އިންޑިއާ ވޭރިއެންޓް 44 ގައުމަކަށް ފެތުރިއްޖެ: ޑަބްލިއުއެޗްއޯ

އިންޑިއާގެ ރޭލު ސްޓޭޝަނެއްގައި ކިޔު ދަމާލާފައި-- ފޮޓޯ: ރޮއިޓާޒް

އިންޑިއާގެ ރޭލު ސްޓޭޝަނެއްގައި ކިޔު ދަމާލާފައި-- ފޮޓޯ: ރޮއިޓާޒް

ކޮވިޑުގެ ދެ ވަނަ ރާޅެއްގައި ހާލަތު ގޯސްވެފައިވާ އިންޑިއާއިން ފެނުނު ކޮވިޑް ފަތުރާ ވައިރަހުގެ އާ ވޭރިއެންޓު 44 ގައުމަކަށް ފެތުރިފައިވާ ކަމަށް ދުނިޔޭގެ ސިއްހަތި ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުނެފި އެވެ.

ޑަބްލިއުއެޗްއޯއިން މިއަދު ބުނީ ބީ.617.1 ގެ ނަން ދީފައިވާ ވޭރިއެންޓު 44 ގައުމަކުން ނެގި 4،500 އަށް ވުރެ ގިނަ ސާމްޕަލުން ފެނިފައިވާ ކަމަށެވެ. އެ ވޭރިއެންޓު އެންމެ ފުރަތަމަ ފެނުނީ މިދިޔަ އޮކްޓޯބަރު މަހު އިންޑިއާއިންނެވެ.

އިންޑިއާގެ ބޭރުން އެ ވޭރިއެންޓުގެ ސަބަބުން އެންމެ ގިނަ ކޭސް ރިޕޯޓުކޮށްފައި ވަނީ އިނގިރޭސި ވިލާތުގަ އެވެ. މި ހަފްތާގެ ކުރީކޮޅު އެ ވޭރިއެންޓަކީ ކަންބޮޑުވާން ޖެހޭ ވޭރިއެންޓެއް ގޮތަށް ޑަބްލިއުއެޗްއޯއިން ކަނޑައެޅި އެވެ.

އިންޑިއާ ވޭރިއެންޓާ އެކު އިނގިރޭސި ވިލާތާއި ބްރެޒިލް އަދި ދެކުނު އެފްރިކާއިން ފެނުނު ވޭރިއެންޓުތައް ވެސް ލިސްޓުކޮށްފައި ވަނީ ކަންބޮޑުވާން ޖެހޭ ވޭރިއެންޓުތަކުގެ ގޮތުގަ އެވެ. މި ވޭރިއެންޓުތަކަކީ އޮރިޖަނަލް ވައިރަހަށް ވުރެ ނުރައްކާތެރި ވައިރަސްތަކެވެ.

އޮރިޖިނަލް ވައިރަހަށް ބަދަލު އައިސްގެން އުފެދިފައިވާ މި ހުރިހާ ވޭރިއެންޓެއް ވެސް މާ ހަލުވިކޮށް ފެތުރި، ބަލިވާ މިންވަރު އިތުރުވެ، ވެކްސިނާއި ބޭހުން ކުރާ އަސަރު ކުޑަ ކުރުވަ އެވެ.

އިންޑިއާއަށް ދިމާވެފައިވާ ކޮވިޑުގެ ދެ ވަނަ ރާޅުގައި ހާލަތު އެހާ ބޮޑަށް ގޯސްވެފައި ވަނީ އެ ވޭރިއެންޓުގެ ސަބަބުން ތޯ ބެލުމުގެ ދިރާސާތައް ދަނީ ކުރަމުންނެވެ.

އިއްޔެ އިންޑިއާގައި 348،421 މީހުން ޕޮޒިޓިވްވެ، 4،205 މީހުން މަރުވި އެވެ. މިއީ އަނެއްކާ ވެސް ރިކޯޑު އަދަދެއްގެ މަރެވެ. އެއާއެކު މަރުވި މީހުންގެ ޖުމްލަ އަދަދު ވަނީ 250،000 އަށް ވުރެ އިތުރުވެފަ އެވެ. އަސްލު އަދަދުތައް އެއަށް ވުރެ މާ މަތިވާނެ ކަމަށް ތަޖުރިބާކާރުން ބުނެ އެވެ.

އިންޑިއާގެ ސަރުކާރުން މީގެ ކުރިން ބުނީ އެ ގައުމުގެ ހާލަތު އެހާ ބޮޑަށް ގޯސްވުމާއި އާ ވޭރިއެންޓާ ގުޅުމެއްވާ ކަމުގެ ހެކި އެބަ ހުރި ކަމަށެވެ. އެކަމަކު އިތުރު ދިރާސާތައް ކުރަން ޖެހޭ ކަމަށް ބުންޏެވެ.

ޑަބްލިއުއެޗްއޯއިން ބުނީ ކޮވިޑާ ދެކޮޅަށް މިހާރު ލިބެން ހުރި ވެކްސިންތަކުން ވެސް އިންޑިއާއިން ފެނުނު ވޭރިއެންޓާ ދެކޮޅަށް މަސައްކަތް ކުރާނެ ކަމަށެވެ. ނަމަވެސް އެ ޖަމިއްޔާގެ ޓެކްނިކަލް ޓީމުން ބުނީ ވެކްސިނުން ލިބޭ ފައިދާ ކުޑަވާ ކަމުގެ ބައެއް ހެކި އެބަ ހުރި ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަޒަރުބައިޖާންގެ ސްކޫލްތަކުގައި ބުރުގާ އެޅުން މަނާކޮށްފި

އަޒަރުބައިޖާންގެ ސްކޫލްތަކުގައި "ސެކިއުލާ އުސޫލުތަކަށް" ފެތޭ ޔުނިފޯމް މިންގަނޑެއް ކަނޑައަޅައި، ނުސީދާ ގޮތެއްގައި ބުރުގާ އެޅުން މަނާކުރުމާ ގުޅިގެން އެ ގައުމުގައި ބޮޑެތި އިހުތިޖާޖުތަކެއް ވަނީ ފެށިފަ އެވެ. މި ނިންމުމުގެ ސަބަބުން ގިނަ ބަޔަކު ދަނީ މިއީ ދީނީ މިނިވަންކަމަށް އަރައިގަތުން ކަމަށް ބުނެ ނުރުހުން ފާޅުކުރަމުން.

"ކުރަފި" ހަރަކާތުގެ އިސް ލީޑަރުން ހައްޔަރުކޮށްފި

އިންޑިއާގެ ވޯޓާ ލިސްޓަށް ގެނައި އިސްލާހުތަކާ ގުޅިގެން ޗީފް އިލެކްޝަން ކޮމިޝަނަރު އިސްތިއުފާ ދެއްވުމަށް ގޮވާލައި، މުޒާހަރާކުރި "ކޮކްރޯޗް" ޒުވާނުންގެ ހަރަކާތުގެ އިސް ލީޑަރުންތަކެއް ފުލުހުން ހައްޔަރުކޮށްފި މި ހަރަކާތުގެ ބައިވެރިން ހައްޔަރުކުރީ މުޒާހަރާކުރުން މަނާ ސަރަހައްދެއް ކަމަށްވާ ޖަންތަރު މަންތަރަށް ފުލުހުންގެ ބެރިކޭޑްތައް މަތިން ފުންމާލުމުން.

ސިންގަޕޫރުން ހާއްސަ ސަބްސިޑީއެއް، މެލޭޝިއާ ސްކޫލުތައް ބަންދު

އިންޑޮނޭޝިއާގެ ޖަންގަލިތަކުގައި ރޯވި އަލިފާނުގެ ދުމުގެ ސަބަބުން ވައި ނުސާފުވެ، ސިންގަޕޫރުން ސިއްހީ ފަރުވާގެ ސަބަބްސިޑީއެއް ތައާރަފުކޮށް މެލޭޝިއާގެ ބައެއް ސްކޫލްތައް ވަނީ ބަންދުކޮށްފައެވެ. މި ހާލަތާ ގުޅިގެން ސިންގަޕޫރުގެ ރައްޔިތުންނަށް ނޭވާލާ ނިޒާމުގެ ބަލިތަކަށް އަގުހެޔޮކޮށް ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާއިރު، މިއީ "އެލް ނީނޯ" މޫސުމީ ހާލަތުގެ ސަބަބުން ކުރިމަތިވި ކަމެކެވެ.

ފްލައިޓެއްގައި ތަތްމަކުނު އުޅޭތީ ދަތުރު ކެންސަލްކޮށްފި

އޮސްޓްރޭލިއާގެ ކުއަންޓަސް އެއާވޭސްގެ ފްލައިޓެއްގައި ތަތްމަކުނު އުޅޭކަން ފާހަގަވެ، ފަސިންޖަރުންނަށް އުނދަގޫތަކެއް ކުރިމަތިވުމާ ގުޅިގެން އެ ބޯޓުގެ ދަތުރު ކެންސަލްކޮށް ބޯޓު ގްރައުންޑުކޮށްފިއެވެ. މި ހާދިސާއާ ގުޅިގެން ބޯޓު ސާފުކުރުމުގެ މަސައްކަތް ފަށާފައިވާއިރު، ދަތުރު މެދުކެނޑުނު ފަސިންޖަރުންނަށް އެއާލައިނުން ވަނީ ބަދަލު އިންތިޒާމުތައް ހަމަޖައްސައިދީފައެވެ.

ސުޕަމާކެޓްތަކުގެ ފިނިކުރާ ނިޒާމުތަކަށް ސައިބާ ހަމަލާއެއް

ފްރާންސްގެ އެތައް ސަތޭކަ ސުޕަމާކެޓެއްގެ ފިނިކުރާ ނިޒާމުތަކަށް ދިން ސައިބާ ހަމަލާއެއްގައި، ކާބޯތަކެތި ހަލާކުވެ މިލިއަނުން ޔޫރޯގެ ގެއްލުން ވެއްޖެއެވެ. މި ހަމަލާ އަމާޒުކޮށްފައިވަނީ ފިނިކުރާ ނިޒާމުތައް ކޮންޓްރޯލްކުރާ ސޮފްޓްވެއާއަކަށް ކަމަށްވާއިރު، މީގެ ސަބަބުން އައިސްއަލަމާރިތަކުގެ ހޫނުމިން އިންތިހާއަށް މަތިވެ ގިނަ އަދަދެއްގެ މުދާ ވަނީ އުކާލަން ޖެހިފައެވެ.

ހޫތީންނަށް "ހަރުކަށި" ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފި

ސައުދީގެ އެއާޕޯޓުތަކަށާއި ތެޔޮ އުފައްދާ މަރުކަޒުތަކަށް ހޫތީން ދެމުންދާ ހަމަލާތަކަށް ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު އެ ގައުމުގެ އެނާޖީ މިނިސްޓަރު ދެއްވައިފިއެވެ. މި ހަމަލާތަކުގައި މީހުން މަރުވެ އާންމު ޚިދުމަތްތަކަށް ބުރޫއަރާފައިވާއިރު، ހޫތީން ބުނަނީ މިއީ ސައުދީން ޔަމަނަށް ދޭ ހަމަލާތަކުގެ ބަދަލު ހިފުން ކަމަށެވެ. މި މައްސަލައިގައި ދެފަރާތުގެ ދެމެދުގައި ހަމަލާ ބަދަލުކުރުން ވަނީ އިތުރަށް ވަރުގަދަވެފައެވެ.

އިދިކޮޅު ސަޕޯޓަރުން ސުޕްރީމް ކޯޓާ ހަމައަށް ހިނގާލުމެއް ބާއްވައިފި

އިންތިޚާބީ ލިސްޓުގައި މަކަރު ހަދާފައިވާ ކަމަށް ބުނެ، އިންޑިއާގެ އިލެކްޝަންސް ކޮމިޝަނުގެ އިސްވެރިޔާ އިސްތިއުފާ ދިނުމަށް ގޮވާލައި އިދިކޮޅު ސަޕޯޓަރުން ދިއްލީގައި ބޮޑު ހިނގާލުމެއް ބާއްވައިފިއެވެ. މި މައްސަލަ ބަލައިދިނުމަށް އެދި ކޮންގްރެސް ޕާޓީން ސުޕްރީމް ކޯޓަށް ޕެޓިޝަނެއް ހުށަހަޅާފައިވާއިރު، ސަލާމަތީ ބާރުތަކުން ވަނީ މުޒާހަރާގެ ބައިވެރިން ހުއްޓުވައި ގިނަ ބަޔަކު ހައްޔަރުކޮށްފައެވެ.

Newsletter

Get the latest news delivered straight to your inbox