އިންޑިއާ ތޫފާނުގައި 90 އަށް ވުރެ ގިނަ މީހުން ކަނޑަށް ގެއްލިއްޖެ

ތޫފާނުގައި ބޯކޮށް ވާރޭވެހި މުމްބާއީގައި ފެންބޮޑުވެފައި.-- ފޮޓޯ: ގެޓީ އިމޭޖަޒް

ތޫފާނުގައި ބޯކޮށް ވާރޭވެހި މުމްބާއީގައި ފެންބޮޑުވެފައި.-- ފޮޓޯ: ގެޓީ އިމޭޖަޒް

ފާއިތުވި ވިހި އަހަރުގެ ތެރޭގައި އިންޑިއާއަށް އެރި އެންމެ ބާރުގަދަ ތޫފާނުގެ ސަބަބުން ކަނޑު ގަދަވެ، ހާލުގައި ޖެހުނު ބާޖެއް ބަންޑުން ޖަހާލާ 90 އަށް ވުރެ ގިނަ މީހުން ގެއްލިއްޖެ އެވެ.

އެ ބާޖު ބަންޑުން ޖަހާލީ މުމްބާއީ ކައިރިންނެވެ. ބާޖުގައި ތިބި 270 މީހުންގެ ތެރެއިން 177 މީހުން ސަލާމަތް ކުރެވުނު ކަމަށް އިންޑިއާ ނޭވީން ބުނެ އެވެ. ގެއްލުނު މީހުން ހޯދުމުގެ މަސައްކަތް ދަނީ ކުރިއަށެވެ.

އިންދިއާ އޮއިލް އެންޑް ނެޗުރަލް ގޭސް ކޯޕޮރޭޝަނުގެ އެ ބާޖުގައި ތިބީ ކުންފުނީގެ މުވައްޒަފުންނެވެ. ތޫފާނުގެ ސަބަބުން ނަގިލި އެހެލާ، ބާޖު އޮޔާ ދާން ފެށީ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

Advertisement

އޭތި ބަންޑުން ޖަހާލުމުން ގެއްލުނު މީހުން ހޯދަން ކަނޑާއި ވައިގެ އޮޕަރޭޝަނެއް އެބަ ކުރިއަށް ދެ އެވެ. ނަމަވެސް ތޫފާނުގެ އަސަރާއެކު ރާޅުގެ އުސްމިނުގައި އަދިވެސް ހަތް މީޓަރު ހުރުމުން މަސައްކަތަށް ވަނީ ހުރަސް އެޅިފަ އެވެ.

ގާތްގަނޑަކަށް 700 މީހުންނާ އެކު އިތުރު ތިން ބާޖެއް ވެސް ވަނީ ހާލުގައި ޖެހިފަ އެވެ. އެ މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ވެސް ދަނީ ކުރިއަށެވެ. އޭގެ ތެރެއިން ދެ ބާޖު އޮތީ މުމްބާއީ ކައިރީގަ އެވެ. އަދި އަނެއް ބާޖު އޮތީ ގުޖަރާތު ކައިރީގަ އެވެ.

އިއްޔެ އިންޑިއާގެ ހުޅަނގު އައްސޭރިފަށަށް އެރި ތޫފާން ޓައުކްޓޭގެ އަސަރު މާ ބޮޑަށް ކުރުމުގެ ކުރިން އޭގެ ބާރު ވަނީ ދަށް ވާން ފަށާފަ އެވެ. އެހެން ނަމަވެސް މިހާތަނަށް ތޫފާނުގެ ސަބަބުން ހިނގި އެކި ހާދިސާތަކުގައި 19 މީހުން މަރުވެފައި ވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

އަލްބޭނިއާގެ މަޖިލީހުގައި ފްލެއާ އަރުވައިފި

އަލްބޭނިއާގެ ބޮޑުވަޒީރުގެ އިސްތިއުފާއަށް ގޮވާލައި ދަރިވަރުން ކުރަމުންދާ މުޒާހަރާތަކަށް ތާއީދުކޮށް، އެގައުމުގެ އިދިކޮޅު މެންބަރުން މަޖިލީހުގެ ތަޅުމުގައި ފްލެއާ އަރުވައި ޖަލްސާއަށް ހުރަސްއަޅައިފިއެވެ. ސަރުކާރުގެ ކޮރަޕްޝަނާއި އިޖުތިމާއީ މައްސަލަތަކާ ގުޅިގެން ފެށުނު މި ހަމަނުޖެހުންތަކަކީ ބޮޑުވަޒީރު އެޑީ ރާމާގެ ވެރިކަމަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމެވެ.

ފުލުހުން މޭގަންގެ ބައްޕަގެ އިލެކްޓްރޯނިކް ސާމާނުތައް ބަލަނީ

މޭގަން މާކަލްގެ ބައްޕަ ތޯމަސް މާކަލްގެ މައްޗަށް ކުރެވޭ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުތަކާ ގުޅިގެން، އޭނާގެ އިލެކްޓްރޯނިކް ސާމާނުތައް ބަލައި ތަހުގީގުކުރުމުގެ ހުއްދަ ފިލިޕީންސް ފުލުހުން ކޯޓުން ހޯދައިފިއެވެ. މި ތަކެތި ފުލުހުންނާ ހަވާލުކުރީ އޭނާގެ ދަރިފުޅު ކަމަށްވާއިރު، ތޯމަސް މާކަލް ވަނީ މި ތުހުމަތުތައް ދޮގުކޮށްފައެވެ.

އަޅުގަނޑަކީ ބްރެޒިލްގެ "ހައްގުވެރި" ލީޑަރު: ބޮލްސޮނާރޯ

ބްރެޒިލްގެ ރިޔާސީ އިންތިޚާބުން ނާކާމިޔާބުވި ފްލާވިއޯ ބޮލްސޮނާރޯ، ޕާސްޕޯޓް ހަވާލުކުރުމުގެ އަމުރަށް އިންކާރުކޮށް އެމެރިކާއަށް ވަޑައިގަތުމަށްފަހު އޭނާއަކީ ގައުމުގެ "ހައްގުވެރި ލީޑަރު" ކަމަށް އިއުލާންކުރައްވައިފިއެވެ. އިންތިޚާބަކީ ބަޣާވާތެއް ކަމަށް އޭނާ ތުހުމަތުކުރެއްވި ނަމަވެސް، ބައިނަލްއަގުވާމީ މުޖުތަމައާއި ބްރެޒިލްގެ ކަމާބެހޭ އިދާރާތަކުން ވަނީ ރައީސް ލޫލާގެ ކާމިޔާބީ ގަބޫލުކޮށްފައެވެ.

މެޖޯރިޓީ ގެއްލުނަސް ނަތަންޔާހޫއަށް ޔަހޫދީންގެ ތާއީދު ބޮޑު

އިސްރާއީލުގެ އިންތިޚާބުގައި ނަތަންޔާހޫގެ އިއްތިހާދަށް އަޣުލަބިއްޔަތު ގެއްލުނު ނަމަވެސް، އިދިކޮޅު ފަރާތްތަކަށް ވުރެ ގިނަ ގޮނޑި ކާމިޔާބުކޮށް އޭނާ މަގާމުގައި ދެމިހުރުމުގެ ފުރުސަތު ވަނީ ބޮޑުވެފައެވެ. އަރަބި ޕާޓީތަކުގެ އެހީތެރިކަމާ ނުލައި ސަރުކާރެއް އެކުލަވާލުން އިދިކޮޅު ފަރާތްތަކަށް ދަތިވެފައިވާއިރު، އާ ސަރުކާރެއް އުފެދެންދެން ނަތަންޔާހޫ ވަގުތީ ބޮޑުވަޒީރުގެ ގޮތުގައި ހުންނާނެ ކަމަށް ބެލެވެއެވެ.

ސްޕެއިންގައި ދެ ރޭލެއް ޖެހި 68 މީހުން މަރުވެއްޖެ

ސްޕެއިންގައި ބާރު ދުވެލީގައި ދަތުރުކުރި ދެ ރޭލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 68 މީހުން މަރުވެ، ގިނަ ބަޔަކަށް ވަނީ އަނިޔާވެފައެވެ. މި ހާދިސާ ހިނގަން މެދުވެރިވީ ކޮމްޕިއުޓަރު ސިސްޓަމަށް ދިމާވި މައްސަލައަކާ ގުޅިގެން ކޮންޓްރޯލް ސެންޓަރުން ދިން ނުބައި އިރުޝާދަކުން ހެދުނު އިންސާނީ ގޯހެއްގެ ސަބަބުންނެވެ.

Newsletter

Get the latest news delivered straight to your inbox