ޖާމިނުވުން، މިއީ ސަމާސާއެއް ނޫން!

އަލީ ވަހީދަށް ޖާމިނުވި ސްޓޭޓް މިނިސްޓަރު އަސްހަދު: އަލީ ވަހީދު ވީ ތަނެއް ނޭނގިގެން މައްސަލަ ކުރިއަށް ވަނީ ނުގެންދެވިފައި - ފޮޓޯ: ރައީސް އޮފީސް

އަލީ ވަހީދަށް ޖާމިނުވި ސްޓޭޓް މިނިސްޓަރު އަސްހަދު: އަލީ ވަހީދު ވީ ތަނެއް ނޭނގިގެން މައްސަލަ ކުރިއަށް ވަނީ ނުގެންދެވިފައި - ފޮޓޯ: ރައީސް އޮފީސް

ރައްޓެސަކު ސައިކަލެއް ނުގަނެވިގެން އުޅެން ފެށުމުން، އޭނާގެ ރައްޓެއްސަކު އިންސްޓޯލްމެންޓަށް އެ ނަގައިދިނުމަށް ފުރިހަމަ ގެރެންޓީއެއްދީ އެކަމަށް ޖާމިނުވެއްޖެ އެވެ. ރައްޓެހި މީހާގެ ފީކަޅާކަމުން މަހުން މަހަށް ދައްކަން އޮތް ފައިސާ ނުދައްކައިގެން އެންމެ ފަހުން ސައިކަލް ވިއްކި މީހުން ކޯޓަށް ދިޔައީ އެވެ. އެކަމުގައި ޒިންމާ އުފުލަން ޖެހި އެންމެ ފަހުން ދަރަނި ސާބިތުވީ، ޖާމިނުވި، ހެޔޮއެދޭ ރައްޓެހި މީހާގެ ބޮލަށެވެ.

މިއީ، ރާއްޖޭގައި ވަރަށް އާންމު ކަމެކެވެ. ހާއްސަކޮށް އިންސްޓޯލްމެންޓަށް ތަކެތި ނެގުމުގައި ގެރެންޓާއެއް ހުރުމަކީ މަޖުބޫރުކަމެއްގެ ގޮތުގައި އޮންނާތީ މިފަދަ ކަންކަން ވަރަށް އިތުރެވެ. އެކަމަކު، ކިތަންމެ ގާތް މީހެއް ނަމަވެސް، ޖާމިނުވުމުގެ އެއީ ކިހާ ވަރެއްގެ ޒިންމާއެއްކަން ވިސްނާލަން އެބަ ޖެހެ އެވެ. މިއީ ސަމާސާއެއް ނޫންކަން އެނގެން އެބަ ޖެހެ އެވެ.

މިފަދަ މައްސަލަތައް އެއްކިބާ ކޮށްފައި، ޖިނާއީ މައްސަލަތަކުގައި ވެސް ޖާމިނުވުމަކީ މިހާރު ގާނޫނު ދަންނަ ކަމެކެވެ. އެކަން ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ލިޔެފައި އޮތުމުންނެވެ. އެގޮތުން ބަންދުގައި ހުރި މީހަކު ކަފާލާތުގެ ދަށުން ދޫކުރެވޭ އެއް ގޮތަކީ ގާނޫނުގައިވާ ގޮތުން މީހަކު، އޭނާގެ މައްޗަށް ޖާމިނުވުމެވެ. ގާނޫނުގެ 64 ވަނަ މާއްދާގައި ޖާމިނުވާ މީހާގެ ޝަރުތައް ބަޔާންކޮށްފައިވާއިރު، އޭނާގެ ޒިންމާތައް ވެސް ބަޔާންކޮށްފައިވެ އެވެ.

އެގޮތުން، ބަންދުން ދޫކުރާ މީހާ ކުށެއް ކުރިޔަދީގެން ނުވާނެ އެވެ. އަދި، ތަހުގީގީ އިދާރާތަކުން އަންގާ ގޮތަށް އޭނާ ހާޒިރުކުރުވުމާއި ޝަރީއަތުގެ މަރުހަލާގައި ކޯޓުތަކަށް އޭނާ ގަޑިއަށް ހާޒިރުކުރުވަން ޖެހޭނެ އެވެ. މިކަމަށް އެއްބަސްވެ، ޖާމިނުވާ މީހާ ޝަރީއަތުގެ މަޖިލީހުގައި އިގުރާރެއްގައި ސޮއި ވެސް ކުރަން ޖެހެ އެވެ. މި އިގުރާރާ އޭނާ ހިލާފުވެއްޖެނަމަ، އެ ކުރަނީ ކުށެއް ކަމަށް ގާނޫނުގައި ލިޔުމަށްފަހު އެއަށް ދެވޭނެ އަދަބުތައް ވެސް ވަނީ ކަނޑައަޅައިފަ އެވެ. އެގޮތުން، އަދަބުގެ ތަރުތީބުކޮށްފައިވާ ގޮތަށް ބަލާއިރު ފުރަތަމަ އޮތީ އެއް އަހަރު ދުވަހަށްވުރެ ދިގު ނޫން މުއްދަތަކަށް ޖަލަށްލުމެވެ. ދެން އޮތީ ދެ އަހަރު ދުވަހަށްވުރެ ދިގު ނޫން މުއްދަތަކަށް ގޭގައި ބަންދުކުރުމެވެ.

އެއަށްފަހު، 15،000 އަށްވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރެވިދާނެ ކަމަށް ބަޔާންކޮށްފައިވާއިރު އެންމެ ފަހު އަދަބެއްގެ ގޮތުގައި ލިޔެފައިވަނީ، ބަންދުގައި ހުރި މީހަކު ކަފާލާތުގެ އުސޫލުން ދޫކުރުމުގައި ވަކި މުއްދަތެއް ވަންދެން ޖާމިނު ނުވެވޭނެ ކަމަށް ކަނޑައެޅުމެެވެ.

ގާނޫނުގައި އޮތީ ބަންދުގައި ހުރި މީހަކު ކަފާލާތުން ދޫކުރާ ހާލަތެއް ނަމަވެސް، ގާނޫނުގެ ދަށުން ހެދި ޝަރީއަތް ކުރުމާ ބެހޭ އިޖުރާއަތުގެ ގަވައިދުގައި ޕާސްޕޯޓް ދޫކޮށް، ފުރުމުގެ ހުއްދަ މީހަކު ޖާމިނުވުމަށްފަހު ދެވޭނެ ކަމަށް އޮވެ އެވެ. އެ އިގުރާރު ވެސް ވާން ޖެހެނީ އަދި، އެއާ ހިލާފުވުމުން ވެސް އަންނަނީ ގާނޫނުގައި ބުނާ ކަންކަމެވެ.

އިންސްޓޯލްމެންޓަށް ތަކެތި ނެގުމުގައި ޖާމިނުވުމަށް ހުންނަ ފޯރި މިކަމުގައި ނެތް ނަމަވެސް، މި މާއްދާގެ ދަށުން ބައެއް މައްސަލަތަކުގައި މީހުން ޖާމިނުވެފައި އެބަ ހުއްޓެވެ. އެފަދަ ފުރަތަމަ މައްސަލައެއްގެ ގޮތުގައި މީޑިއާތަކުގެ ސުރުހީއާ ހަމައަށް އައީ މަސްތުވާތަކެއްޗާއެކު، އަތުލައިގަތް އީރާނުގެ ބޯޓެއްގައި ތިބި ބައެއްގެ މައްޗަށް ދިވެއްސަކު ޖާމިނުވެ، އެމީހުން ބަންދުން ދޫކުރުމެވެ.

އޭގެފަހުން، ޖާމިނުވުން އެންމެ ދަންނަ ކަމެއްގެ ގޮތުގައި ވެގެން ގޮސްފައިވަނީ ކޯޓުތަކުގައި މިހާރު އޮތް މައްސަލަތަކުގެ ތެރެއިން އެންމެ ހައިޕްރޮފައިލް އެއް ކޭސް ކަމަށްވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް އޭނާގެ އެކުވެރިޔާ، އަސްހަދު އަލީ (އަޑުބަރޭ) ޖާމިނުވެ ރާއްޖޭން ފުރުމުގެ އިންތިޒާމް ހަމަޖެހުމުންނެވެ.

ޖިންސީ ފުރައްސާރައިގެ ގިނަ ދައުވާތަކެއް އުފުލާފައިވާ އަލީ ވަހީދު ފިލައިގެން ގޮސްދާނެ ކަމުގެ ބިރު ދައުލަތަށް އޮތުމުން އޭނާގެ ޕާސްޕޯޓް އޮތީ ހިފަހައްޓާފަ އެވެ. ނަމަވެސް، ބަލި ހާލަތަށް ރިއާޔަތްކޮށް ކްރިމިނަލް ކޯޓުން ވަނީ ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަކީ ޖާމިނެއްގެ ގޮތުގައި ބެހެއްޓުމަށްފަހު އަލީ ވަހީދުގެ ޕާސްޕޯޓް ދޫކޮށްފަ އެވެ. މިއީ، ޕާސްޕޯޓް ދޫކޮށް، މީހަކަށް ފުރައިގެން ދެވޭނެ އިންތިޒާމް ހަމަޖައްސެވުމަށް ރާއްޖޭގައި ޖާމިނުވި ފުރަތަމަ ވެސް ފަހަރެވެ.

އަލީ ވަހީދުގެ ޕާސްޕޯޓް ދޫކޮށްފައިވަނީ މުއްދަތެއް ނެތް ގޮތަށް ކަމުގައި ވިޔަސް، ޖާމިނުވީ އިގުރާރުގައި އޮތީ ހަތަރު މަހަށެވެ. އެހެންކަމުން، ހަތަރު މަސް ފަހުން އަލީ ވަހީދު ކޯޓަށް ހާޒިރު ނުވެއްޖެނަމަ، އެ އޮތީ އިގުރާރާ ސީދާ ގޮތުން ހިލާފުވެފަ އެވެ. ނަމަވެސް، އޭގެ ކުރިން ވެސް އަލީ ވަހީދު ކޯޓުތަކަށް ހާޒިރު ނުވާނަމަ، އެއީ އިގުރާރާ ހިލާފުވުމެއްކަން ސުޕްރީމް ކޯޓުން ނިންމާފައިވާ ނިންމުމުން ދޭހަވެ އެވެ.

"މުއްދަތު ހަމަވުމުން ނުވަތަ އެ މުއްދަތު ހަމަނުވި ނަމަވެސް އެ އިގުރާރާ ހިލާފުވެއްޖެނަމަ އަލީ ވަހީދު ފުރުމުގެ ހުއްދަ ދީފައިވާ އަމުރު މުރާޖައާ ކުރަން ކުރިމިނަލް ކޯޓަށް ހުށަހެޅުމަށް ގާނޫނޫ ގޮތުން އެއްވެސް ހުރަހެއް ނެތް،" ސުޕްރީމް ކޯޓުގެ ނިންމުމުގައިވެ އެވެ.

މިހެން އޮތުމުން، މުއްދަތު ހަމަނުވި ނަމަވެސް، ކޯޓުތަކުން އަންގާ ގޮތަށް ހާޒިރުނުވުމަކީ، އަދި އޭނާއާ ގުޅޭ މައުލޫމާތު ކޯޓަށް ނުދިނުމަކީ އިގުރާރާ ދެބަސްވުމެއް ކަމަށް ބެލެވިދާނެ އެވެ. ފެންނަން އޮތް ކަމަކީ، ކޯޓުތަކަށް އަލީ ވަހީދު ހާޒިރު ނުވެގެން އަދި އޭނާއާ ގުޅޭ މައުލޫމާތެއް ވެސް ނެތިގެން މައްސަލަތައް ކުރިއަށް ނުގެންދެވިފައި އޮތް ކަމެވެ.

އަސްހަދު ސޮއި ކުރައްވާފައިވާ އިގުރާރުގައި ވެސް އޭނާ މި އުފުލަނީ ކިހާ ބޮޑު ޒިންމާއެއްކަން އެނގިގެންދެ އެވެ.

"...ހަތަރު މަސް ދުވަހުގެ މުއްދަތުގައި އަލީ ވަހީދު ނުފިލާނެ ކަމަށް އަދި ކަނޑައެޅިފައިވާ ދުވަހަށް ރާއްޖެ އަނބުރާ ގެންނާނެ ކަމަށް އިގުރާރުވަމެވެ. އަދި އަހުރެންގެ އިހުމާލުން މި ލިޔުމުގައިވާ ކަންތައްތައް ފުރިހަމަ ނުކުރެވިއްޖެނަމަ އަހުރެންނާމެދު ފިޔަވަޅު އެޅޭނެކަން އަހުރެންނަށް އެނގެއެވެ،" އަސްހަދުގެ އިގުރާރުގައިވެ އެވެ.

މިހާ ސީރިއަސް އިގުރާރެއް އޮތަސް، އަމަލުތައް ފެނިގެން ދިޔައީ އެގޮތަކަށް ނޫނެވެ.

ދައުލަތުން ކުރިމިނަލް ކޯޓުގައި އަލީ ވަހީދު ދިޔުމަށް ގަސްދުކުރާ ގައުމާ ގުޅޭ ގޮތުން ސުވާލުކުރުމުން އަދި އެކަން ފައިނަލް ނުވާ ކަމަށް ވިދާޅުވެ، އަޑުއެހުން ހަމަ ނިމި، އަމުރު ރަނގަޅަށް ނުނެރެވެނީސް ފުރައިގެން ވަޑައިގެންނެވި އެވެ. އެެއަށްފަހު، ޖާމިނުވި އަސްހަދަށް ވެސް އަލީ ވަހީދު ވީ ތަނެއް ނޭނގުނެވެ.

އަލީ ވަހީދު ޕާސްޕޯޓް ދޫކުރި އަމުރު ބާތިލް ކުރަން ދައުލަތުން ހައިކޯޓަށާއި ސުޕްރީމް ކޯޓަށް ވެސް ހިނގައްޖެ އެވެ. ނަމަވެސް، އެ މައްސަލަ ކުރިއަށް ގެންދެވޭ ގޮތެއް ނުވެފައިވަނީ އަލީ ވަހީދުގެ ޣައިރު ހާޒިރުގައި އެފަދަ މައްސަލައެއް ނުހިނގޭނެތީ އެވެ. އޭނާ އުޅޭ ތަނެއް ހޯދުމަށް މަތީ މަރުހަލާގެ ދެ ކޯޓުން ވެސް އަސްހަދަށް ގުޅި އެވެ. އެކަމަކު، އޭނާ ބުނެފައިވަނީ އަލީ ވަހީދު ވީ ތަނެއް އޭނާއަށް ނޭނގޭ ކަމަށެވެ.

ކޮވިޑާއެކު، ކޯޓުތަކުގެ ޝަރީއަތްތައް ހިންގުމަށް އައިސްފައިވާ ބަދަލާއެކު މިހާރު ރާއްޖޭން ބޭރުގައި ހުރެގެން ވެސް ޝަރީއަތުގައި ބައިވެރިވެވިދާނެ އެވެ. އެކަމަކު، އެފަދަ އިންތިޒާމެއް ވެސް ޖާމިނުވި ފަރާތް މެދުވެރިކޮށް ވެސް އަލީ ވަހީދު މައްސަލާގައި އޮތީ ނުވެ އެވެ.

ޔަގީންކަން ދީ، ސޮއިކޮށް އިގުރާރުވެފައިވާ މީހާއަށް އަލީ ވަހީދުގެ މައުލޫމާތު ނޭނގި ދެން އެނގޭނީ ވަކި ކާކަށް ހެއްޔެވެ؟

މައްސަލާގައި ކުރިއަށް ދެވޭނެ އިތުރު މަގެއް ނުފެންނާތީ، ޕްރޮސިކިއުޓާ ޖެނަރަލް ހުސެއިން ޝަމީމް މިހާރު ވަނީ އަސްހަދު އިގުރާރު ހިލާފުވެއްޖެ ކަމަށް ކަނޑައަޅައިދީ އޭނާއާ މެދު ފިޔަވަޅު އަޅައިދިނުމަށް އެދިފަ އެވެ. އެކަމުގައި އަދި ކުރިމިނަލް ކޯޓުން ވަކި ގޮތެއް ނުނިންމަ އެވެ.

އަންނަ މަހުގެ ނުވަވަނަ ދުވަހަށް އަސްހަދު އިގުރާރުވެފައިވާ އިގުރާރުގެ މުއްދަތު ހަމަވާއިރު އެ ތާރީހަށް އަލީ ވަހީދު ރާއްޖެ އަންނާނެ ކަމުގެ އެއްވެސް ޔަގީން ކަމެއް ނެތެވެ. އެކަމަކު، އެ މުއްދަތަށް އޭނާ ރާއްޖެ ގެނުމަކީ އަސްހަދުގެ މައްޗަށް މަޖުބޫރު ކަމެކެވެ. ނޫންނަމަ، އޭނާއާ ކުރިމަތިލާން ޖެހޭނީ އުނދަގޫ ދަވަސްތަކެވެ. ސަރުކާރުގެ އިސް މަގާމެއްގައި ހުންނެވިއިރު، މި ވަރުގެ ޒިންމާއެއް ނެންގެވިއިރު އޭގެ ބުރަދަނާ މެދު އިތުރަށް ވިސްނަވަން ޖެހޭނެ އެވެ.

މިއީ ސަމާސާއަކަށް ނުވަނީ އެހެންވެ އެވެ!

ކޮމެންޓް

ފަހުގެ ޚަބަރު

އަހަރެމެންގެ ޑޮލަރު ބަލަހައްޓަނީ ކާކު؟ ރެގިއުލޭޓަރަށް ސުވާލެއް

މައުލޫމާތު ހާމަކުރުން މަޖުބޫރުކުރުން: ކޮންމެ ކުއާޓަރެއްގައިވެސް ކޮންމެ ބޭންކަކުން ޑޮލަރާއި ރުފިޔާގެ ލިކުއިޑިޓީ ރޭޝިއޯތައް، "ލިކުއިޑް" އެސެޓަކީ ކޮބައިކަން ސާފުކޮށް ބަޔާންކުރުމާއެކު، އަދި ކޮންމެ މަހަކު ޑޮލަރު ޓްރާންސްފަރތަކަށް އެވްރެޖްކޮށް ހޭދަވާ މުއްދަތު ޝާއިއުކުރުން މަޖުބޫރުކުރުން.

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

Newsletter

Get the latest news delivered straight to your inbox