އިންޑިއާ ތޫފާނުގައި ބަންޑުން ޖަހާލި ބާޖުން 26 މަރު، 53 މީހުން ނުފެނޭ

ބަންޑުން ޖަހާލި ބާޖުން ސަލާމަތްވި ދެ މީހަކު އަސްކަރީ މަނަވަރުން ފައިބަނީ.-- ފޮޓޯ: ޑިފެންސް ޕްރޯ

ބަންޑުން ޖަހާލި ބާޖުން ސަލާމަތްވި ދެ މީހަކު އަސްކަރީ މަނަވަރުން ފައިބަނީ.-- ފޮޓޯ: ޑިފެންސް ޕްރޯ

މި ހަފްތާގައި އިންޑިއާގެ ހުޅަނގަށް އެރި ބާރުގަދަ ތޫފާނުގައި މުމްބާއީ ކައިރިން 261 މީހުންނާއެކު ބަންޑުން ޖަހާލި ބާޖުން ގެއްލުނު މީހުންގެ ތެރެއިން 26 މީހެއްގެ ހަށިގަނޑު ފެނިއްޖެ އެވެ.

ގެއްލުނު މީހުން ހޯދުމުގެ މަސައްކަތް ކުރިއަށް ދާއިރު އިތުރު މީހުންގެ ހަށިތައް ފެންނާނެ ކަމަށް ބެލެވެ އެވެ. އޭގައި ތިބި މީހުންގެ ތެރެއިން 53 މީހަކު އަދިވެސް ނުފެނެ އެވެ.

މީހުން ސަލާމަތް ކުރުމުގައި އުޅޭ އަސްކަރީ މަނަވަރަކުން ވަނީ 186 މީހަކު ރައްކާތެރިކަމާއެކު މުމްބާއީއަށް އިއްޔެ ގެންގޮސްފަ އެވެ. ހާލުގައި ޖެހުނު އިތުރު ބާޖަކުން 35 މީހުން ސަލާމަތް ކުރި އެވެ.

ގާތްގަނޑަކަށް 700 މީހުންނާ އެކު އިތުރު ތިން ބާޖެއް ވެސް ވަނީ ހާލުގައި ޖެހިފަ އެވެ. އެ މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ވެސް ދަނީ ކުރިއަށެވެ. އޭގެ ތެރެއިން ދެ ބާޖު އޮތީ މުމްބާއީ ކައިރީގަ އެވެ. އަދި އަނެއް ބާޖު އޮތީ ގުޖަރާތު ކައިރީގަ އެވެ.

މިދިޔަ ހޯމަ ދުވަހު އިންޑިއާއަށް އެރި ތޫފާން ޓައުކްޓޭއަކީ ފާއިތުވި 20 އަހަރުގެ ތެރޭގައި އެރި އެންމެ ބާރުގަދަ ތޫފާނެވެ. އެއްގަމަށް ތޫފާނު ލައްވާލިއިރު އޭގެ ބާރު އޮތީ ވަރަށް ދަށްވެފަ އެވެ. އެހެން ނަމަވެސް އެއްގަމުގައި ހިނގި އެކި ހާދިސާތަކުގައި 19 މީހުން މަރުވި އެވެ.

ބަންޑުން ޖަހާލި ބާޖުން ސަލާމަތް ކުރެވުނު މީހުން އަސްކަރީ މަނަވަރުން ފައިބަނީ.-- ފޮޓޯ: ޑިފެންސް ޕްރޯ
ބަންޑުން ޖަހާލި ބާޖުން ސަލާމަތް ކުރެވުނު މީހުން އަސްކަރީ މަނަވަރުން ފައިބަނީ.-- ފޮޓޯ: ޑިފެންސް ޕްރޯ

ބަންޑުން ޖަހާލި ބާޖުން ސަލާމަތް ކުރެވުނު މީހުން އަސްކަރީ މަނަވަރުން ފައިބަނީ.-- ފޮޓޯ: ޑިފެންސް ޕްރޯ

ބަންޑުން ޖަހާލި ބާޖުގައި ތިބީ އިންޑިއާ އޮއިލް އެންޑް ނެޗުރަލް ގޭސް ކޯޕޮރޭޝަނުގެ މުވައްޒަފުންނެވެ. ތޫފާނުގެ ސަބަބުން ނަގިލި އެހެލާ، ބާޖު އޮޔާ ދާން ފެށީ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

އޭތި ބަންޑުން ޖަހާލުމުން ގެއްލުނު މީހުން ހޯދަން ކަނޑާއި ވައިގެ އޮޕަރޭޝަނެއް އެބަ ކުރިއަށް ދެ އެވެ. ނަމަވެސް ތޫފާނުގެ އަސަރާއެކު ރާޅުގެ އުސްމިނުގައި އަދިވެސް ހަތް މީޓަރު ހުރުމުން މަސައްކަތަށް ވަނީ ހުރަސް އެޅިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގްރީންލޭންޑުގައި އެމެރިކާގެ އަސްކަރީ ދެ މަރުކަޒެއް ބިނާކުރަނީ

އާކްޓިކް ސަރަހައްދުގައި އެމެރިކާގެ ދެ އަސްކަރީ މަރުކަޒު ގާއިމުކުރުމަށް އެމެރިކާ، ޑެންމާކް އަދި ގްރީންލޭންޑުން އާ ދިފާއީ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގެ ސަބަބުން އެ ސަރަހައްދާ ގުޅޭގޮތުން އުފެދިފައިވާ ނުތަނަވަސްކަމަށް ނިމުމެއް އައިސް، ޑެންމާކުގެ ސިޔާދަތީ ބާރު ކަށަވަރުވެގެންދާނެއެވެ. މިއީ 1951 ވަނަ އަހަރުގެ އެއްބަސްވުމަށް ގެނައި އިސްލާހެއްގެ ދަށުން، ގްރީންލޭންޑުގެ ދެ ސަރަހައްދެއްގައި ދިފާއީ މަރުކަޒުތައް ބިނާކުރުމަށް ލިބުނު ހުއްދައެކެވެ.

ޖޫން މަހަށް ފަހު އެމެރިކާ އާއި އީރާނުގެ ފުރަތަމަ ބައްދަލުވުން

އެމެރިކާ އާއި އީރާނުގެ މެދުގައި އުފެދިފައިވާ ހަމަނުޖެހުންތަކަށް ހައްލެއް ހޯދުމަށް، ޖޫން މަހަށްފަހު ފުރަތަމަ ފަހަރަށް ދެ ގައުމުގެ އިސް އޮފިޝަލުން އދ. ގައި ބައްދަލުކުރައްވައިފިއެވެ. ގަތަރު މެދުވެރިއެއްގެ ދައުރު އަދާކުރި މި ބައްދަލުވުމުގައި، އީރާނުގެ ފޮރިން މިނިސްޓަރާއި ޓްރަމްޕްގެ މަންދޫބު ބައިވެރިވެވަޑައިގެންނެވި ނަމަވެސް، މާބޮޑު ކުރިއެރުމެއް ލިބުނުކަމުގެ ރިޕޯޓެއް އަދި ލިބިފައެއް ނުވެއެވެ. މި މަޝްވަރާތައް ބާއްވާފައިވަނީ ދެ ގައުމުގެ އަސްކަރީ ކުރިމަތިލުންތަކުގެ ސަބަބުން ދުނިޔޭގެ ތެލުގެ ބާޒާރަށް ބޮޑެތި ލޮޅުންތަކެއް އަރާފައިވާ ދަނޑިވަޅެއްގައެވެ.

170،000 އަށް ވުރެ ގިނަ މީހުންނަށް ސިއްހީ މައްސަލަތައް ދިމާވެއްޖެ

އިންޑޮނޭޝިއާގެ ޖަންގަލިތަކުގައި ރޯވި އަލިފާނުގެ ސަބަބުން އުފެދުނު ވިހަ ދުމުގެ އަސަރުކޮށް، 175،000 އަށް ވުރެ ގިނަ މީހުންނަށް ނޭވާލާ ނިޒާމުގެ ބަލިތައް ޖެހި ސިއްހީ ނުރައްކަލަކާ ވަނީ ކުރިމަތިލާން ޖެހިފައެވެ. މި އަލިފާންގަނޑުތައް ނިއްވާލުމަށް ގިނަ އަދަދެއްގެ އޮފިޝަލުންނާއި ވަސީލަތްތައް ބޭނުންކޮށްގެން މަސައްކަތް ކުރަމުންދާއިރު، ބިމުގެ ހާލަތު ހުރިގޮތުން އެކަމަށް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައެވެ.

ޗާގޯސް އެއްބަސްވުން މުރާޖައާކުރަން ޔޫކޭއިން ނިންމައިފި

ޗާގޯސް ޖަޒީރާތައް މޮރިޝަސްއާ ހަވާލުކުރުމަށް ވެފައިވާ އެއްބަސްވުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ފާޑުވިދާޅުވުމާ ގުޅިގެން، އެ އެއްބަސްވުން މުރާޖައާކުރަން އިނގިރޭސިވިލާތުން ވަނީ ނިންމާފައެވެ. މި ނިންމުމާއެކު، އިންޑިއާ ކަނޑުގައި އޮންނަ އަސްކަރީ މަރުކަޒުގެ ސަލާމަތާއި ދެ ގައުމުގެ ގުޅުމަށް ރިއާޔަތްކޮށް އެ މައްސަލައިގައި އަލުން ވިސްނާނެކަމުގެ ޔަގީންކަން އިނގިރޭސި ސަރުކާރުން ވަނީ ދީފައެވެ.

ޔޫކޭއިން ވައިގެ މަގުން ސައުދީއަށް އަސްކަރީ އެހީތެރިކަން ދެނީ

ޔަމަނުގެ ހޫތީން ސައުދީ އަރަބިއްޔާއަށް ދެމުންދާ ހަމަލާތަކުން ދިފާއުވުމަށް އެހީތެރިވުމުގެ ގޮތުން، ވައިގެ މަގުން ތެޔޮ އެޅުމުގެ އަސްކަރީ އެހީތެރިކަން ދިނުމަށް އިނގިރޭސިވިލާތުން ނިންމައިފިއެވެ. ސައުދީ ސަރުކާރުގެ އެދުމުގެ މަތިން ދޭ މި އެހީތެރިކަމުގައި އިނގިރޭސި ރޯޔަލް އެއާ ފޯސްގެ "ވޮޔޭޖާ" މަރުކާގެ ބޯޓެއް ބޭނުންކޮށްގެން ކުރިއަށް އޮތް ހަފުތާތަކުގައި މަސައްކަތް ކުރިއަށްދާނެއެވެ.

ކުރީގެ ފަސްޓް ލޭޑީގެ ޖަލު ހުކުމް ފަސް އަހަރަށް ކުޑަކޮށްފި

ދެކުނު ކޮރެއާގެ ކުރީގެ ފަސްޓް ލޭޑީ ކިމް ކިއޮން ހީ ރިޝްވަތު ހިފި މައްސަލައިގައި އިއްވާފައިވާ 7 އަހަރުގެ ޖަލު ހުކުމް، އެ ގައުމުގެ އިސްތިއުނާފީ ކޯޓުން ވަނީ 5 އަހަރަށް ކުޑަކޮށްފައެވެ. ނަމަވެސް ކިމްގެ ފަރާތުން މި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރަން ނިންމާފައިވާއިރު، އޭނާގެ ފިރިކަލުން އަދި ކުރީގެ ރައީސް ޔޫން ސުކް ޔޯލް މިހާރު ގެންދަވަނީ ބަޣާވާތުގެ ކުށުގައި އުމުރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.

ދެ ކުދިންނަށް ފުރައްސާރަ ކުރާ ވީޑިއޯއަކާއެކު ކަންބޮޑުވުން

އިންޑިއާގެ ބިހާރުގައި ފުރާވަރުގެ ދެ ކުދިންނަށް ބަޔަކު ޖިންސީ ފުރައްސާރަކޮށް އަނިޔާކުރާ ވީޑިއޯއެއް އާންމުވުމާ ގުޅިގެން، އެ ގައުމުގެ ރައްކާތެރިކަމާ މެދު އާންމުންގެ ބޮޑު ކަންބޮޑުވުމެއް ވަނީ އުފެދިފައެވެ. މި މައްސަލައިގައި ތުހުމަތުކުރެވޭ ތިން މީހަކު ހައްޔަރުކޮށްފައިވާއިރު، މި ހާދިސާއާ ގުޅިގެން ސަރުކާރުގެ އިސްވެރިން ދެއްކެވި ވާހަކަތަކަށް ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

Newsletter

Get the latest news delivered straight to your inbox