ހާލަތު ގޯސް؛ ބަލީގައި 15،000 މީހުން، 48 ރަށެއް މޮނީޓަރިންގައި

ސިއްހީ ހިދުމަތްތެރިއަކު ފްލޫ ކްލިނިކެއްގައި ހަރަކާތްތެރިވަނީ: ބަލީގައި ތިބި މީހުންގެ އަދަދު ވަނީ 15،000 އަށް އަރާފައި - ފޮޓޯ: ހުސެއިން ވަހީދު / އަދަދު

ސިއްހީ ހިދުމަތްތެރިއަކު ފްލޫ ކްލިނިކެއްގައި ހަރަކާތްތެރިވަނީ: ބަލީގައި ތިބި މީހުންގެ އަދަދު ވަނީ 15،000 އަށް އަރާފައި - ފޮޓޯ: ހުސެއިން ވަހީދު / އަދަދު

ކޮވިޑުން ރައްކާތެރިވުމަށް ފިޔަވަޅުތައް ހަރުކަށިކޮށްފައިވީ ނަމަވެސް، މިހާތަނަށް 24 ގަޑިއިރެއް ތެރޭގައި އެންމެ ގިނަ މީހުންނަށް ބަލި ޖެހުނު ދުވަހެއްގެ ގޮތުގައި މިއަދު ރިކޯޑް ކުރެވިފައިވާކަން އެޗްޕީއޭއިން އާންމުކޮށްފި އެވެ.

މިދިޔަ 24 ގަޑިއިރު ތެރޭގައި 5،037 ސާމްޕަލް ނެގިއިރު އޭގެ ތެރެއިން 939 މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ. މީގެކުރީ ދެ ދުވަހު ޕޮޒިޓިވްވީ އަދަދު 800 ގައި ހުރިއިރު، އޭގެކުރިން ޕޮޒިޓިވްވާ މީހުންގެ އަދަދުތައް ހުރީ 600 - 700 އާ ދޭތެރޭގަ އެވެ.

މިއަދުގެ ޕޮޒިޓިވްވީ އަދަދު ހާމަކުރިއިރު، އެޗްޕީއޭއިން ވަނީ ބެކްލޮގްގައި ހުރި ސާމްޕަލްތަކުގެ ނަތީޖާ ވެސް އާންމުކޮށްފަ އެވެ. އެހެންވެ، މިއަދު ޕޮޒިޓިވްވީ އަދަދު އުޅެނީ ޖުމްލަ 1،467 ގަ އެވެ. އޭގެ ތެރެއިން މިދިޔަ 24 ގަޑިއިރު ތެރޭގެ ޕޮޒިޓިވް އަދަދަކީ 939 އެކެވެ.

ރާއްޖޭގައި ކޮވިޑްގެ ހާލަތު މީގެކުރިން ގޯސްނުވާ މިންވަރަށް ގޮސްފައިވާއިރު މިދިޔަ 24 ގަޑިއިރު ތެރޭގައި އެކަނި ވެސް ބަލީގައި ހަތަރު މީހަކު ވަނީ މަރުވެފަ އެވެ.

އެޗްޕީއޭއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން، މި ވަގުތު ރާއްޖޭގައި ކޮވިޑް ބަލީގައި 15،003 މީހުން އެބަ ތިއްބެވެ. ހޮސްޕިޓަލްގައި 290 މީހަކު އެޑްމިޓްކޮށްގެން ފަރުވާދެމުން އަންނައިރު ގިނަ ބަޔަކު ތިބީ ހޯމް ކަރަންޓީނުގަ އެވެ.

މާލޭގެ ހާލަތު އިންތިހާއަށް ގޯސްވެފައިވާއިރު މިހާރު ރަށްރަށުގައި ވެސް ބަލި ފެތުރެމުންދާ މިންވަރު އިތުރެވެ. އެގޮތުން މިދިޔަ 24 ގަޑިއިރު ތެރޭގައި ފަސް ރަށެއް ވަނީ މޮނީޓަރިންގެ ހާލަތަށް ގެނެސްފަ އެވެ. އެއާއެކު މި ވަގުތު މޮނީޓަރިންގެ ހާލަތުގައި ޖުމްލަ 48 ރަށެއް އެބަ އޮތެވެ.

ކޮވިޑުން ރައްކާތެރިވުމަށް މާލޭގައި ހަވީރު ހަތަރަކުން ފަތިހު ހަތަރަކަށް ކާފިއު ހިންގަމުންދާއިރު ކޮވިޑްގެ ހާލަތު ގޯސް އެހެން ބައެއް ރަށްރަށުގައި ވެސް ގެންދަނީ ކާފިއު ހިންގަމުންނެވެ. މާލޭގައި މިސްކިތްތަކާއި ރެސްޓޯރެންޓްތައް ވެސް ވަނީ ބަންދުކޮށްފަ އެވެ.

މާލޭގައި ކާފިއު ވަގުތު ފުުލުހުން މަގުތައް ބަލަހައްޓަނީ: ކޮވިޑްގެ ހާލަތު ގޯސް - ފޮޓޯ: ހުސެއިން ވަހީދު / އަދަދު
މާލޭގައި ކާފިއު ވަގުތު ފުުލުހުން މަގުތައް ބަލަހައްޓަނީ: ކޮވިޑްގެ ހާލަތު ގޯސް - ފޮޓޯ: ހުސެއިން ވަހީދު / އަދަދު

މާލޭގައި ކާފިއު ވަގުތު ފުުލުހުން މަގުތައް ބަލަހައްޓަނީ: ކޮވިޑްގެ ހާލަތު ގޯސް - ފޮޓޯ: ހުސެއިން ވަހީދު / އަދަދު

"އޮބިނޯންނަ މިންވަރަށް ގޮސްދާނެ"

ހާލަތު ގޯސްވެގެން އަޅާފައިވާ ފިޔަވަޅުތަކަށް ކަމޭހިތުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަނީ އިލްތިމާސް ކުރައްވާފަ އެވެ. ރައީސް ސޯލިހު ވިދާޅުވެފައިވާ ގޮތުގައި، މިހާރުގެ ހާލަތަށް ބަލާއިރު، މި ބައްޔާ ދެކޮޅަށް އެންމެންނަށް އެކުގައި މަސައްކަތް ނުކުރެވިއްޖެނަމަ، ސިއްހީ ނިޒާމަށް އޮބިނޯންނަ މިންވަރަށް ހާލަތު ގޯސްވެދާނެ ކަމަށެވެ.

ރައީސް ސޯލިހު ވިދާޅުވި ގޮތުގައި، އަޅަން ފެށި ފިޔަވަޅުތަކަށް ރަނގަޅަށް އަމަލުނުކޮށްފިނަމަ، އިތުރު ފިޔަވަޅުތައް އަޅަންޖެހުމަކީ އެކަށީގެންވާ ކަމެއް ކަަމަށެވެ. އެފަދަ ފިޔަވަޅުތަކެއް އަޅަން ފަށައިފިނަމަ، މިހާރަށް ވުރެ މާ ގިނަ ދަތިތައް ކުރިމަތިވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"ކުރިއަށް އޮތް މަސްދުވަހު، ހިތްވަރާއެކު އެންމެން އެކުގައި މަސައްކަތް ކޮށްފިއްޔާ، މިބަލިމަޑުކަމުން އަރައިގަތުމުގެ އަލިމަގު، މާތް ﷲގެ ވާގިފުޅާއެކު އަޅުގަނޑުމެންނަށް ފެންނާނެ. ރާއްޖެއަށް ބޭނުންވާ މިންވަރަށް، ބޭސްފަރުވާގެ ވަސީލަތްތަކާއި ސިއްހީ ދުމަތްތަކަށް ބޭނުންވާ އާލާތްތައް ހުރި ނަމަވެސް، އިންސާނީ ވަސީލަތްތައް އެވަރަކަށް ނެތް." ރައީސް ވިދާޅުވި އެވެ.

"ލޮކްޑައުންއަކަށް ނުގޮސްވާނެ"

ޑރ. އިބްރާހިމް ޝިހާމް ވިދާޅުވެފައިވާ ގޮތުގައި، މިހާރު އަޅާފައިވާ ފިޔަވަޅުތަކަށް އެންމެން ވެސް އެއްބާރުލުން ދޭން ޖެހޭ ކަމާއި އޭރުން އިތުރު ފިޔަވަޅެއް ނާޅައި ހާލަތު ރަނގަޅު ކުރެވޭނެ ކަމަށެވެ.

"އަޅުގަނޑުމެން ގަބޫލު ކުރާހިތްވަނީ މިފަހަރު އެޅިފައިމިވާ ފިޔަވަޅުތަކުގެ އިތުރުން އިތުރު ހަރުކަށި ފިޔަވަޅުތަކެއް އަޅަން ނުޖެހޭނެ ކަމަށް. އަޅުގަނޑުމެންނަށް މިވަރުން ފުއްދާލައިގެން ކޮންޓްރޯލް ކޮށްގެން އަނބުރާ ނޯމަލްސީއާ ދިމާލަށް ދަތުރު ކުރަން ފެށޭނެ ކަމަށް،" ޝިހާމް ވިދާޅުވި އެވެ.

ޝިހާމް ވިދާޅުވި ގޮތުގައި، ހާލަތު ގޯސްވެއްޖެނަމަ ލޮކްޑައުންއަކަށް ވެސް ދާން ތައްޔާރުވަމުން އަންނަ ކަމަށާއި ނަމަވެސް، އެ ހިސާބަށް ނުގޮސް ބަލި ކޮންޓްރޯލް ކުރެވޭނެ ކަމަށް ބެލެވޭ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox