ހާލަތަށް ބަދަލެއް ނާދޭ؛ ބޮޑު ބެކްލޮގެއް ނެތި، 1،960 ޕޮޒިޓިވް ކޭސް

ސިއްހީ ހިދުމަތްތެރިއަކު މަސައްކަތުގައި: ބޮޑު ބެކްލޮގެއް ނެތްއިރު ވެސް ޕޮޒިޓިވް މީހުންގެ އަދަދު މަތި - ފޮޓޯ: ހުސެއިން ވަހީދު / އަދަދު

ސިއްހީ ހިދުމަތްތެރިއަކު މަސައްކަތުގައި: ބޮޑު ބެކްލޮގެއް ނެތްއިރު ވެސް ޕޮޒިޓިވް މީހުންގެ އަދަދު މަތި - ފޮޓޯ: ހުސެއިން ވަހީދު / އަދަދު

ސާމްޕަލްގެ ބޮޑު ބެކްލޮގެއް ނެތި، 1،960 މީހެއްގެ ކޮވިޑް ސާމްޕަލް ޕޮޒިޓިވްވެފައިވާކަން އެޗްޕީއޭއިން ހާމަކޮށްފި އެވެ.

މިފަހުން އެޗްޕީއޭއިން އާންމުކުރާ ޕޮޒިޓިވް ކޭސްތަކުގެ އަދަދު މަތި ނަމަވެސް، ބޮޑު ބެކްލޮގެއް އޮވެ އެވެ.

މިރޭ އެޗްޕީއޭއިން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން 1،960 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވެ އެވެ. އޭގެ ތެރޭގައި ކޮންމެ ވެސް ވަރެއްގެ ބެކްލޮގެއް އުޅުނު ނަމަވެސް، އެއީ ނިސްބަތުން މަދު އަދަދެއް ކަމަށް އެޗްޕީއޭއިން މައުލޫމާތުދެ އެވެ.

އެގޮތުން، އެޗްޕީއޭގެ އޮފިޝަލަކު ދެއްވި މައުލޫމާތަށް ބަލާއިރު، މިއަދުގެ ކޭސްތަކުގެ ތެރޭގައި ގިނަ ސާމްޕަލްތަކަކީ، 20 އަދި 21 ވަނަ ދުވަހު ނަގާފައިވާ ސާމްޕަލްތަކުން ޕޮޒިޓިވްވި ކޭސްތަކެވެ. އޭގެ ކުރީ ދެ ދުވަސް ކަމަށްވާ 18 އަދި 19 ވަނަ ދުވަހުގެ ސާމްޕަލްތައް އުޅެނީ 300 އަށްވުރެ ދަށުގައި ކަމަށް އޮފިޝަލް މައުލޫމާތު ދެއްވި އެވެ.

މިއަދުގެ ކޭސްތަކަށް ބަލާއިރު، މާލޭން ރިކޯޑް ކޮށްފައިވަނީ 1،518 ކޭސް އެވެ. ރަށްރަށުން 431 ކޭސް ފެނިފައިވާއިރު، ރިސޯޓްތަކުން 11 ކޭސްއެއް ރިކޯޑްކޮށްފައިވެ އެވެ. މިދިޔަ 24 ގަޑިއިރު ތެރޭގައި ޓެސްޓް ކޮށްފައިވަނީ ޖުމްލަ 6،333 ސާމްޕަލެވެ.

ރާއްޖޭގައި މި ވަގުތު ކޮވިޑް ބަލީގައި 22،421 މީހުން އެބަ ތިއްބެވެ. އޭގެ ތެރެއިން 294 މީހަކަށް ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ދަނީ ފަރުވާދެމުންނެވެ.

މާލޭގައި ކޮވިޑްގެ ކޭސްތައް އިންތިހާއަށް މައްޗަށް ގޮސްފައިވާއިރު ގިނަ ރަށްތަކަށް ވެސް މިހާރު ވަނީ ކޮވިޑް ފެތުރިފަ އެވެ. އެގޮތުން، މި ވަގުތު ވެސް ޖުމްލަ 70 ރަށެއް، އަރާފޭބުން މަނާކޮށް މޮނީޓަރިންގެ ހާލަތުގައި އެބަ އޮތެވެ.

ކޮވިޑް ބަލީގައި މަރުވި މީހަކު ވަޅުލުމަށް ތައްޔާތުވަނީ: މި މަހު އެކަނި ވެސް 50 މީހުން ވަނީ މަތުވެފައި - ފޮޓޯ: ހުސެއިން ޝަޔާހު / އަދަދު
ކޮވިޑް ބަލީގައި މަރުވި މީހަކު ވަޅުލުމަށް ތައްޔާތުވަނީ: މި މަހު އެކަނި ވެސް 50 މީހުން ވަނީ މަތުވެފައި - ފޮޓޯ: ހުސެއިން ޝަޔާހު / އަދަދު

ކޮވިޑް ބަލީގައި މަރުވި މީހަކު ވަޅުލުމަށް ތައްޔާތުވަނީ: މި މަހު އެކަނި ވެސް 50 މީހުން ވަނީ މަތުވެފައި - ފޮޓޯ: ހުސެއިން ޝަޔާހު / އަދަދު

ހާލަތު ގޯސް؛ މި މަހު މިހާތަނަށް ވެސް 50 މަރު

ކޮވިޑްގައި މިއަދު ތިން މީހަކު މަރުވެފައިވާއިރު، އެ ތިން މީހުންނަކީ ވެސް ދެބައިއުމުރުގެ މީހުންނެވެ. މިއަދުގެ ތިން މަރާއެކު، ކޮވިޑް ބަލީގައި ރާއްޖެއިން މަރުވި މީހުންގެ އަދަދު 123 އަށް އެރީ އެވެ. މީގެ ތެރޭގައި ހިމެނެނީ 108 ދިވެހިންނާއި 15 ބިދޭސީންނެވެ.

އެންމެ ގިނަ މީހުން އެއް މަހެއްގެ ތެރޭގައި މަރުވެފައިވަނީ، މި ހިނގާ މެއި މަހުގެ ތެރޭގަ އެވެ. އެގޮތުން މި މަހުގެ މިހާތަނަށް 50 މީހުން ވަނީ މަރުވެފައިވާ ކަމަށް އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.

މި އަހަރަށް ބަލާއިރު، ޖެނުއަރީ މަހު ކޮވިޑް ބަލީގައި ހަތަރު މީހަކު މަރުވިއިރު ފެބުރުއަރީ މަހު މަރުވެފައިވަނީ 10 މީހުންނެވެ. މާޗް މަހު ފަސް މީހުން މަރުވިއިރު، އޭޕްރީލް މަހު ބަލީގައި މަރުވި މީހުންގެ އަދަދަކީ ހައެކެވެ.

ވެކްސިނެއް ނެތް، އިންސާނީ ވަސީލަތްތައް މަދު

މީހުން މަރުވާ މިންވަރު އިތުރުވެފައިމިވަނީ ކޮވިޑަށް ރައްކާތެރިވުމުގެ ވެކްސިން ވެސް ޖަހަން ފަށާފައިވަނިކޮށެވެ. ކޮވިޑް ވެކްސިނަކީ، ބަލީގައި ހާލު ބޮޑުވުމުން ދުރުކޮށްދޭ އެއްޗެކެވެ. ނަމަވެސް، ގިނަ ބަޔަކަށް ކޮވިޑްގެ ދެވަނަ ޑޯޒު ވެކްސިން ނެތުމުގެ ސަބަބުން ވަނީ ނުޖެހި އެވެ. ރާއްޖެއިން ކޮވީޝީލްޑް ވެކްސިން ހުސްވެފައިވާއިރު އެ ވެކްސިން ލިބޭނެ ދުވަހެއް ވެސް ނޭނގެ އެވެ.

އެޗްޕީއޭއިން މީގެ ތިން ދުވަސް ކުރިން ހާމަކުރި ގޮތުގައި މި މަހުގެ އެހާތަނަށް މަރުވި މީހުންގެ ތެރެއިން 64 ޕަސަންޓު މީހުން ކޮވިޑު ވެކްސިންގެ އެއްވެސް ޑޯޒެއް ނުޖަހަ އެވެ. އެ ތަފާސްހިސާބު ހާމަކުރި މި މަހު މަރުވެފައިވަނީ 39 މީހުންނެވެ.

އޭގެ ތެރެއިން، 20 ޕަސަންޓު އެއް ޑޯޒް ޖަހާފައިވާއިރު، ވެކްސިން ފުރިހަމަކޮށްފައިވަނީ އެންމެ 12 ޕަސަންޓް މީހުންކަން އެޗްޕީއޭއިން ހާމަކޮށްފައިވެ އެވެ.

ރާއްޖޭގައި ހަތަރު ވަނަ ރާޅަކާ ހަނގުރާމަ ކުރަމުންދާއިރު، ސިއްހީ ހިދުމަތްތެރިން ބުރަކޮށް މަސައްކަތް ކުރަން ޖެހުމުގެ ކަންބޮޑުވުން ވެސް އެބަ އޮތެވެ. ކޮވިޑް ފެސިލިޓީތަކާއި އައިސީޔޫތައް ވެސް ފުރިފައިވާއިރު، އެތަންތަނުގައި ބަލި މީހުން ބެލުމަށް އިންސާނީ ވަސީލަތްތައް މަދެވެ.

އެހެންނަމަވެސް، ބަލި މީހުންގެ ފަރުވާއަށް އެއްވެސް އިހުމާލެއް ނޯންނާނެ ކަމުގެ ޔަގީންކަން އެޗްޕީއޭއިންދެ އެވެ.

ސިއްހީ ހިދުމަތްތެރިއަކު މަސައްކަތުގައި: އިންސާނީ ވަސީލަތްތައް ރާއްޖޭގައި މަދު - ފޮޓޯ: ހުސެއިން ވަހީދު / އަދަދު
ސިއްހީ ހިދުމަތްތެރިއަކު މަސައްކަތުގައި: އިންސާނީ ވަސީލަތްތައް ރާއްޖޭގައި މަދު - ފޮޓޯ: ހުސެއިން ވަހީދު / އަދަދު

ސިއްހީ ހިދުމަތްތެރިއަކު މަސައްކަތުގައި: އިންސާނީ ވަސީލަތްތައް ރާއްޖޭގައި މަދު - ފޮޓޯ: ހުސެއިން ވަހީދު / އަދަދު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ރާއްޖޭގައި ކޮވިޑްގެ ހާލަތު މިއަށްވުރެ އިތުރަށް ގޯސްވެއްޖެނަމަ މެނޭޖްކުރާނެ އިންސާނީ ވަސީލަތްތައް ނެތް ކަމަށް ވިދާޅުވެ، ފިޔަވަޅުތަކަށް ކަމޭހިތުމަށް ރައްޔިތުންނަށް އިލްތިމާސް ކުރައްވާފަ އެވެ.

ކޮވިޑް ބަލީގައި މަރުވާ މީހުން، ހުޅުމާލޭ ސަހަރާގައި ވަޅުލަމުންދާއިރު އާއިލާއަށް ރަނގަޅަށް ޖަނާޒާ ވެސް ކުރިއަށް ނުގެންދެ އެވެ. އެއީ، ހިތްދަތި ތަޖުރިބާއެއް ކަމަށް ކޮވިޑް ބަލީގައި މަރުވާ މީހުންގެ އާއިލާތަކުން ދަނީ ބުނަމުންނެވެ. އަދި، ސަހަރާގައި މަސައްކަތް ކުރާ މީހުންނަށް ވެސް ކޮންމެ ދުވަހަކު އެތައް ބަޔަކު ވަޅުލާން ޖެހުމުން ވަނީ އަސަރުތަކެއް ކުރުވާފަ އެވެ.

ރާއްޖެ، މިހާލަތަށް ވެއްޓިދާނެ ކަމަށް ވަރަށް ކުރިންސުރެ ވެސް، އަންދާޒާކޮށްފައިވާއިރު މި ހާލަތަށް ސަރުކާރުން އެންމެ ފުރިހަމައަށް ތައްޔާރުވެފައި ނެތް ކަމުގެ ފާޑުކިޔުންތައް ވަނީ އަމާޒުވެފަ އެވެ. އެގޮތުން، ރާއްޖެއަށް ހޯދަން ހަވާލުކުރި ވެންޓިލޭޓަރުތައް ކޮރަޕްޝަނާ ހެދި މިހާތަނަށް ވެސް ލިބިފައި ނެތުމަކީ ފާޑުކިޔުން ބޮޑު މައްސަލައެކެވެ. މިފަހުން، ފެސިލިޓީއެއްގައި މަސައްކަތް ކުރާ ނަރުހަކު ވެސް ވަނީ އެ ވެންޓިލޭޓަރުތައް ހުރިނަމަ، ބަލި މީހުންނަށް ފަރުވާ ދިނުމަށް ފަސޭހަވެގެން ދިޔައީސް ކަމަށް ބުނެފަ އެވެ.

ބަލީގެ ނުރައްކާ ބޮޑުވެފައި އޮތުމުން ފިޔަވަޅުތައް ވެސް ވަނީ ހަރުކަށިކޮށްފަ އެވެ. މާލޭގައި މިހާރު ކޮންމެ ދުވަހަކު ހަވީރު ހަތަރަކުން ފަތިހު ހަތަރަކަށް އޮތީ ކާފިއު އިއުލާންކޮށްފަ އެވެ. ސަރުކާރުގެ އޮފީސްތައް ބަންދުކޮށް ގޭގައި މަސައްކަތް ކުރާ ގޮތަށް ހަމަޖައްސާފައިވާ އިރު ކިޔަވައިދެމުން އަންނަނީ އޮންލައިންކޮށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox