ކުކުޅުހާ ވަގަށް ނެގި މީހާއަށް 21,000 ރުފިޔާގެ ޖޫރިމަނާއެއް

May 11, 2021, 7:44 AM
ކުރިމިނަލް ކޯޓު: ކުކުޅު ހާ ވަގަށް ނެގި މީހާއަށް 21،000 ރުފިޔާގެ ޖޫރިމަނާއެއް ވަނީ ކަނޑައަޅާފައި - ފޮޓޯ: ހުސެއިން ވަހީދު \ އަދަދު

ކުރިމިނަލް ކޯޓު: ކުކުޅު ހާ ވަގަށް ނެގި މީހާއަށް 21،000 ރުފިޔާގެ ޖޫރިމަނާއެއް ވަނީ ކަނޑައަޅާފައި - ފޮޓޯ: ހުސެއިން ވަހީދު \ އަދަދު

ގެއެއްގެ ގޯތި ތެރޭގައި ހުރި ކުކުޅު ކޮށްޓަކުން ހުދުކުލައިގެ ކުކުޅަކާއި ރަތްކުލައިގެ ހާލެއް ވަގަށް ނެގި މީހަކު 21،600 ރުފިޔާއިން ކުރިމިނަލް ކޯޓުން ޖޫރިމަނާކޮށްފި އެވެ.

މިދިޔަ މަހުގެ ތެރޭގައި ހިނގި މި ވައްކަމަށް ދައުވާ ލިބޭ މީހާ ވަނީ އިއުތިރާފުވެފަ އެވެ. އޭނާ ވައްކަން ކުރި ކަމަށް އެއްބަސްވާތީ، މައްސަލަ ކުރިއަށް ގެންގޮސްފައިވަނީ އަވަސް ނިޔާގެ މައްސަލައެއްގެ ގޮތުންނެވެ.

އަވަސް ނިޔާގެ މައްސަލަތައް އިއުތިރާފުވާތާ ފަސް ދުވަހުގެ ތެރޭގައި ނިންމަން ޖެހެ އެވެ.

Advertisement

އެގޮތުން، ޝަރީއަތުން ވަނީ އޭނާގެ އިއުތިރާފަށް ބަލައި، އޭނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅާފަ އެވެ. އޭގެ ފަހުން އަދަބާ ގުޅޭ ގޮތުން ވާހަކަ ދެއްކި އެވެ.

ދައުލަތުން ބުނެފައިވާ ގޮތުގައި، ކުށަށް އިއުތިރާފުވެފައިވާތީ، އަދަބުގެ ދަރަޖަ ދަށްކުރުމަށްފަހު ކަނޑައެޅޭނެ އަދަބަކީ ތިން މަހާއި އަށާރަ ދުވަހުގެ ޖަލު ހުކުމެއް ކަމަށެވެ.

ދައުވާ ލިބޭ މީހާ އެދިފައިވަނީ އޭނާގެ އަދަބު ލުއިކޮށް ދިނުމަށެވެ. އެގޮތުން އޭނާއަކީ ކަންނެލި މަސްވެރިކަން ކުރާ މީހެއް ކަމާއި ދައްތައަކީ ވިޔަފާރިއެއް ހިންގާ މީހެއް ކަމުން ލުއި ގޮތެއްގެ މަތިން ޖޫރިމަނާގެ އަދަބަކަށް ބަދަލުކޮށްދިނުމަށެވެ.

ދެ ފަރާތުގެ ވާހަކަތަކަށްފަހު، ޝަރީއަތުން ކަނޑައަޅާފައިވަނީ މި މައްސަލާގެ ތަންފީޒުކުރަން ޖެހޭ އަދަބަކީ ތިން މަހާއި އަށާރަ ދުވަހުގެ ޖަލު ހުކުމެއް ނަމަވެސް، ޖޫރިމަނާގެ އަދަބަކަށް ބަދަލުކުރުމަށެވެ.

އެގޮތުން ހުކުމްގައި ބުނެފައިވަނީ މިފަދަ ކުށްތަކުގައި ޖަލަށްލުމަށް އަދަބު ކަނޑައެޅުމުން، ދައުލަތުގެ މައްޗަށް އޮންނާނެ މާލީ އަދި އިދާރީ ބުރައަށާއި ދައުވާ ލިބޭ މީހާގެ ކުށުގެ ވެށިން ދުރުވުމަށް ބާރު އެޅޭ މިންވަރަށް ރިއާޔަތްކުރާއިރު ޖަލު އަދަބު ކަނޑައެޅުމުގެ މަސްލަހަތަށްވުރެ އެ ނޫން އަދަބެއް ކަނޑައެޅުމުގެ މަސްލަހަތު ބޮޑު ކަމަށެވެ.

އެހެންވެ، ފަނޑިޔާރަށް ލިބޭ އިހްތިޔާރީ ބާރުގެ ދަށުން ޖަލު އަދަބު، ޖޫރިމަނާއަށް ގާނޫނުގައިވާ ހަމައިން ބަދަލުކުރުމުން އަރަނީ 21،600 ރުފިޔާކަން ހުކުމްގައި ފާހަގަކުރި އެވެ.

އެ ޖޫރިމަނާ ހަތަރު މަސް ތެރޭ ދައްކާ ހަލާސް ކުރުމަށް ގާޒީ މުހައްމަދު މިސްބާހު ކުރެއްވި ހުކުމްގައި އަމުރު ކުރައްވާފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox