20 އަހަރު ތެރޭ އަރާ އެންމެ ބާރުގަދަ ތޫފާނަށް އިންޑިއާއިން ތައްޔާރުވެއްޖެ

ފާއިތުވި ހަފްތާ ބަންދުގައި ކެރަލާ ސްޓޭޓަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެފައި.-- ފޮޓޯ: ގެޓީ އިމޭޖަޒް

ފާއިތުވި ހަފްތާ ބަންދުގައި ކެރަލާ ސްޓޭޓަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެފައި.-- ފޮޓޯ: ގެޓީ އިމޭޖަޒް

އިންޑިއާގެ ހުޅަނގު ގުޖަރާތު ސްޓޭޓުން ތޫފާނު ޓައުކްޓޭ އަރާނެ ވަގުތަކަށް ތައްޔާރުވެއްޖެ އެވެ.

މިއީ 1998 ވަނަ އަހަރަށް ފަހު އެ ސަރަހައްދަށް އަރާނެ އެންމެ ބާރުގަދަ ތޫފާނެވެ.

ފާއިތުވި ދެ ދުވަހު ވެސް ތޫފާނުގެ ސަބަބުން ބޯކޮށް ވާރޭ ވެހިފައި ވާއިރު، އޭގެ ސަބަބުން ހަ މީހަކު މަރުވި އެވެ. އެތައް ހާސް ބަޔަކު މިހާރު ވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފަ އެވެ.

Advertisement

މީޓިއޮރޮލޮޖިކަލް ޑިޕާޓްމަންޓުން ބުނީ ތޫފާނުގެ ބާރު ގަދަވެ، އެންމެ ބާރުގަދަ "ސައިކްލޯނިކް ސްޓޯމެއް" ގެ ދަރަޖަ މިހާރު ދީފައިވާ ކަމަށެވެ.

ބާރުގަދަ ތޫފާނެއް އިންޑިއާއަށް އަރާފައި މި ވަނީ ކޮވިޑުގެ ދެ ވަނަ ރާޅެއްގައި އެ ގައުމުގެ ހާލަތު ގޯސްވެ، ސިއްހީ ނިޒާމަށް ލޮޅުން އަރާފައި ވަނިކޮށެވެ.

ތޫފާނު ޓައުކްޓޭ ގުޖަރާތަށް އަރާނެ ކަމަށް ބެލެވެނީ މިރޭގެ ވަގުތެއްގައި ގަޑިއަކު 160 ކިލޯމީޓަރުގެ ވަޔާއެކު އެވެ. ގުޖަރާތާއި ކައިރީގައިވާ މަހަރާޝްތްރަ ސްޓޭޓު ވެސް އޮތީ ހައި އެލާޓު ގަ އެވެ.

އެ ދެ ސްޓޭޓުގައި ވެސް ކޮވިޑު ކޭސްތައް މަދުވާން ފަށާފައިވީ ނަމަވެސް، ދެ ވަނަ ރާޅުގައި ސިއްހީ ނިޒާމަށް އެރި ލޮޅުން އަދިވެސް ހަމައަކަށް އެޅިފައެއް ނުވެ އެވެ.

ގުޖަރާތުގެ ބިން ތިރި ހިސާބުތަކުން 150،000 މީހުން ވަނީ ރައްކާތެރި ހިޔާވެހިތަކަށް ބަދަލުކޮށްފަ އެވެ. އެ މީހުން ތޮއްޖެހިގެން އެއް ތަނެއްގައި އުޅެން ޖެހޭނެތީ އަނެއްކާވެސް ހަލުވިކަމާއެކު ބަލި ފެތުރުމުގެ ބިރު ބޮޑެވެ.

ތޫފާނުގެ ސަބަބުން އިންޑިއާގެ ބައެއް ހޮސްޕިޓަލުތަކަށް ވެސް ވަނީ ގޮންޖެހުމާ ކުރިމަތިލާން ޖެހިފަ އެވެ. އެގޮތުން މަހަރާޝްތްރަ ސްޓޭޓުގެ ވެރިރަށް މުމްބާއީއަކީ އައްސޭރިފަށުގައި ހުންނަ ސިޓީއެއް ކަމުން ހޮސްޕިޓަލްތައް ވަނީ އެލާޓަށް ގެނެސްފަ އެވެ. މުމްބާއީގެ ބައެއް ހޮސްޕިޓަލްތަކާއި ކޮވިޑް ފެސިލިޓީތަކުން ވަނީ މިހާރު ވެސް 580 އަށް ވުރެ ކޮވިޑް ބަލި މީހުން އެހެން ތަންތަނަށް ބަދަލުކޮށްފަ އެވެ.

ތޫފާނުން ރައްކާތެރިވުމުގެ ގޮތުން އެތައް ހާސް މަސް ބޯޓެއް ވަނީ މަސައްކަތް ހުއްޓާލާފައި.-- ފޮޓޯ: ގެޓީ އިމޭޖަޒް
ތޫފާނުން ރައްކާތެރިވުމުގެ ގޮތުން އެތައް ހާސް މަސް ބޯޓެއް ވަނީ މަސައްކަތް ހުއްޓާލާފައި.-- ފޮޓޯ: ގެޓީ އިމޭޖަޒް

ތޫފާނުން ރައްކާތެރިވުމުގެ ގޮތުން އެތައް ހާސް މަސް ބޯޓެއް ވަނީ މަސައްކަތް ހުއްޓާލާފައި.-- ފޮޓޯ: ގެޓީ އިމޭޖަޒް

އޭގެ އިތުރުން މުމްބާއީގެ އެއާޕޯޓް ވެސް މިއަދު ހެނދުނު 11:00 އިން މެންދުރު 02:00 އަށް ބަންދު ކުރަން ވަނީ ނިންމާފަ އެވެ.

އޮފިޝަލުން މީހުންނަށް ލަފާ ދެނީ ގޭގައި ތިބުމަށެވެ. ތޫފާނުގެ ސަބަބުން މަގުތަކުގައި ފެންބޮޑުވެ، ގަސްތައް ވެއްޓި، ކަރަންޓު ކެނޑުން ފަދަ ކަންކަން ދިމާވާނެ ކަމަށް ލަފާ ކުރެވެ އެވެ.

އެތައް ހާސް މަސް ބޯޓެއް މަސައްކަތް ހުއްޓާލުމަށް ފަހު ބަނދަރުކޮށްފައި ވާއިރު، މުދާ އުފުލާ މަނަވަރުތައް ވެސް އެހެން ރޫޓުތަކުން ދިޔުމަށް ވަނީ އަންގާފަ އެވެ.

ގުޖަރާތާއި މަހަރާޝްތްރަގައި ވެސް ނޭޝަނަލް ޑިޒާސްޓާ ރެސްޕޯންސް ފޯސްގެ ޓީމުތައް މިހާރު ވެސް އަންނަނީ ހަރަކާތްތެރިވަމުންނެވެ.

ތޫފާނުގެ ސަބަބުން ބޯކޮށް ވާރޭވެހި ހަ މީހަކު މިހާތަނަށް މަރުވެފައި ވެއެވެ. އެ މީހުން މަރުވީ ފާއިތުވި ހަފްތާ ބަންދުގެ ތެރޭގައި ކެރަލާ، ކަރްނާޓަކާ އަދި ގޯއާ އިންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

އަލްބޭނިއާގެ މަޖިލީހުގައި ފްލެއާ އަރުވައިފި

އަލްބޭނިއާގެ ބޮޑުވަޒީރުގެ އިސްތިއުފާއަށް ގޮވާލައި ދަރިވަރުން ކުރަމުންދާ މުޒާހަރާތަކަށް ތާއީދުކޮށް، އެގައުމުގެ އިދިކޮޅު މެންބަރުން މަޖިލީހުގެ ތަޅުމުގައި ފްލެއާ އަރުވައި ޖަލްސާއަށް ހުރަސްއަޅައިފިއެވެ. ސަރުކާރުގެ ކޮރަޕްޝަނާއި އިޖުތިމާއީ މައްސަލަތަކާ ގުޅިގެން ފެށުނު މި ހަމަނުޖެހުންތަކަކީ ބޮޑުވަޒީރު އެޑީ ރާމާގެ ވެރިކަމަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމެވެ.

ފުލުހުން މޭގަންގެ ބައްޕަގެ އިލެކްޓްރޯނިކް ސާމާނުތައް ބަލަނީ

މޭގަން މާކަލްގެ ބައްޕަ ތޯމަސް މާކަލްގެ މައްޗަށް ކުރެވޭ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުތަކާ ގުޅިގެން، އޭނާގެ އިލެކްޓްރޯނިކް ސާމާނުތައް ބަލައި ތަހުގީގުކުރުމުގެ ހުއްދަ ފިލިޕީންސް ފުލުހުން ކޯޓުން ހޯދައިފިއެވެ. މި ތަކެތި ފުލުހުންނާ ހަވާލުކުރީ އޭނާގެ ދަރިފުޅު ކަމަށްވާއިރު، ތޯމަސް މާކަލް ވަނީ މި ތުހުމަތުތައް ދޮގުކޮށްފައެވެ.

އަޅުގަނޑަކީ ބްރެޒިލްގެ "ހައްގުވެރި" ލީޑަރު: ބޮލްސޮނާރޯ

ބްރެޒިލްގެ ރިޔާސީ އިންތިޚާބުން ނާކާމިޔާބުވި ފްލާވިއޯ ބޮލްސޮނާރޯ، ޕާސްޕޯޓް ހަވާލުކުރުމުގެ އަމުރަށް އިންކާރުކޮށް އެމެރިކާއަށް ވަޑައިގަތުމަށްފަހު އޭނާއަކީ ގައުމުގެ "ހައްގުވެރި ލީޑަރު" ކަމަށް އިއުލާންކުރައްވައިފިއެވެ. އިންތިޚާބަކީ ބަޣާވާތެއް ކަމަށް އޭނާ ތުހުމަތުކުރެއްވި ނަމަވެސް، ބައިނަލްއަގުވާމީ މުޖުތަމައާއި ބްރެޒިލްގެ ކަމާބެހޭ އިދާރާތަކުން ވަނީ ރައީސް ލޫލާގެ ކާމިޔާބީ ގަބޫލުކޮށްފައެވެ.

މެޖޯރިޓީ ގެއްލުނަސް ނަތަންޔާހޫއަށް ޔަހޫދީންގެ ތާއީދު ބޮޑު

އިސްރާއީލުގެ އިންތިޚާބުގައި ނަތަންޔާހޫގެ އިއްތިހާދަށް އަޣުލަބިއްޔަތު ގެއްލުނު ނަމަވެސް، އިދިކޮޅު ފަރާތްތަކަށް ވުރެ ގިނަ ގޮނޑި ކާމިޔާބުކޮށް އޭނާ މަގާމުގައި ދެމިހުރުމުގެ ފުރުސަތު ވަނީ ބޮޑުވެފައެވެ. އަރަބި ޕާޓީތަކުގެ އެހީތެރިކަމާ ނުލައި ސަރުކާރެއް އެކުލަވާލުން އިދިކޮޅު ފަރާތްތަކަށް ދަތިވެފައިވާއިރު، އާ ސަރުކާރެއް އުފެދެންދެން ނަތަންޔާހޫ ވަގުތީ ބޮޑުވަޒީރުގެ ގޮތުގައި ހުންނާނެ ކަމަށް ބެލެވެއެވެ.

ސްޕެއިންގައި ދެ ރޭލެއް ޖެހި 68 މީހުން މަރުވެއްޖެ

ސްޕެއިންގައި ބާރު ދުވެލީގައި ދަތުރުކުރި ދެ ރޭލު ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 68 މީހުން މަރުވެ، ގިނަ ބަޔަކަށް ވަނީ އަނިޔާވެފައެވެ. މި ހާދިސާ ހިނގަން މެދުވެރިވީ ކޮމްޕިއުޓަރު ސިސްޓަމަށް ދިމާވި މައްސަލައަކާ ގުޅިގެން ކޮންޓްރޯލް ސެންޓަރުން ދިން ނުބައި އިރުޝާދަކުން ހެދުނު އިންސާނީ ގޯހެއްގެ ސަބަބުންނެވެ.

Newsletter

Get the latest news delivered straight to your inbox