ސަޕޯޓަރުންގެ ހަޅުތާލާ ހެދި ޔުނައިޓެޑް ޓީމަށް އަސަރުކުރި: ސޯލްޝެއާ

May 18, 2021, 6:11 AM
ޔުނައިޓެޑްގެ ކޯޗު ސޯލްޝެއާ.-- ފޮޓޯ: އޭއެފްޕީ

ޔުނައިޓެޑްގެ ކޯޗު ސޯލްޝެއާ.-- ފޮޓޯ: އޭއެފްޕީ

މެންޗެސްޓާ (މެއި 18) - މެންޗެސްޓާ ޔުނައިޓެޑްގެ ސަޕޯޓަރުންގެ ހަޅުތާލުތައް މެދުނުކެނޑި ކުރިއަށްދާ މައްސަލައިގައި ޔުނައިޓެޑްގެ ޓީމަށް ވެސް އަސަރުކުރާ ކަމަށް އެ ޓީމުގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ ބުނެފި އެވެ.

ޔުނައިޓެޑް ސަޕޯޓަރުންގެ މި އެއްވުން ތަކަކީ ޔުނައިޓެޑްގެ ވެރިން ކަމަށްވާ އެމެރިކާގެ ގްލޭޒާ އާއިލާ އިން ޔޫރަޕިއަން ސުޕަ ލީގުގައި އެ ކްލަބް ބައިވެރިކުރަން ނިންމުމަށް ފަހު ފަހުން އެ ނިންމުން ބަދަލުކުރި ނަމަވެސް ކްލަބް ވިއްކާލަން ދެކޮޅު ހަދަމުންދާތީ އެވެ. ޔުނައިޓެޑް ސަޕޯޓަރުންގެ އަނެއް ޝަކުވާ އަކީ އެ ކްލަބްގެ ވެރިން އެ ކްލަބަށް ލިބޭ ފައިސާ ކްލަބަށް އެކަށީގެންވާ ވަރަށް އިންވެސްޓްނުކޮށް އަމިއްލަ ވިޔަފާރިތައް ފުޅާކުރަން މަސައްކަތްކުރާތީ އެވެ.

ފާއިތުވި ހަފްތާގެ 50 ގަޑިއިރުތެރޭގައި ޔުނައިޓެޑް ދަނޑުގައި ލެސްޓާ ސިޓީ އާއި ލިވަޕޫލް ވަނީ ޔުނައިޓެޑް ބަލިކޮށްފަ އެވެ. މީގެ ތެރެއިން ލިވަޕޫލް މެޗަކީ މީގެ ކުރިން ރޭވި ތާރީހުގައި ނުކުޅެވިގެން ފަސްކުރަން ޖެހުނު މެޗެކެވެ. އެ މެޗު ފަސްކުރަން ޖެހުނީ ޔުނައިޓެޑްގެ ސަޕޯޓަރުންގެ ހަޅުތާލުތައް ކޮންޓްރޯލުން ނައްޓައި މެޗު ކުޅެވޭނެ މާހައުލެއް އެ ދުވަހު ނެތުމުންނެވެ.

ސޯލްޝެއާ ބުނީ ސަޕޯޓަރުންގެ އެ އަަމަލުތަކުގެ ސަބަބުން ކަންބޮޑުވުންތަކެއް އެބަހުރި ކަމަށެވެ.

"އަހަރެން މިދިޔަ ދެ މެޗުން ބަލިވީމަ މި ކަންތައްތައް ޝަކުވާއެއްގެ ގޮތުގައި ބޭނުންކުރަން ނެތިން. އެކަަމަކު ސަޕޯޓަރުންގެ ހަޅުތާލުތަކާ ހުރެ ޓީމަށް އަސަރުކުރޭ،" ސޯލްޝެއާ ބުންޏެވެ.

މިދިޔަ 10 ވަރަަކަށް ދުވަހަށް ބަލާއިރު ޔުނައިޓެޑުން ގާތްގާތުގައި އުނދަގޫ ހަތަރު މެޗެއް ކުޅުނުއިރު، ފިޒިކަލީ އުނދަގޫތަކެއް ދިމާވި އެެވެ. އަދި ކުޅުންތެރިންނަށް ނަފްސާނީ ގޮތުން ވެސް ކުރިމަތިވި ދަތި އެއް ކަަމަކީ ސަޕޯޓަރުންގެ އެ އެއްވުންތައް ކަމަށް ސޯލްޝެއާ ފާހަގަކުރި އެވެ.

ލީގުގައި މިރޭ ޔުނައިޓެޑް އަމިއްލަ ދަނޑުގައި ކުޅޭނީ ފުލަމްއާ ދެކޮޅަށެވެ. މި މެޗަށް ވަކި އަދަދަކަށް ސަޕޯޓަރުންނަށް ވަދެވޭނެ އެވެ. ސޯލްޝެއާ ބުނީ އުއްމީދަކީ ސަޕޯޓަރުން އެނބުރި ދަނޑަށް އައިސް ކުޅުންތެރިންނަށް ރަނގަޅަށް ހިތްވަރު ދިނުން ކަމަށާއި އޭގެ ސަބަބުން ވަރުގަދަކޮށް ސީޒަން ނިންމާލަން ހިތްވަރު ލިބޭނެ ކަމަށެވެ.

"އަހަރެމެން މި ފަހަރު ފައިނަލެއް ކުޅެފައި މި ނިންމާލަނީ. ތަށްޓެއް ލިބިއްޖެނަމަ މިއީ ކްލަބް ރަނގަޅު މިސްރާބަށް ގެންދަން ހިތްވަރެއް. އެހެންވީމަ ސަޕޯޓަރުންގެ އެހީ ބޭނުން،" ސޯލްޝެއާ ބުންޏެވެ.

މީގެ ކުރިން ސޯލްޝެއާ ވަނީ ހަޅުތާލެއްގެ ތެރެެއިން ޔުނައިޓެޑްގެ ޓްރެއިނިން ސެންޓަރަށް ވަން އެ ކްލަބްގެ ސަޕޯޓަރުންގެ ބަޔަކާ ވާހަކަ ދައްކައި އެ ދުވަހު އެ ސަޕޯޓަރުން ބޭއްވި އެއްވުން ހުއްޓާލުވަން މަސައްކަތްކޮށްފަ އެވެ.

ރެލިގޭޓްވެފައިވާ ފުލަމް އަތުން މިރޭ މޮޅުވެގެން ޔުނައިޓެޑަށް ލީގުގެ ދެ ވަނަ ކަށަވަރުކުރެވޭނެ އެވެ. ޔުނައިޓެޑް މި ވަގުތު ދެ ވަނައިގައި އޮތީ 36 މެޗުން 70 ޕޮއިންޓާ އެކު އެވެ. ތިން ވަނައިގައި އޮތް ލެސްޓާ ސިޓީ އަށް ދެ ވަނަ އަށް އެރެން އޮތީ އެ ޓީމު ބާކީ ދެ މެޗުން މޮޅުވެ، ޔުނައިޓެޑް ދެން އޮތް ދެ މެޗުން ބަލިވެއްޖެނަމަ އެވެ. ޔުނައިޓެޑާއި ފުލަމް ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 22:00 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox