ރަށްރަށަށް ދާން ފުރުމުގެ 48 ގަޑިއިރު ކުރިން ހުއްދަ ނަގަން އަންގައިފި

އެޓޯލް ޕްރެޕެއާޑްނެސްގެ އެސިސްޓެންޓް ޑިރެކްޓާ އަބްދުﷲ މައުރޫފް: ރަށްރަށަށް ފުރުމުގެ 48 ގަޑިއިރު ކުރިން މިހާރު ހުއްދައަށް އެދެން ޖެހޭ-- ފޮޓޯ: އެޗްއީއޯސީ

އެޓޯލް ޕްރެޕެއާޑްނެސްގެ އެސިސްޓެންޓް ޑިރެކްޓާ އަބްދުﷲ މައުރޫފް: ރަށްރަށަށް ފުރުމުގެ 48 ގަޑިއިރު ކުރިން މިހާރު ހުއްދައަށް އެދެން ޖެހޭ-- ފޮޓޯ: އެޗްއީއޯސީ

ޒަރޫރީ ބޭނުންތަކުގައި މާލޭ ރަށްރަށަށް ދިއުމުގެ 48 ގަޑިއިރުގެ ކުރިން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އަށް ހުއްދައަށް އެދެންޖެހޭ ގޮތަށް ބަދަލުކޮށްފި އެވެ.

އެޗްއީއޯސީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޓޯލް ޕްރެޕެއާޑްނެސްގެ އެސިސްޓެންޓް ޑިރެކްޓާ އަބްދުﷲ މައުރޫފް ވިދާޅުވީ ރަށްރަށަށް ދިއުމަށް އެދި ފަހުވަގުތު މީހުން އެދެމުން ދާ ކަމަށާއި އެޗްޕީއޭގެ މަސައްކަތްތައް ހުރިގޮތުން ދަތިތަކާ ކުރިމަތިވާ ކަމަށެވެ.

އެހެންވެ ފުރުމުގެ 48 ގަޑިއިރުގެ ކުރިން އަންގަން ޖެހޭގޮތަށް މިއަދުން ފެށިގެން ބަދަލު ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިއަދު ރިކުއެސްޓް ކޮށްފާނެ މިރޭ ފުރަން. އެޗްޕީއޭގެ މަސައްކަތްތައް ހުރިގޮތުން އަޅުގަނޑުމެންނަށް އެހާ ފަސޭހަ ވެގެން ނުދޭ އަދި ރަށްރަށުގެ ކައުންސިލްތައް އެހާ ފަސޭހައެއް ނުވޭ މިގޮތަށް ވަގުތު ކުޑަތަންކޮށް ރިކުއެސްޓް ކުރުމުން،" މައުރޫފް ވިދާޅުވި އެވެ.

ގިނަ އަދަދެއްގެ ބަޔަކު މިހާރު ވެސް ރަށްރަށަށް ދިޔުމަށް އެދޭ ކަމަށާއި ކޮންމެހެން ކުރަން ޖެހޭ ދަތުރުތައް ފިޔަވާ އެހެން ދަތުރުތައް މިހާލަތުގައި ނުކުރުމަށް އިލްތިމާސް ކުރާ ކަމަށް މައުރޫފް ވިދާޅުވި އެވެ.

ކަރަންޓީން އުސޫލުތަކާ މީހުން ހިލާފު ވެގެން ބައެއް ރަށްރަށުގައި ކޮވިޑް ފެތުރޭތީ އެޗްޕީއޭގެ އުސޫލުތަކަށް ކަރަންޓީންވާ މީހުން އަމަލު ކުރުމަށް ވެސް މައުރޫފް އެދިލެއްވި އެވެ. އަދި ދަތުރުމަތީގައި ވެސް އެޗްޕީއޭގެ އުސޫލުތަކަށް އަމަލު ކުރަން އިލްތިމާސް ކުރެއްވި އެވެ.

މައުރޫފް ވިދާޅުވީ ބައެއް ރަށްރަށުގެ ޓާސްކް ފޯސްތައް ރަނގަޅަށް އެކުލަވާލާފައި ނުވާތީ ގޮންޖެހުންތަކާ ކުރިމަތިވާ ކަމަށެވެ. އެގޮތުން އެރަށްރަށުން މީހަކު ޕޮޒިޓިވް ވެގެން ބަލާއިރު ބައެއް ކަންކަން ލަސްވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންވެ ޓާސްކްފޯސްތައް ރަނގަޅަށް އެކުލަވާލުމަށް އެޗްޕީއޭން އެދޭ ކަމަށް މައުރޫފް ވިދާޅުވި އެވެ.

ރަށްރަށުން ކޮވިޑް ހުއްޓުވުމަށް ހަރަކާތްތެރިވާ ބައެއް މީހުން ސަލާމަތީގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް ނާޅާތީ ކަރަންޓީން ކުރަން ޖެހޭ ފަހަރުވެސް އަންނަ ކަމަށާއި އެކަމުގެ ސަބަބުން ދަތިތަކާ ކުރިމަތިވާ ކަމަށް ވެސް މައުރޫފް ވިދާޅުވި އެވެ. އެހެންވެ ރައްކާތެރިކަމުގެ ފިޔަވަޅާއެކު ހިދުމަތްތެރިން އުޅުމަށް އޭނާ އެދިލެއްވި އެވެ.

މިއަދު ރާއްޖޭން 1،501 މީހުން ޕޮޒިޓިވް ވެފައިވާއިރު އޭގެ ތެރެއިން މިއަދު ހަވީރު 6:00 އާ ހަމައަށް 24 ގަޑިއިރުގެ ތެރޭގައި ޕޮޒިޓިވް ވެފައިވަނީ 662 މީހުންނެވެ.

ދެން ޕޮޒިޓިވްވި މީހުންގެ ތެރޭގައި މިމަހު ތިން ވަނަ ދުވަހުން ފެށިގެން އާދިއްތަ ދުވަހާ ހަމައަށް ނަގާފައިވާ ސާމްޕަލްތައް ވެސް ހިމެނެ އެވެ. ބެކްލޮގް ސާމްޕަލްތައް 53 ސާމްޕަލަށް މިހާރު ވަނީ މަދުކޮށްފަ އެވެ.

މިއަދު ޕޮޒިޓިވްވި މީހުންނާއެކު މިވަގުތު ރާއްޖޭގައި ކޮވިޑް ޖެހިފައިވާ 11،629 މީހުން އެބަތިއްބެވެ. އޭގެ ތެރެއިން 247 މީހުން ތިބީ ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފަ އެވެ. އަތޮޅުތެރޭގެ 40 ރަށެއް މޮނީޓަރިންއަށް ލައިފައިވާއިރު އެކްޓިވް ކޭސްގެ ގޮތުގައި 3،103 މީހުން އެބަތިއްބެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox