ބެސިކްޓާސް ލީގު ޗެމްޕިއަންކަން ހޯދީ އެއް ގޯލުގެ ފަރަގުން

May 16, 2021, 8:37 AM
ލަނޑު ޖެހުމަށް ފަހު ބެސިކްޓާސް ކުޅުންތެރިން އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ލަނޑު ޖެހުމަށް ފަހު ބެސިކްޓާސް ކުޅުންތެރިން އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

އިސްތަންބޫލް (މެއި 16) - ތުރުކީ ލީގުގެ ފަހު މެޗުގައި ރޭ ގޮޒްޓެޕޭ އަތުން 2-1 އިން މޮޅުވެ، އެއް ގޯލުގެ ތަފާތުން ލީގުގެ ޗެމްޕިއަންކަން ބެސިކްޓާސް އިން ހޯދައިފި އެވެ.

ބެސިކްޓާސް ޗެމްޕިއަންކަން ހޯދީ މެޗުތައް ނިމުނުއިރު ދެ ވަނައިގައި ނިންމި ގަލަސަތަރާއިއާ އެއްވަރަށް 40 މެޗުން 84 ޕޮއިންޓް ލިބުނު ނަމަވެސް ލަނޑުގެ ތަފާތުން ކުރި ލިބޭތީ އެވެ.

ތުރުކީ ލީގުގެ ގަވާއިދުގައިވާ ގޮތުން ދެ ޓީމު ޕޮއިންޓް އެއްވަރުވެއްޖެނަަމަ ފުރަތަމަ ބަލާނީ ހެޑް ޓު ހެޑް ގަވާއިދަށެވެ. އެކަމަކު އެ ގަވާއިދުން ވެސް ގަލަސަތަރާއި އާއި ބެސިކްޓާސް ވީ އެއްވަރެވެ. އެހެންވެ ދެން ނިންމީ ލަނޑުގެ ތަފާތަށް ބަލާށެވެ. ގަލަސަތަރާއި އަށް ފައިދާ އޮތީ 44 ގޯލެވެ. ބެސިކްޓާސް އަށް ޗެމްޕިއަންކަން ލިބުނީ ފައިދާ 45 ގޯލު އޮތުމުންނެވެ.

ލީގުގެ ރޭހުގައި ދެން ވާދަކުރި ފެނަބާޗޭ ތިން ވަނައިގައި ނިންމާލީ 40 މެޗުން 82 ޕޮއިންޓާ އެކު އެވެ.

ގޮޒްޓެޕޭ ދަނޑުގައި ރޭ ކުޅުނު މެޗުގެ 10 ވަަނަ މިނިޓްގައި ބެސިކްޓާސަށް ލީޑުނަގައިދިނީ ކްރޮއޭޝިއާގެ ޑިފެންޑަރު ޑޮމަގޯއި ވީޑާ އެވެ. މެޗުގެ 25 ވަނަ މިނިޓްގައި ގޮޒްޓެޕާ އަށް އެއްވަރުކޮށްދިނީ އަލްޕަސްލާން އޮޒްޓާކް އެވެ. މެޗު ނިމެން 20 މިނިޓަށް ވެފައިވަނިކޮށް ބެސިކްޓާސް މޮޅުވި ގޯލު ޖެހީ ޕެނަލްޓީ އަކުން ރަޝީދް ގެޒާލް އެވެ. ލެސްޓާ ސިޓީގެ ލޯން އެއްބަސްވުމެއްގެ ދަށުން ގެޒާލް ޖެހި މި ގޯލަކީ ބެސިކްޓާސް އަށް ލީގު ލިބުނު ގޯލެވެ.

އެންމެ ފަހުން ތުރުކީ ލީގުގެ ޗެމްޕިއަންކަން ބެސިކްޓާސް އިން ހޯދީ 2016-2017 ވަަނަ ސީޒަނުގަ އެވެ. މިއީ އެ ޓީމުން ލީގު ކާމިޔާބުކުރި 16 ވަނަ ފަހަރެވެ. އިތުރު ތަށްޓަކާ އެކު މި ސީޒަން ނިންމާލުމުގެ ފުރުސަތު ބެސިކްޓާސް އަށް އެބައޮތެވެ. ތުރުކީ ކަޕް ފައިނަލުގައި ބެސިކްޓާސް ނުކުންނާނީ އަންތަލިޔަސްޕޯއާ ދެކޮޅަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox