ހައިކޯޓުގެ މާނަކުރުން ގޯސް، ވާނުވާ ލާޒިމެއް ނޫން: ސުޕްރީމް ކޯޓު

ސުޕްރީމް ކޯޓު: ވާނުވާ ޖެހުން ލާޒިމް ކަމަށް ހައިކޯޓުން ކުރި މާނަކުރުން ވަނީ ބާތިލްކޮށްފައި - ފޮޓޯ: ހުސެއިން ވަހީދު / އަދަދު

ސުޕްރީމް ކޯޓު: ވާނުވާ ޖެހުން ލާޒިމް ކަމަށް ހައިކޯޓުން ކުރި މާނަކުރުން ވަނީ ބާތިލްކޮށްފައި - ފޮޓޯ: ހުސެއިން ވަހީދު / އަދަދު

ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 60 ވަނަ މާއްދާ، ހައިކޯޓުން މިދިޔަ އަހަރުގެ ތެރޭގައި ތަފާތު ގޮތަކަށް މާނަކޮށްފައިވެ އެވެ. އެއީ، ޝަރީއަތް ނިމެންދެން ބަންދުކުރުން ނުވަތަ ޖަލުގެ ބަހުރުވައިން ނަމަ، ވާނުވާ ޖެހުން ލާޒިމް ކަމެއްގެ ގޮތުގަ އެވެ. ނަމަވެސް، ސުޕްރީމް ކޯޓުން އިއްޔެ ވަނީ އެއީ ގޯސް މާނަ ކުރުމެއް ކަމަށް ކަނޑައަޅާފަ އެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 60 ވަނަ މާއްދާގެ (ށ)ގައިވާ ގޮތުން ދެ ހާލަތެއްގައި ޝަރީއަތް ނިމެންދެން ބަންދު ކުރުމުގެ އަމުރު ފަނޑިޔާރަށް ނެރެވިދާނެ އެވެ. އެއީ، ތުހުމަތުގައި ހައްޔަރު ކުރެވޭ މީހާއަށް "ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުރެއްޖެނަމަ" އަދި އެމީހާ ދޫކޮށްލައިފިނަމަ ގާނޫނު އަސާސީގެ 49 ވަނަ މާއްދާގައި ބަޔާންކުރާ ހަތަރު ހާލަތުންކުރެ ހާލަތެއް އޮވެއްޖެނަމަ އެވެ. އެ ހަތަރު ހާލަތަކީ، ހެއްކަށް ނުފޫޒު ފޯރުވުމަށް މަސައްކަތްކޮށްފާނެތީ، ނުވަތަ ކޯޓަށް ހާޒިރުނުވެދާނެތީ ނުވަތަ ފިލައިފާނެތީ ނުވަތަ ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެތީ އެވެ.

މި ހާލަތްތަކުން ހާލަތެއް މެދުވެރިވެދާނެ ކަމަށް ފަނޑިޔާރަށް ގަބޫލުކުރެވިއްޖެ ހާލަތެއްގައި އޭނާގެ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ފަނޑިޔާރު އަމުރުކުރަންވާނެ ކަމަށް ގާނޫނުގައި ލިޔެފައިވެ އެވެ.

ލޯބިވެރިޔާއަށް އަނިޔާކުރި މީހެއްގެ ބަންދު މައްސަލައެއްގައި މި އިބާރާތް ހައިކޯޓުން މާނަކޮށްފައި އޮތީ މިހެނެވެ؛

"މިހާލަތުގައި މިގޮތަށް އަމުރު ނެރުމަކީ ފަނޑިޔާރުގެ މައްޗަށް ލާޒިމު (mandatory) ކަމެއްކަން ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 60 ވަނަ މާއްދާގެ (ށ) ގައި 'އޭނާ ބަންދުގައި ބަހައްޓަން ފަނޑިޔާރު އަމުރުކުރަންވާނެއެވެ.' އިބާރާތުން އެނގޭ ކަމަށެވެ."

މިހެން ހައިކޯޓުން މާނަކުރުމުގައި ވަކި ކުށްތަކެއް އިސްތިސްނާ ކޮށްފައެއް ނެތެވެ. އެހެންކަމުން އެކަން ހުރިހާ ކުށަކަށް ވެސް އަމަލު ކުރަން ޖެހޭ ގޮތްވި އެވެ. މި މާނަކުރުމާމެދު ހިތްހަމަނުޖެހިގެން ޕްރޮސިކިއުޓާ ޖެނަރަލްގެ ފަރާތުން މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރި އެވެ.

އިއްޔެ އެ މައްސަލާގައި ސުޕްރީމް ކޯޓުން އިއްވި ހުކުމްގައި ބުނީ، ހައިކޯޓުން މާނަކުރުން ގޯސް ކަމަށެވެ. އޭގެ ސަބަބެއްގެ ގޮތުގައި، ބުނެފައިވަނީ ބޮޑު ކުށެއްގެ ގޮތުގައި ކަނޑައަޅާފައި ނުވާ ކުށެއް ކުރިކަމުގެ ތުހުމަތު ކުރެވޭ މީހާގެ މައްޗަށް އޭނާ އެ ކުށް ކުރި ކަމަށް ތުހުމަތު ކުރެވޭ މިންވަރަށް ހެކި ހުރެއްޖެނަމަ، ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބަހައްޓަން ފަނޑިޔާރު އަމުރު ކުރަން ޖެހުން ކަމަށް ބެލެވިދާނެ ކަމަށް ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 60 ވަނަ މާއްދާގެ (ށ) މާނަކުރުމުން އެނގޭ ކަމަށެވެ.

ސުޕްރީމް ކޯޓުން ބުނި ގޮތުގައި، ހައިކޯޓުން ގާނޫނުގެ މާއްދާ މާނަކޮށްފައިވަނީ ގާނޫނީ ލަފްޒީ މާނައަށް ރިއާޔަތްކޮށެވެ. އޭގެ ބަދަލުގައި ސުޕްރީމް ކޯޓުން މާނަކުރީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ މަގުސަދަށް ރިއާޔަތްކޮށެވެ.

އެގޮތުން އެ ގާނޫނުގެ މަގުސަދުތަކުގެ ތެރޭގައި ކުށުގެ ތުހުމަތުގައިވާ ފަރާތުގެ ހައްގުތަކަށް އުނިކަން ނާންނާނެ ގޮތަށް އަމަލުކުރުމާއި ތަހުގީގާއި ދައުވާކުރުން އަވަސް މިނެއްގައި ކުރިއަށް ގެންދިޔުމާއި ޝަރީއަތްތައް ވީހާވެސް އިންސާފުވެރި ގޮތެއްގައި ކުރިއަށް ގެންދިޔުމެވެ.

ސުޕްރީމް ކޯޓުން ބުނީ ގާނޫނުގައި ބުނާ ހާލަތްތަކުގައި މީހެއްގެ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ފަނޑިޔާރު އަމުރު ކުރަން ވާނެ ކަމަށް ބަޔާންކޮށްފައިވަނީ، އެއީ ފަނޑިޔާރު ކުރުން ލާޒިމް ކަމެއްގެ ގޮތުގައި ބެލުމަކީ ނުވަތަ އެގޮތަށް އެ މާއްދާ މާނަކުރުމަކީ އިންސާފުގެ ހަމަތަކާއި ބަންދުގައި ބެހެއްޓޭ މީހާގެ އަސާސީ ހައްގުތަކަށް ބަލާއިރު އެކަށީގެންވާ ގޮތެއް ނޫން ކަމަށެވެ.

"މިހެންކަމާއެކު، ހައިކޯޓުން ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 60 ވަނަ މާއްދާގެ (ށ)ގެ ދަށުން ފަނޑިޔާރަށް ލިބިގެންވާ ބާރު މާނަކޮށްފައިވަނީ ރަނގަޅަށް ކަމުގައި ނުދެން،" ހުކުމްގައިވެ އެވެ.

މި ހުކުމް ނެރުއްވީ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދު (ރިޔާސަތު) އާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރު އަދި، ފަނޑިޔާރު ހުސްނުއްސުއޫދެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox