ފަހު ވަގުތު ޕޮއިންޓެއް، ރެއާލަށް އަމިއްލަ ބާރު ގެއްލިއްޖެ

May 9, 2021, 9:38 PM
ރެއާލްގެ ކްރޫސް (ކ) ސެވިއްޔާގެ ޕާޕޫ ގޯމޭޒް ކައިރިން ބޯޅަ ހިފައިގެންދަނީ.

ރެއާލްގެ ކްރޫސް (ކ) ސެވިއްޔާގެ ޕާޕޫ ގޯމޭޒް ކައިރިން ބޯޅަ ހިފައިގެންދަނީ.

މެޑްރިޑް (މެއި 10) - ސްޕެނިޝް ލީގުގައި މިރޭ ފަހު ވަގުތު ސެވިއްޔާއާ 2-2 އިން އެއްވަރުކޮށް ރެެއާލް މެޑްރިޑުން ޕޮއިންޓެއް ހޯދި ނަމަވެސް ލީގު ހޯދުމުގެ އަމިއްލަ ބާރު އެ ޓީމަށް ގެއްލިއްޖެ އެވެ.

ލީގުގައި ރޭ އެއް ވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑް ކުޅުނު މެޗުން ލީގުގެ ރޭހުގައި ވާދަކުރަމުން އަންނަ ބާސެލޯނާއާ އެއްވަރުވުމުން މިރޭ ސެވިއްޔާ ބަލިކޮށްގެން ލީގުގެ އެއް ވަނަ އަށް އެރުމުގެ ފުރުސަތު ރެއާލަށް އޮތީ ހުޅުވިފަ އެވެ. އެކަމަކު އެއްވަރުވުމުން އެ ފުރުސަތު ގެއްލުނީ އެވެ.

ލީގުގެ ރޭހުގައި އޮތް ހަތަރު ޓީމަށް ވެސް ބާކީ އޮތީ ތިން މެޗެވެ. މީގެއިން ކޮންމެ ޓީމެއް ވެސް ތިން މެޗު ކުޅެފައިވާއިރު، އެތުލެޓިކޯ އެއް ވަނައިގައި އޮތީ 77 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް ރެއާލާއި ތިން ވަނައިގައި އޮތް ބާސެލޯނާގެ އޮތީ 75 ޕޮއިންޓެވެ. ރެއާލަށް ކުރި ލިބެނީ ހެޑް ޓު ހެޑް ގަވާއިދުންނެވެ. ސެވިއްޔާ ހަތަރެއްގައި އޮތީ 71 ޕޮއިންޓާ އެކު އެވެ.

Advertisement

ރެއާލާއި ބާސެލޯނާ އަށް ދެން ލީގު ލިބޭނީ އެތުލެޓިކޯ އަތުން ޕޮއިންޓް ގެއްލިގެންނެވެ. ތިން މެޗުން މޮޅުވެގެން އެތުލެޓިކޯ އަށް ލީގު ތަށި އުފުލާލެވޭނެ އެވެ.

ރެއާލުން މިރޭގެ މެޗުގެ 12 ވަނަ މިނިޓްގައި ގޯލެއް ޖެހި އެވެ. އެކަމަކު ކަރިމް ބެންޒެމާ ޖެހި މި ގޯލު ބަލައިނުގަންނަން ނިންމީ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބެލުމަށް ފަހު އެޓޭކްގައި ބައިވެރިވި ރެއާލްގެ އަލްވާރޯ އޮޑްރިއޮޒޯލާ އޮފްސައިޑްގައި ހުރުމުންނެވެ. ސެވިއްޔާ އިން ލީޑުނެގީ 22 ވަނަ މިނިޓްގައި ފެނާންޑޯ ޖެހި ގޯލުންނެެވެ. އިވާން ރަކިޓިޗް ދިން ބޯޅަ ފެނާންޑޯ ވަނީ ހަމަޖެހިލާފައި ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ.

ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އަސެންސިއޯ ރެއާލަށް އެއްވަރުކޮށްދިނީ މެޗުގެ 67 ވަަނަ މިނިޓްގަ އެވެ. މިއީ ޓޯނީ ކްރޫސް ދިން ބޯޅައަކުން އަސެންސިއޯ ޖެހި ގޯލެކެވެ.

ސެވިއްޔާ އިން ދެ ވަަނަ ފަހަރަށް ލީޑުނެގީ މެޗުގެ 78 ވަނަ މިނިޓްގައި ޕެނަލްޓީ އަކުން ރަކިޓިޗް ޖެހި ގޯލުންނެވެ. މި ޕެނަލްޓީ ދޭން ނިންމީ ރެއާލްގެ އެޑާ މިލިޓާއޯ އަތުގައި ބޯޅައިން ޖެހުމުން ވީއޭއާރް އިން ބެލުމަށް ފަހު އެވެ. އޭގެ އިރުކޮޅެއް ކުރިން ރެއާލަށް ދޭން ނިންމި ޕެނަލްޓީއެއްގެ ނިންމުން ވަނީ ބަދަލުކޮށްފަ އެވެ.

އިތުރު ވަގުތުގެ ގޮތުގައި ދެއްކި ހަ މިނިޓްގެ ތެރެއިން ހަތަރު ވަނަ މިނިޓްގައި ރެއާލުން އެއްވަރުކުރި ގޯލު ޖެހި އެވެ. މިއީ ސެވިއްޔާގެ ޑިފެންޑަރު ޑިއޭގޯ ކާލޯސް އަތުން ބައިކޮޅަށް ވަން ގޯލެއް ކަމަށް ކަނޑައެޅި ނަމަވެސް މި ގޯލުގެ ކްރެޑިޓް ހައްގީ ކްރޫސް އަށެވެ. ކްރޫސް ޖެހި ބޯޅަ ގޯލަށް ވަނީ ކާލޯސް ފައިގައި ޖެހިފަ އެވެ. އޭގެ ފަހުން ރެއާލް މޮޅުކޮށްދޭން ކަަސެމީރޯ ޖެހި ޝޮޓް ދިޔައީ ދަނޑިކައިރިން ބޭރުންނެވެ.

މެޗަށް ފަހު ރެއާލްގެ ކްރޫސާއި އެ ޓީމުގެ ކޯޗު ޒިނެދިން ޒިދާން ވަނީ ރެފްރީގެ ބައެއް ނިންމުންތަކާ މެދު ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox