ޣައިރު ހާޒިރުގައި އަލީ ވަހީދުގެ މައްސަލަ ނުބެލޭނެ: ސުޕްރީމް ކޯޓު

އަލީ ވަހީދު: އޭނާގެ ޣައިރު ހާޒިރުގައި މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅި

އަލީ ވަހީދު: އޭނާގެ ޣައިރު ހާޒިރުގައި މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅި

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޕާސްޕޯޓް ދޫކޮށްލުމަށް ކުރިމިނަލް ކޯޓުން ނެރެފައިވާ އަމުރުގެ އިސްތިއުނާފު އޭނާގެ ޣައިރު ހާޒިރުގައި ނުބެލޭނެ ކަމަށް ސުޕްރީމް ކޯޓުން މިއަދު ކަނޑައަޅައިފި އެވެ.

އަލީ ވަހީދުގެ ޕާސްޕޯޓް ދޫކޮށްލި އަމުރުގެ އިސްތިއުނާފު ކުރުމުން އޭނާގެ ޣައިރު ހާޒިރުގައި ކުރިއަށް ނުގެންދެވޭނެ ކަމަށް ހައިކޯޓުން ވެސް އޮތީ ނިންމާފައި އެވެ. ހައިކޯޓުން އެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށް ދައުލަތުން އެދުނީ ޣައިރު ހާޒިރުގައި މައްސަލަ ކުރިއަށް ގެންގޮސްދިނުމަށެވެ.

ދައުލަތުގެ ވަކީލް ސުޕްރީމް ކޯޓުގައި ވިދާޅުވެފައިވަނީ ދައުލަތުން އެދެނީ އެމީހެއްގެ ހާޒިރުގައި ޝަރީއަތް ކުރެވުމުގެ ހައްގު ހަނިކުރުމަށް ނޫން ކަމާއި ހައްގުތައް އެންމެންނަށް ބެލެންސްވާ ގޮތެއްގައި މާނަކޮށްދީ، އެ އުސޫލުން އަމަލުކޮށްދިނުމަށް ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި، އަދުލުއިންސާފު ލިބިގަތުމުގެ ހައްގު އެހެން އެންމެންނަށް، އަލީ ވަހީދުގެ ސަބަބުން ގެއްލުމަކީ ހަމަހަމަ އުސޫލަކަށް ނުވާނެ ކަމަށެވެ.

އެކަމަށް ރިއާޔަތްކޮށް ސުޕްރީމް ކޯޓުން މިއަދު ނެރެފައިވާ ނިންމުމުގައި ބުނީ، އެ މީހެއްގެ ހާޒިރުގައި ޝަރީއަތް ކުރެވުމުގެ ހައްގަށް އުނިކަމެއް ލިބޭނެފަދަ އަމަލެއް ކުރުމުގެ ނުވަތަ އެފަދަ އަމަލެއްގައި ބައިވެރިވުމުގެ ހައްގު އެއްވެސް މީހަކަށް ނުވަތަ ޖަމާއަތަކަށް ނުވަތަ ދައުލަތަކަށް ލިބޭނެފަދަ ގޮތަކަށް ގާނޫނުއަސާސީގައި ހިމެނޭ އެއްވެސް މާއްދާއެއް މާނަކޮށް ނުވަތަ ތަރުޖަމާކުރުމަކީ ގާނޫނުއަސާސީގެ ސާފު، ސަރީހަ ނައްސުން މަނާކޮށްފައިވާ ކަމެއް ކަމަށެވެ.

"ކަންމިހެން އޮތުމުން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ގާނޫނެއްގައި ޖިނާއީ މައްސަލައެއްގައި ކޯޓަކުން ނެރެފައިވާ އަމުރަކާ ގުޅިގެން ހިންގޭ އިސްތިއުނާފީ ޝަރީއަތުގެ މަޖިލީގެއް އިސްތިއުނާފު ރައްދުވާ ފަރާތުގެ ޣައިރު ހާޒިރުގައި ކުރިއަށް ގެންދާނަމަ އެކަން މަޖިލީހުން ފާސްކޮށްފައިވާ ގާނޫނަކުން ހުއްދަކޮށްފައި އޮންނަންވާނެ، މިއީ ގާނޫނީ މާއްދާތަކެއް މާނަކޮށްގެން ކުރުން ގާނޫނު އަސާސީ ހުއްދަކޮށްފައިވާ ކަމެއް ނޫން،" ނިންމުމުގައިވެ އެވެ.

ނިންމުމުގައި ބުނީ ޣައިރު ހާޒިރުގައި ޝަރީއަތް ހިންގުމުގެ ހާލަތަކީ، އެ މީހަކު އިހްތިޔާރުކުރާ ގާނޫނީ ވަކީލެއްގެ އެހީގައި ކުށުން ބަރީއަވުމަށް މަސައްކަތް ކުރުމުގެ ހައްގާއި އެމީހަކު އިހްތިޔާރު ކުރާ ގާނޫނީ ވަކީލަކާ މަޝްވަރާ ކުރުމުގެ ފުރުސަތު ލިބިދިނުމަށް ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ހާލަތާ އަޅައި ކިޔޭނެ ހާލަތެއް ނޫން ކަމަށެވެ.

"...ސަބަބަކީ ކުށެއް ކުރިމަގުގެ ދައުވާ އުފުލިފައިވާ މީހުންގެ ހައްގުތަކުގެ ތެރޭގައި ހިމެނޭ ގާނޫނީ ވަކީލުންނާ ގުޅޭ ހައްގުތައް ބަޔާން ކުރުމުގައި އެ މީހެއްގެ އިހްތިޔާރު އޮތުން އެ މާއްދާގައި ލާޒިމުކޮށްފައިވޭ. އަދި އެ ނޫން ހާލަތްތަކުގައި ގާނޫނީ ވަކީލުންގެ އެހީތެރިކަން ލިބިގަތުގައި ވެސް ލިބިގަންނަ މީހާ އެފަދަ އެހީއަކަށް ބޭނުންވުން ޝަރުތުކޮށްފައިވޭ،" ނިންމުމުގައިވެ އެވެ.

އެއާ ހިލާފަށް އެ މީހެއް ހާޒިރުގައި ޝަރީއަތް ކުރެވުމުގެ ހައްގަކީ އެ ހައްގު ބޭނުން ކުރުން އެއްވެސް ފަރާތެއްގެ އިހްތިޔާރަށް ދޫކޮށްލާފައިވާ ހައްގެއް ނޫން ކަމާއި އެ ހައްގަކީ ކުއްލި ނުރައްކަލުގެ ހާލަތުގައި ވެސް ހިހެފެއްޓޭނެ ހައްގެއް ނޫންކަން ނިންމުމުގައި ފާހަގަކުރި އެވެ.

ދައުލަތުގެ ވަކީލް ސުޕްރީމް ކޯޓުގައި ބުނެފައި އޮތީ، ކޯޓުން ޗިޓް ފޮނުވައި ނޯޓިސް ލިބުމުން ވެސް ހާޒިރު ނުވުމަކީ އޭނާ އެ ހައްގު އަމިއްލައަށް ދޫކޮށްލުން ކަމުގައި ބެލެވިދާނެ ކަމެވެ. އެއީ ލިބިގަންނަން ޖެހޭ ހައްގެއް ކަމެއް ހާޒިރު ނުވުމަކީ ހައްގަށް އިންކާރު ކުރުން ކަމުގައި މާނަ ކުރެވިދާނެކަން ވަކީލް ފާހަގަ ކުރެއްވި އެވެ.

ދައުލަތުގެ ވަކީލް އެހެން މިސާލެއް ދައްކަވައި، އެ ނުކުތާ ވަރުގަދަ ކުރެއްވި އެވެ. އެގޮތުން ވަކީލަކު އައްޔަން ކުރުމުގެ ހައްގަކީ ގާނޫނު އަސާސީން ކަށަވަރުކޮށްދޭ ހައްގެއް ނަމަވެސް، ކޯޓުތަކުން ނޫނީ ތަހުގީގީ އިދާރާތަކުން ހަމައެކަނި ހޯދައިދެނީ އެ ފުރުސަތު ކަމާއި އޭނާ އެ ހައްގު ބޭނުންނަމަ އަމިއްލައަށް ދޫކޮށްލެވޭ ކަމެވެ. ހާޒިރުވުމަށް އިންކާރު ކުރުމަކީ ހަމަ އެގޮތަށް ހާޒިރުގައި ޝަރީއަތް ކުރުމުގެ ހައްގު ދޫކޮށްލުން ކަމުގައި މާނަ ކުރެވިދާނެ ކަމެވެ.

ވަކީލް އިތުރަށް ވިދާޅުވެފައިވަނީ، އޭނާގެ ޕާސްޕޯޓް ދޫކޮށްފައި އޮތް އަމުރުގައި ވަކި މުއްދަތެއް ނެތްއިރު، ޕާސްޕޯޓް އެހެން ދޫކޮށްފައި އޮވެއްޖެ ނަމަ، ޝަރީއަތަށް ހާޒިރުކުރަން އުނދަގޫވާނެ ކަމަށެވެ. އޭގެ ސަބަބުން، އަނިޔާ ލިބުނު މީހުންގެ ހައްގުތައް ގެއްލިގެންދިޔައީ ކަމަށެވެ.

އެކަމަށް ރިއާޔަތްކޮށް ސުޕްރީމް ކޯޓުން ބުނީ، އަލީ ވަހީދުގެ ޕާސްޕޯޓް ދޫކޮށްލުމަށް ނެރުނު އަމުރުގައި ވަކި މުއްދަތެއް ނެތް ނަމަވެސް، އޭނާގެ މައްޗަށް ޖާމިނުވި، އައްސަދު އަލީގެ އިގުރާރުގައި މުއްދަތެއް އެބަ އޮތް ކަމާއި އެ މުއްދަތު ހަމަވުމުން އަލީ ވަހީދު ފުރުމަށް ކޯޓުން ދޫކޮށްފައިވާ މުއްދަތު ހަމަވާނެ ކަމަށެވެ.

"އެ މުއްދަތު ހަމަވުމުން ނުވަތަ އެ މުއްދަތު ހަމަނުވި ނަމަވެސް އެ އިގުރާރާ ހިލާފުވެއްޖެނަމަ އަލީ ވަހީދު ފުރުމުގެ ހުއްދަ ދީފައިވާ އަމުރު މުރާޖައާކުރަން ކުރިމިނަލް ކޯޓަށް ހުށަހެޅުމަށް ގާނޫނީ ގޮތުން އެއްވެސް ހުރަހެއް ނެތްކަން ފާހަގަކުރަން،" ނިންމުމުގައިވެ އެވެ.

އެހެންވެ، އަލީ ވަހީދުގެ ޕާސްޕޯޓް ދޫކޮށްލި މައްސަލާގެ އިސްތިއުނާފު އޭނާގެ ޣައިރު ހާޒިރުގައި ކުރިއަށް ނުގެންދެވޭނެ ކަމަށް ހައިކޯޓުން ނިންމާފައިވާ ނިންމުމަކީ ގާނޫނާ އެއްގޮތް ނިންމެއް ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައި، މައްސަލަ ވަނީ އެ ކޯޓުން ބޭރުކޮށްލާފަ އެވެ.

މި ނިންމުން ނިންމެވީ، ފަނޑިޔާރު މަހާޒު އަލީ ޒާހިރާއި ފަނޑިޔާރު އަޒްމިރާލްދާ ޒާހިރާއި ފަނޑިޔާރު މުހައްމަދު އިބްރާހިމްގެ އިއްތިފާގުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox