އިންޑިއާގެ ގަންގާ ކޯރުގެ އައްސޭރި ފަށަށް މަރުވެފައިވާ މީހުންގެ ހަށިތައް ލައްގަނީ!

ކޮވިޑު ޖެހިގެން މަރުވި މީހުންގެ ހަށިގަނޑު ގަންގާ ކޯރުގެ އައްސޭރި ފަށުގައި އަންދާލަނީ.-- ފޮޓޯ: ރޮއިޓާޒް

ކޮވިޑު ޖެހިގެން މަރުވި މީހުންގެ ހަށިގަނޑު ގަންގާ ކޯރުގެ އައްސޭރި ފަށުގައި އަންދާލަނީ.-- ފޮޓޯ: ރޮއިޓާޒް

މަރުވެއިފައިވާ 40 މީހެއްގެ ހަށިގަނޑު އުތުރު އިންޑިއާގެ ގަންގާ ކޯރުގެ އައްސޭރި ފަށަށް ލައްގާފައިވާ ކަމަށް އެ ގައުމުގެ އޮފިޝަލުން ބުނެފި އެވެ.

ހަށިގަނޑުތައް ލައްގާފައިވަނީ ބިހާރް އާއި އުއްތަރް ޕްރަދޭޝް ސްޓޭޓް ގުޅޭ ހިސާބުންނެވެ. ހަށިތައް ލައްގަނީ ކީއްވެގެންކަން ސާފު ނުވި ނަމަވެސް އިންޑިއާގެ ނޫސްތަކުން ބުނަނީ އެއީ ކޮވިޑު ޖެހިގެން މަރުވި މީހުންގެ ގޮތުގައި ބެލެވޭ ކަމަށެވެ.

ބައެއް މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން 100 މީހުންގެ ހަށިގަނޑު ލައްގާފައި ވެއެވެ. އަދި ހަށިގަނޑަށް އައިސްފައިވާ ބަދަލަށް ބަލާފައި ކޯރުގެ ތެރޭގައި ގިނަ ދުވަސްތަކެއް ވެފައި ވުން އެކަށީގެންވާ ކަމަށް ވެ އެވެ.

އެގޮތުން ލައްގާފައިވާ ގިނަ މީހުންގެ ހަށިގަނޑު ހުރީ ފުއްޕާފައި ކަމަށާއި އަނދާފައި ހުރި ކަމުގެ ނިޝާންތައް ވެސް އެބަ ހުރި ކަމަށެވެ. އެހެންކަމުން މިއީ ކޮވިޑު ޖެހިގެން މަރުވި މީހުންގެ ހަށިތައް ރަނގަޅަށް އަންދާފައި ނުވާތީ ދިމާވެގެން އުޅޭ ކަމެއް ކަމަށް ބެލެވެ އެވެ.

އުއްތަރު ޕްރަދޭޝްގައި ކޮވިޑު ޖެހިގެން މަރުވާ މީހުން އަންދަމުން ދަނީ ގަންގާ ކޯރުގެ އައްސޭރި ފަށުގަ އެވެ. އޮފިޝަލުން ބުނީ މިއީ އެ ސްޓޭޓަށް ނިސްބަތްވާ ބަޔެއްގެ ހަށިގަނޑުތަކަށް ވެދާނެ ކަމަށެވެ. އެއީ އިންޑިއާގެ އެންމެ އާބާދީ ބޮޑު ސްޓޭޓެވެ.

ލައްގަމުންދާ ހަށިގަނޑުތައް ނެގުމަށް ފަހު ވަޅުލާން ނުވަތަ އަންދާލަން ނިންމާފައިވާ ކަމަށް އޮފިޝަލުން ބުނެ އެވެ.

ކޮވިޑުގެ ދެ ވަނަ ރާޅެއްގައި ގިނަ ބަޔަކަށް ފަރުވާ ނުލިބި އިންޑިއާގައި މަރުވަމުން ދާއިރު، މި ވަގުތު ދުނިޔެއަށް ދިމާވެފައިވާ ބަލިމަޑުކަމުގެ އެންމެ ހާލަތު ގޯސް ގައުމަކީ އިންޑިއާ އެވެ.

އިންޑިއާގައި މިހާތަނަށް 22.6 މިލިއަން މީހުންނަށް ކޮވިޑު ޖެހިފައި ވާއިރު، 246،116 މީހުން މަރުވެފައިވާ ކަމަށް ރަސްމީ ތަފާސްހިސާބުން ދައްކަ އެވެ. ނަމަވެސް އަސްލު އަދަދުތައް އެއަށްވުރެ މާ މަތިވާނެ ކަމަށް ބެލެވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަޒަރުބައިޖާންގެ ސްކޫލްތަކުގައި ބުރުގާ އެޅުން މަނާކޮށްފި

އަޒަރުބައިޖާންގެ ސްކޫލްތަކުގައި "ސެކިއުލާ އުސޫލުތަކަށް" ފެތޭ ޔުނިފޯމް މިންގަނޑެއް ކަނޑައަޅައި، ނުސީދާ ގޮތެއްގައި ބުރުގާ އެޅުން މަނާކުރުމާ ގުޅިގެން އެ ގައުމުގައި ބޮޑެތި އިހުތިޖާޖުތަކެއް ވަނީ ފެށިފަ އެވެ. މި ނިންމުމުގެ ސަބަބުން ގިނަ ބަޔަކު ދަނީ މިއީ ދީނީ މިނިވަންކަމަށް އަރައިގަތުން ކަމަށް ބުނެ ނުރުހުން ފާޅުކުރަމުން.

"ކުރަފި" ހަރަކާތުގެ އިސް ލީޑަރުން ހައްޔަރުކޮށްފި

އިންޑިއާގެ ވޯޓާ ލިސްޓަށް ގެނައި އިސްލާހުތަކާ ގުޅިގެން ޗީފް އިލެކްޝަން ކޮމިޝަނަރު އިސްތިއުފާ ދެއްވުމަށް ގޮވާލައި، މުޒާހަރާކުރި "ކޮކްރޯޗް" ޒުވާނުންގެ ހަރަކާތުގެ އިސް ލީޑަރުންތަކެއް ފުލުހުން ހައްޔަރުކޮށްފި މި ހަރަކާތުގެ ބައިވެރިން ހައްޔަރުކުރީ މުޒާހަރާކުރުން މަނާ ސަރަހައްދެއް ކަމަށްވާ ޖަންތަރު މަންތަރަށް ފުލުހުންގެ ބެރިކޭޑްތައް މަތިން ފުންމާލުމުން.

ސިންގަޕޫރުން ހާއްސަ ސަބްސިޑީއެއް، މެލޭޝިއާ ސްކޫލުތައް ބަންދު

އިންޑޮނޭޝިއާގެ ޖަންގަލިތަކުގައި ރޯވި އަލިފާނުގެ ދުމުގެ ސަބަބުން ވައި ނުސާފުވެ، ސިންގަޕޫރުން ސިއްހީ ފަރުވާގެ ސަބަބްސިޑީއެއް ތައާރަފުކޮށް މެލޭޝިއާގެ ބައެއް ސްކޫލްތައް ވަނީ ބަންދުކޮށްފައެވެ. މި ހާލަތާ ގުޅިގެން ސިންގަޕޫރުގެ ރައްޔިތުންނަށް ނޭވާލާ ނިޒާމުގެ ބަލިތަކަށް އަގުހެޔޮކޮށް ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާއިރު، މިއީ "އެލް ނީނޯ" މޫސުމީ ހާލަތުގެ ސަބަބުން ކުރިމަތިވި ކަމެކެވެ.

ފްލައިޓެއްގައި ތަތްމަކުނު އުޅޭތީ ދަތުރު ކެންސަލްކޮށްފި

އޮސްޓްރޭލިއާގެ ކުއަންޓަސް އެއާވޭސްގެ ފްލައިޓެއްގައި ތަތްމަކުނު އުޅޭކަން ފާހަގަވެ، ފަސިންޖަރުންނަށް އުނދަގޫތަކެއް ކުރިމަތިވުމާ ގުޅިގެން އެ ބޯޓުގެ ދަތުރު ކެންސަލްކޮށް ބޯޓު ގްރައުންޑުކޮށްފިއެވެ. މި ހާދިސާއާ ގުޅިގެން ބޯޓު ސާފުކުރުމުގެ މަސައްކަތް ފަށާފައިވާއިރު، ދަތުރު މެދުކެނޑުނު ފަސިންޖަރުންނަށް އެއާލައިނުން ވަނީ ބަދަލު އިންތިޒާމުތައް ހަމަޖައްސައިދީފައެވެ.

ސުޕަމާކެޓްތަކުގެ ފިނިކުރާ ނިޒާމުތަކަށް ސައިބާ ހަމަލާއެއް

ފްރާންސްގެ އެތައް ސަތޭކަ ސުޕަމާކެޓެއްގެ ފިނިކުރާ ނިޒާމުތަކަށް ދިން ސައިބާ ހަމަލާއެއްގައި، ކާބޯތަކެތި ހަލާކުވެ މިލިއަނުން ޔޫރޯގެ ގެއްލުން ވެއްޖެއެވެ. މި ހަމަލާ އަމާޒުކޮށްފައިވަނީ ފިނިކުރާ ނިޒާމުތައް ކޮންޓްރޯލްކުރާ ސޮފްޓްވެއާއަކަށް ކަމަށްވާއިރު، މީގެ ސަބަބުން އައިސްއަލަމާރިތަކުގެ ހޫނުމިން އިންތިހާއަށް މަތިވެ ގިނަ އަދަދެއްގެ މުދާ ވަނީ އުކާލަން ޖެހިފައެވެ.

ހޫތީންނަށް "ހަރުކަށި" ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފި

ސައުދީގެ އެއާޕޯޓުތަކަށާއި ތެޔޮ އުފައްދާ މަރުކަޒުތަކަށް ހޫތީން ދެމުންދާ ހަމަލާތަކަށް ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު އެ ގައުމުގެ އެނާޖީ މިނިސްޓަރު ދެއްވައިފިއެވެ. މި ހަމަލާތަކުގައި މީހުން މަރުވެ އާންމު ޚިދުމަތްތަކަށް ބުރޫއަރާފައިވާއިރު، ހޫތީން ބުނަނީ މިއީ ސައުދީން ޔަމަނަށް ދޭ ހަމަލާތަކުގެ ބަދަލު ހިފުން ކަމަށެވެ. މި މައްސަލައިގައި ދެފަރާތުގެ ދެމެދުގައި ހަމަލާ ބަދަލުކުރުން ވަނީ އިތުރަށް ވަރުގަދަވެފައެވެ.

އިދިކޮޅު ސަޕޯޓަރުން ސުޕްރީމް ކޯޓާ ހަމައަށް ހިނގާލުމެއް ބާއްވައިފި

އިންތިޚާބީ ލިސްޓުގައި މަކަރު ހަދާފައިވާ ކަމަށް ބުނެ، އިންޑިއާގެ އިލެކްޝަންސް ކޮމިޝަނުގެ އިސްވެރިޔާ އިސްތިއުފާ ދިނުމަށް ގޮވާލައި އިދިކޮޅު ސަޕޯޓަރުން ދިއްލީގައި ބޮޑު ހިނގާލުމެއް ބާއްވައިފިއެވެ. މި މައްސަލަ ބަލައިދިނުމަށް އެދި ކޮންގްރެސް ޕާޓީން ސުޕްރީމް ކޯޓަށް ޕެޓިޝަނެއް ހުށަހަޅާފައިވާއިރު، ސަލާމަތީ ބާރުތަކުން ވަނީ މުޒާހަރާގެ ބައިވެރިން ހުއްޓުވައި ގިނަ ބަޔަކު ހައްޔަރުކޮށްފައެވެ.

Newsletter

Get the latest news delivered straight to your inbox