މަޖިލީހުގެ އިލްތިމާސާ ހިލާފަށް އޭސީސީގެ މުވައްޒަފުން އަނބުރާ ގެންދަނީ

ނޫސްވެރިންގެ ބައްދަލުވުމެއްގައި އޭސީސީގެ ރައީސް ޝިއުނާ ވާހަކަ ދައްކަވަނީ: މަޖިލީހުގެ ރެކޮމެންޑޭޝަންތައް އޭސީސީން ގަބޫލެއް ނުކުރި-- ފޮޓޯ: ހުސައިން ވަހީދު/ އަދަދު

ނޫސްވެރިންގެ ބައްދަލުވުމެއްގައި އޭސީސީގެ ރައީސް ޝިއުނާ ވާހަކަ ދައްކަވަނީ: މަޖިލީހުގެ ރެކޮމެންޑޭޝަންތައް އޭސީސީން ގަބޫލެއް ނުކުރި-- ފޮޓޯ: ހުސައިން ވަހީދު/ އަދަދު

އެމްއެމްޕީއާރުސީގެ ބޮޑު ހިނާޔާތް ތަހުގީގު ކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މުވައްޒަފުންގެ އެހީތެރިކަން މިހާރަށް ވުރެން ވެސް އިތުރަށް އެސެޓް ރިކަވަރީ ކޮމިޝަނަށް ދިނުމަށް ރައްޔިތުންގެ މަޖިލީހުން އަންގާފައިވަނިކޮށް އެ ތަހުގީގަށް ދޫކޮށްފައިވާ މުވައްޒަފުން އަނބުރާ އޭސީސީ އަށް ގެންދިއުމަށް މިއަދު ނިންމައިފި އެވެ.

ހިޔާނާތް ބަލައި އެކަން ދިރާސާ ކުރަމުންދާ ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީ އާއި ޖުޑިޝަރީ ކޮމިޓީ ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ކޮމިޓީން އިއްޔެ ނެރުނު ރިޕޯޓްގައި އޭސީސީއަށް އެންގުންތަކެއް ވަނީ އަންގައިފަ އެވެ.

އެގޮތުން ރިޝްވަތު ދިނުމާއި ރިޝްވަތު ހިފުން ހުއްޓުވުމާއި، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދުމާއި ހޯދައިދިނުން ހުއްޓުވުމާއި، މިފަދަ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގު ކުރުމުގެ އެންމެ އިސް ދައުރު އަދާކުރުމުގެ މަސްއޫލިއްޔަތު އަދާކަންކުރަންޖެހޭ އެއް ފަރާތަކީ އޭސީސީ ކަމަށްވާއިރު، ޖޮއިންޓް އިންވެސްޓިގޭޝަނެއްގެ ތަހުގީގަށް އޭސީސީގެ މުވައްޒަފުންނާއި ފަންނީ ވަސީލަތްތައް އެންމެ ފުރިހަމަ ގޮތުގައި ބޭނުންކުރުމުގެ އިންތިޒާމްތައް ހަމަޖައްސައި ދިނުމަށް އޭސީސީގައި އެދުމަށް މަޖިލީހުން ފާސްކުރި ރިޕޯޓުގައިވެ އެވެ.

"އަދަދު" އަށް އެނގިފައިވާ ގޮތުގައި އޭސީސީން އެސެޓް ރިކަވަރީ ކޮމިޝަނަށް މިހާރު ދޫކޮށްފައިވަނީ ހަ މުވައްޒަފުންނެވެ. އެ މުވައްޒަފުން ވެސް މި މަހުގެ 23 ވަނަ ދުވަހުން ފެށިގެން އޭސީސީގެ އިދާރާގައި މަސައްކަތް ކުރަން އެ ކޮމިޝަންގެ މެމްބަރުން ނިންމައި މިއަދު ވަނީ އެކަން އެސެޓް ރިކަވެރީ ކޮމިޝަނަށް އަންގައިފަ އެވެ.

އެކަމާ ގުޅޭގޮތުން އޭސީސީގެ ރަސްމީ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފަ އެވެ.

އެސެޓް ރިކަވަރީ ކޮމިޝަނާއި އޭސީސީން އެއް މަސައްކަތެއް ކުރަން ޖެހޭނީ ފުށުއަރާ ކަމަށް ބުނެ މީގެ ކުރިން ވެސް ވަނީ ފާޑު ކިޔުން އަމާޒުވެފަ އެވެ.

އެމްއެމްޕީއާރުސީގެ ތަހުގީގު ލަސްވުމުގެ ޝަކުވާ ބޮޑުވެފައިވަނިކޮށް މަޖިލީހުން އިސްވެ އެ މައްސަލަ ބަލަން ފަށައި ތުހުމަތު ކުރެވޭ މީހުންގެ ނަންތަކާއެކު ކޮމެޓީ ރިޕޯޓް ރޭ ވަނީ ހާމަކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox