ބާސެލޯނާ އަށް ފުރުސަތު ގެއްލިއްޖެ، އެތުލެޓިކޯ އަމިއްލަ ބާރުގައި ލީގާ ދިމާލަށް

May 16, 2021, 6:55 PM
ފަހު މިނިޓްގައި އެތުލެޓިކޯ މޮޅުވި ގޯލު ޖެހުމަށް ފަހު ސުއަރޭޒް އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ފަހު މިނިޓްގައި އެތުލެޓިކޯ މޮޅުވި ގޯލު ޖެހުމަށް ފަހު ސުއަރޭޒް އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

މެޑްރިޑް (މެއި 16) - ސްޕެނިޝް ލީގުގައި މިރޭ އަމިއްލަ ދަނޑުގައި ސެލްޓަ ވިގޯ އަތުން 2-1 އިން ބަލިވެ ބާސެލޯނާ އަށް ލީގު ހޯދުމުގެ ހުރިހާ ދޮރެއް ބަންދުވިއިރު، ފަހު ވަގުތު ލުއިސް ސުއަރޭޒް ޖެހި ގޯލުން 2-1 އިން އޮސަސޫނާ ބަލިކޮށް އަމިއްލަ ބާރުގައި ލީގު ހޯދުމާ ފިޔަވަޅަކާ ގާތަށް އެތުލެޓިކޯ މެޑްރިޑުން ޖެހިލައިފި އެވެ.

ލީގުގައި ބާކީ އޮތީ ކޮންމެ ޓީމަކަށް ވެސް އެންމެ މެޗެކެވެ. އެތުލެޓިކޯ އެއް ވަނައިގައި އޮތީ 37 މެޗުން 83 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތީ މިރޭ އެތުލެޓިކް ބިލްބާއޯ އަތުން 1-0 އިން މޮޅުވި ރެއާލް މެޑްރިޑް އެވެ. ރެއާލަށް 37 މެޗުން ލިބުނީ 81 ޕޮއިންޓެވެ. އެ ޓީމަށް އަދިވެސް ލީގު ހޯދުމުގެ ކޮންމެ ވެސް ފުރުސަތެއް އެބައޮތެވެ. އެއީ ފަހު މެޗުން އެތުލެޓިކޯގެ ނަތީޖާ ނުކުންނަ ގޮތަކުންނެވެ. މިރޭގެ ބައްޔާ އެކު ބާސެލޯނާ ލީގުގެ ތިން ވަނައިގައި އޮތީ 37 މެޗުން 76 ޕޮއިންޓާ އެކު އެވެ. ބާސެލޯނާ އަށް ދެން ލީގުގެ ދެ ވަނައިގައި ނިންމާލުމުގެ ފުރުސަތެއް ވެސް ނެތެވެ.

ފަހު މެޗުގައި އަންނަ އާދިއްތަ ދުވަހު ރެއާލް އަމިއްލަ ދަނޑުގައި ވިޔަރެއާލާ ބައްދަލުކުރާއިރު، އެތުލެޓިކޯ ރަށުންބޭރުގައި ބައްދަލުކުރާނީ ރެއާލް ވަލޮޑޮލިޑާ އެވެ. ވަލޮޑޮލިޑަށް އެ މެޗުން މޮޅުވެގެން ރެލިގޭޝަނުން ސަލާމަތްވެވޭނެ އެވެ. އެތުލެޓިކޯ އިން 2014 ވަނަ އަހަރަށް ފަހު ފުރަތަމަ ފަހަރަށް ލީގު ހޯދާނަމަ ވަލޮޑޮލިޑް ބަލިކުރަން ޖެހޭނެ އެވެ. އެ ނޫން ނަތީޖާއެއް ނުކުމެއްޖެނަމަ ދެން ޖެހޭނީ ރެއާލް ކުޅޭ މެޗުން ނުކުންނަ ނަތީޖާ އަކަށް ބަލާށެވެ.

އެތުލެޓިކޯ ދަނޑުގައި މިރޭ ކުޅުނު މެޗުގައި ލީޑުނެގީ އޮސަސޫނާ އިންނެވެ. މެޗުގެ 75 ވަނަ މިނިޓްގައި ރުބެން ގާސިއާ ދިން ބޯޅައަކުން އޮސަސޫނާ އަށް ލީޑުނަަގައިދިނީ އަންޓޭ ބުޑިމީއޭ އެވެ. އެތުލެޓިކޯ މޮޅުވީ ފަހު އަށް މިނިޓް ތެރޭ ދެ ގޯލު ޖަހައި ނަތީޖާ އަނބުރާލައިގެންނެވެ.

މެޗުގެ 82 ވަނަ މިނިޓްގައި ބްރެޒިލްގެ ފުލްބެކް ހެނާން ލޯޑީ އެތުލެޓިކޯ އަށް އެއްވަރުކޮށްދިނީ ޔާއޯ ފެލިކްސް ދިން ބޯޅައަކުންނެވެ. އެތުލެޓިކޯ މޮޅުކޮށްދިން ގޯލު 88 ވަނަ މިނިޓްގައި ޖެހީ ލުއިސް ސުއަރޭޒް އެވެ. މި ސީޒަނުގައި ބާސެލޯނާ ދޫކޮށް އެތުލެޓިކޯ އަށް ބަދަލުވި ސުއަރޭޒް މި ގޯލު ޖެހީ ޔަނިކް ކަރާސްކޯ ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ.

ބާސެލޯނާ ދަނޑުގައި ކުޅުނު މެޗުގެ 28 ވަނަ މިނިޓްގައި ސާޖިއޯ ބުސްކެޓްސް ދިން ބޯޅައަކުން ލިއޮނަލް މެސީ ވަނީ ބާސެލޯނާ އަށް ލީޑުނަގައިދީފަ އެވެ. ސެލްޓަ އިން ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން އެއްވަރުކޮށްފަ އެވެ. މެޗުގެ 38 ވަނަ މިނިޓްގައި އިއާގޯ އަސްޕާސް ތަނަވަސްކޮށްދިން ފުރުސަތެއްގައި ސަންޓީ މިނާ ވަނީ ސެލްޓަގެ ފުރަތަމަ ގޯލު ޖަހައިފަ އެވެ.

ބާސެލޯނާ އަށް މައްސަލަ ދިމާވީ މެޗުގެ 83 ވަނަ މިނިޓްގައި އެ ޓީމުގެ ފްރާންސް ޑިފެންޑަރު ކްލެމެންޓް ލޯންގްލޭ އަށް ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑެއް ދެއްކުމުންނެވެ. ބާސެލޯނާގެ އެއް ކުޅުންތެރިއަކު މަދުވުމުގެ ފައިދާ ސެލްޓަ އިން ނެގި އެވެ. އެ ޓީމު މޮޅުކޮށްދިން ގޯލު ޖެހީ 88 ވަނަ މިނިޓްގައި ސަންޓީ މިނާ އެވެ.

މި ސީޒަނަށް ފަހު ރެއާލްގެ ކޯޗު ޒިނެދިން ޒިދާން އެ ކްލަބް ދޫކޮށްލާނެކަން އެ ކްލަބްގެ ކުޅުންތެރިންނަށް އަންގާފައިވާ ކަމަށް މީޑިއާގައި އަޑުފެތުރިފައިވާއިރު، ރެއާލް މިރޭ ވަނީ ލީގުގެ ރޭހުގައި ދެމި އޮންނަން މުހިއްމު މޮޅެއް ހޯދައިފަ އެވެ. މެޗުގެ 68 ވަނަ މިނިޓްގައި ރެއާލްގެ ހަމައެކަނި ގޯލު ޖެހީ ކަސެމީރޯ ދިން ބޯޅައަކުން ނަޗޯ ފެނާންޑޭޒް އެވެ.

ބިލްބާއޯ އިން މެޗު ނިންމާލީ ކުޅުންތެރިއަކު މަދުކޮށެވެ. މެޗުގެ ފަހު ވަގުތު އެ ޓީމުގެ ރައުލް ގާސިއާ އަށް ވަނީ ސީދާ ރަތް ކާޑެއް ދައްކައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox