ތުހުމަތު ކުރެވޭ ވަރަށް ސަބަބުތައް ހުއްޓަސް ބަންދުކުރާނެ ގާނޫނީ ބިނާއެއް ނެތް: ކޯޓު

މެންބަރު އީސަ: އޭނާއަށް ކުށުގެ ތުހުމަތު ކުރެވޭ ވަރަށް ސަބަބުތައް ހުރި ނަމަވެސް، ހައްޔަރު ކުރާނެ ގާނޫނީ ބިނާއެއް ނެތް ކަމަށް ބުނި - ފޮޓޯ: މަޖިލިސް

މެންބަރު އީސަ: އޭނާއަށް ކުށުގެ ތުހުމަތު ކުރެވޭ ވަރަށް ސަބަބުތައް ހުރި ނަމަވެސް، ހައްޔަރު ކުރާނެ ގާނޫނީ ބިނާއެއް ނެތް ކަމަށް ބުނި - ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސާގެ މައްޗަށް ގެވެށި އަނިޔާގެ ތުހުމަތު ކުރެވޭ ފަދަ ސަބަބުތަކެއް އެބަ ހުރި ކަމަށާއި ނަމަވެސް އަމުރު ނެރެދެވޭނެ ގާނޫނީ ބިނާއެއް ނެތް ކަމަށް ކުރިމިނަލް ކޯޓުން މިރޭ ބުނެފި އެވެ.

ކޯޓުން މިގޮތަށް ބުނީ އީސަގެ ކުރީގެ އަނބިކަނބަލުން އަސްރާ ނަސީމަށް އަނިޔާކުރި މައްސަލައިގެ ތުހުމަތަށް އޭނާ ހައްޔަރުކުރަން ޕްރޮސިކިއުޓަ ޖެނެރަލް މެދުވެރިކޮށް އެދުނު އަމުރު ނެރެދެވެން ނެތް ކަމަށް ކަނޑައަޅަ އެވެ.

ދަރިފުޅު ވައްޓާލައި މަރާލާނެ ކަމުގެ އިންޒާރު ދިން ކަމަށް ތުހުމަތު

ކޯޓުގައި އަމުރަކަށް އެދުނީ، އަސްރާގެ ގައިގައި ތަޅައި މާރާމާރީ ހިންގައި، ދަރިފުޅު އަސްރާގެ އަތުން ގަދަކަމުން އަތުލައި ގޭގެ ބެލްކަނިން ބޭރަށް، މަގު މައްޗަށް އެ ކުއްޖާ ދިއްކޮށް ވައްޓާލައި މަރާލާނެ ކަމުގެ އިންޒާރު ދިން ކަމަށް ތުހުމަތުކޮށް މައްސަލަ ހުށަހަޅާފައިވާތީ އާއި ތަކުރާރުކޮށް ގެވެށި އަނިޔާ އީސާގެ ފަރާތުން ލިބޭ ކަމަށް އަސްރާ ހުށަހަޅާފައިވާތީ އެވެ.

އީސަ ހައްޔަރުކުރަން ޖެހޭ ސަބަބެއް ކަމަށް ފުލުހުން ކޯޓުގައި ބުނެފައިވާ ގޮތުގައި، އަސްރާ އާއި ދަރިފުޅު ނުރައްކަލަކަށް ހުށަހެޅުމުގެ ފުރުސަތު އޮތުމާއި، ކުޑަކުއްޖެއްގެ ކަރާމާތަށް އުނިކަން ލިބޭނެފަދަ އަމަލު ކުރުމާއި، މާރާމާރީ ހިންގުމާއި ގެވެށި އަނިޔާކުރުމުގެ ތުހުމަތުކުރުމަށް އެކަށީގެންވާ ހެއްކާ ގަރީނާ ލިބިފައިވާތީ އެވެ.

އަދި، އީސަ، ތަހުގީގު މަރުހާލާގައި ދޫވެފައި ހުރެއްޖެ ނަމަ މި ބާވަތުގެ އަމަލެއް ތަކުރާރުވުމުގެ ފުރުސަތު އޮންނާނެތީ ކަމަށް ފުލުހުން ބުނެފައިވެ އެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި އަނިޔާ ލިބުނު ފަރާތްތަކަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު އޮތުމުން، ގާނޫނު އަސާސީގެ 49 ވަނަ މާއްދާގައި ބަޔަންކުރާ ހާލަތަށް ރިއާޔަތްކޮށް ތަހުގީގު މަރުހަލާގައި އީސާ ބަންދުކޮށް އަނިޔާ ލިބުނު ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުން މުހިންމު ކަމަށް ދެކޭ ކަމަށެވެ.

ނަމަވެސް، ކުރިމިނަލް ކޯޓުން ނިންމީ އަމުރު ނެރެދޭނެ ގާނޫނީ ސަބަބެއް ނެތް ކަމަށެވެ.

އެގޮތަށް ކަނޑައެޅުއްވި ގާޒީ، ދީބާނާޒް ފަހުމީގެ ނިންމެވުމުގައި ބުނެފައިވަނީ، ކުށުގެ ވެއްޓަށް ފުލުހުން ދިޔައިރު އެތަނުގައި އީސަ ނެތްކަން އެނގޭއިރު، އޭނާ ހައްޔަރުކުރުމަށް އެދި ހުށަހަޅާފައިވާ ކުށްތަކުގެ ތެރޭގައި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 22 ވަނަ މާއްދާގައި ހިމެނޭ ކުށެއް ހިމެނިފައިނުވާ ކަމަށެވެ. އެއީ، ޖިނާއީ ބޮޑެތި ކުށްތައް ބަޔާންކުރާ މާއްދާ އެވެ.

ގާނޫނު އަސާސީގެ 49 ވަނަ މާއްދާ އާއި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 59 ވަނަ މާއްދާ އާއި 60 ވަނަ މާއްދާގައި، ކުށެއްގެ ތުހުމަތުގައި މީހަކު ހައްޔަރު ކުރުމުގައި ނުވަތަ ބަންދުގައި ބެހެއްޓޭނެ ސަބަބުތަކުގެ ތެރޭގައި ތަހުގީގުގެ ބޭނުމަށް ބަންދުގައި ބެހެއްޓުން ނުހިމެނޭ ކަމަށް ގާޒީގެ ނިންމެވުމުގައިވެ އެވެ.

އެ މާއްދާތަކަށް ރިއާޔަތްކޮށް ފުލުހުން އީސަ ހައްޔަރުކުރަން ޖެހޭ ސަބަބެއް ކަމަށް ދެކެނީ ހެކިބަސް ދޭން ތިބި މީހުންގެ ތެރެއިން މިވަގުތު ބަޔާން ނުނެގި ތިބި ހެކިންނަށް އީސަ ނުފޫޒު ފޯރުވަދާނެތީ އެވެ. ނަމަވެސް، ކޯޓުގެ ނިންމުމުގައި ބުނީ އީސާގެ ކިބައިން ހެއްކަށް ނުފޫޒު ފޯރުވާނެ ކަމަށް ޕީޖީގެ ސިޓީގައި ބަޔާންކޮށްފައި އޮތް އޮތުން ފިޔަވައި އެކަން ދަލާލަތުކޮށްދޭ ނުވަތަ އެ ބުނުމަށް ބާރު ލިވޭ އިތުރު އެއްވެސް އެއްޗެއް ޕީޖީ އަދި ފުލުހުން ވެސް ހުށަހަޅާފައިނުވާ ކަމަށެވެ.

އީސަ ހައްޔަރުކުރަން އެދެނީ ހަމަހަމަ ކަމުގެ ހައްގާ ހިލާފަށް: ކޯޓު

ކޯޓުގެ ނިންމުމުގައި ބުނީ ކުށުގެ ވެށިން މީހަކު ހައްޔަރު ކުރުން ނޫން ގޮތަކަށް ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 40 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ކޯޓު އަމުރެއްގެ ދަށުން އީސާގެ މައްޗަށް ތުހުމަތު ކުރެވޭ ކުށްތަކުގެ ތެރެއިން ކުށެއްގެ ތުހުމަތު ހިމެނޭ މައްސަލައެއްގައި، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 22 ވަނަ މާއްދާގެ (މ)ގައި ބަޔާންކޮށްފައިވާ ފަދަ ނުރައްކާތެރި ހާނިކައެއް މީހަކަށް ދިނުމުގައި ތުހުމަތު ނުހިމެނޭ މައްސަލައެއްގައި މީހަކު ހައްޔަރު ކުރުމުގެ އަމުރަކަށް ފުލުހުން ނުވަތަ ޕީޖީ އޮފީހުގެ ފަރާތުން 2019، 2020 އަދި 2021 ވަނަ އަހަރުގެ ތެރޭގައި ވެސް މިހާތަނަށް ކުރިމިނަލް ކޯޓަށް ހުށަހަޅާފައިނުވާ ކަމަށެވެ.

އީސަގެ މައްޗަށް ތުހުމަތު ކުރެވޭ ކުށުގެ މައްސަލާގެ ހަގީގަތްތަކާއި ގިޔާސް ކުރެވިދާނެ އަދި ކުޑަކުދިންގެ ކަރާމާތަށް އުނިކަން ލިބުމާއި ބިރު ދެއްކުމުގެ ކުށުގެ މައްސަލަތަކުގެ ތެރެއިން، ކުޑަކުދިންގެ ހިޔާގައި ބަލަހައްޓަމުންދާ ކުދިންތަކަކަށް އެ ތަނުގައި މަސައްކަތް ކުރި މުވައްޒަފުންތަކެއްގެ ފަރާތުން ޖިސްމާނީ އަދި ނަފްސާނީ އަނިޔާދީ، ކުޑަ ކުދިންތަކަކަށް ބިރު ދައްކައި އެ ކުދިންގެ ކަރާމާތަށް އުނިކަން ލިބޭ ގޮތަށް އަމަލު ކުރުމުގެ ތުހުމަތުވާ ހަތަރު މީހެއްގެ މައްޗަށް ހުށަހެޅުނު ގިނަ ދައުވާތަކެއްގެ މައްސަލާގައި ތުހުމަތު ކުރެވޭ އެއްވެސް މީހަކު ހައްޔަރުކުރުމަށް އެދިފައިނުވާ ކަމަށެވެ.

"މި ހާލަތުގައި އީސަ ހައްޔަރުކުރުމަށް ފުލުހުންނާއި ޕްރޮސިކިއުޓާ ޖެނެރަލް އެދިފައިވަނީ ގާނޫނު އަސާސީގެ 20 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ގާނޫނުގެ ކުރިމަތީގައި އަދި އެ މީހެއްގެ މައްޗަށް ގާނޫނު ހިންގުމުގައި ކޮންމެ މީހަކީ ވެސް ހަމަހަމަ ވެގެންވާނެ މީހެއް ކަމަށް އޮންނަ އޮތުމާ ހިލާފަށް ކަމަށް ޝަރީއަތަށް ބުރަވެވޭ،" ނިންމުމުގައިވެ އެވެ.

އެހެންވެ، ގާޒީ ދީބާނާޒް ނިންމެވީ އީސާގެ މައްޗަށް ތުހުމަތު ކުރެވޭ ފަދަ ސަބަބުތަކެއް ހުރި ކަމުގައިވީ ނަމަވެސް، އޭނާ ހައްޔަރުކުރަން އަމުރެއް ނެރޭނެ ގާނޫނީ ބިނާއެއް ޕްރޮސިކިއުޓާ ޖެނަރަލަށް ދެއްކިފައި ނެތް ކަމަށެވެ.

ކޯޓުން މިހެން ނިންމާފައިވާއިރު، މައްސަލައިގެ ތަހުގީގަށް ފުލުހުންނަށް ބަޔާން ދެއްވުމަށް ފަހު އަސްރާ ފޭސްބުކްގައި ލިއުއްވި ގޮތުގައި އަނިޔާގެ އެ ތަޖުރިބާއަކީ ދުވަހަކު ވެސް ކުރިމަތިވެދާނެ ކަމަށް ހީކުރެއްވި ކަމެއް ނޫނެވެ. އަސްރާ ވިދާޅުވި ގޮތުގައި ވޭތުވެދިޔަ 24 ގަޑިއިރަކީ އޭނާ އާއި ދަރިފުޅަށް އުނދަގޫ އިހްސާސްތަކެއް ކުރަން ޖެހުނު ވަގުތެކެވެ. އެކަމަކު މިހާރު ދެމައިންގެ ވެސް ހާލު ރަނގަޅު ކަމަށް ވިދާޅުވި އެވެ.

އީސަ އޭނާއަށް ކުރެވޭ ތުހުމަތުތަކަށް އިންކާރު ކުރައްވައި ވިދާޅުވީ، ގާނޫނުތަކާއި ގަވާއިދުތަކާ ހިލާފު އެއްވެސް އަމަލެއް ކޮށްފައި ނުވާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ. އަދި ވިދާޅުވީ މަގާމުން އެކަހެރިވެވަޑައިގަތީ އޭނާއަށް ތުހުމަތުކުރާ ގެވެށި އަނިޔާގެ މައްސަލައެއް ބަލާތީ، މުއައްސަސަތަކަށް އެއްބާރުލުން ދެއްވުމުގެ ގޮތުން ކަަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

"ގައުމު އިސްކުރާނަމަ ޕީއެންސީގެ ފަލްސަފާއާ ދެބަހެއް ނުވާނެ"

ޕީއެންސީގެ މައިގަނޑު ސިޔާސަތަކީ "އެންމެ ފުރަތަމަ ގައުމު" އިސްކުރުން ކަމަށާއި، އެ ފަލްސަފާއާ އެއްގޮތަށް މަސައްކަތްކުރާނަމަ އެއްވެސް ބަޔަކު އެ ޕާޓީއާ ދެބަސްނުވާނެ ކަމަށް މުއިއްޒު ވިދާޅުވި. އަދި އެހެން ސިޔާސީ ފިކުރުތަކަކީ ފަނާކުރަނިވި ފިކުރުތަކެއް ކަމަށާއި، ގައުމު އިސްކޮށްގެން މަސައްކަތްކުރާ ހަމައެކަނި ޕާޓީއަކީ ޕީއެންސީ ކަމަށްވެސް މުއިއްޒު ވިދާޅުވި.

ޕީއެންސީގެ 2028 ގެ ރިޔާސީ ޓިކެޓު މުއިއްޒަށް ރަސްމީކޮށް އަރުވައިފި

ޕީއެންސީގެ އަސާސީ ގަވާއިދާ އެއްގޮތަށް، 2028 ވަނަ އަހަރުގެ ރިޔާސީ ޓިކެޓު ޕްރައިމަރީއަކާ ނުލައި ރައީސް މުހައްމަދު މުއިއްޒަށް އެރުވުމަށް އެ ޕާޓީގެ ކޮންގްރެސްއިން ވަނީ ނިންމައި، މިރޭ ރަސްމީކޮށް ޓިކެޓު ހަވާލުކޮށްފައި. މިއީ އެމަނިކުފާނަށް ދެވަނަ ދައުރެއް ހައްގުވާތީ ނިންމި ނިންމުމެއް ކަމަށް ޕީއެންސީން ބުނޭ.

ބަދުއަހްލާގީ އަމަލު ހިންގި މައްސަލައިގައި ދެ މީހުން ހައްޔަރަށް

ހިޔާ ޓަވަރެއްގެ ބެލްކަނީގައި ބަދުއަހްލާގީ އަމަލު ހިންގި މައްސަލައިގައި ތުހުމަތުކުރެވޭ 36 އަހަރުގެ ފިރިހެނަކާއި 25 އަހަރުގެ އަންހެނަކު ފުލުހުން މިއަދު ވަނީ ހައްޔަރުކޮށްފައި. ކޯޓުން މި ދެ މީހުންގެ ބަންދަށް ފަސް ދުވަސް ޖަހާފައިވާއިރު، ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން.

މައްކާއަށް ހަމާލާ ދޭން އުޅުނީ ހޫތީން ކަމަށް ހުތުބާގައި ބުނެފި

ހޫތީން މައްކާއަށް ދޭން އުޅުނު ޑްރޯން ހަމަލާއެއް ހުއްޓުވާފައިވާ ބުނީ ސައުދީ އަރަބިއްޔާއިންނެވެ. ނަމަވެސް ހޫތީން އެކަން ދޮގުކޮށް، އެއީ ސައުދީ އަރަބިއްޔާއިން އުފެއްދި ވާހަކަތަކެއް ކަމަށް ވަނީ ބުނެފަ އެވެ.

ގާނޫނުއަސާސީގެ ފޮނިމީރުކަން ލިބެނީ ރައީސުލްޖުމްހޫރިއްޔާއަށް: އަލީ

ގާނޫނުއަސާސީގެ ފޮނިމީރުކަމާއި އިންސާފު ލިބެނީ ހަމައެކަނި ރައީސުލްޖުމްހޫރިއްޔާއަށް ކަމަށާއި، ދައުލަތުގެ ހުރިހާ މުދަލާއި ފައިސާއަކީ ރައީސްގެ އަމިއްލަ އެއްޗަކަށް ވެފައިވާ ކަމަށް ގާނޫނީ ވަކީލު އަލީ ވިދާޅުވި. ގާނޫނުއަސާސީ ފަރުމާކޮށްފައިވާ ގޮތުން މަޖިލީހާއި، މިނިވަން މުއައްސަސާތަކާއި ޖުޑީޝަރީގެ ކޮންޓްރޯލް ނެގުމުގެ ފުރުސަތު ރައީސަށް ފަހިވާ ކަމަށް.

ލޯނުގެ އިންޓްރެސްޓަށް އެރި 45 މިލިއަން ޑޮލަރު ދެއްކީ އިންޑިއާއިން

"މި ޓްރެޝަރީ ބިލުތަކުގެ ޕްރިސިޕަލް އެމައުންޓު ދެއްކީ ދިވެހި ސަރުކާރުން. އެކަމަކު މި ހުރިހާ ޓްރެޝަރީ ބިލަކަށް މިދިޔަ ފަސް އަހަރު ޖެހުނު އިންޓްރެސްޓް ދެއްކީ އިންޑިއާއިން. އިންޑިއާ ސަރުކާރުން ދެއްކީ ގާތްގަނޑަކަށް 45 މިލިއަން ޑޮލަރު،" ޖައިސްވާލް ވިދާޅުވި އެވެ.

ތޮށިގަނޑުގެ ހިލަގާތަކުގެ ތެރޭގައި ތާށިވި މީހަކު ސަލާމަތްކޮށްފި

މާލެ ސްކޭޓް ޕާކް ސަރަހައްދު ތޮށިގަނޑުގެ ހިލަގާތަކުގެ ތެރޭގައި ތާށިވެފައި އޮތް ފިރިހެނަކު، ފުލުހުންނާއި ސިފައިން ގުޅިގެން ވަނީ ސަލާމަތްކޮށްފައި. ގިނަ ގަޑިއިރުތަކެއް ވަންދެން ތާށިވެފައި އޮތް ކަމަށް ބެލެވޭ މި މީހާ ފެނުނީ އޭނާ ހަޅޭއްލަވާ އަޑަށް ކަމަށްވާއިރު، މިހާރު އޭނާއަށް ދަނީ އައިޖީއެމްއެޗްގައި ފަރުވާ ދެމުން.

Newsletter

Get the latest news delivered straight to your inbox