ޗެމްޕިއަންސް ފައިނަލް ބަލަން ދާ ސިޓީ ސަޕޯޓަރުންގެ ހަރަދުދޭނީ ކްލަބްގެ ވެރިޔާ

May 18, 2021, 2:43 PM
ސިޓީގެ މެޗެއްގެ ތެރެއިން އެ ކްލަބްގެ ވެރިޔާ ޝެއިހް މަންސޫރު (ވ).

ސިޓީގެ މެޗެއްގެ ތެރެއިން އެ ކްލަބްގެ ވެރިޔާ ޝެއިހް މަންސޫރު (ވ).

މެންޗެސްޓާ (މެއި 18) - މި މަހު 29 ވަނަ ދުވަހު ޕޯޗުގަލްގައި ކުޅޭ ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗު ބަލަން އެ ގައުމަށް ދިއުމަށް ހަމަޖެހިފައިވާ މެންޗެސްޓާ ސިޓީގެ 6000 ސަޕޯޓަރުންގެ ދަތުރު ހަރަދުދޭން އެ ކްލަބްގެ ވެރިޔާ ޔޫއޭއީގެ މަހުޖަނު ޝެއިހް މަންސޫރު ނިންމަވައިފި އެވެ.

ކުރިން ތުރުކީގެ އިސްތަންބޫލުގައި ކުޅެން އޮތް ފައިނަލް ޕޯޗުގަލް އަށް ބަދަލުކުރަން ޖެހުނީ ތުރުކީގައި ކޮވިޑް-19ގެ ހާލަތު ވަރަށް ބޮޑަށް ގޯސްވުމުންނެވެ. އެ މެޗު އިންގްލެންޑްގައި ކުޅެން މަސައްކަތްކުރި ނަމަވެސް ޔުއެފާ އިން ބޭނުންވާ ވީއައިޕީންނަށް ކަރަންޓީނު ނުވެ، އިންގްލެންޑަށް އެތެރެވެވޭ ގޮތް ހަމަޖައްސައިދޭން އިނގިރޭސި ސަރުކާރުން ދެކޮޅު ހެދުމުން ފައިނަލް އެ ގައުމުގައި ކުޅެވޭގޮތްނުވީ އެވެ.

ފައިނަލުގައި ސިޓީ ނުކުންނާނީ 2012 ވަނަ އަހަރު މި މުބާރާތުގެ ޗެމްޕިއަންކަން ހޯދި ޗެލްސީއާ ދެކޮޅަށެވެ. މިއީ ސިޓީގެ ތާރީހުގައި އެ ކްލަބުން ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ކުޅޭނެ ފުރަތަމަ ފަހަރެވެ.

ސިޓީން ހަމަޖައްސައިދޭން ނިންމީ ސަޕޯޓަރުންގެ ދަތުރުފަތުރު ހަރަދުތަކެވެ. ބާކީ ހަރަދުތައް ކަމަށްވާ ކޮވިޑް-19 އަށް ޓެސްޓްކުރުމާއި ހޮޓަލެއްގައި މަޑުކުރާނަމަ އެ ފައިސާގެ އިތުރުން މެޗު ޓިކެޓް ވެސް ޖެހޭނީ އަމިއްލަ އަށް ގަންނާށެވެ. ދަތުރު ހަރަދު ދޭން ސިޓީން ނިންމީ މި ދުވަސްވަރު ޗެމްޕިއަންސް ލީގުގެ ފައިނަލާ ދިމާކޮށް އެއާލައިންތަކުން ޓިކެޓް އަގުބޮޑުކުރަމުންދާތީ އެވެ.

ސިޓީގެ މެޗެއްގެ ތެރެއިން ގާޑިއޯލާ އުފާފާޅުކުރަނީ.-- ފައިލް ފޮޓޯ ގެޓީ އިމޭޖަސް

ސިޓީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކޮވިޑްގެ ސަބަބުން ގިނަ ބަޔަކަށް މާލީ ގޮތުން ބޮޑު ބުރަތަކެއް އުފުލަން ޖެހޭ މި ދަނޑިވަޅުގައި ކްލަބުން އެހީތެރިވެދޭން ބޭނުންވާތީ ސަޕޯޓަރުންނަށް ފައިނަލް ބަލަން ދިއުމުގެ ދަތުރު ހަރަދުދޭން ނިންމީ ކަމަށެވެ.

ސިޓީގެ ވެރިޔާ ޝެއިހް މަންސޫރު ވިދާޅުވީ ވަރަށް ދަތި އުނދަގޫ އަހަރެއްގައި ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ އާއި ޓީމު ކުޅުންތެރިން މި ވަނީ ވަރަށް ރަނގަޅު މަސައްކަތްތަކެއް ކޮށް ތާރީހީ ފައިނަލަކުން ފުރުސަތު ހޯދާފައި ކަމަށާއި އެ ފައިނަލުގައި ސަޕޯޓަރުންގެ ހިއްސާ ވަރަށް މުހިއްމު ކަމަށެެވެ.

"މި ހާއްސަ މެޗުގައި ސަޕޯޓަރުން ޓީމު ފަހަތުގައި ތިބުން އެއީ ވަރަށް މުހިއްމު ކަމެއް. އަހަރެމެންގެ ދަތުރުގައި ހުރިހާ ވަގުތެއްގައި ވެސް ސަޕޯޓަރުން ތިބީ އެކުގައި. އެހެންވީމަ މި ތާރީހީ ފައިނަލަށް ސަޕޯޓަރުން ވަރަށް މުހިއްމު،" މަންސޫރު ވިދާޅުވި އެވެ.

ސިޓީގެ ޗެއާމަން ހަލްދޫން އަލް މުބާރަކް ވިދާޅުވީ އެ ކްލަބުން މި އިއުލާންކުރި ސްކީމުގައި ބައިވެރިވެ ދަތުރުފަތުރުކުރުމުގެ ހާސްކަމުން އަަރައިގަނެ ސަޕޯޓަރުންނަށް ވެސް ހަމަޖެހިލައިގެން މެޗަށް ފޯކަސް ކުރެވޭނެ ކަމަށެވެ.

މި ސީޒަނުގައި ސިޓީން ވަނީ އިނގިރޭސި ޕްރިމިއާ ލީގާއި ލީގު ކަޕްގެ ޗެމްޕިއަންކަން ހޯދައިފަ އެވެ. އެފްއޭ ކަޕްގެ ސެމީ ފައިނަލުން އެ ޓީމު ކެޓީ ޗެލްސީ އަތުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox