އައްޑޫން ހައްޔަރުކުރި އައިސިސްއަށް ނިސްބަތްވާ މީހުންގެ ބަންދު އިތުރުކޮށްފި

ޓެރަރިސްޓު ޖަމާއަތް އައިސިސް އަށް ތާއީދުކޮށް އައްޑޫގަ ހުރި ފާރެއްގައި ލިޔެފައިވާ ލިޔުމެއް: ހައްޔަރު ކުރި މީހުންނަކީ އައިސިސް އަށް ނިބަތްވާ ބައެއް ކަމަށްވޭ -- ފޮޓޯ: ސޯޝަލް މީޑިއާ

ޓެރަރިސްޓު ޖަމާއަތް އައިސިސް އަށް ތާއީދުކޮށް އައްޑޫގަ ހުރި ފާރެއްގައި ލިޔެފައިވާ ލިޔުމެއް: ހައްޔަރު ކުރި މީހުންނަކީ އައިސިސް އަށް ނިބަތްވާ ބައެއް ކަމަށްވޭ -- ފޮޓޯ: ސޯޝަލް މީޑިއާ

ފުލުހުންނާއި ސިފައިން އިއްޔެ އައްޑޫގައި ޓެރަރިޒަމާ ދެކޮޅަށް ހިންގި އޮޕަރޭޝަނުން ހައްޔަރު ކުރި ހަތް މީހުންގެ ބަންދުގެ މުއްދަތު ކޯޓުން މިއަދު އިތުރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ބުނީ އިއްޔެ ހައްޔަރު ކުރި މީހުންގެ ތެރެއިން ތިން މީހެއްގެ ބަންދު އިތުރު ކުރީ 15 ދުވަހަށް ކަމަށެވެ. އަދި ބާކީ ތިބި ހަތަރު މީހުންގެ ބަންދުގެ މުއްދަތު އިތުރު ކުރީ ހަތް ދުވަހަށް ކަމަށް ވެސް ފުލުހުން ބުންޏެވެ.

"އަދަދު"އަށް ޔަގީންވެފައިވާ ގޮތުގައި އައްޑޫގައި ހިންގި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައި ވަނީ އައްޑޫގައި އިސްކޮށް އުޅޭ، އައިސިސް އަށް ނިސްބަތްވާ ހަތް މީހުންނެވެ.

ހައްޔަރު ކުރި މީހުންގެ މައުލޫމާތު އެނގޭ މީހަކު ނޫހަގައި ނަން ނުޖެހުމަށް އެދި ބުނީ ހައްޔަރު ކުރި އެންމެންނަކީ ވެސް ހަރުކަށި ފިކުރުގެ މީހުން ކަމަށެވެ. އަދި އެ މީހުންނަކީ އައްޑޫގައި ހަރުކަށި ފިކުރު ފެތުރުމުގައި އިސްކޮށް ހަރަކާތްތެރިވާ ބައެއް ކަމަށް ވެސް އޭނާ ބުންޏެވެ.

ޓެރަރިސްޓު ޖަމާއަތް އައިސިސް އާއި އަލް-ގައިދާ އާއި އަލް-ނުސްރާ ފްރަންޓަށް ނިސްބަތްވާ ދިވެހިން ރާއްޖޭގައި އެ ޖަމާއަތްތަކުގެ ސެލްތަކެއް ހިންގަމުންދާ ކަމަށް މަރުތައް ބެލުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އުފެއްދެވި ރިޔާސީ ކޮމިޝަނުން ވަނީ ބުނެފަ އެވެ.

އެ ސެލްތަކުގެ ލީޑަރުންނާއި އެމީހުންނަށް ފައިސާ ހަރަދުކުރާ ބައެއް ފަރާތްތަކުގެ އިތުރުން ޓެރަރިސްޓުން ރާއްޖޭގައި ހަރަކާތްތެރިވަމުންދާ ގޮތް ވެސް މަރު ކޮމިޝަނުން އާންމު ކުރި ރިޕޯޓެއްގައި ހާމަކޮށްފައިވެ އެވެ.

ޓެރަރިޒަމާ ދެކޮޅު އޮޕަރޭޝަނެއް އައްޑޫގައި މި ކުރިއަށް ގެންދަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ބަޔަކު ބޮމެއް ގޮއްވާލައި އެމަނިކުފާނު ވަރަށް ބޮޑަށް ޒަހަމްކޮށްލާފައި ވަނިކޮށެވެ.

ރޭޒަރު ފުއްތަކެއް ލައިގެން ހެދި އައިއީޑީ މި މަހުގެ ހަ ވަނަ ދުވަހު ގޮއްވާލުމުން ނަޝީދުގެ އިތުރުން އެމަނިކުފާނުގެ ތިން ބޮޑީގާޑުންނާއި މަގު ހިނގާފައިފިޔަ ދިވެއްސެއް އަދި އިނގިރޭސިވިލާތުގެ ރައްޔިތަކަށް ވެސް ވަނީ އަނިޔާވެފަ އެވެ.

ނަޝީދުގެ ގެކޮޅު ކެނެރީގެ އާއި މަޖީދީމަގާ ދިމާވާ ކަންމަތީގައި ހުރި ސައިކަލެއްގެ ހަރުކޮށްފައި އޮތް ބޮން ރިމޯޓު ބޭނުންކޮށްގެން ގޮއްވާލާފައި ވަނީ ފާރަލައިގެން ބަލަން ހުރެ އެމަނިކުފާނާ ބޮމާ އެންމެ ކައިރިވި ވަގުތު ބެލުމަށްފަހު އެވެ.

ގާތްގަނޑަކަށް 16 ވަރަކަށް ގަޑިއިރުގެ އޮޕަރޭޝަނަކަށްފަހު ނަޝީދުގެ ހަށިކޮޅުން 10 ރޭޒަރު ފުއް ޑޮކްޓަރުން ނެގި އެވެ. އަދި ހަށިކޮޅުގައި ބޮން ހަރުކޮށްފައި ހުރި ސައިކަލުގެ ޕުލާސްޓިކު ކޮޅެއް ވެސް ތާށިވެފައި އޮތެވެ.

އިތުރު ފަރުވާއަށް މި ބުރާސްފަތި ދުވަހު ނަޝީދު ވަނީ ޖަރުމަނަށް ފުރާވަޑައިގެންފަ އެވެ.

މާލޭގައި ބޮމެއް ގޮއްވާލި ތަހުގީގާ ގުޅިގެން ފުލުހުންނާއި އެމްއެންޑީއެފުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނެފައި ވަނީ ހަރުކަށި ފިކުރުގެ ނުރައްކާ ރާއްޖޭގައި ވަރަށް ބޮޑުވެފައިވާ ކަަމަށެވެ. އަމިއްލަ އަށް ބޮން ހެދުމުގެ ގާބިލްކަން ހުރި އަދި އެފަދަ ތަކެތިން މީހުންނަށް ގެއްލުންދޭން ފަސްނުޖެހޭނެ ދަރަޖައަށް ފިކުރު ގޯސްވެފައިވާ ބަޔަކު މުޖުތަމައުގައި ތިބިކަން އެމްއެންޑީއެފުން ބުނެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox