ލޮކްޑައުން ނުކޮށް ބަލި ކޮންޓްރޯލް ކުރެވޭނެ: ޑރ. ޝިހާމް

ޑރ. އިބްރާހިމް ޝިހާމް މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި: އޭނާ ވިދާޅުވީ ލޮކްޑައުން ނުކޮށް ބަލި ކޮންޓްރޯލް ކުރެވޭނެ ކަމަށް--- ފޮޓޯ: އެޗްއީއޯސީ

ޑރ. އިބްރާހިމް ޝިހާމް މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި: އޭނާ ވިދާޅުވީ ލޮކްޑައުން ނުކޮށް ބަލި ކޮންޓްރޯލް ކުރެވޭނެ ކަމަށް--- ފޮޓޯ: އެޗްއީއޯސީ

ލޮކްޑައުން ނުކޮށް މިހާރު އަޅާފައިވާ ފިޔަވަޅުތަކާއެކު ކޮވިޑް ކޮންޓްރޯލް ކުރެވޭނެ ކަމަށް، ކްލިނިކަލް މެނޭޖްމަންޓް އެޑްވައިޒަރީ ޓީމް (ސީއެމްއޭޓީ) އިން މިރޭ ބުނެފި އެވެ.

މިއަދު ރާއްޖޭން 1،501 މީހުން ޕޮޒިޓިވް ވެފައިވާއިރު އޭގެ ތެރެއިން މިއަދު ހަވީރު 6:00 އާ ހަމައަށް 24 ގަޑިއިރުގެ ތެރޭގައި ޕޮޒިޓިވް ވެފައިވަނީ 662 މީހުންނެވެ. ދެން ޕޮޒިޓިވްވި މީހުންގެ ތެރޭގައި މިމަހު ތިން ވަނަ ދުވަހުން ފެށިގެން އާދިއްތަ ދުވަހާ ހަމައަށް ނަގާފައިވާ ސާމްޕަލްތައް ވެސް ހިމެނެ އެވެ. ބެކްލޮގް ސާމްޕަލްތައް 53 ސާމްޕަލަށް މިހާރު ވަނީ މަދުކޮށްފަ އެވެ.

މިއަދު ޕޮޒިޓިވްވި މީހުންނާއެކު މިވަގުތު ރާއްޖޭގައި ކޮވިޑް ޖެހިފައިވާ 11،629 މީހުން އެބަތިއްބެވެ. އޭގެ ތެރެއިން 247 މީހުން ތިބީ ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފަ އެވެ. އަތޮޅުތެރޭގެ 40 ރަށެއް މޮނީޓަރިންއަށް ލައިފައިވާއިރު އެކްޓިވް ކޭސްގެ ގޮތުގައި 3،103 މީހުން އެބަތިއްބެވެ.

އެޗްއީއޯސީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސީއެމްއޭޓީގެ ފަރާތުން، ޑރ. އިބްރާހިމް ޝިހާމް ވިދާޅުވީ މިހާރު އަޅާފައިވާ ފިޔަވަޅުތަކަށް އެންމެން ވެސް އެއްބާރުލުން ދޭން ޖެހޭ ކަމަށާއި އޭރުން އިތުރު ފިޔަވަޅެއް ނާޅައި ހާލަތު ރަނގަޅު ކުރެވޭނެ ކަމަށެވެ.

"އަޅުގަނޑުމެން ގަބޫލު ކުރާހިތްވަނީ މިފަހަރު އެޅިފައިމިވާ ފިޔަވަޅުތަކުގެ އިތުރުން އިތުރު ހަރުކަށި ފިޔަވަޅުތަކެއް އަޅަން ނުޖެހޭނެ ކަމަށް. އަޅުގަނޑުމެންނަށް މިވަރުން ފުއްދާލައިގެން ކޮންޓްރޯލް ކޮށްގެން އަނބުރާ ނޯމަލްސީއާ ދިމާލަށް ދަތުރު ކުރަން ފެށޭނެ ކަމަށް،" ޝިހާމް ވިދާޅުވި އެވެ.

ޝިހާމް ވިދާޅުވީ ހާލަތު ގޯސްވެއްޖެ ނަމަ ލޮކްޑައުންއަކަށް ވެސް ދާން ތައްޔާރު ވަމުން އަންނަ ކަމަށާއި ނަމަވެސް އެ ހިސާބަށް ނުގޮސް ބަލި ކޮންޓްރޯލް ކުރެވޭނެ ކަމަށް ބެލެވޭ ކަމަށެވެ.

މާދަމާއިން ފެށިގެން މާލެ ސަރަހައްދުގައި ހަވީރު 4:00 އިން ފަތިހު 4:00 އަށް ކާފިއު ހިންގަން ވަނީ ނިންމައިފަ އެވެ. އަދި ޖަމާއަތުގައި ނަމާދު ކުރުން މެދުކަނޑާލުމުގެ އިތުރުން ކެއިންބުއިމުގެ ހިދުމަތްދޭ ތަންތަނުގައި ވެސް ތިބެގެން ހިދުމަތް ނުދެވޭނެ ކަމަށް ވަނީ ނިންމައިފަ އެވެ.

ޝިހާމް ވިދާޅުވީ ކާފިއު ގަޑިތައް ނޫން ގަޑިތަކުގައި ވެސް ކޮންމެހެން ބޭރަށް ދާން ޖެހޭ ހާލަތުގައި ނޫން ގޮތަކަށް ގެއިން ބޭރަށް ނުދިއުމަށް އެދޭ ކަމަށެވެ. އަދި ކުރިއަށް އީދެއް އޮތްނަމަވެސް އެއްގެއިން އަނެއް ގެއަށް ގޮސް ނުހެދުމަށް އެދޭ ކަމަށް ޝިހާމް ވިދާޅުވި އެވެ.

ކޮވިޑަށް ހާއްސަކޮށް ހުޅުމާލޭގައި ހަދާފައިވާ މެޑިކަލް ފެސިލިޓީގައި ފަރުވާ ދޭން ތިބީ 19 ޑޮކްޓަރުންނާއި 88 ނަރުހުން ކަމަށާއި އެއީ ހާލަތާ ބަލާއިރު ވަރަށް ކުޑަކުޑަ އަދަދެއް ކަމަށް ވެސް ޝިހާމް ވިދާޅުވި އެވެ.

"ޕްރިވެންޝަންއަކީ ވަރަށް ވެސް މުހިންމު ކަމެއް. އަޅުގަނޑުމެންނަށް މި ޕްރިވެންޓް ރަނގަޅަށް ނުކުރެވިއްޖެނަމަ މިދާރޭޓުން މައްޗަށް ގޮސްފިނަމަ އަޅުގަނޑުމެންގެ ހެލްތު ސާވިސަސް ވަރަށް ބޮޑަށް ސްޓްރެސް ވެގެން ދާނެ،" ޝިހާމް ވިދާޅުވި އެވެ.

އައިސޮލޭޝަން ފެސިލިޓީތަކުގެ ތެރެއިން ވ. ވެލިދޫގައި 93 އެނދު ހުރިއިރު އެތަނުގައި 89 މީހުންނަށް ދަނީ ފަރުވާ ދެމުންނެވެ. ފަރުކޮޅުފުށީގައި 111 އެނދު ހުރިއިރު އެތަނުގައި 81 މީހުން އެބަތިއްބެވެ. ހިޔާ އައިސޮލޭޝަން ފެސިލިޓީގައި 624 އެނދު ހުންނައިރު އެތަނުގައި 97 މީހުން އެބަތިއްބެވެ. ހޮރައިޒަން އައިސޮލޭޝަން ފެސިލިޓީގައި 44 އެނދު ހުރިއިރު 26 މީހުންނަށް ދަނީ ފަރުވާ ދެމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox