ކޮވިޑަށް ވުރެ އިންތިޒާމުގެ ބަލިމަޑުކަން ބޮޑުވެއްޖެ!

ފްލޫ ކްލިނިކެއްގައި ކޮވިޑަށް ޓެސްޓު ކުރުމުގެ މަސައްކަތް ކުރަނީ. -ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ފްލޫ ކްލިނިކެއްގައި ކޮވިޑަށް ޓެސްޓު ކުރުމުގެ މަސައްކަތް ކުރަނީ. -ފޮޓޯ: ހުސެއިން ވަހީދު/ އަދަދު

ނުރައްކާތެރި ކޮވިޑް-19ގެ ބަލިމަޑުކަމުގެ ތެރެއިން ރާޅަކަށްފަހު ރާޅެއް މުޅި ދުނިޔެއާ އެކު ރާއްޖެއަށް ވެސް ބިންދާލަމުން އަންނަތާ އަހަރަކަށް ވުރެ ގިނަ ދުވަސްވެއްޖެ އެވެ.

އެންމެ ފަހުގެ، ހަތަރު ވަނަ ރާޅާ އެކު ކުރިން ނުވެއްޓޭ ފަދަ ހާލަތަކަށް ރާއްޖެ ވެއްޓިފައިވާ އިރު ދުވާލެއްގެ މައްޗަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މިހާރު ވަނީ ހާހެއް ހުރަސްކޮށްފަ އެވެ. އެއާއެކު އެ ބައްޔާ ދެކޮޅަށް ފަށަލަކޮށްފައިވާ އިންތިޒާމުތައް ވެސް ރޫޅި، މަޑުމަޑުން ބިމާ ހަމަވާންދާ ކަމުގެ މަލަމަތި މިހާރު ވަނީ ފެންނަން ފަށައިފަ އެވެ.

ފިޔަވަޅުތައް އެޅުމުގައި ގޯސްތަކެއް ހެދިފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އާއެކު ސަރުކާރުގެ އަމިއްލަ އިއުތިރާފުން އެއްބަސްވެފައިވާއިރު، ޕޮޒިޓިވިޓީ ރޭޓު މަތިވެ، ކޮވިޑަށް ފަރުވާދޭން ހުރި އެނދުތައް ފުރިގެން މިހާރު ވަނީ އެނދުތައް އިތުރު ވެސް ކޮށްފަ އެވެ.

އާ ވޭރިއަންޓަކާ އެކު މި ހާލަތަށް ދިޔައިރު، އެޗްޕީއޭ "ވަރިހަމަކޮށްލައިގެން" ތިބި ކަންކަން ގިނަ އެވެ.

ރައްކާތެރިވުމަށް އެޅި ފިޔަވަޅުތައް، ވަރުގަދަ ނުފޫޒުތަކަކާ އެކު ކުއްލި ކުއްލިއަށް ބަދަލުވެ ރައްޔިތުން ވާނުވާގައި ވެސް ތިބެން ޖެހުނެވެ. ކޮވިޑުގެ ބިރު ދައްކައި ރައްޔިތު މީހާ ހުއްޓުވި އެތައް ކަމެއް ސަރުކާރުގެ ތެރެއިން ފަހިވި ސިޔާސީ މީހުން ތިބުމަކީ ވެސް އެޗްޕީއޭއާ ދިމާލަށް އިނގިލި ދިއްކުރަން ލިބުނު ސަބަބެކެވެ.

އިންތިހާބެއް ބާއްވަން، ރަށްތައް ވެސް ނުރައްކަލަކަށް ހުށަހެޅީ އެވެ. އޭގެ ފަހުން އެތައް ރަށެއްގައި އެ ވަނީ ބަލި ފެތުރިފަ އެވެ.

މާލެ އާއި އަތޮޅުތަކުގައި ކޮވިޑުގެ ހާލަތު ގޯސްވެ، މި ބައްޔަށް ފަރުވާދެމުން އަންނަ ޑޮކްޓަރުންނާއި ނަރުހުން އަދި ސިއްހީ އެހެން ހިދުމަތްތެރިންނަށް ވަނީ ބުރަ ބޮޑުވެފަ އެވެ. އެ މީހުންނަށް ނުތަކާ ވަރަށް ހޮސްޕިޓަލްތައް ފުރިދާނެ ކަމުގެ ކަންބޮޑުވުން ވެސް އެބައޮތެވެ.

ޓެސްޓު ކުރަން ބޮޑު ބެކްލޮގެއް

މި ބައްޔާ ދެކޮޅަށް ކުރާ ހަނގުރާމައަށް ސަރުކާރުން ކުރި ހޭދަ މިހާރު ދެ ބިލިއަން ރުފިޔާއާ ގާތް ކުރަނީ އެވެ.

އެކަމަކު މިހާރު ފެންނަމުންދާ ރާޅާ އެކު އެ ފައިސާއިން ހޯދުނު ކުރިއެރުމެއް ފެންނަން ނެތުމަކީ އާއްމުންގެ އެންމެ ބޮޑު ޝަކުވާ އެވެ.

ބަލި ހުއްޓުވަން މިހާރު އެޗްޕީއޭ ފަރިތަވާންޖެހޭނެކަމަށް ގިނަ ބަޔަކު ގަބޫލު ކުރާއިރު، އެންމެ ކުޑަމިނުން ބަލި ޖެހޭ މީހުން ޓެސްޓު ކުރުމުގެ ނިޒާމަށް ވެސް މިހާރު ވަނީ ރަނގަޅަށް ކޮށި އަރައިފަ އެވެ.

މާލޭގެ އިތުރުން އަތޮޅު ތެރޭގައި ވެސް ބަލި ފެތުރޭ މިންވަރު އިންތިހާއަށް އިތުރުވެ، ބައްޔަށް ޓެސްޓު ކުރެވޭ އަދަދަށް ވުރެ ބަލި ޖެހޭ މީހުން އިތުރުވެ، އުފެދިފައިވާ ބެކްލޮގު އަންނަނީ ބޮޑުވަމުންނެވެ.

އެއާއެކު، ބަލި ޖެހުނުކަން ވެސް ކަށަވަރު ނުކުރެވި ކުރަންޖެހޭ އިންތިޒާރު ވަނީ ހަފްތާއަކަށް ދިގުދެމިގެން ގޮސްފަ އެވެ.

އެކަމުގެ ޝަކުވާތައް ސޯޝަލް މީޑިޔާއަށް ބަންޑުންވަމުންދާއިރު، ޕޮޒިޓިވްވެ ނޫނީ ޕޮޒިޓިވް މީހަކާ ބައްދަލުވެގެން އެޗްޕީއޭއިން ސާމްޕަލް ވެސް ނަގަން ނައިސް ހަތް ދުވަސް ނަގާކަމަށް ގިނަ ބަޔަކު ބުނަމުންދާއިރު، އެ އިންތިޒާރަށް ނުވަ ދުވަސްވެފައިވާ ކަމުގެ ޝަކުވާ އަނެއް ބަޔަކު ދަނީ ކުރަމުންނެވެ.

އެކަމާ ގުޅިގެން އެޗްޕީއޭގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް ތަސްލީމާ އުސްމާން މިއަދު "އަދަދު"އަށް ވިދާޅުވީ ޓެސްޓުކުރަންޖެހޭ ސާމްޕަލްތައް މާލޭގެ އިތުރުން އަތޮޅު ތެރެއިން ވެސް އަންނަމުންދާއިރު، ސާމްޕަލް ނެގުމަށް މިވަގުތު ބޮޑު ބެކްލޮގެއް އެބަ އޮތް ކަމަށެވެ.

އެއާއެކު ސާމްޕަލް ނަގަން ފޮނުވުމުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވަމުންދާ ކަމަށް އޭނާ އެއްބަސްވެވަޑައިގެންނެވި އެވެ.

"އަޅުގަނޑުމެން މިދަނީ އެ މަސައްކަތަށް [ސާމްޕަލް ނެގުމަށް] އޮފިޝަލުން އިތުރުކުރެވޭތޯ ބަލަމުން. އެބައުޅޭ ބޮޑު ބެކްލޮގެއް،" އޭނާ ވިދާޅުވި އެވެ.

ތަސްލީމާ ވިދާޅުވި ގޮތުގައި ސާމްޕަލް ނެގުމުގައި މިވަގުތު އިސްކަންދެނީ ބަލީގެ އެންމެ ނުރައްކާ ބޮޑު ފަރާތްތަކާއި އުމުރުން ދުވަސްވީ މީހުންނަށް ކަމަށެވެ.

އެހެންކަމުން، ބަލީގެ އަލާމާތްތައް ގޯސްވާ ހާލަތްތަކުގައި، ޓެސްޓު ކުރުން އަވަސް ކުރުމަށް ފްލޫ ކްލިނިކަށް ދިޔުމަށް އޭނާ އެދިވަޑައިގެންނެވި އެވެ.

ފްލޫ ކްލިނިކްތަކާއި ހޮޓްލައިނަށް ވެސް ނުކަތާފައި

ތަސްލީމާ އެގޮތަށް އެދިވަޑައިގެންނެވި ނަމަވެސް، ފްލޫ ކްލިނިކްތައް ވެސް ތޮއްޖެހި، އެ ތަންތަނަށް ވެސް ނުކަތާ ވަރު ވަނީ ވެފަ އެވެ.

މި ދުވަސްވަރު މޫސުން ގޯސްވުމުގެ ސަބަބުން އާއްމު ރޯގާ ވެސް އިތުރުވެފައިވާ ދަނޑިވަޅެއްގައި، ކިޔޫތައް ދިގުވެ، ފްލޫ ކްލިނިކްތަކަކަށް ވަނީ ބާރު ބޮޑުވެފަ އެވެ.

މިގޮތުން، ކްލިނިކަކުން ސާމްޕަލް ނަގައި ޓެސްޓު ކުރަން، ތިން ގަޑިއިރަށް ވުރެ ގިނަ އިރު ހޭދަކުރަންޖެހޭ ކަމުގެ ޝަކުވާތައް ދަނީ އިތުރުވަމުންނެވެ.

ފްލޫ ކްލިނިކްތައް އެކަންޏެއް ނޫނެވެ.

މި ބަލިމަޑުކަމާއި ގުޅިގެން އެޗްޕީއޭއިން ގާއިމުކޮށްފައިވާ ހޮޓްލައިނުން ޖަވާބު ނުދޭ ކަމާއި، ހާލުބަލަން ގާއިމުކޮށްފައިވާ ޕޯޓަލު ވެސް މަސައްކަތް ނުކުރާ ކަމުގެ ޝަކުވާތައް ވެސް އަންނަނީ ފުނިޖެހެމުންނެވެ.

އެންމެ ބޭނުންޖެހުނު ދުވަހު ވެކްސިނަށް ޖެހިފައި

ދެން އާއްމުންގެ އެންމެ ބޮޑު ކަންބޮޑުވުމެއް ގުޅިފައިވަނީ ކޮވިޑުގެ ވެކްސިނާ އެވެ. ވެކްސިންގެ ދެ ޑޯޒް ޖެހުމުން، ބަލި ބޮޑުވާ މިންވަރު ކުޑަވާ ކަމަށް ބުނެ، ޑޮކްޓަރުން ދަނީ ވެކްސިން ފުރިހަމަ ކުރުމަށް އިލްތިމާސް ކުރަމުންނެވެ.

ނަމަވެސް، އެ އިލްތިމާސް ވެސް އިންތިޒާމުގެ ދޯހަޅިކަމުން ދެކޮޅު ޖެއްސޭނެ ގޮތެއް ނެތެވެ.

ރާއްޖޭގައި ކޮވިޑް ވެކްސިނޭޝަން ޕްރޮގްރާމް މިދިޔަ ފެބުރުއަރީ މަހު ފެށީ، އާބާދީގެ ބޮޑު ބަޔަކަށް ދެ ޑޯޒު ޖެހޭ ވަރަށް ވެކްސިން ހަމަޖެހިފައިވާ ކަމުގެ ޔަގީންކަމާ އެކުގަ އެވެ.

އެކަމަކު ރާއްޖޭގައި އެންމެ އާއްމުކޮށް ދެމުން ދިޔަ ކޮވިޝީލްޑް ޖެހުން މީގެ ދެ ހަފުތާއެއްހާ ދުވަސްކުރިން ވަނީ ހުއްޓާލައިފަ އެވެ. އެކި ފަހަރު މަތިން ކޮވިޝީލްޑްގެ ސްޓޮކުގައި ހުރި އަދަދުތައް ފޮރުވަން މަސައްކަތް ކުރަންމުން އައިސް، އެންމެ ފަހުން އެކަން ހާމަކުރަން މަޖުބޫރުވީ ވެކްސިން ހުސްވެގެންނެވެ.

ވެކްސިން ޕްރޮގްރާމް ފެށީ އިންޑިއާ އާއި ޗައިނާ އަދި އެހެން ގައުމުތަކުން ހަދިޔާކުރި ވެކްސިނުންނެވެ. އެކަމަކު ރާއްޖެ އިން ވަނީ ސިންގަޕޫރުގެ އެސްޓްރާޒެނިކާ އިން 700،000 ޑޯޒަށް ފައިސާ ދައްކައިފަ އެވެ.

އެ ވެކްސިން ލިބުން ލަސްވެގެން އިންޑިއާގެ ސިރަމް އިންސްޓިޓިއުޓަށް 300،000 ޑޯޒު ގަތުމަށް ފައިސާ ދެއްކި އެވެ. އޭގެތެރެއިން މިހާތަނަށް ރާއްޖެ އަށް ލިބުނީ 100،000 ޑޯޒެވެ. ބާކީ 200،000 ލިބޭނެ ދުވަހެއް ނޭނގެ އެވެ.

އެޗްޕީއޭ އިން ބުނެފައިވާ ގޮތުގައި ކޮވިޝީލްޑް ދިނުން ހުއްޓާލިއިރު، ދެވަނަ ޑޯޒް ނުޖެހި 20،000 އަށް ވުރެ ގިނަ މީހުން އެބަ ތިއްބެވެ.

"ގޭގަ އެބަ ތިބި ހައި ރިސްކު މީހުން. ދެވަނަ ޑޯޒް ޖަހަން ކިތަންމެހޭ ވެސް ބޭނުން. މިހާރު ހުޅުވާލިޔަސް މުޅި ދުވަސް ކިޔޫގައި ޖެހިގެން ވިޔަސް ދެވަނަ ޑޯޒް ޖަހާނަން. އެކަމަކު ކީއްކުރާނީ؟،" ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ޖަހަން ޖެހޭ ޒުވާނަކު ބުންޏެވެ.

އެ ޒުވާނާ ބުނި ގޮތަށް ކޮވިޝީލްޑަށް ޖެހިފައިވާތީ ޑޮކްޓަރުން ކިތަންމެ ވަރަކަށް އިލްތިމާސް ކުރިޔަސް ވެކްސިން ފުރިހަމަ ކުރެވޭނެ ގޮތެއް ނެތެވެ.

އެއާއެކު ވެކްސިން ޕްރޮގްރާމުގެ ވެސް ދޯހަޅި އިންތިޒާމުގެ ފާޑުކިޔުން އެޗްޕީއޭއަށް ވަނީ އަމާޒުވެފަ އެވެ.

މިހުރިހާ ޝަކުވާއެއްގެ ތެރެއިން، ނުރައްކަލުގެ ރަނގަބީލުގެ އަޑު ދަނީ ގަދަވަމުންނެވެ.

ބަލި ޖެހޭ މީހުންގެ އަދަދުގެ އިތުރުން، ކޮވިޑުގައި ބަލީގައި މަރުވާ މީހުން ވެސް މިހާރު އިތުރުވާން ފަށައިފި އެވެ.

މިގޮތުން، ފާއިތުވި ދެ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި އެ ބަލީގައި 23 މީހަކު ވަނީ މަރުވެފަ އެވެ.

މާލޭގެ އިތުރުން އަތޮޅު ތެރޭގައި ބަލީގެ ކޮންޓްރޯލް މިހާރު ނެއްޓިފައިވާއިރު، އެޗްޕީއޭއިން ގާއިމުކޮށްފައިވާ އިންތިޒާމުތައް ހަމައަކަށް ނާޅުވައިފިނަމަ، ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގެ ހާލަތު ގޯހުން ގޯހަށް ހިނގައިދާނެ ކަމުގެ ބިރު ހަގީގަތުގައި ވެސް ބޮޑެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox