ކޮވިޑް ވެކްސިން ހިއްސާކުރަން މުއްސަނދި ގައުމުތަކަށް ޑަބްލިއުއެޗްއޯގެ ޕްރެޝަރު

ޑަބްލިއުއެޗްއޯގެ ޗީފް ޑރ. ޓެޑްރޯސް އަދަނޮމް.-- ފޮޓޯ: ރޮއިޓާޒް

ޑަބްލިއުއެޗްއޯގެ ޗީފް ޑރ. ޓެޑްރޯސް އަދަނޮމް.-- ފޮޓޯ: ރޮއިޓާޒް

މުއްސަނދި ގައުމުތަކުން ކުޑަކުދިންނަށް ކޮވިޑް ވެކްސިން ދިނުން މަޑުޖައްސާލުމަށް ފަހު އާމްދަނީ ކުޑަ ގައުމުތަކަށް ސަޕްލައި ހަދިޔާ ކުރަން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) ގެ ވެރިޔާ ގޮވާލައްވައިފި އެވެ.

އިއްޔެ ބޭއްވި ޑަބްލިއުއެޗްއޯގެ ޕްރެސް ބްރީފިންގައި ޑރ. ޓެޑްރޯސް އަދަނޮމް ގައުމުތަކަށް ގޮވާލެއްވީ ކޮވިޑް ވެކްސިންގެ ސަޕްލައި ޑަބްލިއުއެޗްއޯއިން ހިންގާ ކޯވެކްސް ސްކީމަށް ހަދިޔާ ކުރާށެވެ. އެ ސްކީމަކީ ގައުމުތަކަށް ހަމަހަމަކަމާ އެކު ވެކްސިން ފޯރުކޮށްދޭން ހެދި ސްކީމެކެވެ.

ކޮވިޑް ވެކްސިންގެ ބެހުމުގައި ދުނިޔޭގައި އެއްވެސް ހަމަހަމަ ކަމެއް މިހާތަނަކަށް ނެތެވެ. ޑިސެމްބަރު މަހު ވެކްސިންތަކަށް ހުއްދަ ދޭން ފެށުމާއެކު ދުނިޔޭގެ އެންމެ މުއްސަނދި ގައުމުތަކުން ވަނީ އެންމެ ގިނަ ސަޕްލައި އަވަހަށް ގަނެފަ އެވެ.

މުއްސަނދި ގައުމުތަކުން ވާދަކުރަމުން ދަނީ އާބާދީގެ ވީ އެންމެ ބޮޑު ބަޔަކަށް ވެކްސިން ދީ ނިންމާލުމަށެވެ.

ހުކުރު ދުވަހުގެ ޕްރެސް ބްރީފިންގައި ޑރ. ޓެޑްރޯސް ވިދާޅުވީ ގިނަ ގައުމުތަކަކުން ކުޑަކުދިންނަށް ވެކްސިން ދޭން ބޭނުންވާ ސަބަބު އެނގިވަޑައިގަންނަވާ ކަމަށާއި ނަމަވެސް އެ ނިންމުން މުރާޖައާ ކުރަން ގޮވާލައްވާ ކަމަށެވެ.

"އާމްދަނީ ކުޑަ އަދި މެދު މިންވަރަކަށް އާމްދަނީ ލިބޭ ގައުމުތަކަށް މިހާތަނަށް ލިބިފައިވާ ކޮވިޑް ވެކްސިން ސަޕްލައިއަކީ ސިއްހީ ދާއިރާގެ މަސައްކަތްތެރިންނަށް ވެސް ޖެހޭ މިންވަރަށް ވުރެ މަދު ސަޕްލައިއެއް. ހޮސްޕިޓަލްތައް ފުރެމުންދަނީ އަވަހަށް ފުރާނަ ސަލާމަތް ކުރަން ބޭނުންވާ ފަރުވާ ދޭން ޖެހޭ މީހުންތަކުން،" އޭނާ ވިދާޅުވި އެވެ.

މިދިޔަ ހަފްތާގައި އެމެރިކާގެ ރައީސް ޖޯ ބައިޑެން ވަނީ އުމުރުން 12 އަހަރާއި 15 އަހަރާ ދެމެދުގެ ކުދިންނަށް އަވަހަށް ވެކްސިން ދެވޭނެ ގޮތުގެ ރޭވުމެއް އިއުލާނު ކުރައްވާފަ އެވެ. އަދި ޖުލައި 4 ގެ ކުދިން އެމެރިކާގެ ބޮޑެތި މީހުންގެ 70 ޕަސެންޓު މީހުން އެއް ޑޯޒް ޖެހުމަށް ލަނޑުދަނޑި ކަނޑައެޅުއްވި އެވެ.

ކެނެޑާއިން ވެސް ވަނީ އުމުރުން 12 އަހަރާއި 15 އަހަރާ ދެމެދުގެ ކުދިންނަށް ފައިޒާގެ ކޮވިޑް ވެކްސިން ޖެހުމުގެ ހުއްދަ ދީފަ އެވެ. ކޮވިޑް ކޭސްތައް އެންމެ ގިނައިން ފެންނަމުން އަލްބޭޓާ ޕްރޮވިންސްގައި މިހާރު ވެސް ދަނީ 12 އަހަރުން މަތީގެ ކުދިންނަށް މި ވެކްސިން ދެމުންނެވެ.

ސްވިޓްޒަލޭންޑުގައި މިދިޔަ ހަފްތާއިން ފެށިގެން 16 އަހަރުން މަތީގެ ކުދިންނަށް ދަނީ ވެކްސިން ދެމުންނެވެ.

މިހާތަނަށް އެންމެ ގިނަ ވެކްސިން ޑޯޒް ޖަހާފައިވަނީ އެމެރިކާ އާއި ޗައިނާ އަދި އިންޑިއާއިންނެވެ. ޔޫރޮޕާއި، ލެޓިން އެމެރިކާގެ ގިނަ ގައުމުތަކުން ވެސް ވެކްސިން ދޭން ފަށާފައި ވާއިރު އެފްރިކާގެ ބައެއް ގައުމުތަކަށް އަދިވެސް ވެކްސިން ދޭން ނުފެށެ އެވެ.

ކޯވެކްސް ސްކީމަކީ އޭގައި ބައިވެރިވި 92 ފަގީރު ގައުމެއްގެ އާބާދީގެ 20 ޕަސެންޓަށް ވެކްސިން ދިނުމުގެ އަމާޒުގައި އުފެއްދި ސްކީމެކެވެ. އެ ސްކީމުގެ ދަށުން އިސްކަން ދޭނީ ސިއްހީ މަސައްކަތްތެރިންނަށެވެ.

އެ ސްކީމް ހިންގަނީ ޑަބްލިއުއެޗްއޯ އާއި ގްލޯބަލް ވެކްސިން އެލަޔަންސް (ގަވީ)، ކޯލިޝަން ފޯ އެޕިޑެމިކް ޕްރިޕެއާޑްނަސް އިނޮވޭޝަންސް (ސެޕީ) އަދި ޔުނިސެފުންނެވެ.

އިއްޔެ ޕްރެސް ބްރީފިންގައި ޑރ. ޓެޑްރޯސް ވަނީ ބަލިމަޑުކަމުގެ ފުރަތަމަ އަހަރަށް ވުރެ ދެ ވަނަ އަހަރުގެ ނުރައްކާ މާ ބޮޑުކަމުގެ އިންޒާރު ދެއްވާފަ އެވެ. އަދި އިންޑިއާގެ ހާލަތާ މެދު ކަންބޮޑުވުން ފާޅުކުރެއްވި އެވެ.

އިންޑިއާގައި ފްރަންޓްލައިނުގައި މަސައްކަތް ކުރާ ގިނަ ސިއްހީ ފަރާތްތަކަށް އަދިވެސް ވެކްސިން ޖަހާފައެއް ނުވެ އެވެ. އަދި އޭގެ ތެރެއިން ބައެއް މީހުން ދަނީ މި ބަލި ޖެހިގެން މަރުވަމުންނެވެ. އިންޑިއާއަށް ވެކްސިނުގެ ދަތިކަން ދިމާވީ ދެ ވަނަ ރާޅަކާ ދިމާވި ތަނުންނެވެ. ތިން ވަނަ ރާޅު ބޯމަތިވަމުންދާ ކަމުގެ އިންޒާރު ސައިންސްވެރިން މިހާރު ވެސް ވަނީ ދީފަ އެވެ.

ޑަބްލިއުއެޗްއޯއިން އިންޑިއާގެ ހާލަތު ސިފަކުރީ ރަނގަޅާއި ނުބައި ވަކިނުކޮށް ގައުމުތަކުން އަމަލު ކުރުމުން ދިމާވެފައިވާ ކާރިސާއެއްގެ ގޮތުގަ އެވެ. އާމްދަނީ ދަށް އެހެން ގައުމުތަކަށް އެ ކާރިސާ ކުރިމަތިވެދާނެ ކަމަށް ޑަބްލިއުއެޗްއޯއިން ބުނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަޒަރުބައިޖާންގެ ސްކޫލްތަކުގައި ބުރުގާ އެޅުން މަނާކޮށްފި

އަޒަރުބައިޖާންގެ ސްކޫލްތަކުގައި "ސެކިއުލާ އުސޫލުތަކަށް" ފެތޭ ޔުނިފޯމް މިންގަނޑެއް ކަނޑައަޅައި، ނުސީދާ ގޮތެއްގައި ބުރުގާ އެޅުން މަނާކުރުމާ ގުޅިގެން އެ ގައުމުގައި ބޮޑެތި އިހުތިޖާޖުތަކެއް ވަނީ ފެށިފަ އެވެ. މި ނިންމުމުގެ ސަބަބުން ގިނަ ބަޔަކު ދަނީ މިއީ ދީނީ މިނިވަންކަމަށް އަރައިގަތުން ކަމަށް ބުނެ ނުރުހުން ފާޅުކުރަމުން.

"ކުރަފި" ހަރަކާތުގެ އިސް ލީޑަރުން ހައްޔަރުކޮށްފި

އިންޑިއާގެ ވޯޓާ ލިސްޓަށް ގެނައި އިސްލާހުތަކާ ގުޅިގެން ޗީފް އިލެކްޝަން ކޮމިޝަނަރު އިސްތިއުފާ ދެއްވުމަށް ގޮވާލައި، މުޒާހަރާކުރި "ކޮކްރޯޗް" ޒުވާނުންގެ ހަރަކާތުގެ އިސް ލީޑަރުންތަކެއް ފުލުހުން ހައްޔަރުކޮށްފި މި ހަރަކާތުގެ ބައިވެރިން ހައްޔަރުކުރީ މުޒާހަރާކުރުން މަނާ ސަރަހައްދެއް ކަމަށްވާ ޖަންތަރު މަންތަރަށް ފުލުހުންގެ ބެރިކޭޑްތައް މަތިން ފުންމާލުމުން.

ސިންގަޕޫރުން ހާއްސަ ސަބްސިޑީއެއް، މެލޭޝިއާ ސްކޫލުތައް ބަންދު

އިންޑޮނޭޝިއާގެ ޖަންގަލިތަކުގައި ރޯވި އަލިފާނުގެ ދުމުގެ ސަބަބުން ވައި ނުސާފުވެ، ސިންގަޕޫރުން ސިއްހީ ފަރުވާގެ ސަބަބްސިޑީއެއް ތައާރަފުކޮށް މެލޭޝިއާގެ ބައެއް ސްކޫލްތައް ވަނީ ބަންދުކޮށްފައެވެ. މި ހާލަތާ ގުޅިގެން ސިންގަޕޫރުގެ ރައްޔިތުންނަށް ނޭވާލާ ނިޒާމުގެ ބަލިތަކަށް އަގުހެޔޮކޮށް ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާއިރު، މިއީ "އެލް ނީނޯ" މޫސުމީ ހާލަތުގެ ސަބަބުން ކުރިމަތިވި ކަމެކެވެ.

ފްލައިޓެއްގައި ތަތްމަކުނު އުޅޭތީ ދަތުރު ކެންސަލްކޮށްފި

އޮސްޓްރޭލިއާގެ ކުއަންޓަސް އެއާވޭސްގެ ފްލައިޓެއްގައި ތަތްމަކުނު އުޅޭކަން ފާހަގަވެ، ފަސިންޖަރުންނަށް އުނދަގޫތަކެއް ކުރިމަތިވުމާ ގުޅިގެން އެ ބޯޓުގެ ދަތުރު ކެންސަލްކޮށް ބޯޓު ގްރައުންޑުކޮށްފިއެވެ. މި ހާދިސާއާ ގުޅިގެން ބޯޓު ސާފުކުރުމުގެ މަސައްކަތް ފަށާފައިވާއިރު، ދަތުރު މެދުކެނޑުނު ފަސިންޖަރުންނަށް އެއާލައިނުން ވަނީ ބަދަލު އިންތިޒާމުތައް ހަމަޖައްސައިދީފައެވެ.

ސުޕަމާކެޓްތަކުގެ ފިނިކުރާ ނިޒާމުތަކަށް ސައިބާ ހަމަލާއެއް

ފްރާންސްގެ އެތައް ސަތޭކަ ސުޕަމާކެޓެއްގެ ފިނިކުރާ ނިޒާމުތަކަށް ދިން ސައިބާ ހަމަލާއެއްގައި، ކާބޯތަކެތި ހަލާކުވެ މިލިއަނުން ޔޫރޯގެ ގެއްލުން ވެއްޖެއެވެ. މި ހަމަލާ އަމާޒުކޮށްފައިވަނީ ފިނިކުރާ ނިޒާމުތައް ކޮންޓްރޯލްކުރާ ސޮފްޓްވެއާއަކަށް ކަމަށްވާއިރު، މީގެ ސަބަބުން އައިސްއަލަމާރިތަކުގެ ހޫނުމިން އިންތިހާއަށް މަތިވެ ގިނަ އަދަދެއްގެ މުދާ ވަނީ އުކާލަން ޖެހިފައެވެ.

ހޫތީންނަށް "ހަރުކަށި" ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފި

ސައުދީގެ އެއާޕޯޓުތަކަށާއި ތެޔޮ އުފައްދާ މަރުކަޒުތަކަށް ހޫތީން ދެމުންދާ ހަމަލާތަކަށް ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު އެ ގައުމުގެ އެނާޖީ މިނިސްޓަރު ދެއްވައިފިއެވެ. މި ހަމަލާތަކުގައި މީހުން މަރުވެ އާންމު ޚިދުމަތްތަކަށް ބުރޫއަރާފައިވާއިރު، ހޫތީން ބުނަނީ މިއީ ސައުދީން ޔަމަނަށް ދޭ ހަމަލާތަކުގެ ބަދަލު ހިފުން ކަމަށެވެ. މި މައްސަލައިގައި ދެފަރާތުގެ ދެމެދުގައި ހަމަލާ ބަދަލުކުރުން ވަނީ އިތުރަށް ވަރުގަދަވެފައެވެ.

އިދިކޮޅު ސަޕޯޓަރުން ސުޕްރީމް ކޯޓާ ހަމައަށް ހިނގާލުމެއް ބާއްވައިފި

އިންތިޚާބީ ލިސްޓުގައި މަކަރު ހަދާފައިވާ ކަމަށް ބުނެ، އިންޑިއާގެ އިލެކްޝަންސް ކޮމިޝަނުގެ އިސްވެރިޔާ އިސްތިއުފާ ދިނުމަށް ގޮވާލައި އިދިކޮޅު ސަޕޯޓަރުން ދިއްލީގައި ބޮޑު ހިނގާލުމެއް ބާއްވައިފިއެވެ. މި މައްސަލަ ބަލައިދިނުމަށް އެދި ކޮންގްރެސް ޕާޓީން ސުޕްރީމް ކޯޓަށް ޕެޓިޝަނެއް ހުށަހަޅާފައިވާއިރު، ސަލާމަތީ ބާރުތަކުން ވަނީ މުޒާހަރާގެ ބައިވެރިން ހުއްޓުވައި ގިނަ ބަޔަކު ހައްޔަރުކޮށްފައެވެ.

Newsletter

Get the latest news delivered straight to your inbox