އިންޑިއާގައި އުފެއްދި ބޭހެއް ކޮވިޑުގެ ފަރުވާއަށް ބޭނުން ކުރަނީ

އިންޑިއާގެ ސިއްހީ މަސައްކަތްތެރިން.-- ފޮޓޯ: ރޮއިޓާޒް

އިންޑިއާގެ ސިއްހީ މަސައްކަތްތެރިން.-- ފޮޓޯ: ރޮއިޓާޒް

އިންޑިއާގައި މުޅިން އަލަށް އުފެއްދި ބޭހެއް ކޮވިޑަށް ފަރުވާ ދޭން ބޭނުން ކުރަން ފަށައިފި އެވެ.

"2-ޑީޖީ" ބޭސް އެމެޖެންސީ ހާލަތްތަކުގައި ބޭނުން ކުރުމުގެ ހުއްދަ ފުރަތަމަ ދިނީ ވެރިރަށް ނިއުދިއްލީގެ ހޮސްޕިޓަލްތަކަށް އެކަންޏެވެ.

އިންޑިއާ ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނީ އެ ބޭހުގެ ސަބަބުން "ކޮވިޑުގެ ވޭނުގައި އުޅޭ މީހުންނަށް އެތައް ފައިދާއެއް ކުރާނެ" އެވެ.

ނަމަވެސް ބައެއް ފަރާތްތަކުން ބުނެފައިވަނީ ކޮވިޑަށް ފަރުވާއެއްގެ ގޮތުގައި ބޭނުން ކުރަން އެމެޖެންސީ ހުއްދަ ދިނުމަށް އެކަށީގެންވާ މައުލޫމާތު އެ ބޭހާ ގުޅޭ ގޮތުން މިހާތަނަށް އެއްކޮށްފައެއް ނުވާ ކަމަށެވެ.

އެ ބޭސް އުފެއްދީ ޑިފެންސް ރިސާޗް އެންޑް ޑެވެލޮޕްމަންޓް އޮގަނައިޒޭޝަން އާއި ބޭސް ކުންފުނި ޑރ. ރެއްޑީޒް ގުޅިގެންނެވެ.

"ދިރާސާއިން ދައްކާފައިވާ ގޮތުގައި މި މޮލެކިއުލްގެ ސަބަބުން ހޮސްޕިޓަލުގައި ފަރުވާދޭ ބަލި މީހުން އަވަހަށް ރަނގަޅުވާން އެހީވެދޭ އަދި އޮކްސިޖަނަށް ބަރޯސާ ވާން ޖެހޭ މިންވަރު ކުޑަކޮށްދޭ،" އިންޑިއާ ސަރުކާރުގެ ބަޔާނުގައި ވެއެވެ.

ނަމަވެސް ސިއްހީ ތަޖުރިބާކާރުން ބުނަނީ އިންސާނުން ބައިވެރިކޮށްގެން މި ބޭސް ޓެސްޓުކޮށް ހެދި ދިރާސާގެ މައުލޫމާތު މަދުވުމުން އޭގެން ކުރާ އަސަރު ޔަގީންކަމާއެކު ނުބުނެވޭނެ ކަމަށެވެ.

އޭގެ އިތުރުން މި ބޭހަކީ އެންމެ ފުރަތަމަ ކެންސަރަށް ފަރުވާ ދޭން ހެދި ބޭހަކަށް ވެފައި، އެގޮތަށް ބޭސް އެތައް ދުވަހަކު ޓެސްޓު ކުރުމަށް ފަހު ވެސް ހުއްދަ ދީފައި ނުވާތީ އެ މީހުންގެ ކަންބޮޑުވުން އެބަ ހުއްޓެވެ.

މިހާތަނަށް ކޮވިޑް އެއްކޮށް ރަނގަޅު ކުރެވޭނެ ނުވަތަ ނުޖެހޭނެ އެއްވެސް ގޮތެއް ފެނިފައެއް ނުވެ އެވެ. އެހެންކަމުން މި ބޭސް ވެސް ބޭނުން ކުރެވޭނީ ބަލީގެ އަލާމަތްތަކަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަޒަރުބައިޖާންގެ ސްކޫލްތަކުގައި ބުރުގާ އެޅުން މަނާކޮށްފި

އަޒަރުބައިޖާންގެ ސްކޫލްތަކުގައި "ސެކިއުލާ އުސޫލުތަކަށް" ފެތޭ ޔުނިފޯމް މިންގަނޑެއް ކަނޑައަޅައި، ނުސީދާ ގޮތެއްގައި ބުރުގާ އެޅުން މަނާކުރުމާ ގުޅިގެން އެ ގައުމުގައި ބޮޑެތި އިހުތިޖާޖުތަކެއް ވަނީ ފެށިފަ އެވެ. މި ނިންމުމުގެ ސަބަބުން ގިނަ ބަޔަކު ދަނީ މިއީ ދީނީ މިނިވަންކަމަށް އަރައިގަތުން ކަމަށް ބުނެ ނުރުހުން ފާޅުކުރަމުން.

"ކުރަފި" ހަރަކާތުގެ އިސް ލީޑަރުން ހައްޔަރުކޮށްފި

އިންޑިއާގެ ވޯޓާ ލިސްޓަށް ގެނައި އިސްލާހުތަކާ ގުޅިގެން ޗީފް އިލެކްޝަން ކޮމިޝަނަރު އިސްތިއުފާ ދެއްވުމަށް ގޮވާލައި، މުޒާހަރާކުރި "ކޮކްރޯޗް" ޒުވާނުންގެ ހަރަކާތުގެ އިސް ލީޑަރުންތަކެއް ފުލުހުން ހައްޔަރުކޮށްފި މި ހަރަކާތުގެ ބައިވެރިން ހައްޔަރުކުރީ މުޒާހަރާކުރުން މަނާ ސަރަހައްދެއް ކަމަށްވާ ޖަންތަރު މަންތަރަށް ފުލުހުންގެ ބެރިކޭޑްތައް މަތިން ފުންމާލުމުން.

ސިންގަޕޫރުން ހާއްސަ ސަބްސިޑީއެއް، މެލޭޝިއާ ސްކޫލުތައް ބަންދު

އިންޑޮނޭޝިއާގެ ޖަންގަލިތަކުގައި ރޯވި އަލިފާނުގެ ދުމުގެ ސަބަބުން ވައި ނުސާފުވެ، ސިންގަޕޫރުން ސިއްހީ ފަރުވާގެ ސަބަބްސިޑީއެއް ތައާރަފުކޮށް މެލޭޝިއާގެ ބައެއް ސްކޫލްތައް ވަނީ ބަންދުކޮށްފައެވެ. މި ހާލަތާ ގުޅިގެން ސިންގަޕޫރުގެ ރައްޔިތުންނަށް ނޭވާލާ ނިޒާމުގެ ބަލިތަކަށް އަގުހެޔޮކޮށް ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާއިރު، މިއީ "އެލް ނީނޯ" މޫސުމީ ހާލަތުގެ ސަބަބުން ކުރިމަތިވި ކަމެކެވެ.

ފްލައިޓެއްގައި ތަތްމަކުނު އުޅޭތީ ދަތުރު ކެންސަލްކޮށްފި

އޮސްޓްރޭލިއާގެ ކުއަންޓަސް އެއާވޭސްގެ ފްލައިޓެއްގައި ތަތްމަކުނު އުޅޭކަން ފާހަގަވެ، ފަސިންޖަރުންނަށް އުނދަގޫތަކެއް ކުރިމަތިވުމާ ގުޅިގެން އެ ބޯޓުގެ ދަތުރު ކެންސަލްކޮށް ބޯޓު ގްރައުންޑުކޮށްފިއެވެ. މި ހާދިސާއާ ގުޅިގެން ބޯޓު ސާފުކުރުމުގެ މަސައްކަތް ފަށާފައިވާއިރު، ދަތުރު މެދުކެނޑުނު ފަސިންޖަރުންނަށް އެއާލައިނުން ވަނީ ބަދަލު އިންތިޒާމުތައް ހަމަޖައްސައިދީފައެވެ.

ސުޕަމާކެޓްތަކުގެ ފިނިކުރާ ނިޒާމުތަކަށް ސައިބާ ހަމަލާއެއް

ފްރާންސްގެ އެތައް ސަތޭކަ ސުޕަމާކެޓެއްގެ ފިނިކުރާ ނިޒާމުތަކަށް ދިން ސައިބާ ހަމަލާއެއްގައި، ކާބޯތަކެތި ހަލާކުވެ މިލިއަނުން ޔޫރޯގެ ގެއްލުން ވެއްޖެއެވެ. މި ހަމަލާ އަމާޒުކޮށްފައިވަނީ ފިނިކުރާ ނިޒާމުތައް ކޮންޓްރޯލްކުރާ ސޮފްޓްވެއާއަކަށް ކަމަށްވާއިރު، މީގެ ސަބަބުން އައިސްއަލަމާރިތަކުގެ ހޫނުމިން އިންތިހާއަށް މަތިވެ ގިނަ އަދަދެއްގެ މުދާ ވަނީ އުކާލަން ޖެހިފައެވެ.

ހޫތީންނަށް "ހަރުކަށި" ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފި

ސައުދީގެ އެއާޕޯޓުތަކަށާއި ތެޔޮ އުފައްދާ މަރުކަޒުތަކަށް ހޫތީން ދެމުންދާ ހަމަލާތަކަށް ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު އެ ގައުމުގެ އެނާޖީ މިނިސްޓަރު ދެއްވައިފިއެވެ. މި ހަމަލާތަކުގައި މީހުން މަރުވެ އާންމު ޚިދުމަތްތަކަށް ބުރޫއަރާފައިވާއިރު، ހޫތީން ބުނަނީ މިއީ ސައުދީން ޔަމަނަށް ދޭ ހަމަލާތަކުގެ ބަދަލު ހިފުން ކަމަށެވެ. މި މައްސަލައިގައި ދެފަރާތުގެ ދެމެދުގައި ހަމަލާ ބަދަލުކުރުން ވަނީ އިތުރަށް ވަރުގަދަވެފައެވެ.

އިދިކޮޅު ސަޕޯޓަރުން ސުޕްރީމް ކޯޓާ ހަމައަށް ހިނގާލުމެއް ބާއްވައިފި

އިންތިޚާބީ ލިސްޓުގައި މަކަރު ހަދާފައިވާ ކަމަށް ބުނެ، އިންޑިއާގެ އިލެކްޝަންސް ކޮމިޝަނުގެ އިސްވެރިޔާ އިސްތިއުފާ ދިނުމަށް ގޮވާލައި އިދިކޮޅު ސަޕޯޓަރުން ދިއްލީގައި ބޮޑު ހިނގާލުމެއް ބާއްވައިފިއެވެ. މި މައްސަލަ ބަލައިދިނުމަށް އެދި ކޮންގްރެސް ޕާޓީން ސުޕްރީމް ކޯޓަށް ޕެޓިޝަނެއް ހުށަހަޅާފައިވާއިރު، ސަލާމަތީ ބާރުތަކުން ވަނީ މުޒާހަރާގެ ބައިވެރިން ހުއްޓުވައި ގިނަ ބަޔަކު ހައްޔަރުކޮށްފައެވެ.

Newsletter

Get the latest news delivered straight to your inbox