އީސަ ހައްޔަރުކުރަން ކުރިމިނަލް ކޯޓުން އަމުރެއް ނުދިން

އީސަ: އޭނާ ހައްޔަރުކުރަން އަމުރެއް ނުދިން - ފޮޓޯ: ހުސެއިން ވަހީދު / އަދަު

އީސަ: އޭނާ ހައްޔަރުކުރަން އަމުރެއް ނުދިން - ފޮޓޯ: ހުސެއިން ވަހީދު / އަދަު

ކުރީގެ އަނބިކަނބަލުން އަސްރާ ނަސީމަށް އަނިޔާކުރި ކަމުގެ ތުހުމަތު ކުރެވިފައިވާ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސަ ހައްޔަރުކުރުމަށް ޕްރޮސިކިއުޓާ ޖެނަރަލް އޮފީހުގެ ފަރާތުން އެދުނު އަމުރު ނުދޭން ކުރިމިނަލް ކޯޓުން ނިންމައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ހައްޔަރުކުރުމަށް އަމުރު ނެރެވޭނީ ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން އެދުމުންނެވެ. އެކަން ކޮށް ދިނުމަށް ފުލުހުން އެދުމުން، އެ އޮފީހުން ވަނީ ކުރިމިނަލް ކޯޓަށް އެކަމަށް އެދި މިއަދު ހުށަހަޅާފަ އެވެ.

ނަމަވެސް، ކޯޓުން ނިންމާފައިވަނީ އެ އަމުރު ނެރެދޭނެ ތަނެއް ނެތް ކަމަށެވެ. އެކަން ޕަބްލިކް ޕްރޮސިކިއުޓާ އަހުމަދު ޝަފީއު މިރޭ "އަދަދު"އަށް ކަށަވަރުކޮށް ދެއްވި އެވެ. ކުރިމިނަލް ކޯޓުގެ ބަހެއް އަދި މިކަމުގައި ނުލިބެ އެވެ.

އީސައަށް ގެވެށި އަނިޔާގެ ތުހުމަތު ކުރެވިފައިވާއިރު އޭނާ ވަނީ އެ ތުހުމަތުތަކަށް އިންކާރު ކުރައްވާފަ އެވެ. އަދި އިޖުތިމާއީ ކޮމިޓީގެ މުގައްރިރު ކަމުން އޭނާ ވަކިކުރުމަށް މަސައްކަތް ކުރަމުންދަނިކޮށް ވަނީ އިސްތިއުފާ ދެއްވާފަ އެވެ.

އެމްޑީޕީން ވެސް މިހާރު ވަނީ އެ ޕާޓީގެ ގުނަވަންތަކުން އީސަ ސަސްޕެންޑްކޮށްފަ އެވެ. އޭނާ މަޖިލިސް މެންބަރު ކަމުން އިސްތިއުފާ ދިނުމަށް ބައެއް މަޖިލިސް މެންބަރުން ވެސް ގޮވާލައްވާފަ އެވެ.

އީސަގެ ކުރީގެ އަނބިކަނބަލުން އަސްރާއަށް އަނިޔާކުރި ކަމުގެ ތުހުމަތު ކުރެވޭއިރު ދެ އަހަރު ނުވާ ދަރިފުޅު، ބެލްކަނިން އެއްލާލާނެ ކަމަށް ބުނެ އިންޒާރު ދިން ކަމުގެ ތުހުމަތުތަކެއް ވެސް ވަނީ ކޮށްފަ އެވެ. އެކަން ފުލުހަށް ރިޕޯޓް ކޮށްފައިވަނީ އަވައްޓެރިންތަކެކެވެ.

އެ މައްސަލައިގެ ތަހުގީގަށް ފުލުހުންނަށް ބަޔާން ދެއްވުމަށް ފަހު އަސްރާ ފޭސްބުކްގައި ލިއުއްވި ގޮތުގައި އަނިޔާގެ އެ ތަޖުރިބާއަކީ ދުވަހަކު ވެސް ކުރިމަތިވެދާނެ ކަމަށް ހީކުރެއްވި ކަމެއް ނޫނެވެ. އަސްރާ ވިދާޅުވި ގޮތުގައި ވޭތުވެދިޔަ 24 ގަޑިއިރަކީ އޭނާ އާއި ދަރިފުޅަށް އުނދަގޫ އިހްސާސްތަކެއް ކުރަން ޖެހުނު ވަގުތެކެވެ. އެކަމަކު މިހާރު ދެމައިންގެ ވެސް ހާލު ރަނގަޅު ކަމަށް ވިދާޅުވި އެވެ.

އީސަ އޭނާއަށް ކުރެވޭ ތުހުމަތުތަކަށް އިންކާރު ކުރައްވައި ވިދާޅުވީ، ގާނޫނުތަކާއި ގަވާއިދުތަކާ ހިލާފު އެއްވެސް އަމަލެއް ކޮށްފައި ނުވާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ. އަދި ވިދާޅުވީ މަގާމުން އެކަހެރިވެވަޑައިގަތީ އޭނާއަށް ތުހުމަތުކުރާ ގެވެށި އަނިޔާގެ މައްސަލައެއް ބަލާތީ، މުއައްސަސަތަކަށް އެއްބާރުލުން ދެއްވުމުގެ ގޮތުން ކަަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox