ކޮވިޑުގައި ރާއްޖެ އިން ޒުވާން ދިވެހި އަންހެނަކު މަރުވެއްޖެ

ބަލި މީހަކު އެމްބިއުލާންސަށް އަރުވަނީ: ކޮވިޑްގައި މިއަދު ވަނީ 30 އަހަރުގެ ދިވެއްސެއް މަރުވެފައި-- ފޮޓޯ: ހުސައިން ވަހީދު/ އަދަދު

ބަލި މީހަކު އެމްބިއުލާންސަށް އަރުވަނީ: ކޮވިޑްގައި މިއަދު ވަނީ 30 އަހަރުގެ ދިވެއްސެއް މަރުވެފައި-- ފޮޓޯ: ހުސައިން ވަހީދު/ އަދަދު

ކޮވިޑަށް ފަރުވާދެމުން ދިޔަ 30 އަހަރުގެ ދިވެހި އަންހެނަކު މިއަދު މަރުވެއްޖެ އެވެ.

މިއީ، ކޮވިޑްގައި މިހާތަނަށް ރާއްޖެ އިން މަރުވި އެންމެ ޒުވާން ދިވެހި މީހާ އެވެ. މީގެ ކުރިން ކޮވިޑުގައި އެންމެ ޒުވާން މީހަކަށް މަރުވީ 27 އަހަރުގެ ބިދޭސީއެކެވެ.

ކޮވިޑުގެ މިއަދުގެ މަރާ އެކު ރާއްޖެ އިން މި ބަލީގައި މަރުވި ޖުމްލަ އަދަދު ވަނީ 96 އަށް އަރައިފަ އެވެ.

ހުޅުމާލޭގެ ކޮވިޑު ފެސިލިޓީގައި ފަރުވާދެމުން އަންނަނިކޮށް ރޭ ފަތިހު މަރުވީ މާލޭ ދަފްތަރު އާއިޝަތު މިޒުނާ އެވެ. މިއަދު ހެނދުނު ހުޅުމާލޭ ސަހަރާގައި އޭނާ ވަނީ ވަޅުލައިފަ އެވެ.

ޒުވާން އުމުރުގައި މަރުވި މިޒުނާއާ ގުޅޭ އެއްވެސް އިތުރު މައުލޫމާތެއް އެޗްޕީއޭން ނުދެ އެވެ.

އެކަމަކު އާއިލާ އިން "އަދަދު"އަށް ވާހަކަ ދެއްކި މީހަކު ބުނިގޮތުގައި މިޒްނާއަކީ ހަކުރު ބައްޔަށް ބޭސްކުރަމުން އަންނަ މީހެކެވެ. ކޮވިޑުގައި ބޮޑުވަރުވާ މީހުންގެ ތެރޭގައި ދާއިމީ ބައްޔަށް ބޭސްކުރާ މީހުން ހިމެނެ އެވެ.

ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވާން ފަށާފައިވާއިރު އެ ބަލީގައި މަރުވާ މީހުންގެ އަދަދު ވެސް ދަނީ އިތުރުވަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox