ހާއްސަ ފިޔަވަޅުތަކާ އެކު ހައްޖު އޮންނާނެ: ސައުދީ އަރަބިއްޔާ

މިދިޔަ އަހަރު ގައިދުރުކަން ބަހައްޓައިގެން ހައްޖުގެ އަޅުކަން އަދާ ކުރަނީ.-- ފޮޓޯ: އޭއެފްޕީ

މިދިޔަ އަހަރު ގައިދުރުކަން ބަހައްޓައިގެން ހައްޖުގެ އަޅުކަން އަދާ ކުރަނީ.-- ފޮޓޯ: އޭއެފްޕީ

ކޮވިޑުން ރައްކާތެރިވުމަށް "ހާއްސަ ފިޔަވަޅުތަކާ އެކު" މި އަހަރުގެ ހައްޖުގެ އަޅުކަން ބާއްވާނެ ކަމަށް ސައުދީ އަރަބިއްޔާގެ ހައްޖު އެންޑް އުމްރާ މިނިސްޓްރީގެ ތަރުޖަމާނު އިއުލާނު ކުރައްވައިފި އެވެ.

"ސައުދީ އަރަބިއްޔާގެ ސިއްހީ އިދާރާތަކުން ދަނީ ހާލަތު މޮނީޓާކޮށް، އެންމެންގެ ރައްކާތެރިކަމަށްޓަކައި އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުން،" ޕްރެސް ކޮންފަރެންސެއްގައި ތަރުޖަމާނު ވިދާޅުވި ކަމަށް އަލް އަރަބިއްޔާ ނޫހުގައި ވެ އެވެ.

މި އަހަރުގެ ހައްޖުގެ އަޅުކަން ކުރިއަށް ދާނެ ގޮތުގެ ހާއްސަ އިންތިޒާމުތަކާ ބެހޭ މައުލޫމާތު ފަހުން ހާމަކުރާނެ ކަމަށް ވެސް ތަރުޖަމާނު ވިދާޅުވި އެވެ.

މިދިޔަ އަހަރު ހައްޖުގެ އަޅުކަން އަދާ ކުރުމުގެ ފުރުސަތު ލިބުނީ ހަމައެކަނި ސައުދީ އަރަބިއްޔާގައި ދިރިއުޅޭ ޝަރުތު ހަމަވާ ވަކި އަދަދެއްގެ މީހުންނަށެވެ.

އެގޮތުން ޝަރުތު ހަމަވާ މީހުންގެ ތެރެއިން ފުރުސަތު ލިބޭ މީހުން ހޮވީ ގުރުއަތަކުންނެވެ. ގުރުއަތުލާފައި ވަނީ އެކަމަށް ހާއްސަ އެޕްލިކޭޝަނަކުންނެވެ.

ގުރުއަތުން ހޮވުނު މީހުން މައްކާއަށް ފުރުމުގެ ކުރިން ގޭގައި ހަތް ދުވަސް އައިސޮލޭޓް ވާން ޖެހުނެވެ. އޭގެ ފަހުން އަޅުކަން ފެށެން ދެން ކަނޑައެޅިފައިވާ ހޮޓަލެއްގައި ކަރަންޓީނު ވާން ވެސް ޖެހުނެވެ.

ހައްޖުވެރިން އެކި ތަންތަނަށް ދަތުރު ކުރީ ކުފި ގްރޫޕުތަކުގަ އެވެ. ކޮންމެ 50 މީހެއްގެ ގްރޫޕަކަށް ހާއްސަ ސިއްހީ ލީޑަރެއް ހުއްޓެވެ. އޭނާގެ ޒިންމާއަކީ ގްރޫޕް މެމްބަރުންގެ މެދުގައި މާސްކު އެޅުމާއި ގައިދުރުކަން ބެހެއްޓުން ފަދަ ރައްކާތެރިކަމުގެ ފިޔަވަޅުތައް ތަންފީޒު ކުރޭތޯ ބެލުމެވެ.

މި އަހަރު ވެސް ބެލެވޭ ގޮތުގައި ހައްޖުގެ އަޅުކަމުގައި ބައިވެރިވެވޭނީ ހަމައެކަނި ސައުދީ އަރަބިއްޔާގައި ދިރިއުޅޭ އެ ގައުމުގެ ރައްޔިތުންނާއި އެހެން ގައުމުތަކުގެ ރައްޔިތުންނަށް ކަމަށް ރޮއިޓާޒް އިން ހަބަރު ފަތުރާފައި ވެއެވެ.

އެގޮތުން މި އަހަރު ކަނޑައަޅާ ޝަރުތުތަކުގެ ތެރޭގައި ކޮވިޑް ވެކްސިން ފުރިހަމަކޮށްފައިވުމާއި ކޮވިޑް ޖެހި ރަނގަޅުވިތާ ހަ މަސް ނުވުން ހިމެނޭ ކަމަށް ރޮއިޓާޒް އިން ބުންޏެވެ.

އެހެން ގައުމުތަކުން ދަތުރު ކުރާ މީހުންނަށް ހައްޖުގެ އަޅުކަން އަދާ ކުރުމުގެ ފުރުސަތު ދިނުމާ މެދު ސައުދީ އަރަބިއްޔާއިން ދެ ވަނަ ވިސްނުމަކަށް ދިޔެއީ ވެކްސިން މަސައްކަތް ކުރާ މިންވަރާއި ވޭރިއެންޓުތަކުގެ ސަބަބުން ކަމަށް އެ ނޫހުން ބުންޏެވެ.

މި އަހަރު ހައްޖު ދިމާވަނީ ޖުލައި 19 ވަނަ ދުވަހާ އެވެ. އާއްމުކޮށް ދެ މިލިއަނަށް ވުރެ ގިނަ މީހުން ހައްޖުގެ އަޅުކަން އަދާ ކުރި ނަމަވެސް ކޮވިޑާ ގުޅިގެން މިދިޔަ އަހަރު އެ ފުރުސަތު ލިބުނީ 10،000 މީހުންނަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލީޑަރުން މިނިވަންކުރުމާއެކު އިތުރު މުޒާހަރާއަށް ތައްޔާރުވަނީ

އިންޑިއާގެ އުއްތަމަ ފަނޑިޔާރު، ވަޒީފާއެއް ނެތް ބައެއް ޒުވާނުންނަކީ "ކޮކްރޯޗް" ނުވަތަ ކުރަފިތަކެއްގެ ގޮތުގައި ސިފަކުރެއްވުމާ ގުޅިގެން، މިދިޔަ މޭ މަހު މި ހަރަކާތް ފެށި އަބީޖީތު ދިޕްކޭ އާއި އެ ހަރަކާތުގެ އެހެން ލީޑަރުން ހައްޔަރުކުރީ އިންތިޚާބީ އިސްލާހުތަކަށް ގޮވާލައި މުޒާހަރާ ކުރުމަށް ހޮނިހިރު ދުވަހު ދިއްލީއަށް ދިޔުމުންނެވެ.

ބޮޑެތި ޓީވީ ނެޓްވޯކްތަކާ ދެކޮޅަށް ތަހުގީގެއް ފަށައިފި

ރައީސް ޓްރަމްޕްގެ ހަރަކާތްތައް ކަވަރުކުރާ "ޕޫލް ކަވަރޭޖް" އެމެރިކާގެ ބޮޑެތި ޓީވީ ނެޓްވޯކްތަކުން މެދުކަނޑާލުމާ ގުޅިގެން، ވާދަވެރިކަމާ ބެހޭ ގާނޫނުތަކާ ޚިލާފުވެފައިވޭތޯ ބަލަން ޖަސްޓިސް ޑިޕާޓްމަންޓުން ތަހުގީގެއް ފަށައިފިއެވެ. މި ތަހުގީގު ފަށާފައިވަނީ ބައެއް ނޫސްވެރިން ވައިޓް ހައުސްއަށް ވަނުން މަނާކުރުމާ ގުޅިގެން، މީޑިއާތަކުން ގުޅިގެން ޚިދުމަތް މެދުކަނޑާލުމަކީ ވިޔަފާރީގެ ބާރުތައް ހިސާރުކުރުން މަނާކުރާ "ޝާމަން އެކްޓް" އާ ޚިލާފު ކަމަކަށް ވެދާނެތީއެވެ.

ވިހަ އިންޖެކްޝަން ޖަހައިގެން މަރުނުވެ ސަލާމަތްވި ގާތިލު ޖަލަށް

އެމެރިކާގައި މަރުގެ އަދަބު އިއްވާފައިވާ ކްރިސްޓާ ޕައިކްގެ ގަޔަށް ވިހަ އިންޖެކްޝަން ޖަހައިގެން މަރާލަން ކުރި މަސައްކަތް ނާކާމިޔާބުވެ، ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު އޭނާ އަނބުރާ ޖަލަށް ބަދަލުކޮށްފިއެވެ. މިއީ ވިހަ އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރަން އުޅުމުގެ ތެރޭގައި މީހަކު ސަލާމަތްވި ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާގެ ހާލު ރަނގަޅުވަމުން އަންނާތީ ކަމާބެހޭ ފަރާތްތަކުން ވަނީ ހައިރާންކަން ފާޅުކޮށްފައެވެ.

އެއާޕޯޓު ހަމަލާގައި 12 މަރު، 309 މީހުންނަށް އަނިޔާ

ސައުދީ އަރަބިއްޔާގެ ރިޔާދު އެއާޕޯޓަށް ދިން ނުރައްކާތެރި ހަމަލާއެއްގައި 12 މީހުން މަރުވެ 300 އަށް ވުރެ ގިނަ މީހުން ޒަޚަމްވުމާ ގުޅިގެން އެއާޕޯޓުގެ އޮޕަރޭޝަންތައް މެދުކަނޑާލައިފިއެވެ. ސައުދީ ކޯލިޝަނުން މި ހަމަލާގެ ތުހުމަތު ހޫތީންނަށް ކުރާއިރު، މިއީ 2015 ވަނަ އަހަރުގެ ފަހުން އެގައުމަށް ދިން އެންމެ ނުރައްކާތެރި ހަމަލާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މުޒާހަރާތަކުން ހައްޔަރުކުރި މީހުން ދޫކުރުމަށް އދ އިން ގޮވާލައިފި

އިންޑިއާގެ އިންތިޚާބީ ނިޒާމު އިސްލާހުކުރުމަށް ގޮވާލައި ކުރަމުންދާ މުޒާހަރާތަކުގެ ތެރެއިން، އުސޫލުން ބޭރުން ހައްޔަރުކޮށްފައިވާ މީހުން ވަގުތުން މިނިވަންކުރުމަށް އދ. އިން އިންޑިއާ ސަރުކާރަށް ގޮވާލައިފިއެވެ. "ކޮކްރޯޗް ޖަންތާ ޕާޓީ" އިން އިސްވެ ކުރިއަށްގެންދާ މި ހަރަކާތުގެ ތެރެއިން އާންމުންނާއި ނޫސްވެރިން ހިމެނޭހެން އެތައް ހާސް ބަޔަކު ހައްޔަރުކޮށްފައިވާތީ، އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ އޮފީހުން ވަނީ ނުހަނު ކަންބޮޑުވުން ފާޅުކޮށްފައެވެ.

ރިޔާދް އެއާޕޯޓުގައި ބާރުގަދަ ގޮވުމެއް، ގިނަ ފްލައިޓްތައް ކެންސަލް

ސައުދީ އަރަބިއްޔާގެ ރިޔާދް އެއާޕޯޓުގައި ހިނގި ބާރުގަދަ ގޮވުމަކާ ގުޅިގެން ގިނަ ބަޔަކު ޒަޚަމްވެ، އެއާޕޯޓުގެ އޮޕަރޭޝަންތަކަށް ބޮޑެތި ބުރޫތަކެއް އަރައިފިއެވެ. މި ހާދިސާއާ ގުޅިގެން ސަލާމަތީ ސަބަބުތަކަށްޓަކައި ގިނަ އެއާލައިންތަކަކުން ރިޔާދަށް ކުރަން ހަމަޖެހިފައިވާ ފްލައިޓްތައް ކެންސަލްކޮށް، އެއާޕޯޓުގެ ބައެއް ސަރަހައްދުތައް ވަނީ ހުސްކޮށްފައެވެ.

މި އަހަރު ވެސް ސުލްހައިގެ އިނާމު ނުލިބުމުން ޓްރަމްޕްގެ ނުރުހުން

މި އަހަރުގެ ނޯބެލް ސުލްހައިގެ އިނާމު ނަވީ ޕިއްލޭއަށް ދިނުމަށް ނިންމި ނިންމުމަކީ "ލަދުވެތި" ނިންމުމެއް ކަމަށް ސިފަކުރައްވައި، އެ އިނާމު ލިބިވަޑައިނުގެންނެވުމުން ޑޮނަލްޑް ޓްރަމްޕް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ. ނޯބެލް ކޮމިޓީން މި އިނާމު ޕިއްލޭއަށް ދިނީ ބައިނަލްއަގުވާމީ ގާނޫނީ ނިޒާމު ކުރިއެރުވުމަށާއި އިންސާފު ހޯދައިދިނުމަށް އޭނާ ކުރެއްވި މުހިންމު މަސައްކަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުންނެވެ.

Newsletter

Get the latest news delivered straight to your inbox