ސައިބަ ހަމަލާއެއްގައި އެއާ އިންޑިއާގެ ހަތަރު މިލިއަން ކަސްޓަމަރުންގެ މައުލޫމާތު ލީކުވެއްޖެ

އެއާ އިންޑިއާގެ އޮފީސް.-- ފޮޓޯ: ގެޓީ އިމޭޖަޒް

އެއާ އިންޑިއާގެ އޮފީސް.-- ފޮޓޯ: ގެޓީ އިމޭޖަޒް

އިންޑިއާގެ ގައުމީ އެއާލައިން، އެއާ އިންޑިއާގެ ޑޭޓާ ސާވާތަކަށް ދިން ސައިބާ ހަމަލާއެއްގައި ދުނިޔޭގެ އެކި ކަނކޮޅުތަކުގައިވާ 4.5 މިލިއަން ކަސްޓަމަރުންގެ މައުލޫމާތު ލީކުވެއްޖެ އެވެ.

އެއާ އިންޑިއާއަށް ސައިބާ ހަމަލާއެއް އެންމެ ފުރަތަމަ އައިސްފައި ވަނީ މިދިޔަ ފެބްރުއަރީ މަހު އެވެ. ލީކުވި މައުލޫމާތުގެ ތެރޭގައި ޕާސްޕޯޓާއި، ޓިކެޓުގެ ތަފްސީލާއި ކްރެޑިޓް ކާޑުގެ ޑޭޓާ ހިމެނެ އެވެ.

ނަމަވެސް އެއާ އިންޑިއާއިން ބުނީ ކްރެޑިޓް ކާޑުގެ ސެކިއުރިޓީ ތަފްސީލްތައް ކަމަށްވާ، ސީވީވީ އާއި ސީވީސީ ނަންބަރުތައް ހަމަލާ އަމާޒުވި ސާވާތަކުގައި ރައްކާކޮށްފައި ނުވާނެ ކަމަށެވެ.

އެ ހަމަލާ ދިނީ ކޮން ބައެއް ކަމަށް އަދި ސާފެއް ނުވެ އެވެ.

އެއާ އިންޑިއާއިން ބުނީ ލީކުވި މައުލޫމާތަކީ އޯގަސްޓް، 26، 2011 އާއި ފެބްރުއަރީ، 20، 2021 އާ ދެމެދު ރަޖިސްޓްރީ ކުރި ހުރިހާ މައުލޫމާތެއް ކަމަށެވެ.

އެ ކުންފުނިން ވަނީ ކަސްޓަމަރުން ކުންފުނީގެ ވެބްސައިޓުގައި ބޭނުން ކުރާ އެކައުންޓުގެ ޕާސްވޯޑް ބަދަލުކުރަން އަންގާފަ އެވެ.

ފެބްރުއަރީ މަހުގެ ހަމަލާއަށް ފަހު ހެކަރުންގެ އިތުރު އެއްވެސް ހަރަކާތެއް ފާހަގަވެފައި ނުވާ ކަމަށް އެއާ އިންޑިއާއިން ބުނެ އެވެ.

ހަތަރު ލައްކައަށް ވުރެ ގިނަ ކަސްޓަމަރުންގެ ޒާތީ މައުލޫމާތާއި ކްރެޑިޓް ކާޑް މައުލޫމާތު 2018 ގައި ލީކުވުމުން ބްރިޓިޝް އެއާވޭޒްއަށް 26 މިލިއަން ޑޮލަރުގެ ޖޫރިމަނާއެއް މިދިޔަ އަހަރު އައިސްފައިވެ އެވެ.

އޭގެ އިތުރުން ސައިބާ ހަމަލާއެއްގައި ނުވަ މިލިއަން ކަސްޓަމަރުންގެ އީމެއިލް އެޑްރެހާއި ދަތުރު ކުރި ތަންތަނުގެ ތަފްސީލް ލީކުވެފައިވާ ކަމަށް އީޒީޖެޓު ކުންފުނިން ވެސް މިދިޔަ އަހަރު ހާމަކޮށްފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

އަލްބޭނިއާގެ މަޖިލީހުގައި ފްލެއާ އަރުވައިފި

އަލްބޭނިއާގެ ބޮޑުވަޒީރުގެ އިސްތިއުފާއަށް ގޮވާލައި ދަރިވަރުން ކުރަމުންދާ މުޒާހަރާތަކަށް ތާއީދުކޮށް، އެގައުމުގެ އިދިކޮޅު މެންބަރުން މަޖިލީހުގެ ތަޅުމުގައި ފްލެއާ އަރުވައި ޖަލްސާއަށް ހުރަސްއަޅައިފިއެވެ. ސަރުކާރުގެ ކޮރަޕްޝަނާއި އިޖުތިމާއީ މައްސަލަތަކާ ގުޅިގެން ފެށުނު މި ހަމަނުޖެހުންތަކަކީ ބޮޑުވަޒީރު އެޑީ ރާމާގެ ވެރިކަމަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމެވެ.

ފުލުހުން މޭގަންގެ ބައްޕަގެ އިލެކްޓްރޯނިކް ސާމާނުތައް ބަލަނީ

މޭގަން މާކަލްގެ ބައްޕަ ތޯމަސް މާކަލްގެ މައްޗަށް ކުރެވޭ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުތަކާ ގުޅިގެން، އޭނާގެ އިލެކްޓްރޯނިކް ސާމާނުތައް ބަލައި ތަހުގީގުކުރުމުގެ ހުއްދަ ފިލިޕީންސް ފުލުހުން ކޯޓުން ހޯދައިފިއެވެ. މި ތަކެތި ފުލުހުންނާ ހަވާލުކުރީ އޭނާގެ ދަރިފުޅު ކަމަށްވާއިރު، ތޯމަސް މާކަލް ވަނީ މި ތުހުމަތުތައް ދޮގުކޮށްފައެވެ.

އަޅުގަނޑަކީ ބްރެޒިލްގެ "ހައްގުވެރި" ލީޑަރު: ބޮލްސޮނާރޯ

ބްރެޒިލްގެ ރިޔާސީ އިންތިޚާބުން ނާކާމިޔާބުވި ފްލާވިއޯ ބޮލްސޮނާރޯ، ޕާސްޕޯޓް ހަވާލުކުރުމުގެ އަމުރަށް އިންކާރުކޮށް އެމެރިކާއަށް ވަޑައިގަތުމަށްފަހު އޭނާއަކީ ގައުމުގެ "ހައްގުވެރި ލީޑަރު" ކަމަށް އިއުލާންކުރައްވައިފިއެވެ. އިންތިޚާބަކީ ބަޣާވާތެއް ކަމަށް އޭނާ ތުހުމަތުކުރެއްވި ނަމަވެސް، ބައިނަލްއަގުވާމީ މުޖުތަމައާއި ބްރެޒިލްގެ ކަމާބެހޭ އިދާރާތަކުން ވަނީ ރައީސް ލޫލާގެ ކާމިޔާބީ ގަބޫލުކޮށްފައެވެ.

މެޖޯރިޓީ ގެއްލުނަސް ނަތަންޔާހޫއަށް ޔަހޫދީންގެ ތާއީދު ބޮޑު

އިސްރާއީލުގެ އިންތިޚާބުގައި ނަތަންޔާހޫގެ އިއްތިހާދަށް އަޣުލަބިއްޔަތު ގެއްލުނު ނަމަވެސް، އިދިކޮޅު ފަރާތްތަކަށް ވުރެ ގިނަ ގޮނޑި ކާމިޔާބުކޮށް އޭނާ މަގާމުގައި ދެމިހުރުމުގެ ފުރުސަތު ވަނީ ބޮޑުވެފައެވެ. އަރަބި ޕާޓީތަކުގެ އެހީތެރިކަމާ ނުލައި ސަރުކާރެއް އެކުލަވާލުން އިދިކޮޅު ފަރާތްތަކަށް ދަތިވެފައިވާއިރު، އާ ސަރުކާރެއް އުފެދެންދެން ނަތަންޔާހޫ ވަގުތީ ބޮޑުވަޒީރުގެ ގޮތުގައި ހުންނާނެ ކަމަށް ބެލެވެއެވެ.

ސްޕެއިންގައި ދެ ރޭލެއް ޖެހި 68 މީހުން މަރުވެއްޖެ

ސްޕެއިންގައި ބާރު ދުވެލީގައި ދަތުރުކުރި ދެ ރޭލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 68 މީހުން މަރުވެ، ގިނަ ބަޔަކަށް ވަނީ އަނިޔާވެފައެވެ. މި ހާދިސާ ހިނގަން މެދުވެރިވީ ކޮމްޕިއުޓަރު ސިސްޓަމަށް ދިމާވި މައްސަލައަކާ ގުޅިގެން ކޮންޓްރޯލް ސެންޓަރުން ދިން ނުބައި އިރުޝާދަކުން ހެދުނު އިންސާނީ ގޯހެއްގެ ސަބަބުންނެވެ.

Newsletter

Get the latest news delivered straight to your inbox