ވެއްޓުނު ރޮކެޓާ ގުޅުވައި ރާއްޖެ އިޝްތިހާރުކުރުމުން މައުސޫމަށް ފާޑުކިޔުން

ޓޫރިޒަމް މިނިސްޓަރު މައުސޫމް: ރޮކެޓާ ގުޅިގެން ކުރެއްވި ޓްވީޓަށް ފާޑުކިޔުން އަމާޒުވި

ޓޫރިޒަމް މިނިސްޓަރު މައުސޫމް: ރޮކެޓާ ގުޅިގެން ކުރެއްވި ޓްވީޓަށް ފާޑުކިޔުން އަމާޒުވި

ޗައިނާއިން މިދިޔަ މަހު ފަހުކޮޅު ޖައްވަށް ފޮނުވި ބިޔަ ރޮކެޓުގެ ބައިތައް ރާއްޖެ ސަރަހައްދަށް ވެއްޓިފައިވާ ކަމުގެ ރިޕޯޓް ލިބުމާއެކު، "ވިޒިޓް މޯލްޑިވްސް"އޭ ކަމަށް ވިދާޅުވެ ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް ކުރެއްވި ޓްވީޓަށް ފާޑުކިޔުން އަމާޒުވެއްޖެ އެވެ.

ދިގު މިނުގައި 108 ފޫޓު އަދި ބަރުދަނުގައި 40،000 ޕައުންޑު ހުންނަ ލޯންގް މާޗް ބީ5 ރޮކެޓުގެ ތެޔޮ ހުސްވުމުން އަނބުރާ ދުނިޔެއަށް މިސްރާބު ޖަހާފައިވާއިރު، މިއަދުގެ ހެނދުނުގެ ވަގުތެއްގައި އެ ރޮކެޓުގެ ބައިތައް ވެއްޓިފައިވަނީ ދ. އަތޮޅުގެ ހުޅަނގަށް ކަމަށް ސްޕޭސް ޑޭޓާ ޓްރެކިން އިން ދައްކަ އެވެ. އެކަމަކު އޭގެން އެއްވެސް ބައެއް ދ. އަތޮޅުގެ އެއްވެސް ރަށަކަށް އަމާޒުވި ކަމުގެ މައުލޫމާތެއް އަދި ނުލިބެ އެވެ.

އެކަން ޗައިނާގެ ސްޕޭސް އޮފީހުން ރިޕޯޓްކުރުމާއެކު މިނިސްޓަރު މައުސޫމް ޓްވީޓް ކުރައްވައި ވިދާޅުވީ، ވެއްޓުނު ރޮކެޓާއެކު ރާއްޖޭގެ ނަން މީގެކުރިން ފާހަގަވެގެން ނުދާ މިންވަރަށް ޓްރެންޑްވެގެން ގޮސްފައިވާ ކަމަށެވެ. އެއަށްފަހު "ވިޒިޓްމޯލްޑިވްސް" ހޭޝްޓެގް މިނިސްޓަރު ބޭނުން ކުރެއްވި އެވެ.

މައުސޫމް ކުރައްވައި ޑިލީޓް ކުރައްވާފައިވާ ދެ ޓްވީޓް --
މައުސޫމް ކުރައްވައި ޑިލީޓް ކުރައްވާފައިވާ ދެ ޓްވީޓް --

މައުސޫމް ކުރައްވައި ޑިލީޓް ކުރައްވާފައިވާ ދެ ޓްވީޓް --

އެެއާކު، ޓްވިޓާގައި މައުސޫމަށް ވަރަށް ބޮޑަށް ފާޑުކިޔުންތައް އަމާޒުވެގެން ދިޔައީ އެފަދަ ވަގުތެއްގައި ވެސް ރާއްޖެ، އިޝްތިހާރެއްގެ ގޮތުގައި ބޭނުން ކުރި ކަމަށް ބުނެ އެވެ.

އަދި، އެކަމުގެ ސަބަބުން މީހަކަށް ނުވަތަ ރަށަކަށް އަދި ތިމާވެއްޓަށް ވެސް ގެއްލުމުގެ ފުރުސަތު އޮތްއިރު އެއިން އެއްވެސް ކަމަކަށް ބެއްލެވުމެއް ނެތި ޖޯޝުގައި ޓްވީޓް ކުރެއްވި ކަމަށް ބުނެ އެވެ.

"ޓޫރިޒަމް މިނިސްޓަރު އެހާވަރަށް ޑެސްޕަރެޓް ވެގެން ނުވާނެ ރާއްޖެ އިސްތިހާރު ކުރަން، އަހަރެމެން ބޭނުން ވަނީ މިއީ ރީތި ހިތްގައިމު ހޮލިޑޭ ޑެސްޓިނޭޝަނެއްގެ ގޮތުގައި މީހުންނަށް ރާއްޖެ އެނގިގެން ދިޔުން، ޗައިނާގެ ރޮކެޓް އޮޅިގެން ވެއްޓުނު ގައުމުގެ ގޮތުގައެއް ނޫން،" މީހަކު ޓުވީޓް ކޮށްފައިވެ އެވެ.

މޯލްޑިވިއަންގެ ޑެޕިއުޓީ އެމްޑީ އައިޝަތު ޖެނީފާ، މިނިސްޓަރާ ސުވާލު ކުރެއްވީ ވެއްޓުނު ރޮކެޓްގެ ބައިތައް ބަލަން ޓޫރިސްޓުން ރާއްޖެ އައުމަށް އުއްމީދު ކުރަނީތޯ އެވެ.

"ޒިންމާދާރުކަން ކުޑަ، މިއީ ދިވެހިންނަށް ވާނެ އެންމެ ގޯސް،" އޭނާގެ ޓްވީޓްގައިވެ އެވެ.

މައްސަލަ ހޫނުވުމާއެކު، މައުސޫމް އެންމެ ފުރަތަމަ މަސައްކަތް ކުރައްވާފައިވަނީ ކުރީގެ ޓްވީޓް މާނަކޮށްދިނުމަށެވެ. އެގޮތުން، އޭނާ ވިދާޅުވީ އޭނާ ވިދާޅުވާން ގަސްދުކުރި ވާހަކައަކީ ރާއްޖެ އައުމަށް ބޭނުންވާ މީހުންނަށް މިހާރު ދުނިޔޭގެ މެޕުން ރާއްޖެ ވަރަށް ސާފުކަން ކަމެވެ. އަދި، މިކަމުގެ ސަބަބުން ތިމާވެއްޓަށް ގެއްލުމެއް ލިބިފައިވޭތޯ ކަށަވަރު ކުރަންވާނެ ކަމަށް ވެސް ލިބުނު ފާޑުކިޔުންތަކާއެކު ވިދާޅުވެފައިވެ އެވެ.

އޭގެފަހުން އެ ހުރިހާ ޓްވީޓްތަކެއް ޑިލީޓް ކުރެއްވުމަށްފަހު، މައުސޫމް ވަނީ މައާފަށް އެދިވަޑައިގެންފަ އެވެ.

"މޯލްޑިވްސް، ޓްރެންޑްވުމާ ގުޅޭ ގޮތުން އަޅުގަނޑު ކުރި ޓްވީޓާމެދު ބައެއް ފަރާތްތަކުން ހިތްހަމަނުޖެހުންތައް ހުރުމުން އެ ޓްވީޓް ޑިލީޓްކޮށްފިން، ވަރަށް މާފަށް އެދެން،" މައުސޫމްގެ ފަހުގެ ޓްވީޓްގައިވެ އެވެ.

ރާއްޖޭގެ ސަރަަހައްދަށް ރޮކެޓްގެ ބައިތަކެއް ވެއްޓިފައިވާއިރު، މިދިޔަ އަހަރު ލޯންގް މާޗް ބީ5 ރޮކެޓެއްގެ ބައިތައް އައިވަރީ ކޯސްޓުގެ ވިލެޖަކަށް ވެއްޓިގެން ބޮޑެތި ގެއްލުންތައް ލިބުނެވެ. ނަމަވެސް، އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެ އެވެ.

ރާއްޖެއަށް ރޮކެޓްގެ ބައިތައް ވެއްޓިފައިވާ ކަމަށް ޗައިނާގެ ސްޕޭސް އޮފީހުން ބުނެފައިވާއިރު، ކޯސްޓުގާޑުން އެކަން ބަލަމުން އަންނަ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox