވައިރަހުގެ "އިންޑިއާ ވޭރިއެންޓަށް" ނިސްބަތް ކުރާ ހުރިހާ ކޮންޓެންޓެއް ނަގަން އިންޑިއާ ސަރުކާރުން ސޯޝަލް މީޑިއާ ކުންފުނިތަކަށް އަންގައިފި އެވެ.

އިންޑިއާގެ އައިޓީ މިނިސްޓްރީން ބުނީ އިންޑިއާއިން ފެނުނު ވޭރިއެންޓަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ދިން ނަމަކީ ބީ.617.1 ކަމަށާއި "އިންޑިއާ ވޭރިއެންޓް" ކިޔާ ނަމަ އެއީ ދޮގެއް ކަމަށެވެ.

ކޮވިޑް ފަތުރާ ވައިރަހުގެ އެހެން ވޭރިއެންޓުތަކަށް ވެސް ނިސްބަތް ކުރަމުން ދަނީ އެ ފެނުނު ގައުމަކާ ގުޅުވައިގެންނެވެ. އެގޮތުން އިނގިރޭސި ވިލާތުގެ ވޭރިއެންޓާއި ބްރެޒިލް އަދި ދެކުނު އެފްރިކާގެ ވޭރިއެންޓް ފާހަގަކުރެވެ އެވެ.

"އިންޑިއާ ވޭރިއެންޓް" ކިޔާތީ އެ ގައުމުގެ ސަރުކާރުން ހިތްހަމަނުޖެހިފައި ވާއިރު، ކޮވިޑު ބަލިމަޑުކަމުގެ ހާލަތު އިންޑިއާގައި ގޯސްވެފައި ވާތީ ސަރުކާރަށް ވަނީ ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފަ އެވެ.

"އިންޑިއާ ވޭރިއެންޓް" ގެ ވާހަކަދައްކާ ޕޯސްޓުތައް ސޯޝަލް މީޑިއާއިން ނެގުމަށް އަންގާފައި ވާއިރު، މީގެ ކުރިން ވެސް އިންޑިއާ ސަރުކާރުން ވަނީ މިފަދަ ބައެއް ނިންމުންތައް ތަންފީޒުކޮށްފަ އެވެ.

އެގޮތުން ކޮވިޑުގެ ދެ ވަނަ ރާޅުގައި ގައުމުގެ ހާލަތު ކޮންޓްރޯލުން ނެއްޓުމުން އެކަމަށް ފާޑުކިޔާ ކުރި ޓްވީޓުތައް ނަގަން ޓްވީޓާއަށް އެންގި އެވެ.

އިންޑިއާއިން ފެނުނު ވޭރިއެންޓުގެ ސަބަބުން މިދިޔަ މާޗް މަހުން ފެށިގެން އެ ގައުމުގެ ކޭސްތައް ވަނީ އިންތިހާއަށް އިތުރުވެފަ އެވެ. އިންޑިއާގައި މިހާތަނަށް ޖުމްލަ 26 މިލިއަން ކޮވިޑް ކޭސް ފެނިފައި ވެ އެވެ. އޭގެ އިތުރުން މި ބަލީގައި ގާތްގަނޑަކަށް 300،000 މީހުން އިންޑިއާއިން މަރުވެއްޖެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަޒަރުބައިޖާންގެ ސްކޫލްތަކުގައި ބުރުގާ އެޅުން މަނާކޮށްފި

އަޒަރުބައިޖާންގެ ސްކޫލްތަކުގައި "ސެކިއުލާ އުސޫލުތަކަށް" ފެތޭ ޔުނިފޯމް މިންގަނޑެއް ކަނޑައަޅައި، ނުސީދާ ގޮތެއްގައި ބުރުގާ އެޅުން މަނާކުރުމާ ގުޅިގެން އެ ގައުމުގައި ބޮޑެތި އިހުތިޖާޖުތަކެއް ވަނީ ފެށިފަ އެވެ. މި ނިންމުމުގެ ސަބަބުން ގިނަ ބަޔަކު ދަނީ މިއީ ދީނީ މިނިވަންކަމަށް އަރައިގަތުން ކަމަށް ބުނެ ނުރުހުން ފާޅުކުރަމުން.

"ކުރަފި" ހަރަކާތުގެ އިސް ލީޑަރުން ހައްޔަރުކޮށްފި

އިންޑިއާގެ ވޯޓާ ލިސްޓަށް ގެނައި އިސްލާހުތަކާ ގުޅިގެން ޗީފް އިލެކްޝަން ކޮމިޝަނަރު އިސްތިއުފާ ދެއްވުމަށް ގޮވާލައި، މުޒާހަރާކުރި "ކޮކްރޯޗް" ޒުވާނުންގެ ހަރަކާތުގެ އިސް ލީޑަރުންތަކެއް ފުލުހުން ހައްޔަރުކޮށްފި މި ހަރަކާތުގެ ބައިވެރިން ހައްޔަރުކުރީ މުޒާހަރާކުރުން މަނާ ސަރަހައްދެއް ކަމަށްވާ ޖަންތަރު މަންތަރަށް ފުލުހުންގެ ބެރިކޭޑްތައް މަތިން ފުންމާލުމުން.

ސިންގަޕޫރުން ހާއްސަ ސަބްސިޑީއެއް، މެލޭޝިއާ ސްކޫލުތައް ބަންދު

އިންޑޮނޭޝިއާގެ ޖަންގަލިތަކުގައި ރޯވި އަލިފާނުގެ ދުމުގެ ސަބަބުން ވައި ނުސާފުވެ، ސިންގަޕޫރުން ސިއްހީ ފަރުވާގެ ސަބަބްސިޑީއެއް ތައާރަފުކޮށް މެލޭޝިއާގެ ބައެއް ސްކޫލްތައް ވަނީ ބަންދުކޮށްފައެވެ. މި ހާލަތާ ގުޅިގެން ސިންގަޕޫރުގެ ރައްޔިތުންނަށް ނޭވާލާ ނިޒާމުގެ ބަލިތަކަށް އަގުހެޔޮކޮށް ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާއިރު، މިއީ "އެލް ނީނޯ" މޫސުމީ ހާލަތުގެ ސަބަބުން ކުރިމަތިވި ކަމެކެވެ.

ފްލައިޓެއްގައި ތަތްމަކުނު އުޅޭތީ ދަތުރު ކެންސަލްކޮށްފި

އޮސްޓްރޭލިއާގެ ކުއަންޓަސް އެއާވޭސްގެ ފްލައިޓެއްގައި ތަތްމަކުނު އުޅޭކަން ފާހަގަވެ، ފަސިންޖަރުންނަށް އުނދަގޫތަކެއް ކުރިމަތިވުމާ ގުޅިގެން އެ ބޯޓުގެ ދަތުރު ކެންސަލްކޮށް ބޯޓު ގްރައުންޑުކޮށްފިއެވެ. މި ހާދިސާއާ ގުޅިގެން ބޯޓު ސާފުކުރުމުގެ މަސައްކަތް ފަށާފައިވާއިރު، ދަތުރު މެދުކެނޑުނު ފަސިންޖަރުންނަށް އެއާލައިނުން ވަނީ ބަދަލު އިންތިޒާމުތައް ހަމަޖައްސައިދީފައެވެ.

ސުޕަމާކެޓްތަކުގެ ފިނިކުރާ ނިޒާމުތަކަށް ސައިބާ ހަމަލާއެއް

ފްރާންސްގެ އެތައް ސަތޭކަ ސުޕަމާކެޓެއްގެ ފިނިކުރާ ނިޒާމުތަކަށް ދިން ސައިބާ ހަމަލާއެއްގައި، ކާބޯތަކެތި ހަލާކުވެ މިލިއަނުން ޔޫރޯގެ ގެއްލުން ވެއްޖެއެވެ. މި ހަމަލާ އަމާޒުކޮށްފައިވަނީ ފިނިކުރާ ނިޒާމުތައް ކޮންޓްރޯލްކުރާ ސޮފްޓްވެއާއަކަށް ކަމަށްވާއިރު، މީގެ ސަބަބުން އައިސްއަލަމާރިތަކުގެ ހޫނުމިން އިންތިހާއަށް މަތިވެ ގިނަ އަދަދެއްގެ މުދާ ވަނީ އުކާލަން ޖެހިފައެވެ.

ހޫތީންނަށް "ހަރުކަށި" ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފި

ސައުދީގެ އެއާޕޯޓުތަކަށާއި ތެޔޮ އުފައްދާ މަރުކަޒުތަކަށް ހޫތީން ދެމުންދާ ހަމަލާތަކަށް ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު އެ ގައުމުގެ އެނާޖީ މިނިސްޓަރު ދެއްވައިފިއެވެ. މި ހަމަލާތަކުގައި މީހުން މަރުވެ އާންމު ޚިދުމަތްތަކަށް ބުރޫއަރާފައިވާއިރު، ހޫތީން ބުނަނީ މިއީ ސައުދީން ޔަމަނަށް ދޭ ހަމަލާތަކުގެ ބަދަލު ހިފުން ކަމަށެވެ. މި މައްސަލައިގައި ދެފަރާތުގެ ދެމެދުގައި ހަމަލާ ބަދަލުކުރުން ވަނީ އިތުރަށް ވަރުގަދަވެފައެވެ.

އިދިކޮޅު ސަޕޯޓަރުން ސުޕްރީމް ކޯޓާ ހަމައަށް ހިނގާލުމެއް ބާއްވައިފި

އިންތިޚާބީ ލިސްޓުގައި މަކަރު ހަދާފައިވާ ކަމަށް ބުނެ، އިންޑިއާގެ އިލެކްޝަންސް ކޮމިޝަނުގެ އިސްވެރިޔާ އިސްތިއުފާ ދިނުމަށް ގޮވާލައި އިދިކޮޅު ސަޕޯޓަރުން ދިއްލީގައި ބޮޑު ހިނގާލުމެއް ބާއްވައިފިއެވެ. މި މައްސަލަ ބަލައިދިނުމަށް އެދި ކޮންގްރެސް ޕާޓީން ސުޕްރީމް ކޯޓަށް ޕެޓިޝަނެއް ހުށަހަޅާފައިވާއިރު، ސަލާމަތީ ބާރުތަކުން ވަނީ މުޒާހަރާގެ ބައިވެރިން ހުއްޓުވައި ގިނަ ބަޔަކު ހައްޔަރުކޮށްފައެވެ.

Newsletter

Get the latest news delivered straight to your inbox