ދެ ވަނަ އަށް ޖެހިލައި ރެއާލުން އެތުލެޓިކޯއާ ދެމެދު ފަރަގު ކުޑަކޮށްފި

May 13, 2021, 10:31 PM
ލަނޑު ޖެހުމަށް ފަހު ރެއާލްގެ ކުޅުންތެރިން އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ލަނޑު ޖެހުމަށް ފަހު ރެއާލްގެ ކުޅުންތެރިން އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

މެޑްރިޑް (މެއި 14) - ސްޕެނިޝް ލީގުގައި މިރޭ ރަށުންބޭރުގައި 4-1 އިން ގްރަނާޑާ ބަލިކޮށް ރެއާލް މެޑްރިޑުން ދެ ވަނަ އަށް ޖެހިލައި ލީގުގެ އެއް ވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑާ ދެމެދު އޮތް ޕޮއިންޓުގެ ފަރަގު ކުޑަކޮށްފި އެވެ.

މިރޭގެ މެޗަށް ފަހު ލީގުގެ ރޭހުގައި އޮތް ޓީމުތަކަށް ބާކީ އޮތީ ދެ މެޗެވެ. އެތުލެޓިކޯ އެއް ވަނައިގައި އޮތީ 36 މެޗުން 80 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ރެއާލުން ވަނީ 36 މެޗުން 78 ޕޮއިންޓް ހޯދައިފަ އެވެ. ތިން ވަނައިގައި އޮތް ބާސެލޯނާ އަށް 36 މެޗުން 76 ޕޮއިންޓް ވަނީ ލިބިފަ އެވެ. ހަތަރެއްގައި އޮތް ސެވިއްޔާ އަށް ވަނީ 36 މެޗުން 74 ޕޮއިންޓް ލިބިފަ އެވެ.

ރެއާލުން ފުރަތަމަ ހާފު ނިންމާލީ ދެ ގޯލުގެ ކުރީގައި އޮވެގެންނެވެ. އެ ޓީމަށް ފުރަތަމަ ހާފުގައި ގޯލުތައް ޖަހައިދިނީ ލޫކަ މޮޑްރިޗާއި ރޮޑްރީގޯ އެވެ. މި ގޯލުތައް ޖަހަން ފުރުސަތު ތަނަވަސްކޮށްދިނީ ރެއާލްގެ ޒުވާން ދެ ކުޅުންތެރިންނެވެ. އެއީ މިހޭލް ގުޓިއޭރޭޒާއި މާވިން ޕާކް އެވެ. މި ދެ ކުޅުންތެރިން ވެސް އުފަންވީ ދެހާހުގެ އަހަރުތަކުގެ ތެރޭގަ އެވެ.

ތަޖުރިބާކާރު ކުޅުންތެރިޔާ ޖޯޖް މޮލީނާ ގްރަނާޑާ އަށް މެޗުގެ 71 ވަނަ މިނިޓްގައި ލަނޑެއް ޖަހައިދިނެވެ. އެކަމަކު ރެއާލުން ފޯކަސް ގެއްލުވާނުލައި ކުޅެ ގާތްގާތުގައި އިތުރު ދެ ގޯލު ޖެހި އެވެ. މެޗުގެ 75 ވަނަ އެ ގޮތުން މިނިޓްގައި އަލްވާރޯ އޮޑްރިއޮޒޯލާ ގޯލު ޖެހީ އެޑެން ހަޒާޑް ދިން ބޯޅައަކުންނެވެ. އޭގެ މިނިޓެއް ފަހުން ކަރިމް ބެންޒެމާ ވަނީ ރެެއާލަށް ހަތަރު ވަނަ ގޯލެއް ޖަހައިދީފަ އެވެ.

ރެއާލްގެ ކޯޗު ޒިނެދިން ޒިދާން ބުނީ މިއީ އޭނާގެ ޓީމުން މުހިއްމު ވަގުތެއްގައި ހޯދި ވަރަށް މުހިއްމު ޕޮއިންޓްތަކެއް ކަމަށެވެ. އަދި ރެއާލުން ބޭނުންވަނީ ލީގު ކޮންމެ ގޮތެއްވި ކަމުގައި ވިޔަސް އެންމެ ފަހު ވަގުތާ ޖެހެންދެން ކާމިޔާބު ހޯދުމުގެ މަސައްކަތުގައި ދެމިތިބެން ކަމަށް ޒިދާން ބުންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox