އަންހެނަކު ޖަހައިގަނެގެން ގެންދިޔަ ދެ މީހުން، ޕީޖީގެ އެދުމަށް ދޫކޮށްލައިފި

އާދަމް ވިޝާން (ކ) އަދި އަލީ ރަޝީދު: އަންހެން މީހާ މަގުމަތިން ޖަހައިގަނެގެން ގެންދާ މަންޒަރު ފެނޭ -- ފޮޓޯ: ފޭސްބުކް

އާދަމް ވިޝާން (ކ) އަދި އަލީ ރަޝީދު: އަންހެން މީހާ މަގުމަތިން ޖަހައިގަނެގެން ގެންދާ މަންޒަރު ފެނޭ -- ފޮޓޯ: ފޭސްބުކް

މާލޭ މަގުމަތިން އަންހެނަކު ޖަހައިގަނެ، އޭނާ ގަދަކަމުން ގެއަކަށް ވައްދައި ރޭޕް ކުރަން އުޅުމުގެ ތުހުމަތުގައި ހައްޔަރު ކުރި ދެ މީހުން ބަންދުން ދޫކޮށްލައިފި އެވެ.

އެ މައްސަލައިގައި، މާރާމާރީ އާއި ކިޑްނެޕް އަދި ގަދަކަމުން ޖިންސީ ގުޅުން ހިންގުމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކުރީ ހދ. ނޭކުރަންދޫ، ވިނަރެސް، އާދަމް ވިޝާން، 18، އާއި ހދ. ވައިކަރަދޫ، މިލާފަރު، އަލީ ރަޝީދު، 23، އެވެ.

އެމީހުންގެ ބަންދު މީގެކުރިން ކުރިމިނަލް ކޯޓުން އިތުރުކޮށްދީފައިވީ ނަމަވެސް، ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން ވަނީ ޝަރުތުތަކާއެކު ބަންދުން ދޫކޮށްލުމަށް ކޯޓުގައި އެދިފަ އެވެ. އެގޮތަށް މައިގަނޑު ގޮތެއްގައި އެދުނު ސަބަބަކީ، މައްސަލާގައި ކަން ހިނގާފައިވާ ގޮތާއި ތަހުގީގު ނިމިފައިވުމެވެ.

އެ ހުށަހެޅުމަށް ރިއާޔަތްކޮށް ކުރިމިނަލް ކޯޓުގެ ގާޒީ އާދަމް މުހައްމަދު މިދިޔަ ބުދަ ދުވަހު ނެރެއްވި އަމުރުގައި ބުނީ، އަލީ ރަޝީދު ދެން އިތުރަށް ބަންދުގައި ބަހައްޓަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ. އެހެންވެ، އަލީ ރަޝީދުގެ މައްޗަށް ޕީޖީ އަދި ފުލުހުން އެދޭ ޝަރުތުތައްކޮށް ވަނީ ބަންދުން ދޫކޮށްފަ އެވެ.

އާދަމް ވިޝާމްގެ މައްޗަށް ހުރި ހެކިތަކަށް ބަލާއިރު، އޭނާ ބަންދުގައި ބަހައްޓަން ޖެހޭ ސަބަބެއް ނެތް ކަމަށް އަމުރުގައިވެ އެވެ. އެހެންވެ، އާދަމް ވިޝާމްގެ މައްޗަށް ވެސް ޕީޖީ އާއި ފުލުހުން އެދޭ ޝަރުތުތައް މަތިކޮށް ވަނީ ބަންދުން ދޫކޮށްލާފަ އެވެ.

އެނގިފައިވާ ގޮތުގައި، ބޮޑެތި ތުހުމަތުތަކެއް ދެ މީހުންގެ މައްޗަށް ހައްޔަރުކުރިއިރު ކުރެވުނަސް، ތަހުގީގުގައި އެމީހުންގެ މައްޗަށް އެ ތުހުމަތައް ސާބިތު ކުރެވޭ މިންވަރަށް ހެކި ލިބިފައިނުވެ އެވެ. ނަމަވެސް، ކުށެއް ކުރަން އުޅުނުކަން ސާބިތު ކުރެވިދާނެ މިންވަރަށް ހެކި ލިބިފައިވެ އެވެ.

އަންހެން މީހާ މަގުމަތިން ޖަހައިގެނެގެން ގަދަކަމުން ގޯޅިއެއް ތެރެއަށް ވައްދާ މަންޒަރު ފެންނަ ސީސީޓީވީ ފުޓޭޖް ވަނީ އާންމުވެފަ އެވެ. މިކަން ހިނގީ، މިސްކިތުން މީހުން ތަރާވީސް ނަމާދުން ފޭބި ގަޑިއަށް ވެފައި އަންހެން މީހާ ސަލާމަތްކޮށްފައިވަނީ މިސްކިތުން ފޭބި ބަޔަކު ގޮހެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox