އިންޑިއާ އަށް އެރި ތޫފާނުގެ ބާރު ދަށްވެއްޖެ

ތޫފާނުގެ ސަބަބުން މުމްބާއީގައި ކަނޑުގަދަވެ، އައްސޭރިފަށުގައިވާ މަގަކަށް ރާޅު އަރަނީ.-- ފޮޓޯ: ރޮއިޓާޒް

ތޫފާނުގެ ސަބަބުން މުމްބާއީގައި ކަނޑުގަދަވެ، އައްސޭރިފަށުގައިވާ މަގަކަށް ރާޅު އަރަނީ.-- ފޮޓޯ: ރޮއިޓާޒް

ގަޑިއަކު 160 ކިލޯމީޓަރުގެ ވަޔާއެކު އިންޑިއާގެ ގުޖަރާތު ސްޓޭޓަށް އެރި ތޫފާން ޓައުކްޓޭގެ ބާރު ދަށް ވާން ފަށައިފި އެވެ.

އިންޑިއާގެ ހުޅަނގު އައްސޭރިފަށުން އެ ތޫފާން ދަތުރު ކުރަމުން ދިޔައިރު، މުމްބާއީއަށް އަރާފައެއް ނުވެ އެވެ. މިހާތަނަށް މޫސުން ގޯސްވެ، 12 މީހުން މަރުވެ، 150،000 މީހުން ވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފަ އެވެ.

ކަނޑުމަތީގައި ދެ ބާޖެއްގައި ހާލުގައި ޖެހިފައިވާ އެތައް ސަތޭކަ ބަޔަކު ސަލާމަތް ކުރަން އަސްކަރީ ތިން މަނަވަރު މިހާރު ދަނީ ހަރަކާތްތެރި ވަމުންނެވެ.

ތޫފާން އިންޑިއާ އަށް އެރީ ކޮވިޑްގެ ދެ ވަނަ ރާޅުގައި އިންޑިއާގެ ހޮސްޕިޓަލްތަކަށް ވަރަށް ބާރުބޮޑުވެފައިވާ ދަނޑިވަޅެއްގަ އެވެ.

މިއީ އެންމެ ބާރުގަދަ "ސައިކްލޯނިކް ސްޓޯމެއް" ގޮތުގައި ކުރިން ކަނޑައެޅި ނަމަވެސް މިޓިއޮރޮލޮޖިކަލް ޑިޕާޓްމަންޓުން ބުނީ ތޫފާނުގެ ބާރު މިހާރު ދަށްވެފައިވާ ކަމަށެވެ.

ގުޖަރާތަށް ތޫފާނު އެރުމަށް ފަހު ބާރު ދަށްވަމުންދާ ކަމަށް މިޓިއޮރޮލޮޖިކަލް ޑިޕާޓްމަންޓުން ކުރި ޓްވީޓެއްގައި ވެ އެވެ.

ބޯކޮށް ވާރޭވެހުމުގެ ސަބަބުން މުމްބާއީގައި ފެންބޮޑުވެފައި.-- ފޮޓޯ: ގެޓީ އިމޭޖަޒް
ބޯކޮށް ވާރޭވެހުމުގެ ސަބަބުން މުމްބާއީގައި ފެންބޮޑުވެފައި.-- ފޮޓޯ: ގެޓީ އިމޭޖަޒް

ބޯކޮށް ވާރޭވެހުމުގެ ސަބަބުން މުމްބާއީގައި ފެންބޮޑުވެފައި.-- ފޮޓޯ: ގެޓީ އިމޭޖަޒް

މުމްބާއީގައި ވައިގަދަވެ ވެއްޓުނު ގަހަކުން ކާރުތަކަށް ގެއްލުންވެފައި.-- ފޮޓޯ: އީޕީއޭ
މުމްބާއީގައި ވައިގަދަވެ ވެއްޓުނު ގަހަކުން ކާރުތަކަށް ގެއްލުންވެފައި.-- ފޮޓޯ: އީޕީއޭ

މުމްބާއީގައި ވައިގަދަވެ ވެއްޓުނު ގަހަކުން ކާރުތަކަށް ގެއްލުންވެފައި.-- ފޮޓޯ: އީޕީއޭ

ތޫފާން ޓައުކްޓޭއަކީ 1998 ވަނަ އަހަރަށް ފަހު އިންޑިއާއަށް އެރި އެންމެ ބާރުގަދަ ތޫފާނެވެ. ގުޖަރާތާއި ކައިރީގައިވާ މުމްބާއީ ހިމެނޭ މަހަރާޝްތުރަ ސްޓޭޓް އޮތީ ތޫފާނަށް ތައްޔާރުވުމުގެ ގޮތުން އެލާޓަށް ގެނެސްފަ އެވެ.

އެ ދެ ސްޓޭޓުގައި ވެސް ކޮވިޑު ކޭސްތައް ދަށްވާން ފަށާފައިވީ ނަމަވެސް، އަދިވެސް ހޮސްޕިޓަލްތައް ވަނީ ފުރިފަ އެވެ. އެހެންކަމުން ތޫފާނުގެ ސަބަބުން ސިއްހީ ނިޒާމައަށް އިތުރަށް ލޮޅުންތައް އަރާނެކަމުގެ ބިރު އޮތެވެ. އެ ގޮތުން ސިއްހީ ދާއިރާގައި މަސައްކަތްކުރަމުން އަންނަ ފަރާތްތައް މަސައްކަތްކުރާ މާހައުލު އިތުރަށް ރައްކާތެރިކުރަން ގިނަ ފަރާތްތަކުން އަންނަނީ ގޮވާލަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

އަލްބޭނިއާގެ މަޖިލީހުގައި ފްލެއާ އަރުވައިފި

އަލްބޭނިއާގެ ބޮޑުވަޒީރުގެ އިސްތިއުފާއަށް ގޮވާލައި ދަރިވަރުން ކުރަމުންދާ މުޒާހަރާތަކަށް ތާއީދުކޮށް، އެގައުމުގެ އިދިކޮޅު މެންބަރުން މަޖިލީހުގެ ތަޅުމުގައި ފްލެއާ އަރުވައި ޖަލްސާއަށް ހުރަސްއަޅައިފިއެވެ. ސަރުކާރުގެ ކޮރަޕްޝަނާއި އިޖުތިމާއީ މައްސަލަތަކާ ގުޅިގެން ފެށުނު މި ހަމަނުޖެހުންތަކަކީ ބޮޑުވަޒީރު އެޑީ ރާމާގެ ވެރިކަމަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމެވެ.

ފުލުހުން މޭގަންގެ ބައްޕަގެ އިލެކްޓްރޯނިކް ސާމާނުތައް ބަލަނީ

މޭގަން މާކަލްގެ ބައްޕަ ތޯމަސް މާކަލްގެ މައްޗަށް ކުރެވޭ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުތަކާ ގުޅިގެން، އޭނާގެ އިލެކްޓްރޯނިކް ސާމާނުތައް ބަލައި ތަހުގީގުކުރުމުގެ ހުއްދަ ފިލިޕީންސް ފުލުހުން ކޯޓުން ހޯދައިފިއެވެ. މި ތަކެތި ފުލުހުންނާ ހަވާލުކުރީ އޭނާގެ ދަރިފުޅު ކަމަށްވާއިރު، ތޯމަސް މާކަލް ވަނީ މި ތުހުމަތުތައް ދޮގުކޮށްފައެވެ.

އަޅުގަނޑަކީ ބްރެޒިލްގެ "ހައްގުވެރި" ލީޑަރު: ބޮލްސޮނާރޯ

ބްރެޒިލްގެ ރިޔާސީ އިންތިޚާބުން ނާކާމިޔާބުވި ފްލާވިއޯ ބޮލްސޮނާރޯ، ޕާސްޕޯޓް ހަވާލުކުރުމުގެ އަމުރަށް އިންކާރުކޮށް އެމެރިކާއަށް ވަޑައިގަތުމަށްފަހު އޭނާއަކީ ގައުމުގެ "ހައްގުވެރި ލީޑަރު" ކަމަށް އިއުލާންކުރައްވައިފިއެވެ. އިންތިޚާބަކީ ބަޣާވާތެއް ކަމަށް އޭނާ ތުހުމަތުކުރެއްވި ނަމަވެސް، ބައިނަލްއަގުވާމީ މުޖުތަމައާއި ބްރެޒިލްގެ ކަމާބެހޭ އިދާރާތަކުން ވަނީ ރައީސް ލޫލާގެ ކާމިޔާބީ ގަބޫލުކޮށްފައެވެ.

މެޖޯރިޓީ ގެއްލުނަސް ނަތަންޔާހޫއަށް ޔަހޫދީންގެ ތާއީދު ބޮޑު

އިސްރާއީލުގެ އިންތިޚާބުގައި ނަތަންޔާހޫގެ އިއްތިހާދަށް އަޣުލަބިއްޔަތު ގެއްލުނު ނަމަވެސް، އިދިކޮޅު ފަރާތްތަކަށް ވުރެ ގިނަ ގޮނޑި ކާމިޔާބުކޮށް އޭނާ މަގާމުގައި ދެމިހުރުމުގެ ފުރުސަތު ވަނީ ބޮޑުވެފައެވެ. އަރަބި ޕާޓީތަކުގެ އެހީތެރިކަމާ ނުލައި ސަރުކާރެއް އެކުލަވާލުން އިދިކޮޅު ފަރާތްތަކަށް ދަތިވެފައިވާއިރު، އާ ސަރުކާރެއް އުފެދެންދެން ނަތަންޔާހޫ ވަގުތީ ބޮޑުވަޒީރުގެ ގޮތުގައި ހުންނާނެ ކަމަށް ބެލެވެއެވެ.

ސްޕެއިންގައި ދެ ރޭލެއް ޖެހި 68 މީހުން މަރުވެއްޖެ

ސްޕެއިންގައި ބާރު ދުވެލީގައި ދަތުރުކުރި ދެ ރޭލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 68 މީހުން މަރުވެ، ގިނަ ބަޔަކަށް ވަނީ އަނިޔާވެފައެވެ. މި ހާދިސާ ހިނގަން މެދުވެރިވީ ކޮމްޕިއުޓަރު ސިސްޓަމަށް ދިމާވި މައްސަލައަކާ ގުޅިގެން ކޮންޓްރޯލް ސެންޓަރުން ދިން ނުބައި އިރުޝާދަކުން ހެދުނު އިންސާނީ ގޯހެއްގެ ސަބަބުންނެވެ.

Newsletter

Get the latest news delivered straight to your inbox