އިންޑިއާގައި ބްލެކް ފަންގަސް ފަރުވާއަށް ބޭނުންވާ ބޭހުގެ ދަތިކަން

ބްލެކް ފަންގަސް އިތުރުވީ ކޮވިޑުގައި ހާލު ދެރަވާ މީހުންނަށް ފަރުވާއަކަށް ބޭނުން ކުރާ ސްޓިރޮއިޑުގެ ސަބަބުން ކަމަށް ބެލެވޭ.-- ފޮޓޯ: ގެޓީ އިމޭޖަޒް

ބްލެކް ފަންގަސް އިތުރުވީ ކޮވިޑުގައި ހާލު ދެރަވާ މީހުންނަށް ފަރުވާއަކަށް ބޭނުން ކުރާ ސްޓިރޮއިޑުގެ ސަބަބުން ކަމަށް ބެލެވޭ.-- ފޮޓޯ: ގެޓީ އިމޭޖަޒް

ވަރަށް މަދުން ފެންނަ ނުރައްކާތެރި އިންފެކްޝަނެއް ކަމަށްވާ މިޔުކޯމައިކޮސިސް ނުވަތަ "ބްލެކް ފަންގަސް" އަށް ފަރުވާ ކުރަން ބޭނުންވާ ބޭހެއް އިންޑިއާއިން ހުސްވެއްޖެ އެވެ.

އިންޑިއާގައި ލިބުން ދަތިވެފައިވާ އެމްފޮޓެރިސިން ބީ ބޭސް ކަޅު ބާޒާރުގައި ވެސް މިހާރު ދަނީ ވިއްކަމުންނެވެ. މިއީ އިންޑިއާގެ ގިނަ ކުންފުނިތަކަކުން އުފައްދާ ބޭހެކެވެ.

އިންޑިއާގައި ބްލެކް ފަންގަސް އިތުރުވެފައިވާ މި ދަނޑިވަޅުގައި އެ ބޭސް ހޯދަން އެދި ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައި ޕޯސްޓުތައް ކުރަމުންނެވެ.

ޑޮކްޓަރުން ލަފާކުރަނީ ބްލެކް ފަންގަސް އިތުރުވީ ކޮވިޑުގައި ހާލު ދެރަވާ މީހުންނަށް ފަރުވާއެއްގެ ގޮތުގައި ބޭނުން ކުރާ ސްޓިރޮއިޑްސްގެ ސަބަބުން ކަމަށެވެ.

އާއްމުކޮށް ވަރަށް މަދުން ފެންނަ މި އިންފެކްޝަނަކީ ހަކުރު ބަލީގެ މީހުންނާއި ހަށިގަނޑުގެ ދިފާއީ ނިޒާމު ބަލިކަށި މީހުންގެ ފުރާނައަށް ނުރައްކާވެދާނެ އިންފެކްޝަނެކެވެ. އެގޮތުން ކެންސަރާއި އެއިޑްސް ބަލީގެ މީހުންނަށް ވެސް ނުރައްކާ ބޮޑެވެ.

ބްލެކް ފަންގަސް އިންފެކްޝަން ހަށިގަނޑުގައި އާއްމުކޮށް ފެތުރެނީ ވެއްޔާއި، ގަހާއި، ގަސް ކާނާގެ ގޮތުގައި ބޭނުން ކުރާ ޖަނަވާރުގެ ނަޖިސް އަދި ކުނިވަމުންދާ މޭވާ އާއި ތަރުކާރީގައި ހުންނަ މިއުކާ މޯލްޑް ހަށިގަނޑުގެ ތެރެއަށް ވަނުމުންނެވެ.

މިޔުކާ މޯލްޑުގެ މައިކްރޮސްކޯޕިކް ފޮޓޯއެއް.-- ފޮޓޯ: ގެޓީ އިމޭޖަޒް
މިޔުކާ މޯލްޑުގެ މައިކްރޮސްކޯޕިކް ފޮޓޯއެއް.-- ފޮޓޯ: ގެޓީ އިމޭޖަޒް

މިޔުކާ މޯލްޑުގެ މައިކްރޮސްކޯޕިކް ފޮޓޯއެއް.-- ފޮޓޯ: ގެޓީ އިމޭޖަޒް

މިދިޔަ ހަފްތާގައި މަހަރާޝްތްރަ ސްޓޭޓުގެ ހެލްތު މިނިސްޓަރު ރާޖޭޝް ޓޯޕޭ ވިދާޅުވީ އެ ސްޓޭޓުގައި ބްލެކް ފަންގަސް އިންފެކްޝަނުގެ 1500 ކޭސް ފެނިފައިވާ ކަމަށެވެ. އެ ސްޓޭޓަކީ އިންޑިއާއަށް ކުރިމަތިވެފައިވާ ކޮވިޑުގެ ދެ ވަނަ ރާޅުގައި އެންމެ ހާލަތު ގޯސް އެއް ސްޓޭޓެވެ.

އެ ސްޓޭޓުގައި ބަލިމަޑުކަން ފެށުނު ފަހުން ބްލެކް ފަންގަސް ޖެހި 52 މީހުން މަރުވެފައިވެ އެވެ. ގުޖަރާތުގައި މިދިޔަ މަހު އެކަނިވެސް މި އިންފެކްޝަން ޖެހިގެން 900 މީހުން ރިޕޯޓުކުރި އެވެ.

އާއްމު ގޮތެއްގައި އެ އިންފެކްޝަނަށް ފަރުވާ ކުރަން ބޭނުން ކުރާ ބޭސް ފަސޭހައިން ލިބުނު ނަމަވެސް މީގެ ތިން ހަފްތާ ކުރިން ޑިމާންޑް މައްޗަށް ދިޔުމުން އެ ބޭހުގެ ދަތިކަން ވަނީ ކުރިމަތިވެފަ އެވެ. އެހެންވެ ގިނަ ބަޔަކު އަންނަނީ އެހީއަށް އެދި ސޯޝަލް މީޑިއާގައި ޕޯސްޓު ކުރަމުންނެވެ.

އެމްފޮޓެރިސިން ބީ ނުވަތަ އެމްފޯ ބީ އަކީ ބްލެކް ފަންގަަސް ޖެހޭ މީހުންނަށް އަށް ހަފްތާ ވަންދެން ކޮންމެ ދުވަހަކު ހަށިގަނޑަށް ޖަހަން ޖެހޭ އިންޖެކްޝަނެކެވެ. މީގެ ދެ ވައްތަރު ހުރެ އެވެ. ސައިޑް އިފެކްޓް މަދު ވައްތަރު ހޯދަން ޑޮކްޓަރުން އާއްމުކޮށް ލަފާދިން ނަމަވެސް އޭގެ އަގު ބޮޑެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

އަލްބޭނިއާގެ މަޖިލީހުގައި ފްލެއާ އަރުވައިފި

އަލްބޭނިއާގެ ބޮޑުވަޒީރުގެ އިސްތިއުފާއަށް ގޮވާލައި ދަރިވަރުން ކުރަމުންދާ މުޒާހަރާތަކަށް ތާއީދުކޮށް، އެގައުމުގެ އިދިކޮޅު މެންބަރުން މަޖިލީހުގެ ތަޅުމުގައި ފްލެއާ އަރުވައި ޖަލްސާއަށް ހުރަސްއަޅައިފިއެވެ. ސަރުކާރުގެ ކޮރަޕްޝަނާއި އިޖުތިމާއީ މައްސަލަތަކާ ގުޅިގެން ފެށުނު މި ހަމަނުޖެހުންތަކަކީ ބޮޑުވަޒީރު އެޑީ ރާމާގެ ވެރިކަމަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމެވެ.

ފުލުހުން މޭގަންގެ ބައްޕަގެ އިލެކްޓްރޯނިކް ސާމާނުތައް ބަލަނީ

މޭގަން މާކަލްގެ ބައްޕަ ތޯމަސް މާކަލްގެ މައްޗަށް ކުރެވޭ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުތަކާ ގުޅިގެން، އޭނާގެ އިލެކްޓްރޯނިކް ސާމާނުތައް ބަލައި ތަހުގީގުކުރުމުގެ ހުއްދަ ފިލިޕީންސް ފުލުހުން ކޯޓުން ހޯދައިފިއެވެ. މި ތަކެތި ފުލުހުންނާ ހަވާލުކުރީ އޭނާގެ ދަރިފުޅު ކަމަށްވާއިރު، ތޯމަސް މާކަލް ވަނީ މި ތުހުމަތުތައް ދޮގުކޮށްފައެވެ.

އަޅުގަނޑަކީ ބްރެޒިލްގެ "ހައްގުވެރި" ލީޑަރު: ބޮލްސޮނާރޯ

ބްރެޒިލްގެ ރިޔާސީ އިންތިޚާބުން ނާކާމިޔާބުވި ފްލާވިއޯ ބޮލްސޮނާރޯ، ޕާސްޕޯޓް ހަވާލުކުރުމުގެ އަމުރަށް އިންކާރުކޮށް އެމެރިކާއަށް ވަޑައިގަތުމަށްފަހު އޭނާއަކީ ގައުމުގެ "ހައްގުވެރި ލީޑަރު" ކަމަށް އިއުލާންކުރައްވައިފިއެވެ. އިންތިޚާބަކީ ބަޣާވާތެއް ކަމަށް އޭނާ ތުހުމަތުކުރެއްވި ނަމަވެސް، ބައިނަލްއަގުވާމީ މުޖުތަމައާއި ބްރެޒިލްގެ ކަމާބެހޭ އިދާރާތަކުން ވަނީ ރައީސް ލޫލާގެ ކާމިޔާބީ ގަބޫލުކޮށްފައެވެ.

މެޖޯރިޓީ ގެއްލުނަސް ނަތަންޔާހޫއަށް ޔަހޫދީންގެ ތާއީދު ބޮޑު

އިސްރާއީލުގެ އިންތިޚާބުގައި ނަތަންޔާހޫގެ އިއްތިހާދަށް އަޣުލަބިއްޔަތު ގެއްލުނު ނަމަވެސް، އިދިކޮޅު ފަރާތްތަކަށް ވުރެ ގިނަ ގޮނޑި ކާމިޔާބުކޮށް އޭނާ މަގާމުގައި ދެމިހުރުމުގެ ފުރުސަތު ވަނީ ބޮޑުވެފައެވެ. އަރަބި ޕާޓީތަކުގެ އެހީތެރިކަމާ ނުލައި ސަރުކާރެއް އެކުލަވާލުން އިދިކޮޅު ފަރާތްތަކަށް ދަތިވެފައިވާއިރު، އާ ސަރުކާރެއް އުފެދެންދެން ނަތަންޔާހޫ ވަގުތީ ބޮޑުވަޒީރުގެ ގޮތުގައި ހުންނާނެ ކަމަށް ބެލެވެއެވެ.

ސްޕެއިންގައި ދެ ރޭލެއް ޖެހި 68 މީހުން މަރުވެއްޖެ

ސްޕެއިންގައި ބާރު ދުވެލީގައި ދަތުރުކުރި ދެ ރޭލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 68 މީހުން މަރުވެ، ގިނަ ބަޔަކަށް ވަނީ އަނިޔާވެފައެވެ. މި ހާދިސާ ހިނގަން މެދުވެރިވީ ކޮމްޕިއުޓަރު ސިސްޓަމަށް ދިމާވި މައްސަލައަކާ ގުޅިގެން ކޮންޓްރޯލް ސެންޓަރުން ދިން ނުބައި އިރުޝާދަކުން ހެދުނު އިންސާނީ ގޯހެއްގެ ސަބަބުންނެވެ.

Newsletter

Get the latest news delivered straight to your inbox