ރާއްޖެ ވެކްސިނަށް ޖެހި، 92،000 މީހުން އިންތިޒާރުގައި!

ވެކްސިން ހުއްޓާލި ދުވަހު ކިޔުގައި ތިބި ބަޔަކު: ވެކްސިން ޖަހަން ޖެހޭ 92،000 މީހުން އެބަ ތިބި - ފޮޓޯ: ހުސެއިން ވަހީދު / އަދަދު

ވެކްސިން ހުއްޓާލި ދުވަހު ކިޔުގައި ތިބި ބަޔަކު: ވެކްސިން ޖަހަން ޖެހޭ 92،000 މީހުން އެބަ ތިބި - ފޮޓޯ: ހުސެއިން ވަހީދު / އަދަދު

ކޮވިޑުގެ ބިރާއި ނުތަނަވަސްކަމުގައި ތިބި ދިވެހިންނަށް ވެސް ލިބުނު އުއްމީދަކީ ވެކްސިނެވެ؛ މި ބަލީގައި އެންމެ ވަރުގަދަ ހަތިޔާރު، ދިވެހިންނަށް ކަށަވަރުވެ މުޅި އާބާދީއަށް ދެ ޑޯޒު ފުރިހަމަ ކުރެވޭނެ ކަމުގެ ހިތްހަމަޖެހުމެވެ. މިދިޔަ ފެބުރުއަރީ މަހުގެ ތެރޭގައި ވެކްސިން ޕްރޮގްރާމް ފެށިއިރު، ސަރުކާރުން ދިން ޔަގީން ކަމަކީ، ރާއްޖެ އިން ވެކްސިން ހުހެއް ނުވާނެ ކަމެވެ.

އެކުވެރި ގައުމުތަކުގެ އެހީ އާއި ސަރުކާރުން ގަންނަން ފައިސާ ދެއްކި ވެކްސިންތަކާ އެކު ކުރު މުއްދަތެއްގެ ތެރޭގައި ދިވެހިން ދެ ޑޯޒު ފުރިހަމަ ކުރާނާ ކަމަށް ސަރުކާރު އިސްވެރިން އެކި ޖަލްސާތަކުގައި ވަނީ ޔަގީންކަން ދީފަ އެވެ. މިކަން ގަބޫލުކުރަން އިތުރު ހިތްވަރަކަށް ވީ 700،000 ޑޯޒު ގަތުމަށް ދައުލަތުގެ ބަޖެޓުން ފައިސާ ދައްކައި މިދިޔަ އެޕްރީލް މަހުގެ ތެރޭގައި ލިބޭނެ ކަން އިއުލާން ކުރުމުންނެވެ.

ވެކްސިން ޖަހަން ސަރުކާރުން ކަނޑައެޅި ތަރުތީބުން، މުހިއްމު އިސްކަމެއްގެ ގޮތުގައި ދެކިގެން އާބާދީގެ ބޮޑު ބައަކު ވަނީ ކޮވިޝީލްޑްގެ ފުރަތަމަ ޑޯޒު ފުރިހަމަކޮށްފަ އެވެ. އެކަމަކު މި އެންމެންނަށް ދެ ވަނަ ޑޯޒު ޖަހާ މުއްދަތު ގާތްވި އިރު ވެކްސިން ހުސްވެއްޖެ އެވެ. އެކުވެރި ގައުމަކުން ވެކްސިން ކޮޅެއް އަތުނުޖެހިގެން އުޅޭއިރު ރާއްޖެއިން ފައިސާ ދެއްކި ވެކްސިން ވެސް ލިބޭނެ ދުވަހެއް ސަރުކާރަކަށް ނޭނގެ އެވެ.

ރާއްޖެއިން އެސްޓްރާޒެނިކާ އަށް އަދި އިންޑިއާގެ ސިރަމް އިންސްޓިޓިއުޓަށް ފައިސާ ދެއްކި ވެކްސިން ލިބޭނީ ކޮން އިރަކުތޯ ނޫސްވެރިން ކުރާ ސުވާލަށް ދޭނެ ޖަވާބެއް ސަރުކާރުގައި ނެތެވެ.

ސަރުކާރުގެ ފަރާތުން ބަލީގެ ހާލަތު ޕްރެސް ކޮންފަރެންސްތަކުގައި އޮޅުންފިލުވައިދެއްވާ މުހައްމަދު މަބްރޫކް އަޒީޒު ރޭ ވެސް ވިދާޅުވީ "ތި ޖަވާބު [ވެކްސިން ލިބޭނެ ސީދާ ތާރީހެއް] އަދި އަޅުގަނޑުގެ އަތުގައި ނެތް" ކަމަށެވެ. އެކަމަކު ވީހާވެސް އަވަހަށް ވެކްސިން ލިބޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރު ކުރެއްވި އެވެ.

ކޮވިޝީލްޑް ވެކްސިން މީހެއްގެ ގަޔަށް ޖަހަނީ: ރާއްޖެ ވަނީ ވެކްސިނަށް ޖެހިފައި - ފޮޓޯ: ހުސެއިން ވަހީދު / އަދަދު
ކޮވިޝީލްޑް ވެކްސިން މީހެއްގެ ގަޔަށް ޖަހަނީ: ރާއްޖެ ވަނީ ވެކްސިނަށް ޖެހިފައި - ފޮޓޯ: ހުސެއިން ވަހީދު / އަދަދު

ކޮވިޝީލްޑް ވެކްސިން މީހެއްގެ ގަޔަށް ޖަހަނީ: ރާއްޖެ ވަނީ ވެކްސިނަށް ޖެހިފައި - ފޮޓޯ: ހުސެއިން ވަހީދު / އަދަދު

އިންޑިއާ އިން ދެ ފަހަރެއްގެ މަތިން ހަދިޔާކުރި ކޮވިޝީލްޑް ހުސްވާން ގާތްވިއިރު ވެސް ޗައިނާ އިން ލިބުނު ސިނޮފާމްގައި ހުރީ އަތް ނުލަ އެވެ. އެ ވެކްސިން ޖަހަން ނުފަށައި ކޮވިޝީލްޑް ކުރިއަށް ގެންދިޔައީ ވެކްސިން ހުސްނުވެ ހުންނާނެ ކަމުގެ ޔަގީންކަން ސަރުކާރުން ދެމުންނެވެ.

ފައިސާ ދެއްކި 1،000،000 ޑޯޒުގެ ތެރެއިން ލިބުނީ ލައްކައެއް!

އިންޑިއާއިން ރާއްޖެ އަށް ހަދިޔާކުރީ 200،000 ޑޯޒެވެ. ޗައިނާގެ 200،000 ޑޯޒާއި ހެޔޮއެދޭ އެހެން ފަރާތްތަކުން ލިބުނު ވެކްސިންގެ އިތުރަށް ރާއްޖެ އިން ވަނީ ޖުމްލަ 1،000،000 ޑޯޒަށް ފައިސާ ދައްކައިފަ އެވެ. އެއީ ސިންގަޕޫރުގެ އެސްޓްރާ ޒެނިކާ އަށް 700،000 ޑޯޒާއި އިންޑިއާގެ ސިރަމް އިންސްޓިޓިއުޓަށް 300،000 ޑޯޒަށެވެ.

މީގެ ތެރެއިން ރާއްޖެއަށް ލިބުނީ އިންޑިއާއަށް ފައިސާ ދެއްކި ވެކްސިންގެ ތެރެއިން 100،000 ޑޯޒެވެ. ބާކީ 200،000 އިންޑިއާ އިން ވެސް ލިބޭނެ ދުވަހެއް ނޭނގެ އެވެ.

ސަރުކާރުން އުއްމީދުކުރި ގޮތަށް ވެކްސިން ލިބުމުގައި ތާށިވީ، އިންޑިއާއަށް ކޮވިޑްގެ ދެވަނަ ރާޅެއް އަރައި ހާލަތު ވަރަށް ބޮޑަށް ގޯސްވުމާއެކު އެހެން ގައުމުތަކަށް އިންޑިއާއިން ވެކްސިން ފޯރުކޮށްދިނުމަށް ނުކުޅެދުމުންނެވެ. މިހާރު ކޮވިޝީލްޑް ވެކްސިން އަވަހަށް ރާއްޖެއަށް ލިބޭނެ ކަމުގެ އެއްވެސް އުއްމީދެއް ސަރުކާރަކަށް ނެތެވެ.

ސަރުކާރުން މިހާރު އުއްމީދުކުރަނީ ޖޫން މަހުގެ ތެރޭގައި އެސްޓްރާ ޒެނިކާ އިން ވެކްސިންގެ ފުރަތަމަ ޝިޕްމަންޓް ފޮނުވާނެ ކަމަށެވެ. އެކަމަކު ސީދާ ތާރީހެއް ކަށަވަރެއް ނޫނެވެ.

ކޮވިޝީލްޑްގެ ފުރަތަމަ ޑޯޒު ފުރިހަމަކޮށް ދެވަނަ ޑޯޒު ޖަހަންވެފައި

މަބްރޫކު ވިދާޅުވި ގޮތުގައި ދެ ވަނަ ޑޯޒު ޖަހަން ވެފައި ތިބި ޖުމްލަ 92،000 މީހުން އެބަ ތިއްބެވެ. އެއީ މާލެއިން 55،000 މީހުންނާއި ރަށްރަށުން 37،000 މީހުންނެވެ.

އެކަމަކު ރާއްޖޭގައި މިވަގުތު ހުރީ ކޮވިޝީލްޑްގެ އެންމެ 1،200 ޑޯޒެވެ. އެ ވެކްސިން މިހާރު ޖަހަނީ މެޑިކަލް އެމެޖެންސީތަކުގައި އެކަންޏެވެ.

ސިއްހީ ހިދުމަތްތެރިންތަކެއް ހަރަކާތްތެރިވަނީ: ރާއްޖެ ވަނީ ވެކްސިނަށް ޖެހިފައި - ފޮޓޯ: ހުސެއިން ވަހީދު / އަދަދު
ސިއްހީ ހިދުމަތްތެރިންތަކެއް ހަރަކާތްތެރިވަނީ: ރާއްޖެ ވަނީ ވެކްސިނަށް ޖެހިފައި - ފޮޓޯ: ހުސެއިން ވަހީދު / އަދަދު

ސިއްހީ ހިދުމަތްތެރިންތަކެއް ހަރަކާތްތެރިވަނީ: ރާއްޖެ ވަނީ ވެކްސިނަށް ޖެހިފައި - ފޮޓޯ: ހުސެއިން ވަހީދު / އަދަދު

އެޗްއީއޯސީން އެންމެ ފުރަތަމަ ކޮވިޝީލްޑް ޖަހަން ފެށުމަށް ފަހު ދެ ވަނަ ޑޯޒުގެ މުއްދަތެއްގެ ގޮތުގައި ދިނީ އަށް ހަފުތާ އެވެ. ކޮވިޝީލްޑް އާންމުކޮށް ދިނުން ހުއްޓާލީ ގިނަ ބަޔަކު ފުރަތަމަ ޑޯޒު ޖެހިތާ އަށް ހަފުތާ ވެފައިވަނިކޮށެވެ.

އޭގެފަހުން އެޗްއީއޯސީން ވަނީ ފުރަތަމަ ޑޯޒު ޖެހިތާ، 12 ހަފުތާ ފަހުން ވިޔަސް ދެވަނަ ޑޯޒު ޖެހިދާނެ ކަމަށް ބުނެފަ އެވެ. މިހާރު ބުނާ ގޮތުގައި 16 ހަފުތާ ފަހުން ޖެހިޔަސް މައްސަލައެއް ނެތެވެ. އެކަމަކު، މިހާރު ވެސް 16 ހަފުތާވާން ކައިރިވެފައިވާ މީހުން ވެސް އެބަ ތިއްބެވެ. އެހާއިރަށް ވެސް ވެކްސިން ނުލިބިއްޖެޔާ އެ މީހުންނަށް ވާނެ ގޮތެއް އަދި ނޭނގެ އެވެ.

ވެކްސިން ހުސްނުވެ ލިބޭނެ ކަމަށް ސަރުކާރުން ދިން އުއްމީދުން ލިބުނީ މާޔޫސްކަމެވެ. ރާއްޖޭގައި ކޮވިޑް ފެތުރެން ފެށި ފަހުން ހާލަތު އެންމެ ގޯސްވެފައި މި ދަނޑިވަޅުގައި، ދިވެހިން މިވަނީ ވެކްސިނަށް ޖެހިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox