އިންޑިއާއިން ފެނުނު ވޭރިއެންޓަކީ ކަންބޮޑުވުން ހުރި ވޭރިއެންޓެއް: ޑަބްލިއުއެޗްއޯ

އިންޑިއާއިން ފެނުނު ވޭރިއެންޓާ ގުޅޭ އިތުރު ދިރާސާތައް މިހާރު ދަނީ ކުރަމުން.-- ފޮޓޯ: ގެޓީ އިމޭޖަޒް

އިންޑިއާއިން ފެނުނު ވޭރިއެންޓާ ގުޅޭ އިތުރު ދިރާސާތައް މިހާރު ދަނީ ކުރަމުން.-- ފޮޓޯ: ގެޓީ އިމޭޖަޒް

މިދިޔަ އަހަރު އިންޑިއާއިން ފެނުނު ކޮރޯނާވައިރަހުގެ އާ ވޭރިއެންޓަކީ "ދުނިޔެއިން ކަންބޮޑުވާން ޖެހޭ" ވޭރިއެންޓެއްގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުޗްއޯ)އިން ކަނޑައަޅައިފި އެވެ.

މިހާތަނަށް ހެދި ދިރާސާތަކުން ދައްކާ ގޮތުގައި ބީ.617.1 ވޭރިއެންޓު އެހެން ވޭރިއެންޓުތަކަށް ވުރެ މާ ހަލުވިކަމާ އެކު ފެތުރޭ ކަމަށް ޑަބްލިއުއެޗްއޯއިން ބުންޏެވެ. އަދި އެ ވޭރިއެންޓާ ގުޅޭ މައުލޫމާތު ސާފު ކުރަން އިތުރު ދިރާސާތަކެއް ހަދަން ޖެހޭ ކަމަށް ބުންޏެވެ.

ޑަބްލިއުއެޗްއޯއިން ބުނީ މިހާރު ދުނިޔޭގެ 30 ގައުމަކަށް އެ ވޭރިއެންޓު ފެތުރިފައިވާ ކަމަށެވެ.

އެ ވޭރިއެންޓުގެ އިތުރުން އިތުރު ތިން ގައުމަކުން ފެނުނު ވޭރިއެންޓަކީ ވެސް "ދުނިޔެއިން ކަންބޮޑުވާން ޖެހޭ" ވޭރިއެންޓުތަކެއްގެ ގޮތުގައި މީގެ ކުރިން ކަނޑައަޅާފައި ވެއެވެ. އެއީ އިނގިރޭސި ވިލާތް، ދެކުނު އެފްރިކާ އަދި ބްރެޒިލުން ފެނުނު ވޭރިއެންޓެވެ.

މީގެ ކުރިން އިންޑިއާ ވޭރިއެންޓު ފާހަގަކުރީ "ވޭރިއެންޓް އޮފް އިންޓްރެސް" އެއްގެ ގޮތުގަ އެވެ. "ވޭރިއެންޓް އޮފް ކޮންސާން" ގެ ދަރަޖައަށް ބަދަލު ކުރީ އެ ކެޓަގަރީއަށް ބޭނުންވާ ޝަރުތުތަކުގެ ތެރެއިން މަދުވެގެން އެއް ކަންތައް ފުރިހަމަ ވާތީ އެވެ.

އެގޮތުން ކަންބޮޑުވާން ޖެހޭ ވޭރިއެންޓެއްގެ ޝަރުތުތަކުގެ ތެރޭގައި ހަލުވިކަމާއެކު ފެތުރުމާއި، މާ ބޮޑަށް ބަލިވާން މެދުވެރިމާއި، އެންޓިބޮޑީ ނިއުޓްރަލައިޒްވުން ކުޑަވުމާއި، ފަރުވާ އާއި ވެކްސިނުން ކުރާ އަސަރު ކުޑަވުން ހިމެނެ އެވެ.

އިންޑިއާއަށް ދިމާވެފައިވާ ކޮވިޑުގެ ދެ ވަނަ ރާޅުގައި ހާލަތު އެހާ ބޮޑަށް ގޯސްވެފައި ވަނީ އެ ވޭރިއެންޓުގެ ސަބަބުން ތޯ ބެލުމުގެ ދިރާސާތައް ދަނީ ކުރަމުންނެވެ.

އިއްޔެ އިންޑިއާގައި 366،161 މީހުން ޕޮޒިޓިވްވެ، 3،754 މީހުން މަރުވި އެވެ. އަސްލު އަދަދުތައް އެއަށް ވުރެ މާ މަތިވާނެ ކަމަށް ތަޖުރިބާކާރުން ބުނެ އެވެ.

އިންޑިއާގެ ސަރުކާރުން މީގެ ކުރިން ބުނީ އެ ގައުމުގެ ހާލަތު އެހާ ބޮޑަށް ގޯސްވުމާއި އާ ވޭރިއެންޓާ ގުޅުމެއްވާ ކަމުގެ ހެކި އެބަ ހުރި ކަމަށެވެ. އެކަމަކު އިތުރު ދިރާސާތައް ކުރަން ޖެހޭ ކަމަށް ބުންޏެވެ.

ޑަބްލިއުއެޗްއޯއިން ބުނީ ކޮވިޑާ ދެކޮޅަށް މިހާރު ލިބެން ހުރި ވެކްސިންތަކުން ވެސް އިންޑިއާއިން ފެނުނު ވޭރިއެންޓާ ދެކޮޅަށް މަސައްކަތް ކުރާނެ ކަމަށެވެ. ނަމަވެސް އިއްޔެގެ ޕްރެސް ކޮންފަރެންސްގައި އެ ޖަމިއްޔާގެ ޓެކްނިކަލް ޓީމުން ބުނީ ވެކްސިނުން ލިބޭ ފައިދާ ކުޑަވާ ކަމުގެ ބައެއް ހެކި އެބަ ހުރި ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަޒަރުބައިޖާންގެ ސްކޫލްތަކުގައި ބުރުގާ އެޅުން މަނާކޮށްފި

އަޒަރުބައިޖާންގެ ސްކޫލްތަކުގައި "ސެކިއުލާ އުސޫލުތަކަށް" ފެތޭ ޔުނިފޯމް މިންގަނޑެއް ކަނޑައަޅައި، ނުސީދާ ގޮތެއްގައި ބުރުގާ އެޅުން މަނާކުރުމާ ގުޅިގެން އެ ގައުމުގައި ބޮޑެތި އިހުތިޖާޖުތަކެއް ވަނީ ފެށިފަ އެވެ. މި ނިންމުމުގެ ސަބަބުން ގިނަ ބަޔަކު ދަނީ މިއީ ދީނީ މިނިވަންކަމަށް އަރައިގަތުން ކަމަށް ބުނެ ނުރުހުން ފާޅުކުރަމުން.

"ކުރަފި" ހަރަކާތުގެ އިސް ލީޑަރުން ހައްޔަރުކޮށްފި

އިންޑިއާގެ ވޯޓާ ލިސްޓަށް ގެނައި އިސްލާހުތަކާ ގުޅިގެން ޗީފް އިލެކްޝަން ކޮމިޝަނަރު އިސްތިއުފާ ދެއްވުމަށް ގޮވާލައި، މުޒާހަރާކުރި "ކޮކްރޯޗް" ޒުވާނުންގެ ހަރަކާތުގެ އިސް ލީޑަރުންތަކެއް ފުލުހުން ހައްޔަރުކޮށްފި މި ހަރަކާތުގެ ބައިވެރިން ހައްޔަރުކުރީ މުޒާހަރާކުރުން މަނާ ސަރަހައްދެއް ކަމަށްވާ ޖަންތަރު މަންތަރަށް ފުލުހުންގެ ބެރިކޭޑްތައް މަތިން ފުންމާލުމުން.

ސިންގަޕޫރުން ހާއްސަ ސަބްސިޑީއެއް، މެލޭޝިއާ ސްކޫލުތައް ބަންދު

އިންޑޮނޭޝިއާގެ ޖަންގަލިތަކުގައި ރޯވި އަލިފާނުގެ ދުމުގެ ސަބަބުން ވައި ނުސާފުވެ، ސިންގަޕޫރުން ސިއްހީ ފަރުވާގެ ސަބަބްސިޑީއެއް ތައާރަފުކޮށް މެލޭޝިއާގެ ބައެއް ސްކޫލްތައް ވަނީ ބަންދުކޮށްފައެވެ. މި ހާލަތާ ގުޅިގެން ސިންގަޕޫރުގެ ރައްޔިތުންނަށް ނޭވާލާ ނިޒާމުގެ ބަލިތަކަށް އަގުހެޔޮކޮށް ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާއިރު، މިއީ "އެލް ނީނޯ" މޫސުމީ ހާލަތުގެ ސަބަބުން ކުރިމަތިވި ކަމެކެވެ.

ފްލައިޓެއްގައި ތަތްމަކުނު އުޅޭތީ ދަތުރު ކެންސަލްކޮށްފި

އޮސްޓްރޭލިއާގެ ކުއަންޓަސް އެއާވޭސްގެ ފްލައިޓެއްގައި ތަތްމަކުނު އުޅޭކަން ފާހަގަވެ، ފަސިންޖަރުންނަށް އުނދަގޫތަކެއް ކުރިމަތިވުމާ ގުޅިގެން އެ ބޯޓުގެ ދަތުރު ކެންސަލްކޮށް ބޯޓު ގްރައުންޑުކޮށްފިއެވެ. މި ހާދިސާއާ ގުޅިގެން ބޯޓު ސާފުކުރުމުގެ މަސައްކަތް ފަށާފައިވާއިރު، ދަތުރު މެދުކެނޑުނު ފަސިންޖަރުންނަށް އެއާލައިނުން ވަނީ ބަދަލު އިންތިޒާމުތައް ހަމަޖައްސައިދީފައެވެ.

ސުޕަމާކެޓްތަކުގެ ފިނިކުރާ ނިޒާމުތަކަށް ސައިބާ ހަމަލާއެއް

ފްރާންސްގެ އެތައް ސަތޭކަ ސުޕަމާކެޓެއްގެ ފިނިކުރާ ނިޒާމުތަކަށް ދިން ސައިބާ ހަމަލާއެއްގައި، ކާބޯތަކެތި ހަލާކުވެ މިލިއަނުން ޔޫރޯގެ ގެއްލުން ވެއްޖެއެވެ. މި ހަމަލާ އަމާޒުކޮށްފައިވަނީ ފިނިކުރާ ނިޒާމުތައް ކޮންޓްރޯލްކުރާ ސޮފްޓްވެއާއަކަށް ކަމަށްވާއިރު، މީގެ ސަބަބުން އައިސްއަލަމާރިތަކުގެ ހޫނުމިން އިންތިހާއަށް މަތިވެ ގިނަ އަދަދެއްގެ މުދާ ވަނީ އުކާލަން ޖެހިފައެވެ.

ހޫތީންނަށް "ހަރުކަށި" ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފި

ސައުދީގެ އެއާޕޯޓުތަކަށާއި ތެޔޮ އުފައްދާ މަރުކަޒުތަކަށް ހޫތީން ދެމުންދާ ހަމަލާތަކަށް ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު އެ ގައުމުގެ އެނާޖީ މިނިސްޓަރު ދެއްވައިފިއެވެ. މި ހަމަލާތަކުގައި މީހުން މަރުވެ އާންމު ޚިދުމަތްތަކަށް ބުރޫއަރާފައިވާއިރު، ހޫތީން ބުނަނީ މިއީ ސައުދީން ޔަމަނަށް ދޭ ހަމަލާތަކުގެ ބަދަލު ހިފުން ކަމަށެވެ. މި މައްސަލައިގައި ދެފަރާތުގެ ދެމެދުގައި ހަމަލާ ބަދަލުކުރުން ވަނީ އިތުރަށް ވަރުގަދަވެފައެވެ.

އިދިކޮޅު ސަޕޯޓަރުން ސުޕްރީމް ކޯޓާ ހަމައަށް ހިނގާލުމެއް ބާއްވައިފި

އިންތިޚާބީ ލިސްޓުގައި މަކަރު ހަދާފައިވާ ކަމަށް ބުނެ، އިންޑިއާގެ އިލެކްޝަންސް ކޮމިޝަނުގެ އިސްވެރިޔާ އިސްތިއުފާ ދިނުމަށް ގޮވާލައި އިދިކޮޅު ސަޕޯޓަރުން ދިއްލީގައި ބޮޑު ހިނގާލުމެއް ބާއްވައިފިއެވެ. މި މައްސަލަ ބަލައިދިނުމަށް އެދި ކޮންގްރެސް ޕާޓީން ސުޕްރީމް ކޯޓަށް ޕެޓިޝަނެއް ހުށަހަޅާފައިވާއިރު، ސަލާމަތީ ބާރުތަކުން ވަނީ މުޒާހަރާގެ ބައިވެރިން ހުއްޓުވައި ގިނަ ބަޔަކު ހައްޔަރުކޮށްފައެވެ.

Newsletter

Get the latest news delivered straight to your inbox