ކޮވިޝީލްޑް ވެކްސިން ޑޯޒް ފުރިހަމަ ނުވެ ތިބި މީހުންނަށް އެސްޓްރަޒެނެކާ ޖެހޭނެ

ވެކްސިން ޖަހަން ދިގު ކިޔޫއެއްގައި ޖެހިގެން: ރާއްޖޭގައި ކޮވިޝީލްޑް ޖެހުން މެދުކަނޑާލީ ގިނަ ބަޔަކު ދެވަނަ ޑޯޒް ޖަހަން ވެފައި ވަނިކޮށް -- ފޮޓޯ: ހުސެއިން ޝަޔާހު/އަދަދު

ވެކްސިން ޖަހަން ދިގު ކިޔޫއެއްގައި ޖެހިގެން: ރާއްޖޭގައި ކޮވިޝީލްޑް ޖެހުން މެދުކަނޑާލީ ގިނަ ބަޔަކު ދެވަނަ ޑޯޒް ޖަހަން ވެފައި ވަނިކޮށް -- ފޮޓޯ: ހުސެއިން ޝަޔާހު/އަދަދު

ކޮވިޝީލްޑްގެ ދެ ވަނަ ޑޯޒް ނުޖެހި ތިބި މީހުންނަށް އެސްޓްރަޒެނެކާ ވެކްސިން ބޭނުންކޮށްގެން ދެވަނަ ޑޯޒް ފުރިހަމަކުރެވޭނެ ކަމަށް އިމިއުނައިޒޭޝަން ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕުގެ ޗެއާޕާސަން، ޑރ. މުހައްމަދު ފައިސަލް ރޭ ވިދާޅުވެއްޖެ އެވެ.

ކޮވިޝީލްޑް ވެކްސިން ސްޓޮކް ހުސްވާތީ އެ ވެކްސިން ޖެހުން މެދުކަނޑާލުމާ ގުޅިގެން ރާއްޖޭގައި ދެވަނަ ޑޯޒް ނުޖެހި 92،000 މީހުން އެބަތިއްބެވެ. އަދި މި ވަގުތު ސެންޓްރަލް ސްޓޮކްގައި ހުރި ހާހެއްހާ ޑޯޒް ބޭނުން ކުރަނީ މެޑިކަލް އިމާޖެންސީތަކުގައި އެކަންޏެވެ.

ކޮވިޝީލްޑް ވެކްސިނަކީ، ބޭސް އުފައްދާ ކުންފުނި އެސްޓްރަޒެނެކާ އާއި އޮކްސްފޯޑުން ގުޅިގެން އުފެއްދި ވެކްސިނުގެ ބްލޫޕްރިންޓާ އެއްގޮތަށް އިންޑިއާގެ ސިރަމް އިންސްޓިޓިއުޓުން އުފެއްދި ވެކްސިނެކެވެ. އެހެންކަމުން އެސްޓްރަޒެނެކާ އާއި ކޮވިޝީލްޑަކީ ހަމަ އެއް ވެކްސިނެކެވެ.

ހެލްތް އިމާޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑރ. ފައިސަލް ވިދާޅުވީ އެސްޓްރާޒެނެކާ ވެކްސިނާއި ކޮވިޝީލްޑް ވެކްސިން އެކަތި އަނެކެއްޗާ ބަދަލުކުރެވޭނެ ކަމަށް ޑަބްލިޔުއެޗްއޯއިން ލަފާދީފައިވާ ކަމަށެވެ.

އަދި، ކޮވިޝީލްޑް ވެކްސިންގެ ކުރިން އެސްޓްރާޒެނެކާ ވެކްސިން ލިބިއްޖެ ނަމަ ރާއްޖޭގައި ޑޯޒް ފުރިހަމަ ނުވެ ތިބި މީހުންނަށް އެ ވެކްސިން ޖަހައިގެން ޑޯޒް ފުރިހަމަ ކުރެވޭނެ ކަމަށް ވިދާޅުވި އެވެ.

"މިހާރު ޑަބްލިޔުއެޗްއޯއިން ލަފާދީފައި ވަނީ އެސްޓްރަޒެނެކާއާ ކޮވިޝީލްޑާ އެ ދޭތި އިންޓަޗޭންޖް ކުރެވޭނެ ކަމަށް. އެސްޓްރަޒެނެކާ އެއް ޑޯޒް ޖަހާފައި ހުރެއްޖެއްޔާ ކޮވިޝީލްޑް ދެވަނަ ޑޯޒަކަށް ޖެހޭނެ. އަދި ކޮވިޝީލްޑް ފުރަތަމަ ޑޯޒް ޖަހާފައި ދެވަނަ ޑޯޒްގެ ގޮތުގައި އެސްޓްރާޒެނެކާ ބޭނުން ކުރެވޭނެ" ޑރ. ފައިސަލް ވިދާޅުވި އެވެ.

ކޮވިޝީލްޑް ވެކްސިންގެ ގޮތުގައި ބްރޭންޑްކޮށްގެން ސިރަމް އިންސްޓިޓިއުޓުން އުފައްދަނީ އެސްޓްރޭޒެނެކާ ވެކްސިނެވެ. އެހެންކަމުން މިއީ އެއް ވެކްސިނެއް ކަމަށް ޑރ. ފައިސަލް ވިދާޅުވި އެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ސިރަމް އިންސްޓިޓިއުޓަށް އިންޑިއާގެ އެތެރޭގެ މާކެޓަށް ބޭނުންވާ ވަރަށް ވެކްސިން ފޯރުކޮށްދެވޭނީ ޖުލައި މަހުގެ ތެރޭގަ އެވެ. އެހެންކަމުން ރާއްޖެއަށް އަވަސް މުސްތަގުބަލެއްގެ ތެރޭގައި މި ވެކްސިން ލިބުން ނާދިރެވެ.

މި ވެކްސިންގެ 300،000 ޑޯޒް ގަންނަން ދިވެހި ސަރުކާރުން ސިރަމް އިންސްޓިއުޓާ އެކު ވެފައިވާ އެއްބަސްވުމުގެ ދަށުން އަދި ބާކީ 200،000 ޑޯޒް ހުރި ނަމަވެސް، މި ޑޯޒްތަކެއް ލިބޭނެ ތާރީހެއް ވެސް ސަރުކާރަކަށް ނޭނގެ އެވެ.

ކޮވިޝީލްޑް ވެކްސިން ނުލިބުނަސް، އެސްޓްރާޒެނެކާއިން އޯޑަރުކޮށްފައިވާ 700،000 ވެކްސިން ޑޯޒް މި ޖޫން މަހުގެ ތެރޭގައި ލިބޭނެ ކަމަށް ހެލްތް މިނިސްޓަރު އަހުމަދު ނަސީމް ވަނީ ވިދާޅުވެފަ އެވެ. އެކަމަކު ސީދާ ތާރީހެއް މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox