ޕީސީސީއޭއާރަށް ދޫކުރި މުވައްޒަފުން ގެންނަނީ ޖާގައިގެ ދަތިކަން ހައްލުވުމުން: އޭސީސީ

އޭސީސީގެ ރައީސް ޝިއުނާ ނޫސްވެރިންގެ ބައްދަލުވުމެއްގައި: ޕީސީސީއޭއާރުއަށް ދޫކުރި މުވައްޒަފުން އަނބުރާ ގެންނަނީ ޖާގައިގެ ދަތިކަން ހައްލުވުމުން-- ފޮޓޯ: ހުސައިން ވަހީދު/ އަދަދު

އޭސީސީގެ ރައީސް ޝިއުނާ ނޫސްވެރިންގެ ބައްދަލުވުމެއްގައި: ޕީސީސީއޭއާރުއަށް ދޫކުރި މުވައްޒަފުން އަނބުރާ ގެންނަނީ ޖާގައިގެ ދަތިކަން ހައްލުވުމުން-- ފޮޓޯ: ހުސައިން ވަހީދު/ އަދަދު

އެމްއެމްޕީއާރުސީގެ ހިޔާނާތް ތަހުގީގު ކުރުމަށް، ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ (ޕީސީސީއޭއާރު) އަށް ދޫކޮށްފައިވާ އޭސީސީގެ މުވައްޒަފުން އަނބުރާ އެ ކޮމިޝަނަށް ބަދަލު ކުރަނީ ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަން ހައްލުވުމުން ކަމަށް އޭސީސީން މިރޭ ބުނެފި އެވެ.

އޭސީސީން އެސެޓް ރިކަވަރީ ކޮމިޝަނަށް މިހާރު ދޫކޮށްފައިވަނީ ހަ މުވައްޒަފުންނެވެ. މިހާތަނަށް އެ މުވައްޒަފުން މަސައްކަތް ކުރަމުން އައީ ޕީސީސީއޭއާރުގެ އޮފީހުގަ އެވެ. ނަމަވެސް އެ މުވައްޒަފުން ވެސް މި މަހުގެ 23 ވަނަ ދުވަހުން ފެށިގެން އޭސީސީގެ އިދާރާގައި މަސައްކަތް ކުރަން އެ ކޮމިޝަންގެ މެމްބަރުން ނިންމައި އެކަން އެސެޓް ރިކަވެރީ ކޮމިޝަނަށް ވަނީ އަންގައިފަ އެވެ.

ހިޔާނާތް ބަލައި އެކަން ދިރާސާ ކުރަމުންދާ ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީ އާއި ޖުޑިޝަރީ ކޮމިޓީ ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ކޮމިޓީން އިއްޔެ ނެރުނު ރިޕޯޓްގައި އޭސީސީގެ އިތުރު ވަސީލަތްތައް ޕީސީސީއޭއާރަށް ހޯދަން އެދުމަށް އަންގައިފަ އެވެ. މަޖިލީހުން އެހެން އަންގާފައި ވަނިކޮށް އޭސީސީން އެގޮތަށް ނިންމުމުން މަޖިލީހުގެ ނިންމުމަށް އޭސީސީން އަމަލު ނުކުރަނީތޯ ސުވާލު އުފެދުނެވެ.

އޭސީސީގެ ރައީސް މަރިޔަމް ޝިއުނާ "އަދަދު" އަށް ވިދާޅުވީ ޕީސީސީއޭއާރުގައި އެ ހަ މުވައްޒަފުން މަސައްކަތް ކުރަމުން ދިޔައީ އެ އޮފީހަށް ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަމުގެ ސަބަބުން ކަމަށެވެ. އޭސީސީން މިހާރު އާ އޮފީހަކަށް ބަދަލުވެފައިވާއިރު އެމްއެމްޕީއާރުސީގެ މައްސަލަ ބަލާ ޓީމަށް ހާއްސަ ޖާގައެއް ހަމަޖައްސާފައިވާ ކަމަށް ޝިއުނާ ވިދާޅުވި އެވެ.

ޝިއުނާ ވިދާޅުވީ އެ ޓީމް އޭސީސީގެ އޮފީހަށް ބަދަލު ކުރަން ކުރިން ވެސް އޮތީ ނިންމާފައި ކަމަށާއި އެކަން ލަސްވެގެން ދިޔައީ ކޮވިޑުގެ ސަބަބުން ކަމަށެވެ. އޭސީސީގެ އޮފީހަށް އެ މުވައްޒަފުން ބަދަލު ކުރިނަމަވެސް މަސައްކަތަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިއީ ރިޕޯޓް ނެރުމުގެ ކުރިން ވެސް އަޅުގަނޑުމެން ނިންމާފައިވާ ނިންމުމެއް. އޭސީސީގެ އޮފީހުގައި މަސައްކަތް ކުރިޔަސް އެ ޓީމުން ކުރާނީ ހަމަ އެ މަސައްކަތް،" ޝިއުނާ ވިދާޅުވި އެވެ.

ހުރަވީ ބިލްޑިންގައި ހިންގަމުން އައި އޭސީސީގެ އޮފީސް މިހާރު ވަނީ ސަކީނާ މަންޒިލަށް ބަދަލުކޮށްފަ އެވެ.

އެސެޓް ރިކަވަރީ ކޮމިޝަނާއި އޭސީސީން އެއް މަސައްކަތެއް ކުރަން ޖެހޭނީ ފުށުއަރާ ކަމަށް ބުނެ މީގެ ކުރިން ވެސް ވަނީ ފާޑު ކިޔުން އަމާޒުވެފަ އެވެ. ނަމަވެސް ޝިއުނާ ވިދާޅުވިގޮތުގައި އެ ދެ ކޮމިޝަން މަސައްކަތް ކުރަނީ ވަރަށް ގުޅިގެންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox