ލިސްޓްގައި ކުރީގެ ހަތަރު ފަނޑިޔާރެއް، ތަހުގީގު ކުރިއަށް

އެމްއެމްޕީއާރްސީގެ ފައިސާ ލިބުނު މީހުންގެ ލިސްޓްގައި ކުރީގެ ހަތަރު ފަނޑިޔާރެއްގެ ނަން އެބަ އޮތް: އެ މައްސަލަތައް ދަނީ ތަހުގީގު ކުރަމުން - ގްރެފިކްސް: އަބްދުﷲ ޝަފީއު (އަބޯ)

އެމްއެމްޕީއާރްސީގެ ފައިސާ ލިބުނު މީހުންގެ ލިސްޓްގައި ކުރީގެ ހަތަރު ފަނޑިޔާރެއްގެ ނަން އެބަ އޮތް: އެ މައްސަލަތައް ދަނީ ތަހުގީގު ކުރަމުން - ގްރެފިކްސް: އަބްދުﷲ ޝަފީއު (އަބޯ)

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ލިބުނުކަމަށް ތުހުމަތުކުރެވޭ މީހުންގެ ލިސްޓްގައި ކުރީގެ ހަތަރު ފަނޑިޔާރެއްގެ ނަން ހިމެނިއްޖެ އެވެ.

އެ ހަތަރު ފަނޑިޔާރުންގެ މައްސަލަ ވެސް އެސެޓް ރިކަވަރީ ކޮމިޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.

ލިސްޓްގައި ހިމެނިފައިވަނީ ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރުން ކަމަށްވާ އަލީ ހަމީދާއި އަބްދުﷲ ދީދީ އަދި، ކުރިމިނަލް ކޯޓުގެ ކުރީގެ ގާޒީ އަބްދުލްބާރީ ޔޫސުފެވެ.

Advertisement

މި ހަތަރު ފަނޑިޔާރުންނަކީ ވެސް މިހާރު މަގާމުން ވަކިކޮށްފައިވާ ހަތަރު ބޭފުޅުންނެވެ.

އެމްއެމްޕީއާރްސީގެ ކޮރަޕްޝަން ހިނގިއިރު، އުއްތަމަ ފަނޑިޔާރުގެ މަގާމުގައި ހުންނެވި އަބްދުﷲ ސައީދުގެ މައްސަލަ މިހާރު އޮތީ ޕްރިމިނަރީ އިންވެސްޓިގޭޝަން މަރުހަލާގަ އެވެ.

އޭނާއަށް ތުހުމަތުވާ މައްސަލައަކީ، ކަންފަތުގެ އޮޕަރޭޝަނެއް ކުރުމަށް 20،000 ޑޮލަރު އެމްއެމްޕީއާރްސީ ފައިސާގެ ތެރެއިން ދީފައިވާ މައްސަލައެކެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ މަގާމުގައި ހުންނެވި އަލީ ހަމީދުގެ މައްސަލާގައި އޮތީ ލިސްޓްގައިވާ ގޮތުން މައުލޫމާތު ނެގުމުގެ މަރުހަލާގަ އެވެ.

އަލީ ހަމީދަށް ތުހުމަތުވާ މައްސަލައަކީ އެމްއެމްޕީއާރްސީގެ ފައިސާގެ ތެރެއިން 20،000 ޑޮލަރު އޭނާ އުޅޭ އެޕާޓްމެންޓުގެ ކައިރިން ހަވާލުކުރި ކަމަށް ބުނާ މައްސަލައެކެވެ.

ކޮރަޕްޝަން ހިނގައިގެން ދިޔައިރު، ކުރިމިނަލް ކޯޓު އަދި ހައިކޯޓުގެ ފަނޑިޔާރުގެ މަގާމުގައި ހުންނެވި އަބްދުﷲ ދީދީގެ މައްސަލަ މިހާރު އޮތީ ލިސްޓްގައި އާންމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު އެ މައްސަލާގެ ތަހުގީގު ދަނީ ކުރިއަށެވެ.

ބޮޑެތި ތުހުމަތުތަކަކާ ގުޅިގެން ރައްޔިތުންގެ މަޖިލީހުން ފަނޑިޔާރު ކަމުން ވަކިކުރި އަބްދުﷲ ދީދީއަށް ތުހުމަތު ވަނީ އެމްއެމްޕީއާރްސީގެ ފައިސާގެ ތެރެއިން ދެ ފަހަރެއްގެ މަތިން 30،000 ޑޮލަރު އޭނާއަށް ދިން ކަމަށް ބުނާ މައްސަަލައެކެވެ.

ކޮރަޕްޝަން ހިނގައިދިޔައިރު، ކުރިމިނަލް ކޯޓުގެ ގާޒީގެ މަގާމުގައި ހުންނެވި އަބްދުލްބާރީ ޔޫސުފްގެ މައްސަލަ އޮތީ ޑިއުޓީ ޕްރޮސިކިއުޝަންގެ މަރުހަލާގަ އެވެ. އޭނާއަށް ތުހުމަތު ވަނީ 2014 ވަނަ އަހަރު ބުރުޒުމަގު ކައިރިން ފަސް ލައްކަ ރުފިޔާއާ ހަވާލުކުރި ކަމުގެ ތުހުމަތެވެ.

ރައްޔިތުންގެ މަޖިލީހުން އާންމުކޮށްފައިވާ ލިސްޓްގައި ދައުލަތުގެ މަގާމުތަކުގައި ތިބި 119 ވަނަ މީހެއްގެ ނަން ހިމެނެ އެވެ. އޭގެ ތެރެއިން އައްޔަންކޮށްފައިވާ މަގާމުތަކުގައި ތިބި މީހުން މަގާމުތަކުން ވަކިކުރަން މަސައްކަތް ފެށުމަށް ކޮމިޓީން ވަނީ ނިންމާފަ އެވެ.

އަދި، އިންތިހާބީ މަގާމުތަކުގައި ތިބި މީހުންނަކީ އަމިއްލައަށް އިސްތިއުފާ ދިނުމުން ނޫނީ ހުކުމެއް ސާބިތުވެގެން ނޫން ގޮތަކަށް ވަކިވާނެ ބަޔަކަށް ނުވާތީ، އެފަދަ މީހުންގެ މައްސަލަތައް އަވަސް ކުރުމަށް ކަމާބެހޭ އިދާރާތަކަށް ދެންނެވުމަށް ވެސް ކޮމިޓީން ވަނީ ނިންމާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox