ރާއްޖޭގައި ދުވަސް ނުފުރާ ވިހާ ރޭޓު ކޮވިޑާ ހެދި މަތިވެދާނެ!

ފައިސަލް ރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަނީ: ރާއްޖޭގައި މާބަނޑު މީހުން ކޮވިޑަށް ޕޮޒިޓިވްވުން އިތުރުވަމުންދާތީ ކަންބޮޑުވުންފާޅުކުރެއްވި. -- ފޮޓޯ/ އެޗްއީއޯސީ

ފައިސަލް ރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަނީ: ރާއްޖޭގައި މާބަނޑު މީހުން ކޮވިޑަށް ޕޮޒިޓިވްވުން އިތުރުވަމުންދާތީ ކަންބޮޑުވުންފާޅުކުރެއްވި. -- ފޮޓޯ/ އެޗްއީއޯސީ

ކޮވިޑު ޖެހޭ މާބަނޑު މީހުންގެ އަދަދު ރާއްޖޭގައި އިތުރުވަމުންދާތީ ދުވަސް ނުފުރާ ވިހާ ރޭޓު މަތިވެދާނެ ކަމަށް ލަފާކުރެއްވޭ ކަަމަށް އައިޖީއެމްއެޗުގެ ކުޑަކުދިންގެ ޑޮކްޓަރު އަދި އިމިއުނައިޒޭޝަން ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕުގެ ޗެއާޕާސަން، މުހައްމަދު ފައިސަލް ރޭ ވިދާޅުވެއްޖެ އެވެ.

ކޮވިޑަށް ޕޮޒިޓިވް 50 އަށް ވުރެން ގިނަ މީހުންނަށް އަންނަނީ ފަރުވާ ދެމުންނެވެ. މީގެ ތެރޭގައި ހާލު ބޮޑު މީހުން ވެސް ހިމެނެ އެވެ.

ފައިސަލް ވިދާޅުވީ މާބަނޑު މީހުން ގިނަ އަދަދަކަށް ޕޮޒިޓިވްވުމުގެ އިތުރުން ބަލީގައި ބޮޑުވަރުވާ މިންވަރު ނުވަތަ އައިސީޔޫއަށް ނުވަތަ ވެންޓިލޭޓަރަށްލާން ޖެހުން ވެސް ދަނީ އިތުރުވަމުން ކަމަށެވެ. ބަނޑަށް ދަރިފުޅު ނިޔާވުމާއި އެބޯޝަނަކަށް ދާން ޖެހުމުގެ އިތުރުން ދުވަސްނުފުރައި އުފަންވުން ވެސް ހިމެނޭ ކަމަށް ވިދާޅުވި އެވެ.

"މިހާރު ވެސް އަޅުގަނޑުމެންގެ ތެރޭގައި އެބައުޅޭ ދެ ކުއްޖަކު ވަރު، އެންއައިސީޔޫގައި ވެސް ދުވަސް ނުފުރައި ވިހައިގެން. މި ދެންނެވީ ކޮވިޑަށް ޕޮޒިޓިވްވެ ދުވަސް ނުފުރާ ވިހަން ޖެހުނު ވާހަކަ،" ފައިސަލް ވިދާޅުވި އެވެ.

"ރާއްޖޭގައި އާއްމު ގޮތެއްގައި ދުވަސްނުފުރާ އުފަންވާ ރޭޓު އުޅެނީ ގާތްގަނޑަކަށް 13 ޕަސެންޓުގައި. ކޮވިޑުގެ ސަބަބުން މި ރޭޓު، 1-4 ޕަސެންޓް އިތުރުވާނެ ކަމަށް ބެލެވޭ ކޮވިޑާ ގުޅިގެން."

ފައިސަލް ވިދާޅުވި ގޮތުގައި ކޮވިޑް ޖެހޭ މާބަނޑު މީހުންނަށް، އެ ބައްޔަށް ޕޮޒިޓިވް ނުވާ މީހުންނާ އަޅާބަލާއިރު ރިސްކް ވަރަށް ބޮޑުވާނެ އެވެ. އަދި އެ މީހަކީ 35 އަހަރަށް ވުރެން މަތި އަދި ނޭވާ ހިއްލުން ފަދަ ނުވަތަ މާބަނޑުވުމުގެ ކުރިން ލޭމައްޗަށް ދިއުން، ހަކުރު ބަލި، ހިތުގެ ބަލި ހުންނަ ނަމަ އެއީ ހައި ރިސްކް ކެޓަގަރީ ކަމަށް ވިދާޅުވި އެވެ.

އެހެންވެ ރާއްޖޭގައި ވެސް މިހާރު ވަނީ މާބަނޑު މީހުންނަށް ފައިޒާ ވެކްސިން ޖަހަން ހުޅުވާލައިފަ އެވެ. ތަފާސްހިސާބަށް ބަލާއިރު ފައިޒާ ވެކްސިން މާބަނޑު 100،000 އަށް ވުރެން ގިނަ މީހުންނަށް އެމެރިކާގައި ދީފައިވެ އެވެ.

"ޑޭޓާތަކަށް ބަލާއިރު މާބަނޑު މިހާ އަށް އަދި ބަނޑުގައި އޮންނަ ދަރިފުޅަށް ވެސް ނުރައްކާތެރި ކަމުގެ އަލާމާތެއް ނުފެނޭ،" ފައިސަލް ވިދާޅުވި އެވެ.

ވެކްސިން ނުޖަހައިފި ނަމަ ކޮރޯނާގެ ސަބަބުން މާބަނޑު މީހުންނާއި ބަނޑުގައި އޮންނަ ދަރިފުޅަށް ގެއްލުންތަކެއް ލިބެމުންދާ ކަން ފައިސަލް ފާހަގަކުރައްވައި ވިދާޅުވީ ފައިދާ ބޮޑު ގޮތަކީ ވެކްސިން ޖެހުމެވެ. ފައިޒާ ވެކްސިންގެ 3،000 ޑޯޒު ރާއްޖޭގައި ހުރިއިރު 2،500 މީހުންނަށް ޖެހޭނެކަން ފައިސަލް ފާހަގަކުރެއްވި އެވެ. މި ވެކްސިން ކެޓަގަރައިޒްކުރަނީ ރިސްކު ބޮޑު މާބަނޑު މީހުންނަށް ވެސް ލިބޭނެ ގޮތަށް ބަލައިގެންނެވެ.

ޑޮކްޓަރުން އިރުޝާދު ދެއްވަނީ ގިނަ މީހުންނާ ކޮންޓެކްޓްވުން މަދުކުރަން މާބަނޑު މީހުން ހާއްސަ ސަމާލުކަމެއް ދިނުމަށެވެ. އަދި މާބަނޑު މީހުން ވަށައިގެން ތިބޭ މީހުންގެ އަމަލުތައް އެ މީހުން ނުރައްކަލަކަށް ހުށަނޭޅޭ ގޮތަށް ނުބެހެއްޓުމަށެވެ. ބޭރު ތެރެއިން ކޮވިޑު ހިފައިގެން އައިސް ގޭތެރެއަށް ނުވެއްދުމަށެވެ. ޑޮކްޓަރަށް ދައްކަން ހޮސްޕިޓްލަތަކަށް ކޮންމެހެން ދާން ޖެހިއްޖެ ހާލެއްގައި ނޫނީ ނުގޮސް އޮންލައިންކޮށް ޑޮކްޓަރުގެ އެހީ ހޯދަން ވެސް އިރުޝާދު ދެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox