އަލީއަށް ޖާމިނުވި އަސްހަދަށް ފިޔަވަޅު އަޅައިދޭން އެދި ޕީޖީ ކޯޓަށް

އަސްހަދު އަލީ: އޭނާއަށް ފިޔަވަޅު އަޅައިދޭން ޕީޖީ ވަނީ ކުރިމިނަލް ކޯޓުގައި އެދިފައި - ފޮޓޯ: ރައީސް އޮފީސް

އަސްހަދު އަލީ: އޭނާއަށް ފިޔަވަޅު އަޅައިދޭން ޕީޖީ ވަނީ ކުރިމިނަލް ކޯޓުގައި އެދިފައި - ފޮޓޯ: ރައީސް އޮފީސް

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓް ދޫކޮށްލުމަށް ޖާމިނުވި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައްސަދު އަލީ (އަޑޭ)އަށް ފިޔަވަޅު އަޅައިދޭން ޕްރޮސިކިއުޓާ ޖެނަރަލް ހުސެއިން ޝަމީމް، ކުރިމިނަލް ކޯޓުގައި އެދިވަޑައިގެންފި އެވެ.

ވަކި މުއްދަތެއް ނެތް ގޮތަށް އަލީ ވަހީދު ފުރުން މަނާކޮށްފައި އޮތް އަމުރު ކުރިމިނަލް ކޯޓުން ބާތިލްކުރިއިރު، އަޑޭ ވަނީ ހަތަރު މަސް ފަހުން އޭނާ ކޯޓަށް ހާޒިރުވާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ. އެއީ، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން އެއްބަސްވުމެއްގެ ދަށުންނެވެ.

ހުނަރުވެރި ފުޓްބޯޅަ ކުޅުންތެރިޔާ އަޑޭގެ ގާތް އެކުވެރިޔާ އަލީ ވަހީދަށް ފުރުމުގެ އަމުރު ލިބުމާއެކު، އޭނާ ރާއްޖެ ދޫކޮށް ވަނީ ވަޑައިގެންފަ އެވެ. އޭނާ އެނބުރި ރާއްޖެ ވަޑައިގެންފައިނުވާއިރު، އޭނާ ކޯޓަށް ހާޒިރު ނުވެގެން ޕާސްޕޯޓް ދޫކޮށްލި މައްސަލާގެ އިސްތިއުނާފު، ހައިކޯޓާއި ސުޕްރީމް ކޯޓުން ވެސް ވަނީ ބޭރުކޮށްލާފަ އެވެ.

ނަމަވެސް، ސުޕްރީމް ކޯޓުން ވަނީ ޖާމިނުވާ ފަރާތަކީ ޒިންމާދާރުކުރެވޭނެ ފަރާތެއްކަން ފާހަގަކޮށް އެ މަގު އިހްތިޔާރު ކުރުމަށް ދައުލަތަށް އިރުޝާދު ދީފަ އެވެ. އެގޮތުގެ މަތިން ޕްރޮސިކިއުޓާ ޖެނަރަލް ވަނީ ކުރިމިނަލް ކޯޓަށް ސިޓީއެއް ފޮނުއްވާފަ އެވެ.

ޕަބްލިކް ޕްރޮސިކިއުޓާ އަހުމަދު ޝަފީއު "އަދަދު"އަށް ވިދާޅުވި ގޮތުގައި ޕްރޮސިކިއުޓާ ޖެނަރަލް ކުރިމިނަލް ކޯޓަށް ފޮނުއްވި ސިޓީގައި އެދިވަޑައިގެންފައިވަނީ ގާނޫނުގެ ދަށުން ޖާމިނުވި އަސްހަދަށް ފިޔަވަޅު އަޅައިދިނުމަށެވެ. ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 64 ވަނަ މާއްދާގެ (ޅ)ގައި ޖާމިނުވާ މީހާ، އިގުރާރާ ހިލާފުވެއްޖެނަމަ ދެވޭނެ އަދަބުތައް ކަނޑައަޅާފައިވަނީ ތިރީގައި މިއޮތް ތަރުތީބަށެވެ.

  • އެއް އަހަރު ދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް ޖަލަށްލުން؛
  • ދެ އަހަރު ދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް ގޭގައި ބަންދުކުރުން؛
  • 15,000 ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކުރުން؛
  • ބަންދުގައި ހުރި މީހަކު ކަފާލާތުގެ އުސޫލުން ދޫކުރުމުގައި، ވަކި މުއްދަތެއް ވަންދެން ޖާމިނު ނުވެވޭނެކަމަށް ކަނޑައެޅުން

މިއިން ކޮންމެ އަދަބެއް ވެސް އިގުރާރާ ހިލާފުވާ މީހާގެ މައްޗަށް ކޯޓަށް ކަނޑައެޅިދާނެ އެވެ.

އަލީ ވަހީދާ ގުޅުވައި އަޑޭ އިގުރާރާ ހިލާފުވެއްޖެ ކަމެއް ނުވަތަ ނޫން ކަމެއް ކަނޑައަޅާނީ ކޯޓުންނެވެ. އަލީ ވަހީދު ބޭރަށް ވަޑައިގެންނެވިތާ ހަތަރު މަސް ވެފައި ނުވާއިރު، އޭގެ ކުރިން އަލީ ވަހީދަށް ކޯޓަށް ހާޒިރުވާން އެންގި ނަމަވެސް، އެއަަށް އިޖާބު ނުދިނުމަކީ އަޑޭ ޒިންމާ އުފުލަން ޖެހޭނެ ކަމެއް ނުވަތަ ނޫން ކަމެއް އަދި ކޯޓަކުން ކަނޑައެއް ނާޅަ އެވެ.

ޝަފީއު އިތުރަށް ވިދާޅުވި ގޮތުގައި ޕްރޮސިކިއުޓާ ޖެނަރަލްގެ ސިޓީގައި އަލީ ވަހީދުގެ މައްސަލާގެ ޝަރީއަތުގެ އަޑުއެހުމެއް ތާވަލުކޮށްދިނުމަށް ވެސް ވަނީ އެދިވަޑައިގެންފަ އެވެ. އެގޮތަށް އެދިވަޑައިގެންނެވީ ޖާމިނުވި އަސްހަދަށް ކޯޓަށް ހާޒިރުވުމުގެ ފުރުސަތު ދެއްވުމުގެ ގޮތުން ކަމަށް ޝަފީއު ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox